27 އެޕްރީލް

April 27, 2018
ގޭމްސް އޮފް ތްރޯންސްގެ ވާހަކަ 300 އަހަރު ކުރިއަށް

އެޗްބީއޯގެ މަޝްހޫރު ޓީވީ ސިލްސިލާ "ގޭމް އޮފް ތްރޯންސް" ގެ 8 ވަނަ ސީޒަނާ އެކު އަންނަ އަހަރު މި ސިލްސިލާ ނިންމާލަން ގަސްދުކޮށްފައި ވިޔަސް މިހާތަނަށް ގެނެސް ދިން ހާދިސާތަކުގެ 300 އަހަރު ކުރިން ހިނގާފައިވާ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް އިތުރު ވާހަކަތަކެއް ކިޔައިދޭން މީގެ ލިޔުންތެރިޔާ ޖޯޖް އާރްއާރް މާޓިން މިހާރު ވަނީ ނިންމައިފަ...

21 އެޕްރީލް

April 21, 2018 26
އަލިތަކުރުފާނު އިންދެވި ކާނިގަހުގައި ރޯކޮށްލައިފި

ހއ. ތަކަންދޫގައި މީގެ 400 ވަރަކަށް އަހަރު ކުރިން އުތީމް އަލިތަކުރުފާނު އިންދެވި ކަމަށް ބުނާ އާސާރީ ކާނިގަހުގައި މިއަދު ރޯކޮށްލުމުން އެގަހަށް ބޮޑެތި ގެއްލުންތަކެއްވެއްޖެ އެވެ.

25 މާޗް

March 25, 2018 1
އޭލިއަންއެެއް ކަމަށް ބުނި ހަށިގަނޑުގެ ހަގީގަތަކީ ކޮބާ؟

މީގެ ވިއްސަކަށް އަހަރު ކުރިން ޕެރޫގެ ސަހަރާއެއްގެ ތެރެއިން، އާދަޔާ ޚިލާފު ހަށިގަނޑެއް ފެނުނެވެ. ގިނަ ދުވަހަށް އޮންނާނެހެން "މަމިފައި" ކޮށްފައި އޮތް މި ހަށިގަނޑުގެ ކުޑަ ކަމާ އެކު ވެސް އޭގެ ފުރިހަމަކަމުން އެއީ އޭލިއަން އެއް ކަމަށް ބުނި މީހުން ވަރަށް ގިނަ އެވެ.

15 މާޗް

March 15, 2018 13
ކަލައިދޫ މިސްކިތުގެ ގޯތިތެރެއިން ބުދުތަކެއް ފެނިއްޖެ

ލ. ކަލައިދޫ ހުކުރު މިސްކިތް މަސްޖިދުލް ހުދާގެ ގޯތިތެރެ ކޮންނަނިކޮށް މިއަދު ބުދުތަކެއް ފެނިއްޖެ އެވެ. ބުދު ފެނިފައި ވަނީ މިސްކިތަށް އިތުރު ކުރާ ފެންޑާއެއް ހަދަން ފައުންޑޭޝަން އަޅަން ކޮންނަނިކޮށް ކަމަށް ކަލައިދޫ ކައުންސިލުން ބުންޏެވެ. ކައުންސިލުން ބުނީ، މިސްކިތުގެ ގޯތިތެރެ އިން ފެނުނު ދެ ބުދަކީ ގާތްގަނޑަކަށް އެއް ފޫޓުގެ...

29 ނޮވެމްބަރ

November 29, 2017 13
އެއީ ކުންޏެއް ނޫނެވެ. އެއީ ދިވެހިންގެ ވާހަކައެވެ.

ދިވެހި ގައުމު ގައުމަކަށް ވަނީ ދިވެހިންގެ މާދަރީ ބަހާއި، ދިގު ތާރީހާއި، އަގުހުރި އާދަކާދަ އާއި، އަމިއްލަ އުފެއްދުންތަކާއި، އާޝޯހުވާ ފަދަ އިމާރާތްތަކާއި، ލޮލަށް ފަސޭހަ ކުރެހުންތަކާއި، ކާބަފައިންގެ އާދަޔާ ހިލާފު މޮޅު މަސައްކަތްތެރިކަން ދައްކުވައިދޭ ފަރުމާވެރިކަމާއި، އަސަރުން ފުރިގެންވާ ޅެންވެރިކަމާއި ދިވެހި ރައްޔިތުން...

27 ނޮވެމްބަރ

November 27, 2017 30
ހުކުރު މިސްކިތް ތަރިކައިގެ ލިސްޓްގައި ނުހިމެނިދާނެ!

ތާރީޚީ އަދި ސަގާފީ ގޮތުން ފާހަގަކުރެވޭ ރާއްޖޭގެ އެންމެ މުހިއްމު އެއް ބިނާ ކަމަށްވާ އަދި ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައި ހިމެނޭ ހުކުރު މިސްކިތުގެ ގޯތިތެރޭގައި ކެފޭއެއް ފަދަ އިމާރާތެއް އަޅައިފި ނަމަ ތަރިކައިގެ ދާއިމީ ލިސްޓުގައި އެމިސްކިތް ނުހިމެނިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.

19 ނޮވެމްބަރ

November 19, 2017 70
ކުރީގެ ރައީސް ނަޝީދު: ބިހުރޯޒް ކަމަނާ މިސްކިތް

ގަލޮޅު ބިހުރޯޒް ކަމަނާ މިސްކިތާއި އެތަނުގައިވާ ބޮޑުތަކުރުފާނުގެ ޒިޔާރަތް ތަޅާލުމުގެ ވަހަކަތަކެއް އެބަ ދެކެވެ އެވެ. އެއީ މިހާރު ރާއްޖޭގައި ވަރަށް މަދުން ހުރި އެބާވަތުގެ މިސްކިތްތަކުގެ ތެރެއިން މިސްކިތެކެވެ. ވަރަށް ޒަމާންވީ އާޘާރީ މިސްކިތެކެވެ. ރާއްޖޭގެ ތާރީޚްގެ ކިތަންމެ ހަދިޘާއަކާ ވަރަށް ބޮޑަށް ގުޅި ލާމެހިފައިވާ މިސްކިތެކެވެ.

23 އޯގަސްޓް

August 23, 2017 64
ބައި ގަރުނުގެ "ލޭންޑް މާކް"ގެ ނިމުން!

އިއްޔެ ރެއާ ހަމައަށް އެއީ "ސަލްޓަންޕާކެ"ވެ. ރާއްޖޭގެ، ހާއްސަކޮށް މާލޭގެ އެންމެ ބޮޑު އެއް ލޭންޑް މާކެވެ. ވޭތުވެދިޔަ ފަންސާހަކަށް އަހަރު ސަލްޓަން ޕާކު ވެފައި ވަނީ މުޅި މާލޭގެ އެންމެ މަޝްހޫރު އެއް ނަމަށެވެ. ބައިނަލްއަގުވާމީ ޗާޓުތަކުގައި ވެސް ސަލްޓަން ޕާކަކީ ފާހަގަކޮށްފައިވާ ނަމެކެވެ. ހަމައެހެންމެ، އެއީ ރާއްޖޭގެ ތާރީހާ ގުޅިފައިވާ...

13 އޯގަސްޓް

August 13, 2017 2
106 އަހަރުވީ ފުރުޓް ކޭކެއް؛ ކާލަން ބަރާބަރު

އެންޓާޓިކާގައި ހުރި އެންމެ ދުވަސްވީ އިމާރާތުގެ ތެރެއިން، 106 އަހަރު ވެފައި އޮތް، އެކަމަކު ކާލަން ކަމުދާ ހާލަތެއްގައި އޮތް ފުރުޓް ކޭކެއް ފެނިއްޖެ އެވެ.

15 ޖުލައި

July 15, 2017 72
115 އަހަރުގެ ދިވެއްސެއް، އާއިލާގައި 100 ކުދިން!

އެންމެ ކުރީގެ ހަނދާނަކީ ކޮބައިތޯ ސުވާލު ކުރުމުން އޭނާ ފެށީ މީގެ 100 އަހަރު ކުރީގެ ވާހަކައަކުންނެވެ. ރާއްޖޭގައި ރަސްކަން ކުރެއްވި ޝަމްސުއްދީން 3ގެ ވެރިކަމާއި އޭރު މާލެ އޮތް ގޮތާއި އޭނާ މާލޭގައި ދުވަސްތައް ހޭދަކުރި ގޮތެވެ. އޭރު އޭނާއަށް ވާނީ ގާތްގަނޑަކަށް 15 ވަރަކަށް އަހަރު ކަމަށް ވެ އެވެ.

17 ޖޫން

June 17, 2017 31
ރާއްޖޭގެ ތަކެތި ވެސް ހުރި ގަދީމީ ސަހަރެއް ހޯދައިފި

ރާއްޖެ އަށް ނިސްބަތްވާ ތާރީޚީ ބައެއް ތަކެތި ހުރި ގެއްލިފައިވާ ވަރަށް އިހުޒަމާނުގެ ސަހަރެއް އިތިއޯޕިއާގެ އުތުރުން އާކިއޮލޮޖިސްޓުން ހޯދައިފި އެވެ.

16 ޖޫން

June 16, 2017 40
އެއްވެސް ކަމެއް ދާއިމަށް ދެމިގެނެއް ނުދާނެ

އަޅުގަނޑު ކުޑައިރު ގޭގައި ބައްޕަ ގެންގުޅުއްވި އިނގިރޭސި ތާރީހު ފޮތަކުން ނަޕޯލިއަން ބޯނަޕާޓް ނަމަކަށް ކިޔުނު ވަރަށް ނުފޫޒާއި ބާރުގަދަ އަސްކަރީ ވެރިއެއްގެ ވާހަކަ ކިޔައި އުޅުނީމެވެ. ނަޕޯލިއަންގެ ވާހަކަ ތިބާ ކުރީގައި އެއްވެސް ވަރަކަށް އަޑު އެއްސެވިންތޯ އެވެ؟

05 ޖޫން

June 05, 2017 34
މައުމޫން ފައި މަގުގައި ހަތް ގަޑިއިރު!

މީގެ 50 އަހަރު ކުރިން މިއަދު، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމަށް ކުރައްވަން ޖެހިވަޑައިގަތީ ވަރަށް އާދަޔާހިލާފު ތަޖުރިބާއެކެވެ. ފައިމަގުގައި މެދުނުކެނޑި ހަތް ގަޑިއިރު ހިންގެވުމެވެ. މިއީ، މިހާތަނަށް އެމަނިކުފާނު މެދުނުކެނޑި އެންމެ ގިނައިރު ހިންގެވި ދުވަހެވެ.

28 މެއި

May 28, 2017 38
އުތީމުގެ ބިމު އަޑީގައި ތާރީޚު ވަޅުލެވިފައި

ހއ. އުތީމަކީ ތާރީޚީ ގޮތުން ހާއްސަ ރަށެކެވެ. މި ރަށުގެ ތާރީހާ ގުޅޭ އެތައްކަމެއް ފެންނަ އެބަހުއްޓެވެ. ޕޯޗުގީޒުންގެ އަތްދަށުން ރާއްޖެ ސަލާމަތްކުރި ތިން ބަތަލުންނަށް ނިސްބަތްވާ "އުތީމު ގަނޑުވަރު" އަކީ އެންމެ ބޮޑު ތަރިކަ އެވެ. މި ނޫނަސް އެތައް ތަނެއް ހުރި އިރު ރަށުގެ ބިމު އަޑީގައި ވެސް މީގެ އެތައް ސަތޭކަ އަހަރެއް ކުރިން ވަޅުލާފައިވާ އެކި...

30 އެޕްރީލް

April 30, 2017 12
ފައްތާހް "ރެހެންދި ހަދީޖާ" ސްކްރީނަށް ގެންނަނީ

މަޝްހޫރު ޑައިރެކްޓަރު އަބްދުލް ފައްތާހު މިދިޔަ އަހަރު ޑައިރެކްޓް ކުރަން އުޅުނު ތާރީހީ ފިލްމް "1962 ތެނަދޫ" ސަރުކާރުން ހުއްޓުވާފައި ވަނިކޮށް ތާރީހީ ހާދިސާއަކަށް އަނެއްކާވެސް ފިލްމެއް ހަދަން ނިންމައިފި އެވެ.

06 އެޕްރީލް

April 06, 2017 9
ތާރީޚީ އެސްޖެހި ގެލެރީގެ އޮނިގަނޑު ވިއްކާލަނީ

މާލޭގައި ހުރި އެންމެ ދުވަސް ވީ އަދި ތާރީޚީ ތަންތަނުގެ ތެރޭގައި ހިމެނޭ އެސްޖެހި ގެލެރީ ނުވަތަ ކުރީގެ ނަމުން ނަމަ، އެސްޖެހި ގަނޑުވަރުގެ އޮނިގަނޑު ވިއްކާލަން ނިންމައިފި އެވެ.

30 މާޗް

March 30, 2017 41
ނިލަންދޫ މީހުން އިސްލާމް ވާން ދެކޮޅު ހެދީ ކީއްވެ؟

ރާއްޖޭގައި މީހުން ވަޒަންވެރި ވީއްސުރެ ބުދު ދީނުގައި އުޅެމުން އައިސް، ދިވެހި ދައުލަތުގެ ފަރާތުން ރަސްމީ ގޮތުން އިސްލާމް ދީން ގަބޫލުކޮށް ރާއްޖޭގެ ރައްޔިތުން އިސްލާމް ދީނަށް އެނބުރުމަށް ރަދުން އަމުރު ކުރެއްވީ، ތާރީޚީ ލިއުންތަކުން އެނގޭ ގޮތުގައި، ރަބީޢުލް އާޚިރު 2، 548 ގަ އެވެ. އެއީ މީލާދީން 1153 ވަނަ އަހަރެވެ. އޭރު ހުންނެވި ރަސްގެފާނު...

07 މާޗް

March 07, 2017 15
ރަށެއް ސިފަވާ ގޮތަށް ވަންދޫގައި ބޮޑު ޕާކެއް ހަދަނީ

ރާއްޖޭގެ ރަށްރަށުގައި ކުރިއްސުރެ އޮންނަ އެކުވެރިކަމާއި އެއްބައިވަންތަކަން މި ފަހަކަށް އައިސް ބައެއް ރަށްރަށުން ކުރާ ކަންތަކުން އަންނަނީ ފެންނަމުންނެވެ. މި ފަހަރު އެ މަންޒަރު ފެނުނީ ތ. ވަންދޫންނެވެ.

19 ފެބުރުއަރީ

February 19, 2017 10
"ބަރާސިލު"ގެ ހަނދާންތައް، އަބްދުﷲގެ ހަޔާތުން

މި ބޮޑު ރަށުގެ ދެކުނު ކޮޅުގައި އޮންނަ ޒަމާންވީ ގަބުރުސްތާނު ތެރެއިން ގޮސް ވަލުތެރެއަށް ވަންނަ އިރު ފެން ވަޅެއްގެ ނިޝާންތައް ފެނެ އެވެ. ގިނަ ދުވަސް ވުމުން އޭގެ ތެރެއަށް ކުނި އެޅި ފެން ފަށަލައަށް ވުރެ މައްޗަށް ވަޅު ވަނީ ފޮރުވިފަ އެވެ. އޭގެ ޚާއްސަ ކަމެއް، ތާރީޚުގެ ތެރެއަށް ނުވަދެ، އެކަކަށް ވެސް ނޭނގޭނެ އެވެ. އަދި އެ ތާރީޚާ ގުޅިފައިވާ...

11 ފެބުރުއަރީ

February 11, 2017 33
ރަށްރަށް ފަޅުވުމާއި އާބާދުވުން، އާދަޔާޚިލާފު ގޮތަކަށް!

ރަށެއްގައި ފިތުނަ ފަސާދަ ބޮޑުވެގެން ގޮސް، އެ ރަށަކުން މީހުން ފައިބައިގެން ރަށް ފަޅުވެދާނެ ބާ އެވެ؟