19 ސެޕްޓެމްބަރ

September 19, 2019 20
4،000 ހައުސިން ޔުނިޓް ނޮވެމްބަރުގައި ފަށަނީ

ބޯހިޔާވަހިކަމުގެ ހައްލު ހޯދަން މި ސަރުކާރުން ގެންގުޅޭ ޕްލޭންގެ ދަށުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

06 ސެޕްޓެމްބަރ

September 06, 2019 48
ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅި މީހުންގެ ހާލަތު ބަލަނީ

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ހޯދުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދިިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ރައީސް އޮފީހުން އިއްޔެ އިއުލާންކޮށްފި އެވެ.

04 ސެޕްޓެމްބަރ

September 04, 2019 22
އެމްޕީއެލްގެ ފްލެޓާ ބެހޭ ވަގުތީ ލިސްޓް ބާތިލް!

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ހުޅުމާލޭގެ ދެ ވަނަ ފިޔަވަހީގައި ހަދަމުން އަންނަ ފްލެޓުތައް ލިބުނު މީހުންގެ ވަގުތީ ލިސްޓް އެ ކުންފުނިން މިއަދު ބާތިލްކޮށްފި އެވެ.

30 ޖުލައި

July 30, 2019 92
ފްލެޓްތަކުގެ ހައްގުވެރިން ހޯދަން ހާލަތު ބަލަނީ!

ބޯހިޔާވަހިކަމާ ގުޅިގެން އަދިވެސް އޮތީ ހުސް ޝަކުވާ އެވެ! ފްލެޓް މަޝްރޫއެއް މި ސަރުކާރުން ހުޅުވާލާނީ ކޮން އިރަކުން ހެއްޔެވެ؟ އެންމެ ބޮޑު އެއް ކަންބޮޑުވުމަކީ ކުރީގެ ސަރުކާރުގައި ބޭއިންސާފުން ދޫކުރި ކަމަށް ތުހުމަތު ކުރާ ފްލެޓްތަކުގެ މައްސަލަ ދިގުލައިގެން ދިއުމެވެ.

11 ޖުލައި

July 11, 2019 154
7،000 ފްލެޓަކީ ދަރަނީގެ "ދަންތުރައެއް"!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުމާލޭގައި އިމާރާތް ކުރަން ފަށާފައިވާ 7،000 ފްލެޓުން ދައުލަތް "ދަރަނީގެ ދަންތުރައެއް"ގައި ޖައްސާފައިވާ ކަމަށް ވިދާޅުވެ، ދައުލަތާއި ރައްޔިތުންނަށް އެ ގެއްލުން ދިން މީހުންނާ މެދު ފިޔަވަޅު އެޅުމަށް ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކު އިއްޔެ ގޮވާލައްވައިފި އެވެ.

04 ޖުލައި

July 04, 2019 34
ބޯހިޔާވަހިކަމުގެ ޝަކުވާއަށް ރައީސްގެ އުއްމީދީ އަދަދުތައް

މި ސަރުކާރުން އިމާރާތް ކުރަން ނިންމާފައިވާ ދެ ކޮޓަރީގެ ފްލެޓްތަކުގެ އަގު 6،000ރ. އަށް ވުރެ ބޮޑު ނުކުރައްވާނެ ކަމުގެ ވައުދު ތަކުރާރު ކުރައްވައި ސަރުކާރުން ސަބްސިޑީއެއް ދީގެން ނަމަވެސް ހިޔާ މަޝްރޫއުގެ ފްލެޓްތައް ވެސް އެ އަގުގައި ދޫކުރެވޭތޯ މަސައްކަތް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

30 ޖޫން

June 30, 2019 57
"ފްލެޓުތަކުގެ ތަފްސީލު މި ހަފުތާގައި އާއްމުކުރާނަން"

ކުރީގެ ސަރުކާރުގައި ހިންގި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ދޫކުރި ފްލެޓްތަކުގެ ހައްގުވެރިން ކަނޑައަޅަން ކުރާ މަސައްކަތްތަކުގެ ތަފުސީލް މި ހަފުތާގައި އާއްމުކުރާނެ ކަމަށް އެ މައްސަލަތައް ބަލާ ކޮމިޓީން މިއަދު ބުނެފި އެވެ.

27 ޖޫން

June 27, 2019 39
ތިން ކޮޓަރީގެ ފްލެޓްތައް ހެދުމާ މެދު ގޮތެއް ނުނިމޭ

ކުރީ ސަރުކާރުން ފެށި ހިޔާ މަޝްރޫއުގައި ހިމެނޭ ދެ ކޮޓަރީގެ ފްލެޓްތައް ކުޑަކަމުން، ތަނުގެ ޑިޒައިނަށް ބަދަލުގެނެސް ތިން ކޮޓަރީގެ ފްލެޓްތައް ހެދުމާ މެދު ވަކި ގޮތެއް ނިމިފައި ނުވާ...

June 27, 2019 256
ފްލެޓްތަކަށް ކުރި ޒިޔާރަތް: މިއީ އާ ހާސްކަމެއް!

ހުޅުމާލޭ ދެވަނަ ފިޔަވަހީގެ މެދަކާ ހިސާބުގައި ހުރީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ނުފެންނަ ވަރުގެ އުސް އިމާރާތްތަކެކެވެ. ހަދަމުން އަންނަ 25 ބުރީގެ 16 ޓަވަރު ބަލާލަން ހިތްގައިމެވެ....

26 ޖޫން

June 26, 2019 54
ފްލެޓަށް އެޗްޑީސީން ކަނޑައެޅީ ބޮޑު އަގެއް: މުއިއްޒު

ހިޔާ މަޝްރޫއުގެ ފްލެޓަކަށް ކުރީ ސަރުކާރުން އެންމެ ބޮޑުވެގެން މަހަކު 7،000ރ. ދައްކާ ގޮތަށް އަގު ކަނޑައެޅި ނަމަވެސް ހުޅުމާލެ ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ފައިދާވާނެ...

June 26, 2019 26
ބަދަލު ހޯދަން ޔުނިވަސިޓީން އެޗްޑީސީ އަށް ދައުވާކޮށްފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އިއުލާންކުރި ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި ގައުމީ ޔުނިވަސިޓީން ދެ ޓަވަރު އިމާރާތް ކުރަން ހައުސިން ޑިވެލޮޕްމެންޓް...

30 އެޕްރީލް

April 30, 2019 68
މައްސަލަ ފުންޏެއް، ހައްގުވެރިން ހޯދާނީ ކިހިނެއް؟

ދިގު ކިޔޫއެއްގައި ޖެހިގެން ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުތައް ހުރީ، މި ސަރުކާރުން އާއްމުކުރި ގޮތުގައި، ކޮޓަރިއެއްގެ ތެރެއަށް އުކާލައިފަ އެވެ. އެ ފޯމުތަކުގައި ވަނީ، އެތައް ރައްޔިތުންގެ އުދާސްތަކެވެ. ދިރިއުޅެމުން އަންނަ ހާލަތެވެ. ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މިންވަރެވެ.

16 އެޕްރީލް

April 16, 2019 55
ފްލެޓްތަކުގެ ހައްގުވެރިން ކަނޑައެޅުން: އުނދަގޫ މަސައްކަތެއް!

"ފޯމުގައި ހަމައެކަނި ނަން ޖަހާލި ކަމަށްޓަކައި ފްލެޓް ދޫކޮށްފައި އެބަހުރި،!"

11 އެޕްރީލް

April 11, 2019 121
އެންމެ ބޮޑު ބަދަލު: ކޮތަރު ކޮށީގެ ސިފަ ކަނޑުވާލުން!

އެއީ ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުގެ ޓީމުން ފުންކޮށް ވިސްނައިގެން ކުރި ކަމެއް ހެއްޔެވެ؟ އެއީ އެޗުޑީސީގެ އޭރުގެ ވެރިންނަށް، ދިވެހިންގެ ހާލަތު ވަޒަންކުރެވުނު ގޮތް ހެއްޔެވެ؟ އެއީ އޭރުގެ ރައީސް އަބްދުﷲ ޔާމީން، އެމަނިކުފާނުގެ ރައްޔިތުންނަށް "ހައްގު މިންވަރު" ކަމަށް ގަބޫލުފުޅުކުރެއްވި ވަރު ހެއްޔެވެ؟

13 މާޗް

March 13, 2019 58
އިއްތިފާގަކުން ނަމަވެސް މަގޭ ނަން ނެގޭނެ ނަމަ...!

އަޅުގަނޑު ކުރިން ހީކުރީ އާންމުންގެ ތެރޭގައި ދައްކަމުން ދިޔައީ ހަމަ ހުސް ހޮޅި ވާހަކަ ކަމަށެވެ! ފްލެޓްތައް ދެނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އަނބިކަނބަލުން ފާތުމަތު އިބްރާހިމްގެ އޮފީހުން ފޮނުވާ ލިސްޓަކަށޭ އާންމުން ކިޔަސް، އަޅުގަނޑު އެ ވާހަކަ އޭރަކު ގަބޫލެއް ނުކުރަމެވެ. ރައީސް ޔާމީނާއި އަނބިކަނބަލުން ރައްޔިތުންނަށް އެހާ ވަރަށް...

07 މާޗް

March 07, 2019 19
ފްލެޓާ ގުޅޭ ޝަކުވާ ހުށަހަޅާނީ ރައީސް އޮފީހަށް އެކަނި

ފްލެޓުތަކާ ގުޅޭ ޝަކުވާތައް ހުށަހަޅަން ޖެހޭނީ ރައީސް އޮފީހަށް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

04 މާޗް

March 04, 2019 11
ފްލެޓްތަކާ ގުޅޭ ޝަކުވާ ހުށަހަޅަން ފުރުސަތު ހުޅުވާލައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކާ ގުޅޭގޮތުން ޝަކުވާއެއް އޮތް ނަމަ، ފްލެޓްތަކުގެ މައްސަލަތައް ބަލާ ކޮމެޓީއަށް އެ ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ރައީސް އޮފީހުން މިއަދު ހުޅުވާލައިފި އެވެ.

14 ފެބުރުއަރީ

February 14, 2019 60
ފްލެޓު ކަށަވަރުވި މީހުންގެ ދިފާއުގައި އަނެއްކާ މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާންމުކުރި އިރު، ކަނޑައެޅި މިންގަނޑުތަކާ ޚިލާފަށް އެއްވެސް މީހަކަށް ފްލެޓު ކަށަވަރުކޮށްދީފައި ނުވާނެ ކަމަށް ވިދާޅުވެ، އެ ސަރުކާރުގެ ހައުސިން މިނިސްޓްރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ދިފާއު ކުރައްވައިފި އެވެ.

13 ފެބުރުއަރީ

February 13, 2019 48
ފްލެޓް ދިނުމުގައި ބޮޑެތި އިހުމާލުތައްް އެބަހުރި: ކޮމިޓީ

ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި، ފްލެޓް ލިބޭ މީހުން ކަނޑައެޅުމުގައި ރައްޔިތުންގެ ހައްގުތަކަށް އިހުމާލުވެފައިވާ ކަމަށް، ފްލެޓް ދިން ގޮތުގެ މައްސަލަ ބަލަން ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ކޮމިޓީން މިއަދު ބުނެފި އެވެ.

12 ފެބުރުއަރީ

February 12, 2019 48
ފްލެޓްތަކަށް ގޮތް ނިންމާއިރު ތަކުލީފް ކުޑަކުރަން އެދެފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުވާލި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގައި ނުހައްގުން ފްލެޓް ދީފައިވޭތޯ ބަލައި ކޮމެޓީން ގޮތް ނިންމާއިރު، ރައްޔިތުންނަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް އެކަން ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިއްޔެ އެދިވަޑައިގެންފި އެވެ.

21 ޖެނުއަރީ

January 21, 2019 139
7،000 ފްލެޓު މަޝްރޫއަށް ބޮޑު ބަދަލެއް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފެށި ބޯހިޔާވަހިކަމުގެ އެންމެ ބޮޑު މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 7،000 ފްލެޓަކީ ދިވެހިންނާ ގުޅޭ ގޮތަށް ހަދާ ތަންތަނަށް ނުވާތީ، އެ ފްލެޓްތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން މި ސަރުކާރުން ނިންމައިފި އެވެ.

31 ޑިސެމްބަރ

December 31, 2018 34
ފްލެޓް ދިން ގޮތް ބަލަން ކޮމެޓީއެއް އެކުލަވާލައިފި

ކުރީގެ ސަރުކާރުން ހިންގި ހިޔާ މަޝްރޫއާއި ގެދޮރުވެރިކުރުމުގެ މަޝްރޫއު އަދި ގުޅިފަޅު ޕްރޮޖެކްޓުގެ ދަށުން ފްލެޓް ދޫކޮށްފައި ވަނީ އިންސާފުވެރިކޮށްތޯ ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ކޮމެޓީއެއް އެކުލަވާލައްވައިފި އެވެ.