ވިލް ސުމިތުގެ ބަދަލުގައި "ސުސައިޑް ސްކޮޑްގެ" ސީކްއެލް އިދްރީސް އެލްބާ އަށް؟

މާވެލް އިން ޑީސީ އަށް ހިޖުރަކޮށްފައިވާ ސުޕަހީރޯ ފިލްމު "ސުއިސައިޑް ސްކޮޑް" ގެ ސީކްއެލްއެއް ހަދަން ތައްޔާރުވަމުން އަންނަ އިރު، ޕްރިކްއެލްގައި ވިލް ސުމިތު ކުޅެފައިވާ ފްލޯއިޑް ލޯޓަން/ޑެޑްޝޮޓްގެ ކެރެކްޓާ އޭނާ ނުކުޅެން ނިންމާފައިވާތީ އެ ރޯލް އިނގިރޭސި އެކްޓަރު އިރްދީސް އެލްބާ އަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.


ރިޕޯޓްތައް ބުނާ ގޮތުން ވިލް ސުމިތު ފިލްމު ދޫކޮށްލީ އެހެން ޕްރޮޖެކްޓްތަކެއްގައި ބިޒީވެގެން ފިލްމަށް ވަގުތު ދެވެން ނެތުމުންނެވެ.

ވެރައިޓީން ބުނި ގޮތުގައި އެލްބާ "ސުއިސައިޑް ސްކޮޑް" ގެ ކާސްޓަށް ގެންނަން ވޯނާ ބްރަދާޒް އިން ބޭނުންވި ނަމަވެސް އެކަން އަދި މުޅިން ކަށަވަރެއް ނުވެ އެވެ.

ޑޭވިޑް އެޔާ ޑައިރެކްޓްކޮށް 2016 ގައި ގެނެސް ދިން "ސުއިސައިޑް ސްކޮޑް" އިން ވިލް ސުމިތާ އެކު މުހިއްމު ރޯލްތައް ކުޅުނު ތަރިންގެ ތެރޭގައި މާގޯ ރޮބީ، ޖެރެޑް ލެޓޯ، ވައޯލާ ޑޭވިސް، ސްކޮޓް އީސްޓްވުޑް އަދި ކާރާ ޑެލެވީން ހިމެނެ އެވެ.

ފިލްމުގެ ދެވަނަ ބައި އޮގަސްޓް، 6، 2021 ގައި ރިލީޒް ކުރަން ތާވަލުކޮށްފައިވާ އިރު، މީގެ ޝޫޓިން ފަށަން ހަމަޖެހިފައި ވަނީ އަންނަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

"ސުއިސައިޑް ސްކޮޑް" ސީކްއެލް ލިޔެ، ޑައިރެކްޓް ކުރާނީ "ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ ޑައިރެކްޓަރު ޖޭމްސް ގަން ކަމަށް ވެރައިޓީން ބުންޏެވެ.

ވިލް ސުމިތުގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރެއިން އެންމެ އަވަހަށް ސިނަމާ އަށް އަންނަން އޮތީ މެއި 24 ގައި ރިލީޒް ކުރާ ޑިޒްނީހެ ލައިވް-އެކްޝަން ފިލްމު "އަލާއްޑިން" އެވެ. އޭނާގެ ކުރިއަށް ހުރި އިތުރު ފިލްމުތަކުގެ ތެރޭގައި "ސްޕައިސް އިން ޑިސްގައިޒް"، "ޖެމިނީ މޭން" އަދި "ބޭޑް ބޯއިޒް ފޮ ލައިފް" ހިމެނެ އެވެ. އަދި މެއި މަހުގެ 10 ވަނަ ދުވަހު ރިލީޒް ކުރާ ބޮލީވުޑްގެ ފިލްމު "ސްޓޫޑަންޓް އޮފް ދި އިޔާ 2" ގެ ހާއްސަ ފެނިލަމުން ވިލް ސުމިތު ފެންނާނެ އެވެ.

"ސުއިސައިޑް ސްކޮޑް" ގެ ޓްރެއިލާއެއް.

އެލްބާ އަށް :ސުއިސައިޑް ސްކޮޑް" ހުށަހަޅާފައިވާ އިރު، އޭނާގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި "ފާސްޓް އެންޑް ފިއުރިއަސް" ފްރެންޗައިޒްގެ ސްޕިން-އޯފް "ހޮބްސް އެންޑް ޝޯ" އާއި ނެޓްފްލިކްސްގެ "ޓާން އަޕް ޗާލީ" ހިމެނެ އެވެ.

ޖުމްލަ 175 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި "ސުއިސައިޑް ސްކޮޑް" އަކީ ބޮކްސް އޮފީހުގައި 746.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ.