"ލީގަލީ ބްލޮންޑް 3" އަށް ތައްޔާރުވާން ފަށައިފި

ބަތަލާ ރީޒް ވިދަސްޕޫންގެ ކާމިޔާބު ފިލްމު ސީރީޒް "ލީގަލީ" ބްލޮންޑް" ގެ ތިން ވަނަ ބައި އިއުލާންކުރިތާ ދެ އަހަރު ފަހުން އޭގެ ސްކްރީންޕްލޭގެ މަސައްކަތް ފަށައިިފި އެވެ.


"ލީގަލީ ބްލޮންޑް" ގެ ފުރަތަމަ ބައި 2001 ގައި ގެނެސްދިނުމަށް ފަހު، ދެވަނަ ބައި "ލީގަލީ ބްލޮންޑް 2: ރެޑް، ވައިޓް އެންޑް ބްލޮންޑް" ރިލީޒްކުރީ 2003 ގަ އެވެ.

ތިން ވަނަ ފިލްމުގެ ތައްޔާރީތަކުގެ ތެރެއިން އޭގެ ސްކްރީންޕްލޭ މިހާރު ވަނީ ބަތަލާ މިންޑީ ކޭލިން އާއި ޑޭން ގޫއާ ހަވާލުކޮށްފަ އެވެ. "ލީގަލީ ބްލޮންޑް 3" ގައި ވެސް ރީޒް ކުޅުނު އެލް ވުޑްގެ ކެރެކްޓާ ކުޅޭނެ އެވެ. ނަމަވެސް ފިލްމު ޑައިރެކްޓްކުރާނެ މީހަކު އަދި އިއުލާނެއްނުކުރެ އެވެ.

ފިލްމު ޕްރޮޑިއުސްކުރަނީ އެމްޖީއެމާއި ރީޒްގެ ކުންފުނި ހެލޯ ސަންޝައިން ގުޅިގެންނެވެ.

ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު "ލީގަލީ ބްލޮންޑް" ޑައިރެކްޓްކުރީ ރޮބަޓް ލުކެޓިކެވެ. ޖުމްލަ 18 މިލިއަން ޑޮލަރުގެ ބަޖެޓަކުން ހެދި އެ ފިލްމަކީ ބޮކްސް އޮފީހުގައި 141.8 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނު ފިލްމެކެވެ.

ޗާލްސް ހާމަން-ވާމްފެލްޑް 45 މިލިއަން ޑޮލަރުގެ ބަޖެޓަކުން ޑައިރެކްޓްކުރި "ލީގަލީ ބްލޮންޑް 2" އަށް ބޮކްސް އޮފީހުގައި ލިބުނީ 124.9 މިލިއަން ޑޮލަރެވެ.

މި ސީރީޒްގެ ތިން ވަނަ ފިލްމުގެ ސްކްރިޕްޓްގެ މަސައްކަތް ކުރަމުން ދިޔަ ނަމަވެސް، ފިލްމުގެ ޝޫޓިން ފަށާނެ އިރަކާއި ބެލުންތެރިންނަށް ގެނެސްދޭނެ އިރެއް އަދި އިއުލާނެއްނުކުރެ އެވެ. ރީޒް ކުރި ޓްވީޓެއްގައި ވަނީ "ލީގަލީ ބްލޮންޑް 3" އާ ދޭތެރޭ ވަރަށް އުފަލުން ހުރި ކަމަށް ބުނެފަ އެވެ.

އުމުރުބް މިހާރު 44 އަހަރުގެ ބަތަލާ އެންމެ 2018 ގައި ރިލީޒްކުރި ޑިޒްނީގެ "އަ ރިންކްލް އިން ޓައިމް" އެވެ. އޭނާ ވަނީ ގިނަ އަދަދެއްގެ ޓީވީ ސިލްސިލާތަކެއް ވެސް ކުޅެފައިވެ އެވެ. އޭގެ ތެރެއިން އެންމެ ފަހުގެ އެއްޗަކީ ޖެނިފާ އެނިސްޓަނާ އކެު ފެނިގެންދާ އެޕަލް ޓީވީ+ ގެ "ދަ މޯނިން ޝޯ" އެވެ.