ޕްރިޔަންކާގެ ބައޮގްރަފީ "އަންފިނިޝްޑް" ކަވަރު ދައްކާލައި، ޕްރި-އޯޑަރަށް ހުޅުވާލައިފި

ޕްރިޔަންކާގެ "އަންފިނިޝްޑް" ނެރޭނީ އަންނަ އަހަރުގެ ޖެނުއަރީ 19 ގައި

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ބައޮގްރަފީ "އަންފިނިޝްޑް" ގެ ކަވަރު ދައްކާލައި، ޕްރި-އޯޑަރަށް ހުޅުވާލައިފި އެވެ.


ބޮލީވުޑްގެ އިތުރުން ހޮލީވުޑްގައި މިހާރު ވެސް ފައިތިލަ ސާބިތުކޮށްފައިވާ ބަތަލާގެ ބައޮގްރަފީ ލިޔެފައި ވަނީ ޕްރިޔަންކާ އަމިއްލައަށެވެ. އެހެންވެ ހުނަރުވެރި ބަތަލާ މިހާރު އަންނަނީގެ އޭނާގެ ކެރިއަރުގެ އެކި ހަނދާންތަކުގެ ތެރެއަށް ސޯޝަލް މީޑިއާ މެދުވެރިކޮށް ގެނެސްދެމުން ބައޮގްރަފީ ޕްރޮމޯޓްކުރަމުންނެވެ.

މިހާރު ވަރަށް ނުފޫޒު ގަދަ ޝަހުސިއްޔެއްގެ ގޮތުގައި މުޅި ދުނިޔޭގައި ވެސް މަޝްހޫރުގެ ބަތަލާގެ ވާހަކަ އަކީ އެތައް އަންހެނުންނަށް އިންސްޕިރޭޝަނެކެވެ. އެހެންވެ ކާމިޔާބު މީހަކަށްވާން ޕްރިޔަންކާ ފެށި ދަތުރުގެ ހުރިހާ ސޮފްތާކެއް އޭނާގެ ނުނިމޭ ވާހަކަ "އަންފިނިޝްޑް" ގައި އަލިއަޅުވާފައި ހުންނާނެ އެވެ.

ޕްރިޔަންކާގެ ބައޮގްރަފީ ނެރޭކަން 2018 ގައި އިއުލާންކުރުމަށް ފަހު، އެ ލިޔެ ނިންމާލީ މިދިޔަ އޮގަސްޓް މަހުގެ ތެރޭގަ އެވެ. އޭތި ނެރޭނީ އެމެރިކާގެ ޕަބްލިޝިން ހައުސް ޕެންގްއިން ރޭމްޑަމް ހައުސް އާއި ބެލެންޓައިން ބުކްސްގެ ތައްގަނޑުގަ އެވެ.

ދެހާސް އަށާރައިގައި އެމެރިކާގެ ލަވަކިޔުންޔެރިޔާ/އެކްޓަރު ނިކް ޖޯނަސްއާ ކައިވެނިކޮށް މިހާރު ޕްރިޔަންކާ އާންމުކޮށް ދިރިއުޅެނީ އެމެރިކާގަ އެވެ. އޭނާ އެންމެ ފަހުން ކުޅުނު ހިންދީ ފިލްމަކީ މިދިޔަ އަހަރު ރިލީޒްކުރި "ދަ ސްކައި އިޒް ޕިންކް" އެވެ.

"އަންފިނިޝްޑް" ނެރެން ނިންމާފައި ވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 19 ގަ އެވެ. އޭގެ ކުރިން އެ އެއަށް ހާއްސަކޮށްފައިވާ ވެބްސައިޓުން މިހާރު ޕްރި-އޯޑަކޮށްލެވޭނެ އެވެ.