14 ފެބުރުއަރީ

February 14, 2019 1
"ގަލީ ބޯއި" އަކީ "8 މައިލް" ގެ ކޮޕީއެއް ނޫން: ޒޯޔާ

ބުރާސްފަތި ދުވަހު ރިލީޒްކުރާ ރަންވީރު ސިންގްގެ ފިލްމު "ގަލީ ބޯއި" އަކީ އެމެރިކާގެ މަޝްހޫރު ރެޕާ އެމިނެމް 2002 ގައި ކުޅުނު ފިލްމު "8 މައިލް" ގެ ކޮޕީއެއް ކަމަށް ބުނާ ވާހަކަ ޑައިރެކްޓަރު ޒޯޔާ އަހްތަރު ދޮގުކޮށްފި އެވެ.

12 ފެބުރުއަރީ

February 12, 2019 8
އޭއާރް ރަހްމާންގެ ދަރިއަކު މޫނުބުރުގާ އަޅާތީ ފާޑުކިޔަނީ

އިންޑިއާގެ ކުޅަދާނަ މިއުޒިކް ޑައިރެކްޓަރު އަދި ލަވަކިޔުންތެރިޔާ އޭއާރް ރަހްމާންގެ ދަރިއަކު މޫނު ބުރުގާ އަޅާތީ ބައެއް މީހުން އެކަމަށް ފާޑު ކިޔައި، އެއީ މަޖުބޫރުން ކުރުވާފައިވާ ކަމެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައްކަމުން ދިޔަ ވާހަކަތަކަށް ރަހުމާން ރައްދު ދީފި އެވެ.

11 ފެބުރުއަރީ

February 11, 2019
ޕަންކަޖަށް ވެސް ހޮލީވުޑުން ފުރުސަތެއް

ބޮލީވުޑްގެ ފަންނާނަކަށް ހޮލީވުޑް ފިލްމެއްގައި މަސައްކަތްކޮށްލުމުގެ އަނެއްކާވެސް ފުރުސަތު ލިބިއްޖެ އެވެ.

07 ފެބުރުއަރީ

February 07, 2019
ބްރެޑް ޕިޓްގެ "ޓްރޯއި" އައިޝްވާރިޔާ އަށް ހުށަހެޅި

ދެހާސް ހަތަރު ވަނަ އަހަރު ރިލީޒް ކުރި ބްރެޑް ޕިޓްގެ ފިލްމު "ޓްރޯއި" ގެ ރޯލެއް ބޮލީވުޑްގެ ބަތަލާ އައިޝްވާރިޔާ ރާއީ ހުށަހެޅި ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

01 ފެބުރުއަރީ

February 01, 2019
ޕްރިޔަންކާ ހޮލީވުޑްގެ ފިލްމެއް ޕްރޮޑިއުސްކޮށް، ކުޅެނީ

މި މަހުގެ 14 ވަނަ ދުވަހު ޕްރިޔަންކާ ޗޯޕްޅާގެ ހޮލިވުޑްގެ އައު ފިލްމު "އިޒިންޓް އިޓް ރޮމޭންޓިކް؟" ރިލީޒް ކުރަން ތައްޔާރުވަމުން އަންނަނިކޮށް، އޭނާ އަނެއްކާ ވެސް ހޮލީވުޑްގެ ފިލްމެއް އިއުލާންކޮށްފި އެވެ.

20 ޖެނުއަރީ

January 20, 2019
"ބިގިން އެގެއިން" ގެ ހިންދީ ރިމެކެއް ހަދަނީ

މާކް ރަފަލޯ އާއި ކެއިރާ ނައިޓްލީ ލީޑް ރޯލް ކުޅުނު 2013 ގެ ކާމިޔާބު މިއުޒިކަލް ކޮމެޑީ "ބިގިން އެގެއިން" ގެ ހިންދީ ރިމެކެއް ހަދަން ނިންމައިފި އެވެ.

16 ޖެނުއަރީ

January 16, 2019 1
ސްރީ ސާންތު ދެން ބޭނުމީ ސްޕީލްބާގްގެ ފިލްމެއް

އިންޑިއާގެ ކްރިކެޓް ކުޅުންތެރިންގެ ތެރެއިން ސްރީ ސާންތަކީ މުނިފޫހި ފިލުވުމުގެ ދާއިރާ އިން ގިނައިން ފެންނަ ތަރިއެކެވެ. މީގެ ކުރިން ވެސް ބައެއް ފިލްމުތަކުގައި ރޯލްތައް ކުޅެފައިވާ ސްރީ ވަނީ ދާދި ފަހުން ކަލާޒުން ނިންމައިލި ރިއަލިޓީ ޝީ "ބިގް ބޮސް" ސީޒަން 12 ގައި ވެސް ވާދަކޮށް ގަދަ ތިނަކާ ހަމައަށް ވެސް ދަތުރުކޮށްފަ އެވެ.

14 ޖެނުއަރީ

January 14, 2019 5
ބެއިޖިން ފިލްމު ފެސްޓިވަލްގައި ބައިވެރިވާން ހުޅުވާލައިފި

ޗައިނާގެ ވެރިރަށް ބެއިޖިންގައި އެޕްރީލް މަހު ބާއްވާ ނުވަ ވަނަ "ބެއިޖިން އިންޓެނޭޝަނަލް ފިލްމު ފެސްޓިވަލް (ބީޖޭއައިއެފްއެފް) ގައި ދިވެހި ފިލްމުތައް ބައިވެރިކުރަން ނެޝަނަލް ސެންޓަ ފޮ ދި އާޓްސް (އެންސީއޭ) އިން ފުރުސަތު ހުޅުވާލައިފި އެވެ.

29 ޑިސެމްބަރ

December 29, 2018
ހޮލީވުޑްގެ ފިލްމެއް ލިބިފައި އެބައޮތް: ޓައިގާ

ހޮލީވުޑްގެ ފިލްމަކުން ފުރުސަތު ލިބިފައިވާކަން ޓައިގާ ޝްރޮފް ކަށަވަރުކޮށް ދީފި އެވެ.

16 ޑިސެމްބަރ

December 16, 2018 2
ވަރަށް އަވަހަށް ބައްޕައަކަށް ވެސް ވާން ބޭނުން: ނިކް

ވަރަށް އަވަހަށް ބައްޕައަކަށް ވެސް ވާން ބޭނުން ކަމަށާއި ދަރިން ހޯދައިގެން އާއިލާއެެއް ބިނާ ކުރުމަކީ ވަރަށް ބޮޑު ހުވަފެނެއް ކަމަށް ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ފިރިމީހާ އަދި އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ބުނެފި އެވެ.

04 ޑިސެމްބަރ

December 04, 2018 1
ކްރިސްޓިއަން ބޭލްގެ ޝައުގެއް ބޮލީވުޑަކަށް ނެތް

ބޮލީވުޑްގެ ފިލްމުތަކަކީ ލަވަތަކާއި ނެށުންތަކަށް ވަރަށް ބޮޑަށް ބަރޯސާވެފައިވާ ފިލްމުތަކަކަށްވާތީ، ބޮލީވުޑްގެ ފިލްމެއް ކުޅެން އެހާ ބޮޑު ޝައުގުވެރި ކަމެއް ނެތް ކަމަށް ހޮލީވުޑްގެ...

December 04, 2018 1
ކައިވެނީގެ ހަފުލާގައި ހަވާ އެރުވުމުން ޕްރިޔަންކާ އަށް ފާޑުކިޔުން

އިންޑިއާގައި ފާހަގަ ކުރާ ދިވާލީ ފަދަ ހާއްސަ މުނާސަބުތަކާ ގުޅުވައިގެން ހަވާ އަރުވައި، ބަޑިބޭހުގެ ތަފާތު ކުޅިވަރުތުތައް ކުޅުމަކީ ސަގާފީ އާދައެކެވެ. އެކަމަކު މި ފަހުން ބަޑިބޭހުގެ...

02 ޑިސެމްބަރ

December 02, 2018 5
ޕްރިޔަންކާ އާއި ނިކް ކައިވެނިކޮށްފި

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް އިއްޔެ ކައިވެނިކޮށްފި އެވެ.

18 ނޮވެމްބަރ

November 18, 2018 2
ޕްރިޔަންކާގެ ލޯބިވެރިޔާ ހަކުރު ބައްޔަށް ފަރުވާ ހޯދަނީ

މީގެ 13 އަހަރު ކުރިން ހަކުރު ބަލީގެ ޝިކާރައަކަށްވެ، އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ ކަމަށް ބަތަލާ ޕްރިޔަންކާ ޗޯޕްޅާގެ ވާން އުޅޭ ފިރިމީހާ، އެމެރިކާގެ ލަވަކިޔުންތެރިޔާ ނިކް ޖޯނަސް ބުނެފި އެވެ.

13 ނޮވެމްބަރ

November 13, 2018
ކަންގަނާ އެކްޝަންތަކަށް ވަރަށް މޮޅު: ނިކް

އަންނަ އަހަރު ރިލީޒްކުރާ ފިލްމު "މަނިކަރުނިކާ: ދި ކްއީން އޮފް ޖާންސީ" ގައި ދައްކުވައި ދީފައިވާ އެކްޝަން މަންޒަރުތައް ބަތަލާ ކަންގަނާ ރަނާވަތު ވަރަށް މޮޅަށް ކުޅެފައިވާ ކަމަށް ބުނެ، ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޓޮމް ކްރޫޒާ ފިލްމުގެ އެކްޝަން ޑައިރެކްޓަރު ނިކް ޕަވަލް އަޅާކިޔައިފި އެވެ.

03 ނޮވެމްބަރ

November 03, 2018 6
މި ފަހަރު ވެސް ޕްރިޔަންކާގެ ސިކުންތުކޮޅެއް

ޓީވީ ސިލްސިލާ "ކްއަންޓިކޯ" ގެ މުޅި ފޯކަސް ޕްރިޔަންކާ ޗޯޕްޅާ އަށް ލިބުނަސް، އޭނާ މިހާތަނަށް ކުޅުނު ހޮލީވުޑްގެ ފިލްމުތަކުން ބެލުންތެރިން އެހާ ހިތްހަމަޖެހޭ ވަރުގެ ރޯލަކުން ނުފެނެ އެވެ.

26 އޮކްޓޯބަރ

October 26, 2018 3
ޕްރިޔަންކާ އަށް ނިކް އަގު ބޮޑު ގެއެއް ގަނެ ދީފި

އެންގޭޖްވެ، މިހާރު ކައިވެންޏަށް ތައްޔާރުވަމުން އަންނަ ޕްރިޔަންކާ ޗޯޕްޅާ އަށް އޭނާގެ އެމެރިކާގެ ލޯބިވެރިޔާ، ހިތްގައިމު އަދި އަގު ބޮޑު ގެއެއް ގަނެދީފި އެވެ.

14 އޮކްޓޯބަރ

October 14, 2018 6
ޕްރިޔަންކާ އާއި ނިކްގެ ކައިވެނި އަންނަ މަހު؟

މިދިޔަ އޮގަސްޓް މަހު މުމްބާއީގައި އެންގޭޖްމަންޓް ރަސްމީކޮށް އިއުލާން ކުރި ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އާއި އޭނާގެ އެމެރިކާގެ ލޯބިވެރިޔާ ނިކް ޖޯނަސް އަންނަ މަހުގެ ތެރޭގައި އިންޑިއާގައި ކައިވެނި ކުރަން ނިންމާފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

09 އޮކްޓޯބަރ

October 09, 2018 1
ވިލް ސްމިތު އަދިވެސް އައިޝްވާރިޔާގެ ހުވަފެނުގައި

މީގެ 15 ވަރަކަށް އަހަރު ކުރިން އައިޝްވާރިޔާ ރާއީ އަށް، ހޮލީވުޑްގެ އެކްޓަރު ވިލް ސުމިތާ އެކު ފިލްމެއް ކުޅެން ހުށަހެޅި އެވެ. އެއީ 2005 ގެ "ހިޗް" އެވެ. އެކަމަކު ކުރީގެ ރީތީގެ ރާނީ ވަނީ އެ ފިލްމުން ލިބުނު ފުރުސަތު ދޫކޮށްލައިފަ އެވެ.

30 ސެޕްޓެމްބަރ

September 30, 2018 4
ނިކް ޖޯނަސް ވަރަށް ނަސީބު ގަދަ: ބްރަޔަން އެޑަމްސް

ޕްރިޔަންކާ ޗޯޕްޅާ ކަހަލަ ބައިވެރިއަކު، ލަވަކިޔުންތެރިޔާ ނިކް ޖޯނަސް އަށް ލިބުމަކީ ވަރަށް ބޮޑު ނަސީބެއް ކަމަށާއި އެ ދެ މީހުންނަށް ބާއްޖަވެރި ހަޔާތަކަށް އެދޭ ކަމަށް ކެނެޑާގެ މަޝްހޫރު ލަވަކިޔުންތެރިޔާ ބްރަޔަން އެޑަމްސް ބުނެފި އެވެ.

25 ސެޕްޓެމްބަރ

September 25, 2018 1
ބަންގާޅުން އޮސްކާ އަށް އިރްފާންގެ ފިލްމެއް

އަންނަ އަހަރުގެ އޮސްކާ އެވޯޑްގެ ފޮރިން ލެންގްއޭޖް ފިލްމު ކެޓަގަރީ އަށް ބަންގްލަދޭޝް އިން ހުށަހަޅާ ފިލްމަކަށް، ބޮލީވުޑްގެ އެކްޓަރް އިރްފާން ހާން ކުޅެފައިވާ ޑޫބް: ނޯ ބެޑް އޮފް ރޯސެސް: ހޮވައިފި އެވެ.