19 ފެބުރުއަރީ

February 19, 2020 1
25 ވަނަ ފިލްމާ ދިމާކޮށް ބޮންޑުގެ ސްޓޭމްޕްތަކެއް

އަންނަ އޭޕްރީލް މަހު ރިލީޒްކުރާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ފިލްމު "ނޯ ޓައިމް ޓު ޑައި" އާ ދިމާކޮށް އިނގިރޭސިވިލާތުގެ ޕޯސްޓް ހިދުމަތް ދޭ ރޯޔަލް މެއިލުން ސްވެނިއާއެއްގެ ގޮތުގައި ޖޭމްސް ބޮންޑް ތީމްގެ ސްޓޭމްޕްތަކެއް ނެރެން ނިންމައި، އެ ކަލެކްޝަން ދައްކާލައިފި އެވެ.

10 ފެބުރުއަރީ

February 10, 2020
ކްރެއިގްގެ "ނައިވްސް އައުޓް" ގެ ދެވަނަ ބައެއް

މަޝްހޫރު އެކްޓަރު ޑެނިއަލް ކްރެއިގް މުހިއްމު ރޯލެއް ކުޅެ، މިދިޔަ އަހަރު ނެރުނު ކާމިޔާބު ފިލްމު "ނައިވްސް އައުޓް" ގެ ސީކްއެލްއެއް ހަދަން ނިންމައިފި އެވެ.

20 ޖެނުއަރީ

January 20, 2020
ބޮންޑްގެ ރޯލް ބަތަލާއަކު ނުކުޅޭނެ: ޕްރޮޑިއުސަރު

މި އަހަރު ގެނެސްދޭ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އަށް ފަހު، މި ސީރީޒްގެ ކުރިއަށް އޮތް ބައިގައި ޓައިޓްލް ރޯލް ކުޅޭނީ ބަތަލާއަކު ކަމަށް ބުނާ ވާހަކަތައް ޕްރޮޑިއުސަރު ބާބަރާ ބްރޮކޮލީ ދޮގުކޮށްފި އެވެ.

08 ޖެނުއަރީ

January 08, 2020 2
ބޮންޑުގެ ރޯލް ދޫކޮށްލަން ފަަސޭހައެއް ނޫން: ޑެނިއެލް

މި އަހަރު ގެނެސްދޭ ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އާ އެކު އިނގިރޭސި ޖާސޫސީ އެޖެންޓްގެ ރޯލަށް އަލްވަދާއު ކިޔަން ނިންމުމަކީ ފަސޭހަ ނިންމުމެއް ނޫން ކަމަށާއި ފަހު ފިލްމުގެ މަސައްކަތް ވަރަށް ޖަޒުބާތީ ކަމަށް އެކްޓަރު ޑެނިއަލް ކްރެއިގް ބުނެފި އެވެ.

05 ޑިސެމްބަރ

December 05, 2019
"ނޯ ޓައިމް ޓު ޑައި" ގެ ޓްރެއިލާ ދައްކާލައިފި

އަންނަ އަހަރު ބެލުންތެރިން އެންމެ އިންތިޒާރުކުރާނެ ހޮލީވުޑްގެ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓް ޑައި" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

24 އޮކްޓޯބަރ

October 24, 2019
"ނޯ ޓައިމް ޓު ޑައި" އަށް ތިން ކްލައިމެކްސްއެއް

އަންނަ އަހަރު ގެނެސްދޭ، ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު "ނޯ ޓައިމް ޓު ޑައި" އަށް ތިން ކްލައިމެކްސްއެއް ޝޫޓްކޮށްފައިވާ ކަމަށް މީޑިއާތަކުން ބުނެފި އެވެ.

03 އޮކްޓޯބަރ

October 03, 2019 1
"ނޯ ޓައިމް ޓް ޑައި" ގެ ޝޫޓިން ނިންމާލައިފި

މިދިޔަ މެއި މަހުގެ ތެރޭގައި ޝޫޓީން ފެށި ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓް ޑައި" ގެ ޝޫޓިން ނިންމާލައިފިި އެވެ.

08 ސެޕްޓެމްބަރ

September 08, 2019
ބޮންޑު ފިލްމުގެ ސެޓަށް ސިއްރު ކެމެރާ ވެއްދުމުން ޖަލަށް

ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ ސެޓުގައި އުޅުނު މީހަކު އެތަނުގެ ފާހާނާތަކުގައި ސިއްރު ކެމެރާ ހަރުކުރި މައްސަލައެއް ފަޅާއަރައި އެކަމުގައި އުޅުނު މީހާ އަށް ޖަލު ހުކުމެއް އަތުވެއްޖެ އެވެ.

22 އޯގަސްޓް

August 22, 2019
ބޮންޑްގެ އާ ފިލްމަކީ "ނޯ ޓައިމް ޓު ޑައި"

މިހާރު ޝޫޓިން ކުރިއަށްދާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ނަމަކަށް "ނޯ ޓައިމް ޓު ޑާންސް" ހަމަޖައްސައި، އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

24 ޖޫން

June 24, 2019
ޕްރިންސް ޗާލްސް "ޖޭމްސް ބޮންޑް 25" ގެ ސެޓްގައި

"ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ ޝޫޓިން ފެށި ފަހުން މީޑިއާތަކުގައި އެންމެ ބޮޑަށް މިހާތަނަށް ދެކެވިފައި ހުރީ ޝޫޓިން ތެރޭގައި ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގަ ވާހަކަ އެވެ. އޭގެ ތެރޭގައި ލީޑް އެކްޓަރު ޑެނިއެލް ކްރެއިގްގެ ފަޔަށް އަނިޔާވެ އޮޕަރޭޝަން ކުރަން ޖެހުނު ވާހަކަ އާއި ސެޓްގައި އެއްޗެއް ގޮވައި ކްރޫއަކަށް އަނިޔާވި...

07 ޖޫން

June 07, 2019
"ޖޭމްސް ބޮންޑް" ގެ ރިހޭ ފައިމައްޗަށް ފޮއި

އިނގިރޭސީ ޖާސޫސީ އެޖެންޓް "ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ މަންޒަރުތަކެއް މިދިޔަ މަހު ނަގަނިކޮށް، ލީޑް އެކްޓަރު ޑެނިއަލް ކްރެއިގްގެ ފަޔަށް ލިބުނު އަނިޔާތަކަކާ ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހިގެން، ފިލްމުގެ މަސައްކަތަށް ބުރޫ އަރާފައި ވަނިކޮށް، އަނެއްކާ ވެސް މި ފިލްމަށް އިތުރު މައްސަލައަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

24 މެއި

May 24, 2019 5
"ޖޭމްސް ބޮންޑް"ގެ ފައި ހަލާކުވެ، އޮޕަރޭޝަނެއް ކުރަނީ

"ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ މަންޒަރެއް ޝޫޓްކުރަން އުޅެނިކޮށް އެކްޓަރު ޑެނިއަލް ކްރެއިގް ވެއްޓި ފައި ޖެހުނު ގޮތުން ތަނބިކައްޓަށް ލިބުނު އަނިޔާތަކަކާ ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ އެވެ.

16 މެއި

May 16, 2019
ކްރެއިގަށް އަނިޔާވެގެން "ބޮންޑް 25" ހުއްޓުމަކަށް

މިދިޔަ މަހުން ފެށިގެން ޖެމެއިކާގައި ޝޫޓް ކުރަމުން އަންނަ "ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ ޝޫޓިންގެ ތެރޭގައި އެކްޓަރު ޑެނިއެލް ކްރެއިގް ވެއްޓި ކަކުލަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ފިލްމު ޝޫޓިން މެދުކަނޑާލަން ޖެހިއްޖެ އެވެ.

26 އެޕްރީލް

April 26, 2019
"ބޮންޑް 25" ގެ ވިލަން އަކަށް ރަމީ މާލިކް

މިހާރު ޝޫޓިން ކުރިއަށްދާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ވިލަން އަކީ މި އަހަރުގެ އޮސްކާ އެވޯޑާއި ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދި ރަމީ މާލިކްކަން ކަށަވަރުވެއްޖެ އެވެ.

19 އެޕްރީލް

April 19, 2019
ބޮންޑްގެ ރޯލް ކުޅޭ ވާހަކަ އަކީ ހަމަ އަޑެއް: ރިޗަޑް

އަންނަ އަހަރު ރިލީޒްކުރާ "ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމަށް ފަހު އެކްޓަރު ޑެނިއަލް ކްރެއިގް އެ ރޯލް ދޫކޮށްލުމުން ދެން ބޮންޑުގެ ރޯލުން ފެންނާނީ ޒުވާން އެކްޓަރު ރިޗަޑް މެޑެން ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުން އަންނަ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

07 މާޗް

March 07, 2019
ބޮންޑް ގާލްއަކަށް ލުޕީޓާ ވެދާނެ

މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ބަތަލާއަކަށް އޮސްކާ ހާސިލުކޮށްފައިވާ ކަޅު ބަތަލާ ލުޕީޓާ ނިއޮންގޯ ވެދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

10 ޑިސެމްބަރ

December 10, 2018
"ބޮންޑް 25" އިން ވެސް ލޭއާ ސޭޑޫ ފެންނާނެ

އަދިވެސް ސްކްރިޕްޓިން މަރުހަލާގައި އޮތް "ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމުން ވެސް ލޭއާ ސޭޑޫ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

16 އޮކްޓޯބަރ

October 16, 2018
ޑެނިއެލް ކްރެއިގަށް ފަހު ބޮންޑަކަށް ވާނީ ރިޗަޑް މެޑެން

ދެހާސް ފަނަރައިގައި ރިލީޒް ކުރި ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ސްޕެކްޓާ" އަށް ފަހު، ޑެނިއެލް ކްރެއިގް ބޮންޑްގެ ރޯލް ދެން ނުކުޅޭނެކަން އިއުލާން ކުރުމާ އެކު، އެ ރޯލު ދެން ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މީޑިއާތަކުގައި ވަރަށް ހޫނުކޮށް ވާހަކަ ދެކެވުނެވެ.

28 ސެޕްޓެމްބަރ

September 28, 2018
ޖޭމްސް ބޮންޑުގެ ދެ ވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ

ޖޭމްސް ބޮންޑްގެ ރޯލް މިހާރު ކުޅެމުން އަންނަ އިނގިރޭސި އެކްޓަރު ޑެނިއެލް ކްރެއިގަށް އަނެއްކާވެސް ދަރިއަކު ލިބިއްޖެ އެވެ.

22 ސެޕްޓެމްބަރ

September 22, 2018
"ޖޭމްސް ބޮންޑް" 25 ކެރީ ފުކްންގާގެ އަތަށް

"ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމު ޑައިރެކްޓް ކުރަން އެމެރިކާގެ ޑައިރެކްޓަރު ކެރީ ޖޯޖީ ފުކްންގާއާ ހަވާލުކޮށް، ފިލްމް 2020 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.