03 އޮކްޓޯބަރ

October 03, 2019 1
"ނޯ ޓައިމް ޓް ޑައި" ގެ ޝޫޓިން ނިންމާލައިފި

މިދިޔަ މެއި މަހުގެ ތެރޭގައި ޝޫޓީން ފެށި ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓް ޑައި" ގެ ޝޫޓިން ނިންމާލައިފިި އެވެ.

10 ސެޕްޓެމްބަރ

September 10, 2019
ބޮންޑުގެ ރޯލް ބަތަލާއަކަށް ދޭންޖެހޭ: ބްރޮޒްނަން

އިނގިރޭސީ ހިޔާލީ ޖާސޫސީ އެޖެންޓް ޖޭމްސް ބޮންޑްގެ ރޯލް މިހާރު ލައްކަ ދުވަހު އެކްޓަރުންނަށް ކުޅެވިއްޖެ ކަމަށާއި މިއީ މިހާރު އެ ރޯލް ބަތަލާއަކާ ހަވާކުރަންވީ ވަގުތު ކަމަށް ބޮންޑްގެ ރޯލް ހަތަރު ފިލްމެއްގައި ކުޅުނު މަޝްހޫރު އެކްޓަރު ޕިއާސް ބްރޮޒްނަން ބުނެފި އެވެ.

08 ސެޕްޓެމްބަރ

September 08, 2019
ބޮންޑު ފިލްމުގެ ސެޓަށް ސިއްރު ކެމެރާ ވެއްދުމުން ޖަލަށް

ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ނޯ ޓައިމް ޓު ޑައި" ގެ ސެޓުގައި އުޅުނު މީހަކު އެތަނުގެ ފާހާނާތަކުގައި ސިއްރު ކެމެރާ ހަރުކުރި މައްސަލައެއް ފަޅާއަރައި އެކަމުގައި އުޅުނު މީހާ އަށް ޖަލު ހުކުމެއް އަތުވެއްޖެ އެވެ.

22 އޯގަސްޓް

August 22, 2019
ބޮންޑްގެ އާ ފިލްމަކީ "ނޯ ޓައިމް ޓު ޑައި"

މިހާރު ޝޫޓިން ކުރިއަށްދާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ނަމަކަށް "ނޯ ޓައިމް ޓު ޑާންސް" ހަމަޖައްސައި، އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

24 ޖޫން

June 24, 2019
ޕްރިންސް ޗާލްސް "ޖޭމްސް ބޮންޑް 25" ގެ ސެޓްގައި

"ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ ޝޫޓިން ފެށި ފަހުން މީޑިއާތަކުގައި އެންމެ ބޮޑަށް މިހާތަނަށް ދެކެވިފައި ހުރީ ޝޫޓިން ތެރޭގައި ދިމާވެފައިވާ ހިތާމަވެރި ހާދިސާތަކުގަ ވާހަކަ އެވެ. އޭގެ ތެރޭގައި ލީޑް އެކްޓަރު ޑެނިއެލް ކްރެއިގްގެ ފަޔަށް އަނިޔާވެ އޮޕަރޭޝަން ކުރަން ޖެހުނު ވާހަކަ އާއި ސެޓްގައި އެއްޗެއް ގޮވައި ކްރޫއަކަށް އަނިޔާވި...

07 ޖޫން

June 07, 2019
"ޖޭމްސް ބޮންޑް" ގެ ރިހޭ ފައިމައްޗަށް ފޮއި

އިނގިރޭސީ ޖާސޫސީ އެޖެންޓް "ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ މަންޒަރުތަކެއް މިދިޔަ މަހު ނަގަނިކޮށް، ލީޑް އެކްޓަރު ޑެނިއަލް ކްރެއިގްގެ ފަޔަށް ލިބުނު އަނިޔާތަކަކާ ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހިގެން، ފިލްމުގެ މަސައްކަތަށް ބުރޫ އަރާފައި ވަނިކޮށް، އަނެއްކާ ވެސް މި ފިލްމަށް އިތުރު މައްސަލައަކާ ކުރިމަތިލާން ޖެހިއްޖެ އެވެ.

24 މެއި

May 24, 2019 5
"ޖޭމްސް ބޮންޑް"ގެ ފައި ހަލާކުވެ، އޮޕަރޭޝަނެއް ކުރަނީ

"ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ މަންޒަރެއް ޝޫޓްކުރަން އުޅެނިކޮށް އެކްޓަރު ޑެނިއަލް ކްރެއިގް ވެއްޓި ފައި ޖެހުނު ގޮތުން ތަނބިކައްޓަށް ލިބުނު އަނިޔާތަކަކާ ގުޅިގެން އޮޕަރޭޝަނެއް ކުރަން ޖެހިއްޖެ އެވެ.

16 މެއި

May 16, 2019
ކްރެއިގަށް އަނިޔާވެގެން "ބޮންޑް 25" ހުއްޓުމަކަށް

މިދިޔަ މަހުން ފެށިގެން ޖެމެއިކާގައި ޝޫޓް ކުރަމުން އަންނަ "ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމުގެ ޝޫޓިންގެ ތެރޭގައި އެކްޓަރު ޑެނިއެލް ކްރެއިގް ވެއްޓި ކަކުލަށް ލިބުނު އަނިޔާތަކަކާ ގުޅިގެން ފިލްމު ޝޫޓިން މެދުކަނޑާލަން ޖެހިއްޖެ އެވެ.

26 އެޕްރީލް

April 26, 2019
"ބޮންޑް 25" ގެ ވިލަން އަކަށް ރަމީ މާލިކް

މިހާރު ޝޫޓިން ކުރިއަށްދާ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ވިލަން އަކީ މި އަހަރުގެ އޮސްކާ އެވޯޑާއި ގޯލްޑެން ގްލޯބްސްގެ އެންމެ މޮޅު އެކްޓަރުގެ މަގާމު ހޯދި ރަމީ މާލިކްކަން ކަށަވަރުވެއްޖެ އެވެ.

19 އެޕްރީލް

April 19, 2019
ބޮންޑްގެ ރޯލް ކުޅޭ ވާހަކަ އަކީ ހަމަ އަޑެއް: ރިޗަޑް

އަންނަ އަހަރު ރިލީޒްކުރާ "ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމަށް ފަހު އެކްޓަރު ޑެނިއަލް ކްރެއިގް އެ ރޯލް ދޫކޮށްލުމުން ދެން ބޮންޑުގެ ރޯލުން ފެންނާނީ ޒުވާން އެކްޓަރު ރިޗަޑް މެޑެން ކަމަށް ބުނެ މީޑިއާތަކުން ފަތުރަމުން އަންނަ ވާހަކަތައް އޭނާ ދޮގުކޮށްފި އެވެ.

02 އެޕްރީލް

April 02, 2019
1964 ގެ ބޮންޑްގާލް ޓާނިއާ މަރުވެއްޖެ

ޖޭމްސް ބޮންޑް ސީރީޒްގެ ފިލްމުތަކުގެ ތެރެއިން 1964 ގައި ގެނެސް ދިން ފިލްމު "ގޯލްޑްފިންގާ" ގައި ބޮންޑްގާލްގެ ރޯލް ކުޅުނު ބަތަލާ ޓާނިއާ މެލެޓް އާދީއްތަ ދުވަހު މަރުވެއްޖެ އެވެ.

07 މާޗް

March 07, 2019
ބޮންޑް ގާލްއަކަށް ލުޕީޓާ ވެދާނެ

މިހާރު ޝޫޓިން ފަށަން ތައްޔާރުވަމުން އަންނަ ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމުގެ ބަތަލާއަކަށް އޮސްކާ ހާސިލުކޮށްފައިވާ ކަޅު ބަތަލާ ލުޕީޓާ ނިއޮންގޯ ވެދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

10 ޑިސެމްބަރ

December 10, 2018
"ބޮންޑް 25" އިން ވެސް ލޭއާ ސޭޑޫ ފެންނާނެ

އަދިވެސް ސްކްރިޕްޓިން މަރުހަލާގައި އޮތް "ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމުން ވެސް ލޭއާ ސޭޑޫ ފެންނާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

16 އޮކްޓޯބަރ

October 16, 2018
ޑެނިއެލް ކްރެއިގަށް ފަހު ބޮންޑަކަށް ވާނީ ރިޗަޑް މެޑެން

ދެހާސް ފަނަރައިގައި ރިލީޒް ކުރި ޖޭމްސް ބޮންޑް ސީރީޒްގެ އެންމެ ފަހުގެ ފިލްމު "ސްޕެކްޓާ" އަށް ފަހު، ޑެނިއެލް ކްރެއިގް ބޮންޑްގެ ރޯލް ދެން ނުކުޅޭނެކަން އިއުލާން ކުރުމާ އެކު، އެ ރޯލު ދެން ކުޅޭނެ އެކްޓަރަކާ ބެހޭ ގޮތުން މީޑިއާތަކުގައި ވަރަށް ހޫނުކޮށް ވާހަކަ ދެކެވުނެވެ.

28 ސެޕްޓެމްބަރ

September 28, 2018
ޖޭމްސް ބޮންޑުގެ ދެ ވަނަ ކައިވެންޏަށް ދަރިއަކު ލިބިއްޖެ

ޖޭމްސް ބޮންޑްގެ ރޯލް މިހާރު ކުޅެމުން އަންނަ އިނގިރޭސި އެކްޓަރު ޑެނިއެލް ކްރެއިގަށް އަނެއްކާވެސް ދަރިއަކު ލިބިއްޖެ އެވެ.

22 ސެޕްޓެމްބަރ

September 22, 2018
"ޖޭމްސް ބޮންޑް" 25 ކެރީ ފުކްންގާގެ އަތަށް

"ޖޭމްސް ބޮންޑް" ސީރީޒްގެ 25 ވަނަ ފިލްމު ޑައިރެކްޓް ކުރަން އެމެރިކާގެ ޑައިރެކްޓަރު ކެރީ ޖޯޖީ ފުކްންގާއާ ހަވާލުކޮށް، ފިލްމް 2020 ގައި ރިލީޒްކުރާ ގޮތަށް ނިންމައިފި އެވެ.

17 ސެޕްޓެމްބަރ

September 17, 2018
"ޖޭމްސް ބޮންޑް" ގެ 25 ވަނަ ފިލްމު ވާނުވާގައި

ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމު ލިޔެ، ޑައިރެކްޓް ކުރަން، މަޝްހޫރު ޑައިރެކްޓަރު ޑެނީ ބޮއެލް ހަވާލުވުމަށް ފަހު، ފިލްމުގެ ޕްރޮޑިއުސަރުންނާ ހިޔާލު ތަފާތުވެގެން ފިލްމް ދޫކޮށްލުމާ އެކު، މީގެ މަސައްކަތުގައި އޮތީ ވާނުވާ ނޭނގުމެއްގެ ތެރޭގަ އެވެ.

24 އޯގަސްޓް

August 24, 2018
ޑެނީ ބޮއެލް "ޖޭމްސް ބޮންޑް 25" ދޫކޮށްލައިފި

ޖޭމްސް ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމްގެ ޑައިރެކްޝަނާ ހަވާލުވި ޑެނީ ބޮއެލް އެ ފިލްމް ދޫކޮށްލައިފި އެވެ.

10 ޖޫން

June 10, 2018
ފުރަތަމަ "ބޮންޑް ގާލް" މަރުވެއްޖެ

ޖޭމްސް ބޮންޑްގެ ފިލްމްތައް ތައާރަފުވެގެން އައި އިރު، ބޮންޑްގެ ފިލްމެއްގައި އެންމެ ފުރަތަމަ ބަތަލާގެ ރޯލް ކުޅުނު އިނގިރޭސިވިލާތުގެ ބަތަލާ ޔޫނިސް ގޭޒަން މަރުވެއްޖެ އެވެ.

29 މެއި

May 29, 2018
ކްރެއިގަށް "ބޮންޑް 25" އިން 66 މިލިއަން ޑޮލަރު

އަންނަ ޑިސެމްބަރު މަހު ޝޫޓިން ފަށާ ޖޭމްސްގެ ބޮންޑް ސީރީޒްގެ 25 ވަނަ ފިލްމް ޑެނިއެލް ކްރެއިގް ކުޅެނީ 25 މިލިއަން ޑޮލަރަށް ކަމަށް ރިޕޯޓްތައް ކުރިން ބުނި ނަމަވެސް، އެ ފިލްމުން އޭނާ އަށް 66 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް ބުނެފި އެވެ.