22 ފެބުރުއަރީ

February 22, 2020 1
"ފްރެންޑްސް" ގެ އެނބުރި އައުން ކަށަވަރު

ބެލުންތެރިންގެ މެދުގައި ފަނޑުވުމެއް ނެތް މަޝްހޫރު ސިޓްކޮމް "ފްރެންޑްސް" އާ ބެހޭ ގޮތުން ފާއިތުވި ތަނުގައި އެންމެ ގަދައަށް ދެކެވުނު އެއް ވާހަކަތަކަކީ މިއެވެ. މި ޝޯގެ އިތުރު ބައިތަކެއް ކުރީގެ ބައިވެރިންނާ އެކު އަލުން އެނބުރި އަންނާނެތޯ އެވެ.

16 ޖެނުއަރީ

January 16, 2020 2
އެމެޒޯންގެ ސީރީޒަކަށް ޕްރިޔަންކާ އާއި ރިޗަޑް

"އެވެންޖާޒް" ފަދަ ކާމިޔާބު ފިލްމުތައް ގެނެސްދިން ދެ ޑައިރެކްޓަރުން ކަމަށްވާ ރުޒޯ ދެބޭން އެމެޒޯން ޕްރައިމް ވީޑިއޯ އަށް ހަދާ ސީރީޒްގެ ލީޑް ރޯލަށް ޕްރިޔަންކާ ޗޯޕްޅާ އާއި ރިޗަޑް މެޑެން ސޮއިކޮށްފި އެވެ.

15 ޑިސެމްބަރ

December 15, 2019
ޕްރިޔަންކާގެ ކައިވެނީގެ ތައްޔާރީތަކަށް ވެބް ސީރީޒެއް

އިންޑިއާގެ މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްރާ އާއި ފިރިމީހާ ނިކް ޖޯނަސްގެ ކައިވެނީގެ ތައްޔާރީތައް ހިމަނައިގެން އެމެޒޯން ޕްރައިމް ވީޑިއޯ އިން ވެބް ސީރީޒެއް ގެނެސްދޭން ނިންމައިފި އެވެ.

08 ޑިސެމްބަރ

December 08, 2019
"އަލައްދިން" ގެ ސްޕިންއޮފެއް ޑިޒްނީ ޕްލަސް އަށް

މި އަހަރުގެ ކުރީކޮޅު ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި "އަލައްދިން" ގެ ލައިވް-އެކްޝަން ފިލްމުގެ ސްޕިންއޮފެއް ހަދަން ނިންމައިފި އެވެ.

29 ނޮވެމްބަރ

November 29, 2019
ނެޓްފްލިކްސް އިން ސިނަމާގައި ވެސް ފިލްމު ދައްކަނީ

ސްޓްރީމިން ސާވިސްއާ އެކު ސިނަމާތަކުގެ ވިޔަފާރި ހަލާކުކޮށްލިކަމުގެ ތުހުމަތު ގިނަ ބަޔަކު އަޅުވާ މަޝްހޫރު ނެޓްފްލިކްސް އިން އެމެރިކާގެ ނިއު ޔޯކްގެ މަޝްހޫރު ޕެރިސް ސިނަމާ 10 އަހަރުގެ މުއްދަތަކަށް ކުއްޔަށް ހިފައި އެތަނުގައި ފިލްމުތައް ދައްކަން ފަށައިފި އެވެ.

12 ނޮވެމްބަރ

November 12, 2019 2
ސްޓްރީމިންއާ އެކު ސިނަމާތަކަށް ވާނީ ކިހިނެއް؟

އޯވަ ދަ ޓޮޕް (އޯޓީޓީ) ނުވަތަ ސްޓްރީމިން ޓީވީގެ ހިދުމަތަކީ މިހާރު ދުނިޔޭގެ ހުރިހާ ހިސާބެއްގައި ވެސް ފުޅާވަމުން އަންނަ އެއް ވިޔަފާރިއެކެވެ. ސްޓްރީމިންގެ ހިދުމަތްދޭ ޕްލެޓްފޯމްތައް އިތުރުވަމުން ދިއުމަކީ އޭގެ ހެއްކެކެވެ.

31 އޮކްޓޯބަރ

October 31, 2019
އެޗްބީއޯ މެކްސްގެ އަގު ބޮޑު؛ ލިބޭނީ އަންނަ އަހަރު

ވޯނާ މީޑިއާ އިން އަލަށް ތައާރަފުކުރަން ނިންމާފައިވާ ސްޓްރީމިން ސާވިސް އެޗްބީއޯ މެކްސްގެ ހިދުމަތް އަންނަ އަހަރުގެ މެއި މަހުގެ ތެރޭގައި ފަށަން ނިންމައި، މަހު ފީ ވެސް އިއުލާންކޮށްފި އެވެ.

19 އޮކްޓޯބަރ

October 19, 2019
"ރޯގް ވަން" ގެ ޕްރިކްއެލް ސީރީޒެއް ޑިޒްނީ+ އަށް

މީގެ ތިން އަހަރު ކުރިން ގެނެސްދިން "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީޒް" ގެ ކުރިން ހިނގާފައިވާ ހާދިސާތަކެއް ކިޔައިދޭ ސީރީޒެއް ޑިޒްނީގެ ސްޓްރީމިން ސާވިސް އިން ގެނެސްދޭން ނިންމައި، އެ ސީރީޒްގެ ޕައިލެޓް ޕްރޮޖެކްޓް ޓޯނީ ގިލްރޯއިއާ އާ ހަވާލުކޮށްފި އެވެ.

31 އޯގަސްޓް

August 31, 2019 1
ހިލަރީގެ ރިޔާސީ ކެމްޕޭނަށް ވެބް ސީރީޒެއް

އެމެރިކާގެ ކުރީގެ ރައިސް ބިލް ކްލިންޓަންގެ އަނބިކަނބަލުން ހިލަރީ ކްލިންޓަން އެންމެ ފަހުން ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބަށް ކުރެއްވި ނާކާމިޔާބު ކެމްޕޭން އަސްލަކަށް ބަލައިގެން ވެބް ސީރީޒެއް ހަދަން ނެޓްފްލިކްސް އިން ނިންމައިފި އެވެ.

14 އޯގަސްޓް

August 14, 2019 1
"ދަ މޯނިން ޝޯ" އެނިސްޓަނާއި ރީޒްއާ އެކު

އަންނަ މަހު ރަސްމީކޮށް ލޯންޗްކުރާ އެޕަލް ޓީވީ ޕްލަސް އިން ގެނެސްދޭ ޝޯތަކުގެ ތެރެއިން "ދަ މޯނިން ޝޯ" ގެ ޓީޒާ ޓްރެއިލާއެއް ދައްކާލައިފި އެވެ.

11 އޯގަސްޓް

August 11, 2019
"ހޯމް އެލޯން" ގެ ރިބޫޓް ވާޝަން ޑިޒްނީން ހަދަނީ

ބެލުންތެރިންގެ ބޮޑު މަގުބޫލުކަމެއް ހޯދި އަދި މީގެ 29 އަހަރު ކުރިން ނެރުނު ފިލްމު "ހޯމް އެލޯން" ގެ ރިބޫޓް ވާޝަނެއް ގެނެސްދޭން ނިންމައިފި އެވެ.

20 ޖުލައި

July 20, 2019
"ޖެކް ރީޗާ" އަށް އެމެޒޯންގެ ވެބް ސީރީޒެއް

ރީޗާ ކިޔާ އަސްކަރީ އޮފިސަރެއްގެ ރޯލު ޓޮމް ކްރޫޒް ކުޅުނު "ޖެކް ރީޗާ" ސީރީޒްގެ ފިލްމުތަކުން އޭނާ ދެން ނުފެންނާނެކަން މިދިޔަ އަހަރު ވަނީ ކަށަވަރުވެފަ އެވެ. ސަބަބަކީ އެ ކެރެކްޓާ އަށް އަސްލު ފިޓްވާން ޖެހޭ ވަރަށް ވުރެ ކްރޫޒް އިސްކޮޅުން ކުރުވުމެވެ.

12 ޖުލައި

July 12, 2019
ކިޑްމަންގެ ވެބް ސީރީޒެއް ވޯނާ މީޑިއާ އަށް

ވާނާ މީޑިއާ އިން އަލަށް ތައާރަފު ކުރި ސްޓްރީމިން ސާވިސް "އެޗްބީއޯ މެކްސް" އަށް، މަޝްހޫރު ބަތަލާ ނިކޯލް ކިޑްމަން ވެބް ސީރީޒެއް ޕްރޮޑިއުސްކޮށްދޭން ނިންމައިފި އެވެ.

11 ޖުލައި

July 11, 2019
"ފްރެންޑްސް" އަންނަ އަހަރު އެޗްބީއޯ މެކްސް އަށް

ނެޓްފްލިކްސް އިން މިހާތަނަށް ސްޓްރީމް ކުރަމުން ދިޔަ ކުރީގެ މަޝްހޫރު ސިލްސިލާ "ފްރެންޑްސް" އެޗްބީއޯ އިން، އަލަށް ތައާރަފުކުރާ ސްޓްރީމިން ސާވިސް އިން ސްޓްރީމް ކުރަން ނިންމައިފި އެވެ.

05 ޖުލައި

July 05, 2019
"ލޯޑް އޮފް ދަ ރިންގްސް" ސީރީޒަށް ޑައިރެކްޓަރެއް

ޑައިރެކްޓަރު ޕީޓާ ޖެކްސަންގެ ކާމިޔާބު ފެންޓަސީ/އެކްޝަން ފިލްމް "ލޯޑް އޮފް ދަ ރިންގްސް" ވެބް ސީރީޒެއްގެ ގޮތުގައި ގެނެސްދޭން އުޅޭ ވާހަކަ މީޑިއާތަކަށް އެރީ މީގެ ދެ އަހަރު ކުރިންނެވެ. އޭގެ ފަހުން މި ޕްރޮޖެކްޓާ ބެހޭ މާ ގިނަ ވާހަކަތަކެއް ދެކެވިފައެެއް ނެތެވެ.

03 މެއި

May 03, 2019
ތައި ހޮހޮޅަ ހާދިސާގެ ސީރީޒް ނެޓްފްލިކްސް އަށް

މިދިޔަ އަހަރު ތައިލެންޑްގެ ތަމް ލުއާން ހޮހަޅައިގައި އެ ގައުމުގެ ފުޓްބޯޅަ ޓީމެއްގެ 12 ކުދިންނާއި ފުޓުބޯޅަ ކޯޗް ތާށިވި ހާދިސާގެ މައްޗަށް ބިނާކޮށް "ދަ ކޭވް" ގެ ނަމުގައި ފީޗާ ފިލްމެއް ހަދަމުން ދަނިކޮށް، ނެޓްފްލިކްސް އިން އެ ހާދިސާ އަށް ބިނާކޮށް މިނީ ސީރީޒެއް ވެސް ހަދަން ނިންމައިފި އެވެ.

14 އެޕްރީލް

April 14, 2019
ޑިޒްނީގެ ސްޓްރީމިން ހިދުމަތް ނޮވެމްބަރުގައި

ސްޓްރީމިން ހިދުމަތުގެ ތެރެއަށް ނުކުންނަ ކުންފުނިތައް އިތުރުވެ، ވާދަވެރިކަން ބޮޑުވެފައި ވަނިކޮށް، މަޝްހޫރު ޑިޒްނީ ކުންފުނީގެ ސްޓްރީމިން ސާވިސް އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި ރަސްމީކޮށް ލޯންޗް ކުރަން ނިންމައިފި އެވެ.

11 އެޕްރީލް

April 11, 2019
އެޕަލްގެ ވެބް ސީރީޒެއް ޖޫލިއަން މޯ އަށް

މިދިޔަ މަހު އެޕަލް ޓީވީގެ ނަމުގައި ސްޓްރީމިންގެ ހިދުމަތް ތައާރަފު ކުރި މަޝްހޫރު އެޕަލް ކުންފުނީގެ އެންޓަޓައިންމަންޓް ވިންގުން ހަދާ ވެބް ސީޒީރަކަށް އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ މަޝްހޫރު ބަތަލާ ޖޫލިއަން މޯ ސޮއިކޮށްފި އެވެ.

10 އޯގަސްޓް

August 10, 2018
ޑިޒްނީގެ ސްޓްރީމިން ހިދުމަތް އަންނަ އަހަރުގެ ފަހުކޮޅު

ސްޓްރީމިން ސާވިސްގެ ހިދުމަތް އަންނަ އަހަރުގެ ފަހުކޮޅު ރަސްމީކޮށް ދޭން ފަށާނެ ކަމަށް ޑިޒްނީން ބުނެފި އެވެ.

01 މާޗް

March 01, 2018
ނެޓްފްލިކްސްގެ ކޮންޓެންޓަށް އަލަށް 700 އުފެއްދުމެއް

މަޝްހޫރު ސްޓްރީމިން ސާވިސް ނެޓްފްލިކްސްގެ ކޮންޓެންޓް މި އަހަރު ވަރަށް މުއްސަނދި ވާނެ ކަމަށާއި މި އަހަރުގެ ތެރޭގައި މުޅިން އަލަށް 700 އުފެއްދުމެއް ފެނިގެން ދާނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.