20 ފެބުރުއަރީ

February 20, 2017
ޕިޓާ ވަކިޔަސް މިއީ އަދިވެސް އާއިލާއެއް: ޖޮލީ

އެކްޓަރު ބްރެޑް ޕިޓާ ވަކިވާން ނިންމުމަކީ އުނދަގޫ ނިންމުމެއް ކަމަށާއި ނަމަވެސް އެކަމުގެ ސަބަބުން ގުޅުން އެއްކޮށް ކެނޑިގެން ނުދާ ކަމަށާއި "އާއިލީ ގުޅުން" އަބަދު ވެސް އޮންނާނެ ކަމަށް ބަތަލާ އެންޖެލީނާ ޖޮލީ ބުނެފި އެވެ.

18 ފެބުރުއަރީ

February 18, 2017
ކްލޫނީ އާއި އަމާލް އަށް ލިބެނީ ދެ ޖިންސްގެ ދެ ކުދިން

ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީ އާއި އޭނާގެ އަންހެނުން އަދި އިންސާނީ ހައްގުތަކާ ބެހޭ ބައިނަލްއަގުވާމީ ވަކީލް އަމާލް ކްލޫނީ އަށް އެއްމާބަނޑު ދެ ކުދިން ލިބެން އުޅޭކަމުގެ ޚަބަރު ދުވަސްކޮޅެއް ކުރިން ވަނީ ފެތުރިފަ އެވެ.

11 ފެބުރުއަރީ

February 11, 2017
"ލާ ލާ ލޭންޑް" އާ މެދު ފަހުރުވެރިވަން: ރަޔަން

"ލާ ލާ ލޭންޑް" ގިނަ ބަޔަކަށް ކަމުގޮސްފި ކަމަށާއި ފިލްމުގެ ކާމިޔާބީއާ މެދު ވަރަށް ފަހުރުވެރިވާ ކަމަށް އެ ފިލްމުގެ ބަތަލު ރަޔަން ގޮސްލިން ބުނެފި އެވެ.

10 ފެބުރުއަރީ

February 10, 2017 9
ޖަނގިޔަލަކުން ބާރު ލިބޭ ކެޕްޓަން އަންޑަޕޭންޓްސް

ސުޕަމޭން ކަހަލަ ސުޕަހީރޯއިން ކޮސްޓިއުމްގެ މަތިން ޖަނގިޔަލެއްގެ ލައިގެން އުޅޭތީ އެކަން އޮންނަނީ ބޮޑު ޖޯކަކަށް ވެފަ އެވެ. ލައިވް އެކްޝަން ފިލްމުތަކުން އެކަހަލަ ކޮސްޓިއުމްތައް...

February 10, 2017 2
ހޮލީވުޑްގައި ދީޕިކާއަށް ވުރެ ދިޝާ ޕަޓާނީ މާ ކާމިޔާބު

ބޮލީވުޑްގައި ދީޕިކާ ޕަދުކޯން ރަނިކަން ކުރިޔަސް ހޮލިވުޑްގައި އޭނާ ކުޅުނު ފިލްމު "ތުރީ އެކްސް: ރިޓާން އޮފް ޒެންޑާ ކޭޖް" ކާމިޔާބު ވާ ގޮތެއް ނުވި އެވެ.

04 ފެބުރުއަރީ

February 04, 2017
ކައިލީ އާއި ޖޯޝުއާގެ ގުޅުން ނިމުމަކަށް

ވަރަށް އަވަހަށް ކައިވެނި ކުރަން ނިންމައި، އެކަމަށް ތައްޔާރުވަމުން ދަނިކޮށް އޮސްޓްރޭލިއާގެ މަޝްހޫރު ލަވަ ކިޔުންތެރިޔާ ކައިލީ މިނޯގާއި އެކްޓަރު ޖޯޝުއާ ސޭސްގެ ލޯބީގެ ގުޅުން ނިމުމަކަށް އަތުވެއްޖެ އެވެ.

03 ފެބުރުއަރީ

February 03, 2017
ޖެކޮލިންގެ ހޮލީވުޑް ފިލްމް އޮގަސްޓްގައި

ޕްރިޔަންކާ ޗޯޕްޅާ އާއި ދީޕިކާ ޕަދްކޯން އަދި ނަރުގިސް ފަޚްރީ ފަދަ ބޮލީވުޑްގެ ބަތަލާއިން މިހާރު ވަނީ އެ މީހުންގެ ހުނަރު ހޮލީވުޑްގައި ދައްކާލައިފަ އެވެ. ދެން އޮތީ ސްރީ ލަންކާ އަށް އުފަން ބޮލީވުޑްގެ ބަތަލާ ޖެކޮލިން ފެނާންޑޭޒް ވެސް ވަނީ ހޮލީވުޑް ފިލްމެވެ.

02 ފެބުރުއަރީ

February 02, 2017
ޕެރިސް ޖެކްސަން ފުރަތަމަ ފަހަރަށް ޓީވީ ސިލްސިލާއަކަށް

ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންގެ އަންހެން ދަރިފުޅު ޕެރިސް ޖެކްސަން ޓީވީ ސިލްސިލާއަކާ އެކު، އެކްޓިންގެ ތެރެއަށް ވަންނަން ނިންމައިފި އެވެ.

February 02, 2017 2
"ލަޔަން" ގައި އުޅޭ އިންޑިއާގެ ފަގީރު ކުއްޖާގެ ވާހަކަ

ސަނީ ޕަވާރް ނިދާ ކައިބޮއި ދިރިއުޅެނީ މައިންބަފައިންނާއި އެއްބަނޑުއެއްބަފާ ދެކުދިންނާއި އަދިވެސް އެތައް ބަޔަކު އުޅޭ ކުޑަކުޑަ ކޮޓަރިގަނޑެއްގަ އެވެ. އެއީ މުމްބައިގެ އެންމެ ފަގީރު...

31 ޖެނުއަރީ

January 31, 2017
އެޝްޓަން ކުޗާގެ ރައްދެެއް ރައީސް ޓްރަމްޕަށް

އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސިޔާސަތުތަކަށް މުޅި ދުނިޔެ ވެސް އަންނަނީ ފާޑު ކިޔަމުންމެވެ. މީގެ ތެރޭގައި މުނިފޫހި ފިލުވުމުގެ ދާއިރާގައި ހަރަކާތްތެރިވާ ނުފޫޒް ގަދަ ސެލެބްރިޓީން ވެސް ހިމެނެ އެވެ.

26 ޖެނުއަރީ

January 26, 2017
ބޮލީވުޑްގެ ލޯބީގެ ފިލްމެއް ކުޅެލަން ބޭނުން: ޖެކީ ޗެން

ބޮލީވުޑްގެ ލޯބީގެ ފިލްމެއް ކުޅެލަން ވަރަށް ބޭނުންވާ ކަމަށާއި ޑައިރެކްޓަރަކު ފުރުސަތެއް ދީފި ނަމަ ގަބޫލު ކުރާނެ ކަމަށް މަޝްހޫރު އެކްޓަރު ޖެކީ ޗެން ބުނެފި އެވެ.

25 ޖެނުއަރީ

January 25, 2017
އޮސްކާގެ ކުރީގައި ވެސް "ލާ ލާ ލޭންޑް"

ހަތް ދިހަ ހަތަރު ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި ހަތް އެވޯޑް ހޯދައި، ގިނަ ބަޔަކު ހައިރާންކޮށްލި މިއުޒިކަލް/ކޮމެޑީ "ލާ ލާ ލޭންޑް" 14 ނޮމިނޭޝަނާ އެކު، ޝަރަފުވެރި އޮސްކާ އެވޯޑް ރޭހުގެ ކުރި ވެސް އަތުލައިފި އެވެ.

18 ޖެނުއަރީ

January 18, 2017
ސޯނަމް ކަޕޫރާއި ހުމާ ގުރޭޝީ ވެސް ހޮލީވުޑަށް

ދީޕިކާ ޕަދުކޯން އާއި ޕްރިޔަންކާ ޗޯޕްރާ އަށް ފަހު ހޮލީވުޑް ފިލްމުތައް ކުޅުމަށް ޝައުގުވެރިވާ ބޮލީވުޑް އެކްޓަރުން ވަނީ ގިނަ ވެފަ އެވެ. އެގޮތުން އެންމެ ފަހުން ހޮލީވުޑް ފިލްމުތަކުގައި ބައިވެރިވާން ނިންމާފައިވަނީ ސޯނަމް ކަޕޫރާއި ހުމާ ގުރައިޝީ އެވެ.

17 ޖެނުއަރީ

January 17, 2017 3
ބަތަލާ ލިންޒީ ލޯހަން އިސްލާމްވީތަ؟

ހޮލީވުޑްގެ މަޝްހޫރު ބަތަލާ ލިންޒީ ލޯހަންގެ އިސްޓަގްރާމްގައި ހުރި ފޮޓޯތަކާއި ޕޯސްޓްކޮށްފައިވާ ލިޔުންތައް ކުއްލިއަކަށް ފޮހެލުމުން އެތައް ބަޔަކަށް ލިބުނީ ސިހުމެކެވެ.

12 ޖެނުއަރީ

January 12, 2017
"ބޭވޮޗް" ގެ އާ ޓްރެއިލާއެއް ދައްކާލައިފި

ޕްރިޔަންކާ ޗޯޕްޅާ މުުހިއްމު ރޯލެއް ކުޅެފައިވާ ފިލްމް "ބޭވޮޗް" ގެ ފުރަތަމަ ޓްރެއިލާ ދައްކައިލުމާ އެކު، އޭނާގެ ފޭނުންނަށް މާ ބޮޑު ހިތްހަމަޖެހުމެއް ލިބޭ ގޮތެއް ނުވި އެވެ. ސަބަބަކީ އެ ޓްރެއިލާގައި ޕްރިޔަންކާ ފެންނަނީ ފަޅި ސިކުންތަކަށް ކަމަށް ވާތީ އެވެ.

09 ޖެނުއަރީ

January 09, 2017 1
ގޯލްޑެން ގްލޯބްގައި "ލާ ލާ ލޭންޑް" ވިދާލައިފި

ހަތްދިހަ ހަތަރު ވަނަ ގޯލްޑެން ގްލޯބް އެވޯޑްސްގައި މިއުޒިކަލް/ކޮމެޑީ "ލާ ލާ ލޭންޑް" އެ ފިލްމް ވާދަ ކުރި ހުރިހާ ކެޓަގަރީއަކުން އެވޯޑް އުފުލާލައި، އެވޯޑް ހަފުލާގައި ވިދުން ގަދަކޮށްފި އެވެ.

07 ޖެނުއަރީ

January 07, 2017
ކެރީ އާއި ޑެބީ އަށް ހާއްސަ ޝަރަފެއް

މާދަމާ ބާއްވާ 74 ވަނަ ގޯލްޑެން ގްލޯބްސް އެވޯޑްސްގައި، ދާދި ފަހުން މަރުވި މަޝްހޫރު ދެ ތަރިން ކަމަށްވާ ކެރީ ފިޝާ އާއި އޭނާގެ މަންމަ ޑެބީ ރެނޮލްޑްސް އަށް ހާއްސަ ޝަރަފެއް އަރުވާ ގޮތަށް ނިންމައިފި އެވެ.

05 ޖެނުއަރީ

January 05, 2017 1
50 އަހަރުގައި ޖެނެޓް ޖެކްސަން މަންމައަކަށް ވެއްޖެ

ޕޮޕް ލަވައިގެ ރަސްގެފާނު މައިކަލް ޖެކްސަންގެ ކޮއްކޮ އަދި މަޝްހޫރު ލަވަ ކިޔުންތެރިޔާ ޖެނެޓް ޖެކްސަނަށް އުމުރުން 50 އަހަރުގައި ފުރަތަމަ ދަރިފުޅު ލިބިއްޖެ އެވެ.

January 05, 2017 1
ޕްރިޔަންކާއާ އެކު މަސައްކަތްކޮށްލަން ބޭނުން: ޖަސްޓިން

ޕްރިޔަންކާ ޗޯޕްޅާއަކީ ވަރަށް މޮޅު ބަތަލާއެއް ކަމަށާއި އޭނާއާ އެކު މަސައްކަތްކޮށްލަން ބޭނުންވާ ކަމަށް ޓީވީ ޝޯ "ދިސް އިޒް އަސް" ގެ އެކްޓަރު ޖަސްޓިން ހާޓްލީ ބުނެފި އެވެ.

04 ޖެނުއަރީ

January 04, 2017
އާ ބައިވެރިޔަކާ އެކު ބްރިޓްނީ އުފަލުން

ބޮޑެތި މައްސަލަތަކަކަށް ފަހު، ލަވަކިޔުންތެރިޔާ ބްރިޓްނީ ސްޕިއާސްގެ މިއުޒިކް ކެރިއަރު އަލުން ފަށައި، އަމިއްލަ ދިރިއުޅުން އަމާން މަންޒިލަކަށް މިސްރާބު ޖަހައިފައިވާ ކަމުގެ ނިޝާންތަކެއް މިހާރު އަންނަނީ ފެންނަމުންނެވެ.

01 ޖެނުއަރީ

January 01, 2017
ޗާލީ ޝީން 2020 ގައި އެމެރިކާގެ ރައީސް ކަމަށް؟

އެމެރިކާގެ ރައީސް ކަމަށް ޑޮނަލްޑް ޓްރަމްޕް އިންތިހާބުވުމުން އެމެރިކާގެ ވަރަށް ގިނަ ބައެއްގެ އިތުރުން މުޅި ދުނިޔެ އަށް ވެސް ލިބުނު ނުތަނަވަސްކަން ބޮޑެވެ. އެ ހާލުގައި އެތައް ބަޔަކު ތިއްބައި އެކްޓަރު ޗާލީ ޝީން މި ވަނީ ވަރަށް ސީރިއަސް މޫޑެއްގައި "މަޖާ ވާހަކައެއް" ދައްކައިފަ އެވެ. އެއީ 2020 ގައި ޓްރަމްޕް ބަލި ކުރަން އިންތިހާބުގައި ވާދަ...

31 ޑިސެމްބަރ

December 31, 2016
"ބޭޑް މޮމްސް" ގެ ސީކްއެލްއެއް އަންނަ އަހަރު

މި އަހަރު ރިލީޒްވި ކޮމެޑީ ފިލްމް "ބޭޑް މޮމްސް" ގެ ޖާދޫގައި ޖެހުނު ފޭނުންނަށް މިއޮތީ އުފާވެރި ހަބަރެކެވެ. އެއީ މި ފިލްމުގެ ސީކްއެލްއެއް ނުވަތަ ދެވަނަ ބައެއް ގެނެސް ދޭން ނިންމި ވާހަކަ...

December 31, 2016
"ރޯގް ވަން" ގެ ވިލަންގެ ކައިވެނި ރޫޅެނީ

މި މަހުގެ 16 ގައި ރިލީޒްކޮށް، ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ހޯދަމުން އަންނަ "ރޯގް ވަން: އަ ސްޓާ ވޯސް ސްޓޯރީ" ގެ ވިލަންގެ ރޯލް ކުޅެފައިވާ އޮސްޓްރޭލިއާގެ އެކްޓަރު ބެން...

30 ޑިސެމްބަރ

December 30, 2016
އޯކޭ ޖާނޫ އާއި ދީޕިކާގެ ހޮލީވުޑް ފިލްމު އެއް ދުވަހަކު

މިހާތަނަށް ދެކެވެމުން އައީ ޝާހްރުކް ޚާންގެ "ރައީސް" އާއި ރިތިކް ރޯޝަންގެ "ގާބިލް" ގެ ބޮކްސް އޮފީސް ހަނގުރާމައިގެ ވާހަކަ އެވެ. ނަމަވެސް އޭގެ ކުރިން ބޮކްސް އޮފީހުގައި އަނެއްކާވެސް ބޮޑު ދެ ފިލްމެއްގެ ކުރިމަތިލުމަކަށް ތައްޔާރުވެއްޖެ އެވެ.