11 ސެޕްޓެމްބަރ

September 11, 2017
ބޮޑު ސްކްރީނުން އެޑެލް ފެނިދާނެ

އިނގިރޭސިވިލާތުގެ އަންހެން ލަވަ ކިޔުންތެރިޔާ އެޑެލް އެ ފަންނުގައި ކިތަންމެހާ ވެސް ކާމިޔާބެވެ. މަގުބޫލެވެ. އެކަމަކު ހަމައެކަނި ލަވަ ކިޔައިދީގެން ފޭނުން މުނިފޫހި ފިލުވައި ދީފައި ނިންމައިލާކަށް އޭނާ ބޭނުމެއް ނޫނެވެ.

10 ސެޕްޓެމްބަރ

September 10, 2017
ޑިޒްނީއާ ހެދި ނެޓްފިލިކްސް އަށް ގެއްލުން ވެދާނެބާ؟

މިދިޔަ މަހުގެ ތެރޭގައި ޑިޒްނީން ވަނީ އެ މީހުންގެ އަމިއްލަ ސްޓްރީމިން ސާވިސްގެ ހިދުމަތް 2019 ގައި ފަށާނެ ކަމަށް އިއުލާންކޮށްފަ އެވެ. މިއާއެކު ދެން އެންމެ ބޮޑު ހަބަރަކަށްވީ މިހާރު ގިނަ ބަޔަކު އެންމެ ބޮޑަށް ބަރޯސާވެފައި އޮތް ސްޓްރީމިން ސާވިސް ނެޓްފްލިކްސް މެދުވެރިކޮށް ކުރިއަށް އޮތް ތަނުގައި ޑިޒްނީ އާއި ޕިކްޒާގެ އުފެއްދުންތައް...

09 ސެޕްޓެމްބަރ

September 09, 2017 1
"މެލަފިޝަންޓް 2" ވެސް އިން އެންޖެލީނާ ފެންނާނެ

ބަތަލާ އެންޖެލީނާ ޖޮލީ އެކްޓިންއާ ފެއަށް ޖެހިލައި، ޑައިރެކްޝަނަށް ހުސްވާން އުޅޭ އަޑުތަކެއް ފެތުރުނު ނަމަވެސް، އެކްޓް ކުރުން ހުއްޓާ ނުލާނެ ކަމަށާއި 2014 ގައި ރިލީޒް ކުރި ފެންޓަސީ ފިލްމް "މެލަފިޝަންޓް" ގެ ދެވަނަ ބައިން ވެސް ފެންނާނެ ކަމުގެ ޔަގީންކަން އޭނާ ދީފި އެވެ.

08 ސެޕްޓެމްބަރ

September 08, 2017
ޑިކް ޗޭނީގެ ރޯލަށް ކްރިސްޓިއަން ބޭލް ފަލަވެއްޖެ

ފިލްމެއްގައި ކުޅެންޖެހޭ ކެރެކްޓާއަކަށް ހަށިގަނޑަށް ބަދަލެއް ގެންނަން ޖެހޭ ނަމަ އެކަން ކުރުމުގައި އެކްޓަރު ކްރިސްޓިއަން ބޭލްއަކީ ފަހަތަށް ޖެހޭނެ ތަރިއެއް ނޫނެވެ. މާޒީގައި ވެސް އޭނާ ވަނީ އެކަން ސާބިތުކޮށް ދީފަ އެވެ.

05 ސެޕްޓެމްބަރ

September 05, 2017
"ކްރީޑް" ގެ ދެވަނަ ބައެއް އުފައްދަނީ

ސިލްވެސްޓާ ސްޓެލޯން އާއި މައިކަލް ބީ ޖޯޑަންގެ 2015 ގެ ސްޕޯޓްސް ޑްރާމާ "ކްރީޑް" ގެ ދެވަނަ ބައެއް ހަދަން ނިންމައިފި އެވެ.

September 05, 2017 7
ހުސްހަށިބަޔަކަށް ހުރުމަކީ ވޭންހުރި ކަމެއް: އެންޖެލީނާ

ހުސްހަށިބަޔަށް ހުރުމަކީ ގަޔާވާ ކަމެއް ނޫން ކަމަށާއި އެކަމުން ވޭން ހުރި އިހުސާސްތަކެއް ކުރެވޭ ކަމަށް، ކުރި ތިން ކައިވެނި ވެސް ރޫޅިފައިވާ ހޮލީވުޑްގެ މަޝްހޫރު ބަތަލާ އެންޖެލީނާ ޖޮލީ...

31 އޯގަސްޓް

August 31, 2017
ސަންޑްރާ ބްލޮކް އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި

އެމެރިކާގެ ޓެކްސަސް އަށް އެރި ތޫފާން ހާވީގައި އެ ސްޓޭޓުގެ ބައެއް ސިޓީތަކުގައި އާދަޔާޚިލާފަށް ފެން ބޮޑުވެ ހާލުގައި ޖެހުނު 30،000 އަށް ވުރެ ގިނަ މީހުންނަށް އެހީތެރިކަން ފޯރުކޮށް...

August 31, 2017
ދަރިން ލިބުނު ފަހުން ޒިންމާދާރު މީހަކަށް ވެވިއްޖެ: ކްލޫނީ

ދަރިން ލިބުނު ފަހުން ކުރިއަށް ވުރެ މާ ޒިންމާދާރު މީހަކަށް މިހާރު ވެވިއްޖެ ކަމަށާއި ދަރިންގެ ކަންކަމުގައި މަސްއޫލުވެގެން އުޅުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް މަޝްހޫރު...

28 އޯގަސްޓް

August 28, 2017
ޑައިރެކްޓަރު ޓޯބް ހޫޕާ މަރުވެއްޖެ

ބިރުވެރި ފިލްމްތައް ހަދައިގެން މަޝްހޫރުކަން ހޯދި ހޮލީވުޑްގެ ޑައިރެކްޓަރު ޓޯބް ހޫޕާ ހޮނިހިރު ދުވަހު މަރުވެއްޖެ އެވެ.

26 އޯގަސްޓް

August 26, 2017
ޝައިލީން ވުޑްލީ ކޮންގްރެސް އަށް ވާދަކޮށްފާނެ

ސެލެބްރިޓީންނާއި ސިޔާސީ ދާއިރާއަކީ ވަރަށް ދޯޅެވެ. އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕަކީ ވެސް އެއް އިރަކު ފިލްމް ކުޅުނު މީހެކެވެ. "ޓާމިނޭޓާ" ގެ ތަރިން އާނޮލްޑް ޝްވެޒްނެގާ ވަނީ ކެލިފޯނިއާގެ ގަވަރުނަރުކަން ދެ ދައުރެއްގައި ކޮށްފަ އެވެ.

25 އޯގަސްޓް

August 25, 2017
ކްލޫނީ ފައުންޑޭޝަނުން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި

އެމެރިކާގައި ބައިބައިވުން އުފައްދަން ކުރާ މަސައްކަތްތަކާ ދެކޮޅަށް ސަދަން ޕަވަޓީ ލޯ ސެންޓަރު (އެސްޕީއެލްސީ) އިން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީތެރިކަން ފޯރުކޮށް ދިނުމުގެ ގޮތުން ހޮލީވުޑްގެ މަޝްހޫރު އެކްޓަރު ޖޯޖް ކްލޫނީގެ ދަ ކްލޫނީ ފައުންޑޭޝަން ފޮ ޖަސްޓިސް އިން އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.

24 އޯގަސްޓް

August 24, 2017
މާކް ވޮލްބާގަށް 68 މިލިއަން ޑޮލަރުގެ އާމްދަނީއެއް

ފިލްމީ ތަރިންގެ އާމްދަނީގެ ފަރަގުގެ ވާހަކައަކީ ދައްކައި ކޮޅުން ނުލާނެ ވާހަކައެކެވެ. ހާއްސަކޮށް ބަތަލާއިންނަށް ވުރެ ބޮޑު އާމްދަނީއެއް، ބަތަލުންނަށް ލިބޭ ވާހަކައަކީ ބަހުސް ކުރެވެމުންދާ ބޮޑު މައްސަކައަކަށް ވިޔަސް، އަނެއްކާ ވެސް މިއޮތީ އާމްދަނީގެ ފަރަގު ވަރަށް ބޮޑަށް ދައްކާލައިފަ އެވެ.

19 އޯގަސްޓް

August 19, 2017 1
ފައިސާގެ މައްސަލައެއްގައި ޖޮލީ އާއި ޕިޓަށް ދައުވާކޮށްފި

ވަރީގެ މައްސަލަ ކޯޓްގައި އޮތް ހޮލީވުޑްގެ މަޝްހޫރު ދެ ތަރިން ކަމަށްވާ އެންޖެލީނާ ޖޮލީ އާއި ބްރެޑް ޕިޓް ފްރާންސްގެ ޕްރޮވެންސުން 2010 ގައި ގަތް ގޭގެ ލައިޓިން ހަދައިދިން އޮޑިލް ސައުންޑަންޓަށް ދައްކަން ޖެހޭ ފައިސާ ނުދައްކައިގެން އެ ދެ މީހުންނާ ދެކޮޅަށް އެ ކުންފުނިން ދައުވާކޮށްފި އެވެ.

18 އޯގަސްޓް

August 18, 2017
ދެން ވެސް "ބޮންޑް" ގެ ރޯލް ކުޅޭނީ ޑެނިއަލް ކްރެއިގް

"ޖޭމްސް ބޮންޑް" ގެ ކުރިއަށް އޮތް ފިލްމްގައި ޓައިޓްލް ރޯލް ކުޅޭނެ އެކްޓަރެއްގެ މައްސަލަ ކޮޅެއްގައި ނުޖެހި އޮއްވައި އެ ފިލްމް ރިލީޒް ކުރާ ތާރީހު އިއުލާން ކުރުމުން، ގިނަ ބަޔަކު ކުރިން...

August 18, 2017 1
އަހަރުގެ އެންމެ ބޮޑު އާމްދަނީއެއް އެމާ ސްޓޯން އަށް

ޖެނިފާ ލޮރެންސާއި ޖެނިފާ އެނިސްޓަން ފަދަ ބަތަލާއިން ފަހަތަށް ޖައްސައިލުމަށް ފަހު ފާއިތުވި އަހަރު ދުވަހުގެ ތެރޭގައި އެންމެ ބޮޑު އާމްދަނީއެއް ލިބުނު ބަތަލާގެ ޝަރަފު މި އަހަރު...

15 އޯގަސްޓް

August 15, 2017 2
ސްޓަންޓެއް ހަދަނިކޮށް ޓޮމް ކްރޫޒަށް އަނިޔާވެއްޖެ

ޓޮމް ކްރޫޒްގެ "މިޝަން އިމްޕޮސިބަލް" ސީރީޒްގެ ހަ ވަނަ ފިލްމުގެ ސްޓަންޓެއް ހަދަން އުޅުމުގެ ތެރޭގައި އޭނާއަށް އަނިޔާވެއްޖެ އެވެ.

14 އޯގަސްޓް

August 14, 2017
އެކްޓަރު ޖޯސެފް ބްލޮގްނާ މަރުވެއްޖެ

"މައި ފެވަރިޓް އިޔާ" ފަދަ ފިލްމްތައް ކުޅެފައިވާ އަދި އޮސްކާ ވެސް ހާސިލްކޮށްފައިވާ ހޮލީވުޑްގެ ދުވަސްވީ އެކްޓަރު ޖޯސެފް ބްލޮގްނާ ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން ދަނިކޮށް އިއްޔެ މަރުވެއްޖެ އެވެ.

13 އޯގަސްޓް

August 13, 2017 1
އަކްޝޭ އަށް ހޮލީވުޑްގެ ބަތަލާ ސަލްމާ ހަޔެކް މަރުހަބާ ކިޔައިފި

އަކްޝޭ ކުމާރުގެ އާ ފިލްމް "ޓޮއިލެޓް: އޭކް ޕްރޭމް ޙަތާ" ހުކުރު ދުވަހު ރިލީޒް ކުރުމާ އެކު، ހޮލީވުޑްގެ މަޝްހޫރު ބަތަލާ ސަލްމާން ހަޔެކް އަކްޝޭ އަށް މަރުހަބާ ކިޔައިފި އެވެ.

August 13, 2017 2
ބްރޫސް ލީގެ ފިލްމުގެ މިއުޒިކް އޭއާރް ރަހްމާނަށް

ކަރާޓޭ އަށް މުޅި ދުނިޔޭގައި ބޮޑު މަޝްހޫރުކަމެއް ހޯދި، އަދި އެ ކުޅިވަރުން ލެޖެންޑެއްގެ ދަރަޖަ ހޯދި ހޮންކޮންގުގެ މަޝްހޫރު ބުރޫސް ލީގެ ހަޔާތުގެ މައްޗަށް ހަދާ ފިލްމް "ލިޓްލް ޑްރަގަން" ގެ...

10 އޯގަސްޓް

August 10, 2017
ލުސިލީ ބޯލްގެ ރޯލު ކުޅެން ކޭޓް ބްލެންޝެޓް

އެމެރިކާގެ ކުރީގެ މަޝްހޫރު ބަތަލާ/މޮޑެލް އަދި ޕްރޮޑިއުސަރު ލުސިލީ ބޯލްގެ ހަޔާތުގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުގައި އޭނާގެ ރޯލް ކުޅެން ބަތަލާ ކޭޓް ބްލެންޝެޓަށް ހުށަހަޅައިފި އެވެ.

08 އޯގަސްޓް

August 08, 2017
"ގާޑިއަންސް 3" ގެ ސްކްރިޕްޓް ލިޔަން ފަށައިފި

މާވެލްގެ ފެންޓަސީ/އެކްޝަން ފިލްމް "ގާޑިއަންސް އޮފް ދަ ގެލެކްސީ" ސީރީޒްގެ ތިން ވަނަ ފިލްމްގެ ސްކްރިޕްޓް ލިޔުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާ ކަމަށާއި އެ މަސައްކަތް މިހާރު...

August 08, 2017 3
ކްރިސް ޕްރެޓާއި އަނާ ފާރިސް ވަކިވާކަން އިއުލާންކޮށްފި

ހޮލީވުޑްގައި ރޫޅެމުންދާ ކައިވެނީގެ ލިސްޓަށް އަނެއްކާ ވެސް ތަރިއެއް އިތުރުވެއްޖެ އެވެ. މި ފަހަރު ކައިވެނީގައި ސިއްކަ ޖެހެނީ "ޖުރަސިކް ވޯލްޑް" އާއި "ގާޑިއަންސް އޮފް ދަ ގެލެކްސީ" ގެ...

07 އޯގަސްޓް

August 07, 2017 13
ލިއޮނާޑޯ ޗުއްޓީ ނިންމާފައި ނުފުރިފައި!

ހޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި، ލިއޮނާޑޯ ޑިކެޕްރިއޯ ރާއްޖޭގައި ޗުއްޓީ ހޭދަކުރުމަށް ފަހު ފުރުމަށްޓަކައި، މިއަދު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުން، ނުފުރި އެ ތަނުގައި މަޑުކުރަން ޖެހިއްޖެ އެވެ.

02 އޯގަސްޓް

August 02, 2017
ހޮލީވުޑްގެ ޑައިރެކްޓަރު ޗަކް ރަސަލް ބޮލީވުޑަށް

ބޮލީވުޑްގެ ތަރިން ހޮލީވުޑާ ދިމާއަށް މިސްރާބު ޖަހާފައިވާ ޒަމާނެއްގައި ހޮލީވުޑްގެ ޑައިރެކްޓަރަކު ބޮލީވުޑް ފިލްމެއް ޑައިރެކްޓްކުރަން ތައްޔާރުވެއްޖެ އެވެ.

31 ޖުލައި

July 31, 2017
މާދުރީގެ ހަޔާތާ ގުޅޭ ސީރީޒެއް ޕްރިޔަންކާ އުފައްދަނީ

ބޮލީވުޑް ބަތަލާއިންގެ ތެރެއިން ހޮލީވުޑްގައި މިހާތަނަށް ރަނގަޅަށް ފައިތިލަ ސާބިތު ކުރެވުނު ހަމައެކަނި ބަތަލާއަކީ ޕްރިޔަންކާ ޗޯޕްރާ އެވެ. މިހާރު އަނެއްކާވެސް އޭނާ ހޮލީވުޑްގައި އާ...

July 31, 2017 1
ވަރިއަށް ފަހު އެންޖެލީނާ އަދިވެސް ހިތްދަތިކަމުގައި

ހޮލީވުޑްގެ އެންމެ މަގްބޫލު ޖޯޑެއްގެ ގޮތުގައި ބެލެވުނު، ބްރެޑް ޕިޓާއި އެންޖެލީނާ ޖޮލީ މިހާރު ވަނީ ވަކިވެފަ އެވެ. ޖޮލީ ވަނީ ބްރެޑް ޕިޓް ކައިރިން ވަރިވުމަށް ފަހު އޭނާ ހޭދަކުރި އުނދަގޫ...