18 އޯގަސްޓް

August 18, 2016
ވޮލީބޯޅަ އިންތިހާބު ހޯމް މިނިސްޓްރީން ބާތިލްކޮށްފި

މި އަހަރުގެ މާޗު 17 ވަނަ ދުވަހު ބޭއްވި ވޮލީބޯޅަ އެސޯސިއޭޝަނުގެ އިންތިހާބު ހޯމް މިނިސްޓްރީން މިއަދު ބާތިލްކޮށްފި އެވެ.

16 އޯގަސްޓް

August 16, 2016 3
އަޒްލީނާއި މުންދުއަށް ރުހުން ދޭން މަޖިލީހުން ފާސްކޮށްފި

ހޯމް މިނިސްޓަރަކަށް އައްޔަން ކުރެއްވި އަޒްލީން އަހުމަދަށާއި ރާއްޖެއިން ޖަޕާނަށް ކަނޑައަޅާ ސަފީރު ކަމަށް ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު މުހައްމަދު ހުސެއިން ޝަރީފް (މުންދު) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

11 އޯގަސްޓް

August 11, 2016 14
ހަމަޖެހުން ނަގާލަން ފުރުސަތެއް ނުދޭނަން: އަޒްލީން

ރާއްޖޭގެ ހަމަޖެހުން ނަގާލައި ނުތަނަވަސްކަން އުފެދޭ ކަންކަން އެއްވެސް ބަޔަކު ކުރާ ނަމަ އެކަން ހުއްޓުވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.

August 11, 2016 1
ޕާކް ނުހުޅުވި ލަސްވަނީ ބައެއް ތަކެތި ބޭރުން ގެންނާތީ

އަލިކިލޭގެފާނު މަގުގައި ހުރި ސިޓީ ޕާކް ތަރައްގީކޮށް ނުނިމެީ ރާއްޖެ އިން ބޭރުން ގެންނަން ޖެހޭ ބައެއް ތަކެތި ގެނައުމުގައި ލަސްވާތީ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

09 އޯގަސްޓް

August 09, 2016 14
ވަކި ތަނެއްގައި ނޫނީ މުޒާހަރާ ނުކުރެވޭ ގޮތަށް ހަދަނީ

ހުއްދަ ހޯދުމެއް ނެތި މާލޭގައި މުޒާހަރާ ކުރެވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަންތަނުގައި އެކަނި ކަމަށް ގާނޫނުގައި ހިމަނަން، އެއްވެ އުޅުމުގެ ގާނޫނަށް މިއަދު އިސްލާހު ހުށަހަޅައިފި އެވެ.

08 އޯގަސްޓް

August 08, 2016 3
އަޒްލީނަށް ރުހުން ދިނުމުގެ މައްސަލަ ކޮމެޓީއަށް

ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވި އަޒްލީން އަހުމަދަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީއަށް މިއަދު ފޮނުވައިފި އެވެ.

02 އޯގަސްޓް

August 02, 2016 19
ގައުމުގައި ސުލްހަ ދަމަހައްޓަން އާ މިނިސްޓަރު އެދެފި

ރައްޔިތުންގެ މެދުގައި ސުލްހަ މަސަލަސްކަން ދަމަަހައްޓައި ގައުމުގެ ހަމަޖެހުމަށް އިސްކަންދީގެން މަސައްކަތް ކުރަން އާ ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ފުލުހުންގެ ކިބައިން އެދިވަޑައިގެންފި އެވެ.

01 އޯގަސްޓް

August 01, 2016 50
ހޯމް މިނިސްޓަރު ކަމަށް އަޒްލީން ހަމަޖައްސަވައިފި

ހޯމް މިނިސްޓަރު ކަމުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަގާމުން ވަކިކުރައްވައި، ހޯމް މިނިސްޓަރަކަށް އަޒްލީން އަހުމަދު މިއަދު ހަމަޖައްސަވައިފި އެވެ. އަދި ޒުހޫރު ވަނީ ރައީސް އޮފީހުގެ މިނިސްޓަރަކަށް މިއަދު އައްޔަން ކުރައްވައިފަ އެވެ.

28 ޖުލައި

July 28, 2016 1
މިނިވަން ދުވަހުގެ ކުޅިވަރުތައް ހޮނިހިރު ދުވަހުގެރޭ

ރާއްޖޭގެ މިނިވަންކަމަށް 51 އަހަރު ފުރުން ފާހަގަކުރަން ބާއްވާ ރަސްމީ ކުޅިވަރުތައް އަންނަ ހޮނިހިރު ދުވަހުގެ ރޭ ގަލޮޅު ދަނޑުގައި އޮންނާނެ ކަމަށް ހޯމް މިނިސްޓްރީން މިއަދު ބުނެފި އެވެ.

July 28, 2016 11
ޑިޒްނީ އާއި ސްޓާވޯޒްގެ ކެރެކްޓާތަކުން މަގުތައް ފުރިއްޖެ

އިއްޔެ އިރު އޮއްސުމާ މަޖީދީ މަގުގެ އެކި ހިސާބުތަކަށް މީހުން ޖަމާވާން ފެށި އެވެ. މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ފުޅަނދު ބުރުގެ ދަތުރު ރަސްފަންނުން 8:30 ގައި ފެށި އިރު އެ...

21 ޖުލައި

July 21, 2016 17
"ވާނީ ޕްރޮގްރާމުގައި ރަނގަޅު ކަންތައްތައް ހިމެނޭ"

ގޭންގުތަކުގައި އުޅޭ ކުދިން އިސްލާހުކުރަން ދ. ވާނީގައި ހިންގަމުން އަންނަ ޕްރޮގްރާމުގައި ރަނގަޅު ކަންތައްތަކެއް ހިމެނިފައިވާކަން ފާހަގަކުރެވޭ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

12 ޖުލައި

July 12, 2016 6
ފުޅަނދު ބުރު ވާދަވެރިވާނެ، ތަފާތުވާނެ: ސަލީމް

މި އަހަރުގެ މިނިވަން ދުވަހާ ގުޅުވައިގެން ބާއްވާ ފުޅަނދުބުރުގެ ވާދަވެރިކަން ބޮޑުވުމުގެ އިތުރުން ވަރަށް ތަފާތު ވާނެ ކަމަށް ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސަލީމް (މާޒް ސަލީމް) މިއަދު ވިދާޅުވެއްޖެ އެވެ.

05 ޖުލައި

July 05, 2016 8
ހޯމް މިނިސްޓްރީގެ ނައިބަކަށް ތޮލާލް ހަމަޖައްސައިފި

ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމްގެ ސެކްރެޓްރީ ޖެނެރަލްގެ މަގާމުން މި ހަފުތާގައި އިސްތިއުފާ ދެއްވި މުހައްމަދު ތޮލާލް ހޯމް މިނިސްޓްރީގެ ނައިބުގެ މަގާމަށް މިއަދު އައްޔަން ކުރައްވައިފި އެވެ.

04 ޖުލައި

July 04, 2016 57
އަނިލްގެ ވާހަކަ ތަކަށް ސިވިލް ކޯޓުން ގޮންޖަހައިފި

ހަވީރު ނޫހުގެ ކުރީގެ މުވައްޒަފުން ކުރި އަށް އޮތް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން މަނާ ކުރެވޭނެ ގޮތެއް ނެތް ކަމަށް ބަންޑާރަ ނައިބު މުހައްމަދު އަނިލް...

July 04, 2016 4
އައްޑޫލައިވް ރަޖިސްޓްރީކޮށް އަލުން ހިންގަން ފަށައިފި

ގަވައިދާ ހިލާފަށް ނެރޭ ކަމަށް ބުނެ ބްލޮކްކޮށްފައިވާ އައްޑޫ ލައިވް ހޯމް މިނިސްޓްރީގައި ރަޖިސްޓްރީކޮށް އަލުން މިއަދު ހިންގަން ފަށައިފި އެވެ.

03 ޖުލައި

July 03, 2016 51
"ހަވީރުގެ މުވައްޒަފުންނާ މެދު އެޅޭނެ ފިޔަވަޅެއް ނެތް"

ހަވީރު" ނޫހާއި އެ ނޫހުގައި މިދިޔަ ފެބްރުއަރީ މަހާ ހަމަ އަށް މަސައްކަތް ކުރި އެއްވެސް މީހަކު އެހެން މީީޑިއާއެއްގައި މިއަދުން ފެށިގެން ދެ އަހަރު ވަންދެން މަސައްކަތް ކުރުން މަނާކޮށް، އެކަން ހުއްޓުވަން ހޯމް މިނިސްޓްރީގެ މައްޗަށް ސިވިލް ކޯޓުން އަމުރުކުރި ނަމަވެސް، އެ މުވައްޒަފުން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް އެ މިނިސްޓްރީ ހިންގެވުމާ...

29 ޖޫން

June 29, 2016 34
ދަން ޖައްސައިގެން މަރުގެ އަދަބު ދެވޭ ގޮތް ހަދައިފި

ދަން ޖައްސައިގެން މަރުގެ އަދަބު ތަންފީޒު ކުރެވޭ ގޮތަށް މަރުގެ އަދަބު ތަންފީޒު ކުރުމާ ބެހޭ ގަވާއިދު މިއަދު އިސްލާހުކޮށްފި އެވެ.

28 ޖޫން

June 28, 2016 1
އީޓީސީސީ ހޯމް މިނިސްޓްރީގެ ދަށަށް ބަދަލުކޮށްފި

ތައުލީމާއި މަސައްކަތް އުނގަންނައިދޭ ކުޑަކުދިންގެ މަރުކަޒު (އީޓީސީސީ) ހިންގުން، ހޯމް މިނިސްޓްރީގެ ދަށަށް ރައީސް އަބްދުﷲ ޔާމީން ބަދަލުކުރައްވައިފި އެވެ.

27 ޖޫން

June 27, 2016 6
ސިޓީ ޕާކް ތަރައްގީ ކުރުމުގެ ބޮޑު ބައި ނިމިއްޖެ

ރާއްޖޭގެ މިނިވަންކަމަށް ޖިހާދު ކުރެއްވި ބޮޑުތަކުރުފާނު ބޭނުންކުރެއްވި ކަޅުއޮއްފުންމި ނަމޫނާއަކަށް ބަލައިގެން ހެދި އޮޑިއާއެކު ތަރައްގީކުރާ ސިޓީ ޕާކްގެ ބޮޑު ބައެއް ނިމިއްޖެ އެވެ.

25 ޖޫން

June 25, 2016 34
އުމަރުގެ އާދަޔާޚިލާފު ސިޓީ އާއި ތިނަދޫ ފިލްމު

ރައީސް އިބްރާހިމް ނާސިރުގެ ބޮޑު ވަޒީރުކަމުގައި ގދ. ތިނަދޫން މީހުން ބޭލި ހާދިސާއަކީ ދިވެހިންގެ ތެރޭގައި ޚިޔާލުތަފާތުވުން ބޮޑު މައުލޫއެކެވެ. އެކަމަކު އެއީ ރާއްޖޭގެ ތާރީޚުގެ މުހިއްމު ބައެކެވެ. ހިނގާފައި އޮތް ކަމެކެވެ. ފިލްމެއްގެ ސިފައިގައި އެ ހާދިސާ ގެނެސްދޭން އުޅުނީމާ ސަރުކާރުން އެކަން ހުއްޓުވާލީ ކީއްވެގެންތޯ ސުވާލުކުރަން އެބަ...

22 ޖޫން

June 22, 2016 40
އުމަރަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް: މައުމޫން

ހޯމް މިނިސްޓަރުގެ މަގާމުން ކުއްލި ގޮތަކަށް ރޭ އިސްތިއުފާ ދެއްވި އުމަރު ނަސީރަކީ ޝަރަފުވެރި ނަޒާހަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވެ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު އުމަރަށް ތައުރީފްކުރައްވައިފި އެވެ.

18 ޖޫން

June 18, 2016 33
ކޭމްޕަކަށް ގެންގޮސް ލީމާ ވަޅި ހެރުން ހުއްޓޭނެތަ؟

މާރާމާރީގެ "މޫސުމެއް" އަންނަ ކޮންމެ ފަހަރަކު ކޮންމެވެސް ކަހަލަ ކުއްލި ފިޔަވަޅެއް އާދެ އެވެ. "ހާއްސަ އޮޕަރޭޝަންތަކު"ގައި ފުލުހުން ނުކުމެ އެއްފަހަރާ އެތައް ބަޔަކު ހައްޔަރުކޮށް ތަންތަން ފާސްކޮށް ގޭންގުތަކުގެ "ޖަގަހަތައް" ރޫޅާލަ އެވެ. ސިފައިން މަގުމައްޗަށް ނެރެ އެވެ. އެއް ދުވަހެއްގައި 14 އަހަރުގެ ދެ ކުއްޖަކު މަރާލީމާ މިހާރު މި އުޅެނީ...

17 ޖޫން

June 17, 2016 6
މާފުށީ ކައުންސިލްގެ ރައީސް ދެ މަހަށް ސަސްޕެންޑްކޮށްފި

ކ. މާފުށިން ސަތޭކައެއްހާ ގޯތި ދޫކުރުމަށް އެ ރަށު ކައުންސިލުން ނިންމި މައްސަލާގައި މާފުށީ ކައުންސިލްގެ ރައީސް މުހައްމަދު މުސްތަފާ ދެ މަހަށް ސަސްޕެންޑް ކުރުމަށް ލޯކަލް ގަވަމަންޓް އޮތޯރިޓީން އިއްޔެ ނިންމައިފި އެވެ.