11 ޑިސެމްބަރ

December 11, 2017 49
ކައުންސިލަށް ޑިޕްލޮމޭޓުންނާ ބައްދަލުކުރެވޭނީ ހުއްދައާއެކު

ހާއްސަ ހުއްދައަކާ އެކުގައި ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރުން، ލޯކަލް ކައުންސިލް އޮތޯރިޓީ (އެލްޖީއޭ) އިން މިއަދު މަނާކޮށްފި އެވެ.

10 ޑިސެމްބަރ

December 10, 2017 52
މިނިވަން 50ގެ ގިނަ ހަރަދުތައް ކުރީ ގަވައިދާ ހިލާފަށް

ރާއްޖޭގެ މިިނިވަންކަމަށް 50 އަހަރު ފުރުން ފާހަގަ ކުރުމަށް މާލޭގައި ހިންގި ހަރަކާތްތަކަށް 66 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަރަދުކުރި އިރު، އެއީ މާލިއްޔަތު ގާނޫނާއި ފިނޭންސް މިނިސްޓްރީން ދޫކޮށްފައިވާ ހުއްދައާ ހިލާފަށް ކޮށްފައިވާ ހަރަދުތަކެއް ކަމަށް އޮޑިޓް ރިޕޯޓުގައި ބުނެފި އެވެ.

23 ނޮވެމްބަރ

November 23, 2017 7
އަތޮޅުގެ ނެގީ ބިރުދައްކަން، ފައިދާއެއް ނުވާނެ:އެމްޑީޕީ

ގދ. ތިނަދޫ ކައުންސިލްގެ ބެލުމުގެ ދަށުގައި ހުރި ގދ. އަތޮޅުގެ، ކުއްލިގޮތަކަށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ތިނަދޫގެ ރައްޔިތުންނަށް ބިރުދައްކަން ކަމަށާއި މިގޮތަށް އަމަލުކޮށްގެން ސަރުކާރަށް ލިބޭނެ ފައިދާއެއް ނެތް ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

30 އޮކްޓޯބަރ

October 30, 2017 7
8 މީހެއްގެ ފައިގައި ޓެގް އަޅުވައިފި

މޮނިކޮން އަމުރުގެ ދަށުން 8 މީހެއްގެ ފައިގައި ޓެގް އަޅުވައިފި އެވެ.

23 އޮކްޓޯބަރ

October 23, 2017 19
މޮނިކޮން އަމުރު އައި ހަތަރު މީހަކު ވީތަނެއް ނޭނގޭ

ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ ނުވަ މީހެއްގެ މައްޗަށް މޮނިކޮން އަމުރު ހައި ކޯޓުން ނެރެދިން ނަމަވެސް އޭގެ ތެރެއިން ހަތަރު މީހެއްގެ މައްޗަށް އަމުރު ތަންފީޒް ނުކުރެވޭ ކަމަށް ފުލުހުން ބުނެފި އެވެ.

19 އޮކްޓޯބަރ

October 19, 2017 11
ތައްޔާރުވެފައި ނުވާތީ ޓެގް އެޅުވޭނީ 14 ދުވަސް ފަހުން

ނުރައްކާތެރި ކުށްވެރިން ކަމަށް ބެލެވޭ ނުވަ މީހެއްގެ ފައިގައި ޓެގް އަޅުވަން ހައި ކޯޓުން އަމުރު ނެރެދިން ނަމަވެސް އެކަމަށް ހޯމް މިނިސްޓްރީ އާއި ފުލުހުން ތައްޔާރުވެފައި ނުވާތީ ޓެގް އަޅުވަން 14 ދުވަސް ނަގާނެ ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2017 6
14 ކައުންސިލަކަށް ހޯމް މިނިސްޓްރީން މާލީ އެހީ ދީފި

ރަށްރަށުގައި ހިންގަމުން އަންނަ އިޖުތިމާއީ ބައެއް މަސައްކަތްތައް ކުރުމަށް، ހޯމް މިނިސްޓްރީން 14 ކައުންސިލަކަށް މާލީ އެހީތެރިކަން މިއަދު ދީފި އެވެ.

October 10, 2017 25
މަރުގެ ހުކުމް ތަންފީޒުނުކުރެވެނީ އިޖުރާއަތުތައް ނުނިމޭތީ

މިދިޔަ މަހު ރާއްޖޭގައި މަރުގެ ހުކުމް ތަންފީޒުކުރަން ފަށާ ގޮތަށް ހަމަޖައްސާފައި އޮތް ނަމަވެސް އެކަން ލަސްވަނީ ގާނޫނީ ގޮތުން ބައެއް އިޖުރާއަތުތައް ފުރިހަމަ ނުވެގެން ކަމަށް...

08 އޮކްޓޯބަރ

October 08, 2017 15
މާރާމާރީތައް ކުރިއަށް، އަދިވެސް ޓެގެއް ނޭޅުވޭ!

ސިލްސިލާ މާރާމާރީތައް އަދިވެސް ކުރިއަށް ދާއިރު ނުރައްކާތެރި ކުށްވެރިންގެ ފައިގައި ޓެގް ނޭޅުވި ދިގުލައިގެން ދާން ފަށައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2017 104
"އަމާންކަން ގާއިމްކުރަން އޮޕަރޭޝަން ވަރުގަދަކޮށްފިން"

ރާއްޖޭގައި ހިންގާ މާރާމާރީތައް ހުއްޓުވައި، އަމާންކަން ގާއިމްކުރުމުގެ އޮޕަރޭޝަންތައް މިހާރު ވަރުގަދަކޮށްފައި ވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު ވިދާޅުވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2017 33
މިހަފުތާގެ ތެރޭގައި ޓެގް އަޅުވާނަން: ހޯމް މިނިސްޓަރު

މޮނިކޮން އަމުރު ނުވަތަ މޮނިޓަކޮށް ކޮންޓްރޯލް ކުރުމުގެ ދަށުން ކުށްވެރިންގެ ފައިގައި ޓެގް އަޅުވަން މި ހަފްތާގެ ތެރޭގައި ފަށާނެ ކަމަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ވިދާޅުވެއްޖެ އެވެ.

24 ސެޕްޓެމްބަރ

September 24, 2017 58
މަރަމުން ދުވަނީ! ފުލުހުންނަކަށް ނުހުއްޓުވޭ!

މާލޭގައި ވޭތުވެދިޔަ ތިން މަސް ދުވަހުގެ ތެރޭގައި، ވަޅި ހަރައި ތިން ވަނަ މީހާ ރޭ ވަނީ މަރާލައިފަ އެވެ. އަނެއްކާ ވެސް އިތުރު މަރެކެވެ. އޭގެ ކުރިން ހިނގައިދިޔަ ރަހުމު ކުޑަ ދެ މަރުގެ ހަނދާންތައް އަދި މިއުޅެނީ ނުގޮހެވެ. ތަހުގީގު އޮތީ ފެށި މަރުހަލާގަ އެވެ. އެ ދެ މަރާ ގުޅޭ ބައެއް މީހުން އަދިވެސް ދަނީ ހޯދަމުންނެވެ. ތަހުގީގާ ބެހޭ އެހާ ގިނަ...

07 ސެޕްޓެމްބަރ

September 07, 2017 61
ގާސިމާ މެދު ނުބައި ނިޔަތެއް ނެތްކަން ސާފު: އަޒްލީން

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ ބޭސްފަރުވާގެ ކަންކަމުގައި، ސަރުކާރުގެ ނުބައި ނިޔަތެއް ނެތް ކަން މިހާރު ސާފުވާނެ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

29 އޯގަސްޓް

August 29, 2017 13
ޖޭޕީގެ ކައުންސިލް މެމްބަރުން އަޒްލީނާ ބައްދަލުކޮށްފި

އައިޖީއެމްއެޗުގައި އެޑްމިޓްކޮށް ފަރުވާދެމުން އަންނަ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ބޭސްފަރުވާގެ އިންތިޒާމުތައް އަވަހަށް ހަމަޖައްސައިދިނުމަށް އެދި ހޯމް މިނިސްޓަރުު އަޒްލީން އަހުމަދާ، އެ ޕާޓީގެ ކައުންސިލް ބައެއް މެމްބަރުން މިއަދު ބައްދަލުކުރައްވައިފި އެވެ.

15 އޯގަސްޓް

August 15, 2017 2
ޔުނިސެފާއެކު ކުޑަކުދިންނާއި ޒުވާނުންގެ އެއްބަސްވުމެއް

ކުޑަކުދިންނަށާއި ޒުވާނުންނަށް ފޯރުކޮށްދޭ ތައުލީމާއި ސިއްހަތު ފަދަ އެކި ޚިދުމަތްތަކާ ގުޅޭ އެއްބަސްވުމެއްގައި ރާއްޖެ އިން ޔުނިސެފާ އެކު މިއަދު ސޮއިކޮށްފި އެވެ.

13 އޯގަސްޓް

August 13, 2017 37
ޖަލަށް ލާފައި ހުރި މަފާޒް "މިނިވަންވީ" ކިހިނެއް؟

މާލޭގެ ކެފޭއެއްގެ ތެރޭގައި ބޮލަށް ވަޅި ހަރައި، ނަދީމް އަބްދުއްރަހީމް މަރާލި މައްސަލާގައި ހައްޔަރުކުރި މުހައްމަދު މަފާޒު، ގ. ޝާރާޒް، އަކީ ބޮޑު އެހެން މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުގައި ހުންނަން ޖެހޭ މީހެކެވެ. އެކަމަކު އޭނާ "މިނިވަންވެގެން" އުޅުނު ގޮތާ މެދު އެތައް ބަޔަކު އަންނަނީ ސުވާލު އުފައްދަމުންނެވެ.

08 އޯގަސްޓް

August 08, 2017 59
ރިލްވާން ގެއްލުނުތާ ތިން އަހަރު، ޖަވާބެއް ނެތް!

މީގެ ތިން އަހަރު ކުރިން ގެއްލުނު ނޫސްވެރިޔާ، އަހުމަދު ރިލްވާނާ ގުޅޭ ގޮތުން ކަމާ ބެހޭ ފަރާތަކުން އިވުނު އެންމެ ފަހު ބަހަކީ "އޭނާ ވީ ތަނެއް އަދިވެސް ނޭނގެ" އެވެ.

07 އޯގަސްޓް

August 07, 2017 81
މައްސަލަ ބަލަން ފެށީ ބޮން ގޮއްވާލި ފަހުން: އުމަރު

ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު ޑރ. އަފްރާޝީމް އަލީގެ ގާތިލް، ހުސެއިން ހުމާމު މާފުށީ ޖަލުން ނެރެގެން ރިސޯޓަކަށް ގެންގޮސް ބައްދަލުކުރެއްވި ކަމުގެ ތުހުމަތު ކުރަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ މައްޗަށް ކަމަށާއި އެ މައްސަލައިގެ ތަހުގީގު ފެށީ ރައީސް އަބްދުﷲ ޔާމީން ދަތުރުފުޅުފުޅު ކުރެއްވި ރިޔާސީ ލޯންޗްކޮޅުގައި...

04 އޯގަސްޓް

August 04, 2017 143
މަރުގެ ހުކުމް ތަންފީޒުކުމަކީ ބޮޑު ގޯހެއް: އދ

ރާއްޖޭގައި އަލުން މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ހެދޭނެ ވަރަށް ބޮޑު ގޯހަކަށް ވާނެ ކަމަށް އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ޚާއްސަ ރެޕަޓުއާ އެނިސް ކަލަމާޑް އިއްޔެ ވިދާޅުވެއްޖެ އެވެ.

02 އޯގަސްޓް

August 02, 2017 102
މާރާމާރީތަކާ ގުޅިގެން އަޒްލީންގެ ފާޑުކިޔުން މީޑިއާ އަށް

މާލޭގައި މި ދުވަސްވަރު ހިންގަމުންދާ މާރާމާރީތައް ހުއްޓުވުމުގައި ފުލުހުންނާއި ކަމާ ބެހޭ ފަރާތްތައް ނުކުޅެދިފައިވާ ކަމަށް ބުނެ މީޑިއާތަކުން ފަތުރާ ހަބަރުތަކަށް ހޯމް މިނިސްޓަރު އަހުމަދު އަޒްލީން ފާޑުވިދާޅުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2017 114
މާރާމާރީ ހުއްޓުވަން މިދަނީ މަސައްކަތް ކުރަމުން:އަޒްލީން

މާލޭގައި ހިންގާ މާރާމާރީތައް ހުއްޓުވުމަށް ސަރުކާރުން ކެނޑިނޭޅި މަސައްކަތް ކުރަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަޒްލީން އަހުމަދު މިއަދު ވިދާޅުވެއްޖެ އެވެ.