17 ސެޕްޓެމްބަރ

September 17, 2017 34
ހޮސްޕިޓަލްގެ އިހުމާލެއްވާކަމަށް ގަބޫލެއް ނުކުރޭ

ފުޓްބޯޅަ ކުޅެނިކޮށް ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅި ޒުވާނާގެ ފައިން ތަންގަނޑެއް ގިރި، އެ ފައި ބުރިކޮށްލަން ޖެހިދާނެކަމުގެ ބިރު އުފެދިފައިވާއިރު އެކަމުގައި އެ ހޮސްޕިޓަލްގެ އިހުމާލެއް ވާކަމަށް ގަބޫލް ނުކުރާ ކަމަށް ތ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.

15 ސެޕްޓެމްބަރ

September 15, 2017 60
ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ބައެއް ގިރިއްޖެ

ފުޓްބޯޅަ ކުޅެނިކޮށް ކުޑަ ހުޅަށް ލިބުނު ގެއްލުމަކާ ގުޅިގެން ތ. އަތޮޅު ހޮސްޕިޓަލުން ޕްލާސްޓަރު އެޅި ޒުވާނެއްގެ ފައިން ތަންގަނޑެއް ގިރި، އެ ފައި ބުރިކޮށްލަން ޖެހިދާނެކަމުގެ ބިރު އުފެދިއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2017
މެޑިކަލް އެންޑް ހެލްތް އެކްސްޕޯ ނޮވެމްބަރުގައި

އެމްވީ މެޑިކަލްސް ގެ ފަރާތުން ބާއްވާ "މޯލްޑިވްސް މެޑިކަލް އެންޑް ހެލްތް އެކްސްޕޯ 2017" ނޮވެމްބަރު ގައި ބާއްވަން ތައްޔާރުވެއްޖެ އެވެ.

05 ސެޕްޓެމްބަރ

September 05, 2017 1
އިންޑިއާގެ ހޮސްޕިޓަލަކުން އޮކްސިޖަން ނުލިބި 49 ކުދިން މަރު

ފައްރުޚްއާބާދު (ސެޕްޓެމްބަރު 5) - އިންޑިއާގެ އުއްތަރަ ޕްރަދޭޝްގެ ފައްރުޚްއާބާދުގެ ހޮސްޕިޓަލެއްގައި އުފަންވި ކުދިންގެ ތެރޭން އޮކްސިޖަން ނުލިބުމުގެ ސަބަބުން 49 ކުދިން މަރުވި މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

13 އޯގަސްޓް

August 13, 2017 7
އިންޑިއާގެ ހޮސްޕިޓަލުން ކުދިން މަރުވީ އޮކްސިޖަން ކަނޑާލުމުން

އުއްތަރަ ޕްރަދޭޝް (އޮގަސްޓް 13) - އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލަކުން ފަސް ދުވަސްތެރޭ 60 ކުދިން މަރުވެފައި ވަނީ އޮކްސިޖަން ސަޕްލައި ކުރާ ކުންފުންޏަށް ބިލް ނުދެއްކުމުން އޮކްސިޖަން ކަނޑާލުމުން ކަމަށް މީޑިއާތަކުން ބުނެފި އެވެ.

12 އޯގަސްޓް

August 12, 2017 6
ދެ ދުވަސް ތެރޭ އިންޑިއާގެ ހޮސްޕިޓަލަކުން 30 ކުދިން މަރު

އުއްތަރަ ޕްރަދޭޝް (އޮގަސްޓް 12) - އިންޑިއާގެ އުތުރުގެ އުއްތަރަ ޕްރަދޭޝްގައި ސަރުކާރުން ހިންގާ ހޮސްޕިޓަލެއްގައި ދެ ދުވަސް ތެރޭ 30 ކުޑަ ކުދިން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.

24 ޖުލައި

July 24, 2017
ކާބުލްގެ ހޮސްޕިޓަލަކަށް ދިން ހަމަލާގައި 35 މަރު

ކާބުލް (ޖުލައި 24) - އަފްޣާނިސްތާނުގެ މެދުތެރޭ ގޯރް ޕްރޮވިންސްގެ ހޮސްޕިޓަލަކަށް ތާލިބާނުން މިއަދު ދިން ހަމަލާގައި މަރުވި މީހުންގެ އަދަދު 35 އަށް އަރައިފި އެވެ.

21 ޖޫން

June 21, 2017 3
ވަސީމް އިތުރު ފަރުވާއަށް ލަންކާ އަށް ގެންގޮސްފި

ރީތި ރަށް ރިސޯޓު ކައިރީގައި އަޅާފައި އޮތް ދޯންޏެއްގައި، ސަމާ އައިލެންޑް ރިސޯޓުގެ ލޯންޗެއް ޖެހި މި މަހު ކުރީކޮޅު ހިނގި އެކްސިޑެންޓުގައި އެންމެ ބޮޑަށް އަނިޔާވެ، އައިސީޔޫގައި ފަރުވާދެމުން ދިޔަ އަލީ ވަސީމް އިތުރު ފަރުވާއަށް މިދިޔަ ހޯމަ ދުވަހު ސްރީ ލަންކާއަށް ގެންގޮސްފި އެވެ.

07 ޖޫން

June 07, 2017 3
މަރުވި މީހާ ހޯދަން ދިޔަ އިރު އިނީ ކާން

އިންޑިއާގެ ހައުރާގެ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްފައި އޮތް މީހަކު އަންގާރަ މަރުވެއްޖެ ކަމަށް ހޮސްޕިޓަލުން އެންގުމުން އެ މީހާގެ އާއިލާގެ މީހުން ދިޔައިރު އެ މީހާ އެހެން ވޯޑެއްގައި އޮތް ބަލި މީހެއް ކައިރީގައި ކާން އިންދާ ފެނިއްޖެ އެވެ.

05 އެޕްރީލް

April 05, 2017 5
ޒަޚަމްވި މީހުންނަށް ފަރުވާ ދިން ތަނަށް ވެސް ހަމަލާދީފި

ދިމިޝްގު (އެޕްރީލް 5) - ސީރިއާ އަށް އިއްޔެ ދިން ކެމިކަލް ހަމަލާގައި ޒަޚަމްވި މީހުންނަށް ފަރުވާ ދެމުންދިޔަ ހޮސްޕިޓަލަށް ވައިގެ ހަމަލާދީފައިވާ ކަމަށް އޭއެފްޕީ ނޫސްވެރިން ބުނެފި އެވެ.

22 މާޗް

March 22, 2017 9
އިތުރު 14 މީހަކަށް ސްވައިން ފްލޫ ޖެހިއްޖެ

ހަލުއިކަމާއެކު ފެތުރެމުންދާ އެޗް1އެން1 އެއްދުވަހުގެ ތެރޭގައި އިތުރު 14 މީހަކަށް ޖެހިއްޖެ އެވެ.

09 މާޗް

March 09, 2017 3
ޑޮކްޓަރުންގެ ހެދުމުގައި އައިއެސްއިން ދިން ހަމަލާގައި 30 މަރު

ކާބުލް (މާޗް 9) - ޑޮކްޓަރުން ގޮތަށް ހެދުން އަޅައިގެން ތިބި އިސްލާމިކް ސްޓޭޓް (އައިއެސް) ގެ ހަނގުރާމަވެރިން އަފްޣާނިސްތާނުގެ ވެރިރަށް ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ވަދެ ދިން ހަމަލާތަކުގައި 30 އަށް ވުރެ ގިނަ މީހުން މަރުވެއްޖެ އެވެ.

08 މާޗް

March 08, 2017
ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަމަލާދެނީ

ކާބުލް (މާޗް 8) - އަފްޣާނިސްތާނުގެ ކާބުލްގެ އެންމެ ބޮޑު އަސްކަރީ ހޮސްޕިޓަލަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު ހަމަލާދޭން ފަށައިފި އެވެ.

19 ފެބުރުއަރީ

February 19, 2017 13
ހޮސްޕިޓަލްތައް އޮންލައިންކޮށް އާސަންދައާ ގުޅާލަނީ

ރާއްޖޭގައި ސިއްހީ ހިދުމަތްދޭ ހުރިހާ ތަނެއް، އޮންލައިން އާ ޕޯޓަލްއެއް މެދުވެރިކޮށް އާސަންދައާ ގުޅާލުމުގެ މަސައްކަތް ފަށައިފި އެވެ.

16 ޖެނުއަރީ

January 16, 2017 41
އާސަންދައާ ގުޅިފައިވާ ތަންތަނަށް ފައިސާގެ ދަތިކަން

ރާއްޖޭގެ ސިއްހީ ހިދުމަތް ދޭ ގިނަ ތަންތަން މިހާރު ބަރޯސާވެފައި ވަނީ ސަރުކާރުން ހިންގާ އިންޝުއަރެންސް ޚިދުމަތް، އާސަންދައިގެ މައްޗަށެވެ. އެ ނިޒާމްގެ ތެރެއަށް ސަރުކާރުގެ ހޮސްޕިޓަލްތަކާއި އަމިއްލަ ބައެއް ކްލިނިތަކާއި ގިނަ އަދަދެއްގެ ބޭސްފިހާރަތައް ވެސް ވަނީ ވަދެފަ އެވެ. އޭގެ މައިގަނޑު ސަބަބަކީ އާސަންދައިގައި ބައިވެރިނުވެ...

13 ޖެނުއަރީ

January 13, 2017 19
ހޮސްޕިޓަލަށް ނުގޮސް އޭޑީކޭން މިހާރު ނަމްބަރު ނެގޭނެ

ޑޮކްޓަރަށް ދެއްކުމަށާއި އެކި ހިދުމަތްތައް ހޯދުމަށް ހޮސްޕިޓަލަށް ނުގޮސް ޓޯކަން ނަމްބަރު ނެގޭނެ ގޮތެއް އޭޑީކޭ ހޮސްޕިޓަލުން ތައާރަފް ކޮށްފި އެވެ.

03 ޖެނުއަރީ

January 03, 2017 8
ސިއްހީ ހިދުމަތްދޭ ތަންތަނުގައި އެނާޖީޑްރިންކް މަނާކޮށްފި

އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލުގައި އެނާޖީ ޑްރިންކު މަނާކޮށްފައި ވަނިކޮށް ހެލްތު މިނިސްޓްރީން އެ މިނިސްޓްރީގެ ދަށުން ހިންގާ ސިއްހީ ހިދުމަތް ދޭ ހުރިހާ ތަނެއްގައި އެނާޖީ ޑްރިންކް މަނާކޮށްފި އެވެ.

28 ޑިސެމްބަރ

December 28, 2016 32
އައިޖީއެމްއެޗުގައި އެނާޖީ ޑްރިންކްސް ވިއްކުން މަނާކޮށްފި

އަންނަ އާދިއްތަ ދުވަހުން ފެށިގެން އައިޖީއެމްއެޗާއި ވިލިމާލޭ ހޮސްޕިޓަލްގެ ތެރޭގައި ކުރާ އެއްވެސް ވިޔަފާރިއެއްގައި އެނާޖީ ޑްރިންކްސް ވިއްކުން މަނާކޮށްފި އެވެ.

17 ނޮވެމްބަރ

November 17, 2016
ހަލަބުގެ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮން އަޅައިފި

ދިމިޝްގު (ނޮވެމްބަރު 17) - ސީރިއާ ސަރުކާރު ސިފައިންނާ ދެކޮޅު ހަނގުރާމަވެރިންގެ ބާރުގެ ދަށުގައި އޮތް ހަލަބު ސިޓީގެ އިރުމަތީގެ ހިސާބުތަކަށް ސަރުކާރު ސިފައިން ދިން ވައިގެ ހަމަލާތަކެއްގައި ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ އެވެ.

18 އޮކްޓޯބަރ

October 18, 2016
އިންޑިއާގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 20 މަރު

އޮރިއްސާ (އޮކްޓޯބަރު 18) - އިންޑިއާގެ އިރުމަތީގެ ހޮސްޕިޓަލެއްގައި އަލިފާން ރޯވެ 20 މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެފި އެވެ.