10 ޖޫން

June 10, 2019 30
ދިއްދޫ ފްލެޓްތައް ދިނުން މަޑުޖައްސާލަން އަންގައިފި

ހއ. ދިއްދޫގައި ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އަޅާފައިވާ ފްލެޓްތައް ދޭނެ މީހުން ކަނޑައަޅައި އެ ރަށު ކައުންސިލުން އިއްޔެ ކުރި އިއުލާނަށް އަމަލުކުރުން މަޑުޖައްސާލުމަށް އޭސީސީން މިއަދު އަންގައިފި އެވެ.

07 މެއި

May 07, 2019 32
އިންސާފު ހޯދަން ދުވަނީ، 'ބޮޑުން" ތިބީ ފިލައި!

އަގު ހެޔޮ، އެންމެ ލުއި ފަސޭހަ ބޯހިޔާވަހިކަމުގެ ނަމުގައި ދެއްކީ ފޮނި ހުވަފެންތަކެކެވެ؛ ހަގީގަތް ހާމަވި އިރު، އެއީ ބޮޑު އޮޅުވާލުން ގަނޑެކެވެ. ފްލެޓަށް އަޅަން ކަމަށް ބުނެ ނެގި ފައިސާ އަށް ޚިޔާނާތްތެރިވެ، ކުންފުނީގެ އިސް މީހުންނާއި އެކަމަށް މަގު ކޮށައިދިން އެންމެން ފިލީ އެވެ. މުޅިން ވެސް މަކަރާއި ހީލަތެވެ؛ ބިކަވީ، 200 އަށް ވުރެ ގިނަ...

11 މާޗް

March 11, 2019 127
ފްލެޓު ލިބުނީ ހައްގު ބަޔަކަށް، ނުފޫޒަކުންނޫން: ޔަޒީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިންގި ހިޔާ މަޝްރޫއުގެ ދަށުން އޭނާގެ އާއިލީ މީހުންނަށް ފްލެޓް ލިބުނީ ނުފޫޒު ފޯރުވައިގެން ނޫން ކަމަށާއި އެއީ ފްލެޓަށް ހައްގު ބައެއް ކަމަށް ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދު ރޭ ވިދާޅުވެއްޖެ އެވެ.

10 މާޗް

March 10, 2019 89
ޔަޒީދުގެ އާއިލާގެ 10 މީހަކަށް ފްލެޓު، ޔަޒްމީދު ހިމެނޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާންމުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ހިންގި ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ދޭން ނިންމާފައިވާ މީހުންގެ ތެރޭގައި ކޮމިޝަނާ ޖެނެރަލް އޮފް ޓެކްސޭޝަން ޔަޒީދު މުހައްމަދުގެ އާއިލާގެ 10 މީހަކު ހިމެނޭ ކަން ހާމަވެއްޖެ އެވެ.

27 ފެބުރުއަރީ

February 27, 2019 7
ސީ ލައިފްގެ މައްސަލަ އޭސީސީން ބަލަނީ

އެޗްޑީސީން ހުޅުމާލޭގައި 3،000 ހައުސިން ޔުނިޓް އެޅުމުގެ މަސައްކަތް ސީ ލައިފް ގްލޯބަލްއާ ހަވާލުކުރުމުގައި ކޮރަޕްޝަންގެ އަމަލެއް ހިނގާފައި ވޭތޯ ތަހުގީގުކުރަން ފަށާފައިވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބުނެފި އެވެ.

31 ޖެނުއަރީ

January 31, 2019 58
ޖިހާދަށް ރެހެންދި ދެ ފްލެޓް މިލްކުކުރުން ހުއްޓުވައިފި

ނައިބު ރައީސްގެ ރަސްމީ ގެކޮޅުގެ ގޮތުގައި، ރެހެންދި އިމާރާތުން ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ދިރިއުޅުއްވަން ސަރުކާރުން ހަމަޖެއްސި ދެ ފްލެޓް އެމަނިކުފާނަށް މިލްކުކޮށްދޭން ރައީސް އޮފީހުން ކުރި މަސައްކަތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހުއްޓުވައިފި އެވެ.

04 ނޮވެމްބަރ

November 04, 2018 11
ސީ ލައިފުން ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަނަށް

ހުޅުމާލޭގައި ސީ ލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތަކަށް ދެއްކި ރަޖިސްޓްރީ ފީ އާއި ޑައުންޕޭމަންޓް އަނބުރާ ހޯދަން އެދުނު މީހުންނަށް އެ ކުންފުނިން ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ މަތި ކަމަށް އެކަމުގައި ވަކާލާތުކުރާ ވަކީލުން މިއަދު ބުނެފި އެވެ.

22 އޮކްޓޯބަރ

October 22, 2018 16
ސީލައިފް ފްލެޓްތަކުގެ މައްސަލަ ފުލުހާއި އޭސީސީއަށް

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތަކުގެ މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

09 އޮކްޓޯބަރ

October 09, 2018 61
އެޗްޑީސީގެ މާލީ ތަނަވަސްކަން އޮތީ ދަށްވެފައި: މުއިއްޒު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ ތަނަވަސްކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

October 09, 2018 11
އެންގީ އުސޫލާ އެއްގޮތަށް އިވެލުއޭޝަން ކުރިއަށް ގެންދަން

ހިޔާ މަޝްރޫއުން ފްލެޓް ދޫކުރުމާ ގުޅޭ މައްސަލަތަކެއް ބެލުމަށް ފަހު ހައުސިން މިނިސްޓްރީ އަށް އެންގީ، އެ މަޝްރޫއުން ފްލެޓް ދިނުމަށް ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކުރިއަށް...

08 އޮކްޓޯބަރ

October 08, 2018 17
ފޯމު ބަލައިގަތުން މެދުކަނޑާލީ އޭސީސީގެ ޖަވާބެއް ލިބެންދެން

ހުޅުމާލެ އިން 400 ގޯތި ވިއްކާ ފޯމު ބަލައިގަތުން މެދުކަނޑާލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޖަވާބެއް ލިބެންދެން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2018 91
ހުޅުމާލޭން ގޯތި ދޫނުކުރަންވީ ސަބަބެއް ނެތް: ނިހާން

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު ފެށުމުން، އެކަން މަޑުޖައްސާލަން އޭސީސީ އިން މިއަދު އަންގާފައި ވަނިކޮށް އެ މަޝްރޫ ހުއްޓުވަން ޖެހޭ...

October 07, 2018 24
ހުޅުމާލެއިން ގޯތި ވިއްކުން ހުއްޓުވާނަން: އޭސީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވާއިރު އެކަން ހުއްޓުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން...

03 އޮކްޓޯބަރ

October 03, 2018 8
ދިއްދޫ ހައުސިން ޔުނިޓްތަކުގެ މައްސަލަ ވެސް އޭސީސީއަށް

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން، މިހާރު ބާކީ ހުރި 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހަމަ ވެފައިވާއިރު، އެ ގެތައް ދޫކުރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

01 އޮކްޓޯބަރ

October 01, 2018 39
ފްލެޓްތައް ދޫކުރުން މަޑުޖައްސައިލަން އޭސީސީން އަންގައިފި

އާންމުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު" ގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ދޫކުރުމާ ގުޅޭ ޝަކުވާތަކެއްގެ މައްސަލަ ބަލަމުންދާތީ، އެ ތަންތަން އާންމުންނަށް ދޫކުރުން މަޑުޖައްސަލައިލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހައުސިން މިނިސްޓްރީއަށް މިއަދު އަންގައިފި އެވެ.

02 ޖޫން

June 02, 2018 44
ފްލެޓް ދޫކުރުމުގައި ކޮރަޕްޝަނެއް ނުހިންގާ: އޭސީސީ

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދޫކުރި ގޮތާ ގުޅޭ ގޮތުން ބޮޑެތި ތުހުމަތުތަކެއް ކުރި ނަމަވެސް ފްލެޓް ދިނުމުގައި ކޮރަޕްޝަންގެ އަމަލެއް ހިންގާފައި ނުވާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނިންމައިފި އެވެ.

28 ޖެނުއަރީ

January 28, 2018 7
ފްލެޓްތަކުގެ ތަހުގީގު ލަސްވާ ސަބަބެއް އޭސީސީން ނުބުނި!

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދޫކުރީ ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ކަމަށް ބުނެ، ބައެއް އާންމުން ހުށަހެޅި މައްސަލަތަކުގެ ތަހުގީގު ލަސްވާ ސަބަބެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ނުބުންޏެވެ.

31 ޑިސެމްބަރ

December 31, 2017 20
ފްލެޓް ހަވާލުކުރިއިރު ވެސް އޭސީސީގެ ތަހުގީގު ނުނިމުނު!

މި ސަރުކާރުން 2014 ގައި ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ދޫކުރި ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކޮށް އެތަނުގައި ދިރިއުޅެން ފަށާއިރު ވެސް، އެ ފްލެޓްތަކާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅި މައްސަލަތަކުގެ ތަހުގީގެއް ނުނިމެ އެވެ.

22 އޮކްޓޯބަރ

October 22, 2017 25
މުއައްވިޒްގެ ބޭބެ އަށް ފްލެޓް ލިބުމުން އޭސީސީ އަށް

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ނައިބު ރައީސް މުއައްވިޒް ރަޝީދުގެ އެއްބަނޑު އެއްބަފާ ބޭބެ އަށް، ބޯހިޔާވަހިކަމުގެ މަޝްރޫއުން ފްލެޓް ލިބުނު ކަމަށް ބުނެ އެ ކަން ބަލައިދޭން އަމިއްލަ މީހަކު އޭސީސީ އަށް މައްސަލައެއް ހުށަހަޅައިފި އެވެ.

18 އޮކްޓޯބަރ

October 18, 2017 39
ފްލެޓް ދިން ގޮތް ބަލަން އޭސީސީން ހައުސިން އަށް

މި ސަރުކާރުން ހުޅުވާލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓްތައް ބެހީ ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކަމަށް ބުނެ ހުށަހެޅި ޝަކުވާތައް ބަލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ތަހުގީގު ޓީމެއް ހައުސިން މިނިސްޓްރީގައި ހަރަކާތްތެރިވަމުން އަންނަ ކަމަށް އެ ކޮމިޝަންގެ ރައީސް ހަސަން ލުތުފީ މިއަދު ވިދާޅުވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2017 50
އޭސީސީއަށް މި ޝަކުވާތަކުގެ އަޑެއް ނީވޭ!

ކިތަންމެ ޝަކުވާއެއް ކުރިއަސް، ފްލެޓް ދިނީ ކިތައް ޕޮއިންޓު ލިބުނު މީހުންނަށް ކަމެއް ހައުސިން މިނިސްޓްރީން އާއްމެއް ނުކުރާނެ އެވެ. ސަރުކާރުގެ ނިންމުމަކީ ފްލެޓް ލިބުނު މީހުންގެ މައުލޫމާތާ އެކު ލިސްޓު އާއްމުނުކުރުން ކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ތަކުރާރުކޮށް ވަނީ ވިދާޅުވެފަ އެވެ. އެހެންކަމުން، ފްލެޓް ދިން...