25 މެއި

May 25, 2020
އެމެޒޯންގެ އޮފީސް އިމާރާތެއް ގެދޮރުނެތް މީހުންނަށް ދީފި

މަޝްހޫރު ކުންފުނި އެމެޒޯން އިން އެމެރިކާގެ ސިއޭޓްލްގެ ހެޑްކުއާޓަރެއްގެ ގޮތުގައި ބޭނުންކުރާ އޮފީސް އިމާރާތެއް، ގެދޮރު ނެތް މީހުންގެ ދާއިމީ ބޯހިޔާވައްސަކަށް ބަދަލުކޮށްފި އެވެ.

13 މެއި

May 13, 2020 13
ކުލި ނުދެއްކޭނަމަ ގޮތްތަކެއް ހަމަޖައްސައިދޭން ފާސްކޮށްފި

ކުލި ނުދެއްކިގެން މީހުުން މަގުމަތިިވިޔަ ނުދިނުމަށް ސަރުކާރާއި ކައުންސިލްތަކުން ފިޔަވަޅު އެޅުމަށް ހުށަހަޅާފައިވާ އިޖުތިމާއީ ކޮމެޓީގެ ރިޕޯޓް މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

May 13, 2020 28
ކުއްޔަށް ސަރުކާރުން އެލަވަންސް ދޭކަށް ފާހެއް ނުވި

ކޮވިޑް-19 އާ ގުޅިގެން ކުރިމަތިވެފައިވާ މާލީ ދަތިތަކުގެ ސަބުން ކުލި ދެއްކުމަށް ދަތިވެފައިވާ މީހުންނަށް ކުލި ދެއްކުމަށް ސަރުކާރުން އެލަވަންސްއެއް ހަމަޖައްސައި ދިނުމަށް، އިޖުތިމާއީ...

May 13, 2020 8
ކުލި ނުދެއްކޭނަމަ ސަރުކާރުން އެހީވާން ހުށަހަޅައިފި

ކޮވިޑް-19އާ ގުޅިގެން އާމްދަނީ ދަށްވުމުގެ ސަބަބުން ގޭގެ ކުލި ދައްކަން ދަތިވެފައިވާ ފަރާތްތަކަށް ސަރުކާރުން އެހީތެރިވުމަށް، މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހީމް ޝަރީފް...

07 މެއި

May 07, 2020 9
އެޗްޑީސީ: ކުލި ފަސްކުރަން އެދޭ މުއްދަތު އިތުރުކޮށްފި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އާންމުންނަށް ކުއްޔަށް ދީފައި ހުރި ފްލެޓްތަކުގެ ކުރިއަށް އޮތް ދެ މަހުގެ ކުލިން 30 ޕަސެންޓް ފަސްކުރަން ބޭނުންވާ ފަރާތްތަކުން އެކަމަށް އެދުމުގެ ފުރުސަތު މި މަހުގެ 15 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްދީފި އެވެ.

29 އެޕްރީލް

April 29, 2020 34
ލުއި ދިނުމުގައި ކުލި ކުޑަވާ ގޮތް ހަދަން ހުށަހަޅައިފި

ގެދޮވެރިކަމުގެ ލޯނުތަކަށް ބޭންކްތަކުން ލުއި ދިނުމުގައި ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމެންޓްތަކުގެ ކުލި ކުޑަކުރަން ޖެހޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ހުށަހަޅައިފި އެވެ.

18 އެޕްރީލް

April 18, 2020 186
ކުލި ނުދެއްކުނަސް ގެއިންނެރުން މަނާކުރަން މަޝްވަރާކޮށްފި

ކޮވިޑް-19 ގެ ހާލަތުގައި، ކުލި ނުދެއްކޭ ފަރާތްތައް ގެއިން ނެރުން މަނާކުރާށާއި، އެފަދަ ހާލަތްތަކުގައި ކުއްޔަށްދޭ ފަރާތްތަކަށް މާލީ ގޮތުން އެހީތެރިކަމެއް ލިބޭނެ ގޮތަށް ސަންސެޓް ގާނޫނެއް ވުޖޫދަށް ގެނައުމާ މެދު ބަންޑާރަ ނާއިބާ މަޝްވަރާކުރަން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން މިއަދު ނިންމައިފި އެވެ.

30 މާޗް

March 30, 2020 163
ބައެއް މީހުން ކުލި ކުޑަކޮށްދީފި، އުފަލުން ގޮތެއްނެތް!

ކޮވިޑް-19ގެ ސަބަބުން އުފެދިފައިވާ ހާސްކަމުގެ ތެރޭގައި ފޮޓޯގްރާފަރު ނިޝާން އަލީ (ހަސޯ) އަށް ލިބުނު އެންމެ ބޮޑު ހިތްހަމަޖެހުމަކީ އޭނާ އަށް އެޕާޓްމެންޓްގެ ވެރިފަރާތުން ފޮނުވި މެސެޖެވެ. މީގެ ހަތަރު ދުވަސް ކުރިން ލިބުނު އެ މެސެޖްގައި އޮތީ އޭނާ ކޮންމެ މަހަކު ދައްކާ ކުލި 21،000ރ. އިން 11،000ރ. އަށް ކުޑަކުރި ވާހަކަ އެވެ. އެހެންވެ ދެން އޭނާ...

27 މާޗް

March 27, 2020 172
ލޯނަށް ލުއި ދޭނަމަ، ކުލި ކުޑަކުރަން ޝަރުތު ކުރަންޖެހޭ

ގެދޮރުވެރިކަމަށް ދޫކޮށްފައި ހުރި ލޯނުތައް އަނބުރާ ދެއްކުމުގެ މުއްދަތު ފަސްކޮށް ދޭ ނަމަ، އެ ތަންތަނުގެ ކުލި އެ މުއްދަތުގައި ކުޑަކުރަން ޝަރުތު ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ...

March 27, 2020 23
"ބޯހިޔާވަހިކަމަށް ލުއި ގޮތްތަކަށް ލޯނު ލިބެންޖެހޭ"

ބޯހިޔާވަހިކަމާއި ކުލީގެ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި ބޭންކްތަކުން ލުއި ގޮތަކަށް ލޯނުތައް ލިބޭނެ ގޮތް ހަމަޖައްސަންޖެހޭ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު...

26 މާޗް

March 26, 2020 25
އެޗްޑީއެފްސީގެ ލޯނުތައް ދެއްކުމަށް ވެސް ބޮޑު ލުޔެއް

ހައުސިން ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) ގެ ހައުސިން ސްކީމްތަކަށް ފައިސާ ދެއްކުން ވެސް ހަ މަހަށް ފަސްކޮށްފި އެވެ.

09 މާޗް

March 09, 2020 57
ހުޅުމާލޭގެ އާ ހައުސިންޔުނިޓުގެ މަސައްކަތް މާދަމާ ފަށަނީ

ހުޅުމާލޭގައި އިމާރާތްކުރާ 1،700 ހައުސިން ޔުނިޓެއްގެ މަސައްކަތް މާދަމާ ރަސްމީކޮށް ފަށަން ސަރުކާރުން ނިންމައިފި އެވެ.

04 މާޗް

March 04, 2020 13
ތުލުސްދޫން އިތުރަށް ގޯތި ދެވެން އޮތްތޯ ބަލަން އެދެފި

ކ. ތުލުސްދޫ އިން އިތުރަށް 75 ގޯތި ދޫކުރެވެން އޮތް ނަމަ އެކަން ހަމަޖައްސައިދިނުމަށް ރައީސް އޮފީހުން ޕްލޭނިން މިނިސްޓްރީގައި އެދެފި އެވެ

02 މާޗް

March 02, 2020 30
ކުލި ކޮންޓްރޯލް ކުރަން ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް

މާލޭގައި މީހުން ދިިރިއުޅޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރުމަށް ގޮވާލައި 800 މީހުން ސޮއިކޮށްފައިވާ ޕެޓިޝަނެއް ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.

March 02, 2020 152
މާލެ މިގޮތަށް ދޫކޮށްލާފައި ނުބާއްވާނަން: ނަޝީދު

މާލެ އާއި އަތޮޅުތަކުގެ ގިނަ ރައްޔިތުން ދިރިއުޅޭ މާލެ، ބޯހިޔާވަހިކަމާއި މަގުތަކުގެ ދަތިކަމާއި އަސާސީ އެހެން ހައްގުތަކުގައި ވެސް ދަތި، އުނދަގޫ ތަނެއްގެ ގޮތުގައި އޮތް އޮތުން...

28 ފެބުރުއަރީ

February 28, 2020 43
ކައުންސިލަރުން ދެބަސްވެ ބައްދަލުވުން ހުއްޓާލައިފި

މާލޭ ސިޓީ ކައުންސިލްގެ ފަރާތުން މާލޭގެ ރައްޔިތުންނާ އެކު، މިރޭ ބޭއްވި ބައްދަލުވުމުގައި ބައެއް ކައުންސިލަރުން ދެބަސްވުމުގެ ސަބަބުން ބައްދަލުވުން ކުރިއަށް ނުގެންދެވިގެން ހުއްޓާލައިފި އެވެ.

27 ފެބުރުއަރީ

February 27, 2020 118
ހައްގު ހޯދަން މާލޭ ރަށްވެހިންގެ ޖަމިއްޔާ ތެދުވެއްޖެ

ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގައި މާލޭގެ ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާއި މާލޭގެ މައްސަލަތަކުގައި އަޑުއުފުލައި ހައްލު ހޯދަން މާލޭގެ ރަށްވެހިންގެ ޖަމިއްޔާ އިން ތެދުވެއްޖެ އެވެ.

24 ފެބުރުއަރީ

February 24, 2020 37
ވެށިފަހިން ލިއުންދީ ފްލެޓާއި ގޯތި ނުލިބޭ މީހުން ހޯދަނީ

އެމްޑީޕީގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ލިއުން ދީ، މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުން އެކަން ހައުސިން މިނިސްޓްރީ އަށް އަންގަން މިއަދު އެދެފި އެވެ.

22 ފެބުރުއަރީ

February 22, 2020 228
މީހުން މަދުވީ އުއްމީދުތަކުގައި ކުލަ ނުޖެހުމުން: ނަޝީދު

ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގެ ކެމްޕޭން ފެށުމަށް މާލޭގައި ރޭ އެމްޑީޕީން ބޭއްވި "ރަށްވެހި ފަތިސް" ޖަލްސާ އަށް ފިނި ތަރުހީބެއް ލިބުނުކަން ބަލައިގަންނަ ކަމަށާއި އެގޮތަށް އެކަން ދިމާވީ، މީހުންގެ އުއްމީދުތަކުގައި މި ސަރުކާރަށް ކުލަ ޖައްސަައި ނުދެވުމުން ކަމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މިއަދު...

17 ފެބުރުއަރީ

February 17, 2020 36
މާލޭގައި ހަދާ ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ މަހު

މާލޭ ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން އަޅާ 3،000 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2020 14
ހުޅުމާލެއިން ބިންވިއްކަން ނިންމާފައެއް ނެތް: އެޗްޑީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކުމާ މެދު ވަކި ގޮތެއް ނިންމާފައިނުވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިރޭ ބުނެފި އެވެ.

11 ފެބުރުއަރީ

February 11, 2020 117
ފާޑުކިއުން ބޮޑުވެ އަނދުން ހުސެއިން މާފަށް އެދިއްޖެ

ފަލަސްތީނުގެ ރައްޔިތުންނަށް ޖެހިފައިވާ ހާލު މާލޭގެ ރައްޔިތުންނަށް ޖެހިފައިވާ ކަމަށް ވިދާޅުވެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަމީމް (އަނދުން ހުސެއިން) ދެއްކެވި ވާހަކަތަކާ މެދު ނުރުހުންވެ، އޭނާ އަށް ފާޑުކިއުންތައް ބޮޑުވުމުން މިއަދު މާފަށް އެދިވަޑައިގެންފި އެވެ.

February 11, 2020 51
ހުޅުމާލޭން މުއްސަނދިންނަށް ބިން ވިއްކުމާ ދެކޮޅު!

މާލޭގެ ތޮއްޖެހުމަށް ލުޔެއް ހޯދަން ހިއްކި ހުޅުމާލޭގެ ދެ ވަނަ ފޭހުން "މުއްސަނދިންނަށް" ބިން ވިއްކުމަކީ އިންސާފެއް ނޫން ކަމަށް ވިދާޅުވެ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ...

February 11, 2020 47
ރަަށްރަށް އަޅައިކިޔުމުގެ ބަހުސުން ވާނީ ގެއްލުން: ނަޝީދު

ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް އަޅާކިޔައި ޒުވާބު އުފެދޭ ގޮތަށް ވާހަކަ ދެއްކުމަކީ ގެއްލުން ބޮޑު ކަމެއް ކަމަށް ވިދާޅުވެ، އެގޮތަށް ކަންތައް ނުކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ...

10 ފެބުރުއަރީ

February 10, 2020 206
މާލެއަށް ދިމާވެފައިވަނީ ފަލަސްތީނުގެ ހާލަތު: ހުސެއިން

މާލެއަށް ގާތްގަނޑަކަށް ދިމާވެފައި މިވަނީ ފަލަސްތީނަށް ޖެހިފައިވާ ހާލު ކަމަށް، ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސެއިން) ރޭ ވިދާޅުވެއްޖެ އެވެ.

09 ފެބުރުއަރީ

February 09, 2020 87
ހުޅުމާލޭގެ ބްރިޖުތައް އެޕްރީލްގައި ނިމޭނެ: އެޗްޑީސީ

ހުޅުމާލެ ފުރަތަ ފިޔަވައްސާ، އަލަށް މީހުން އާބާދުކުރާ ދެ ވަނަ ފިޔަވަހި ގުޅާލަން އަޅާ ފަސް ބްރިޖް އަންނަ މަހުގެ ތެރޭގައި ނިމޭނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.