16 ޖުލައި

July 16, 2017 27
ހުޅުމާލޭގައި މެދުފަންތީގެ 1500 ފްލެޓް އަޅަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި 1،530 ފްލެޓް އަޅަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން 159 މިލިއަން ޑޮލަރު (2.4 ބިލިއަން ރުފިޔާ)ގެ ލޯނެއް ޗައިނާ ޑިވެލޮޕްމަންޓް ބޭންކް (ސީޑީބީ) އިން ނަގައިފި އެވެ.

11 ޖުލައި

July 11, 2017 33
ޓާޓާ ފްލެޓް ލިބުނު މީހުންނަށް އިސްކަންދޭ ލޯން ސްކީމެއް

ޓާޓާ އިން މާލޭގައި އެޅި ފްލެޓްތައް ލިބުނު ފަރާތްތަކަށް އިސްކަން ދީގެން ހާއްސަ ލޯނު ސްކީމެއް މިއަދު ތައާރަފުކޮށްފި އެވެ.

09 ޖުލައި

July 09, 2017 31
އަހަރެންގެ ހުވަފެނީ ގެ

ދަރުބާރުގޭގެ ސިޑިން މައްޗަށް އެރިއިރު ވެސް ފެނުނީ، އަމިއްލަ ގެއެއް (ފްލެޓް، އެޕާޓްމަންޓް، ގެ، މިއިން ކޮންމެ ނަމެއްގެ ތެރެއަށް ފެތުނަސް ވަރިހަމަ އެވެ.) ލިބޭނެ ދުވަހެއްގެ ހުވަފެނުގައި ތިބި މީހަކަށް، އިތުރު ހުވަފެނެކެވެ. ހުޅުމާލޭގެ ފިތުރޯނު ގަސްތަކުގެ މަންޒަރުތަކެއްގެ ސިފާގައި، މުޅި ތަން އޮތީ ޒީނަތްތެރިކޮށްފަ އެވެ. އެ...

08 ޖުލައި

July 08, 2017 6
ރެއިންބޯގެ ތިން ޕްރޮޖެކްޓެއްގެ 237 އެޕާޓްމަންޓް ވިއްކައިފި

ރެއިންބޯ ކޮންސްޓްރަކްޝަން އިން މާލެ އާއި ހުޅުމާލޭގައި ހިންގާ ތިން ޕްރޮޖެކްޓެއްގެ 237 އެޕާޓްމަންޓް ވިއްކައިފި އެވެ.

July 08, 2017 16
ފައިނޭންޝަލް އެކްސްޕޯ: ގެދޮރާ ބެހޭ ހުރިހާ ކަމެއް

ދަރުބާރުގޭގައި މިހާރު ކުރިއަށް ދާ މޯލްޑިވްސް ފައިނޭންޝަލް އެކްސްޕޯ އަށް ވަދެ އިރުކޮޅެއް ހޭދަކޮށްފި ނަމަ، މިވަގުތު މާލޭ ސަރަހައްދުގައި ކުރިއަށް ގެންދާ ގެދޮރު މަޝްރޫއުތަކާ ބެހޭ...

07 ޖުލައި

July 07, 2017 9
ބޭންކް އޮފް ސިލޯނުން ހައުސިން ލޯނެއް ތައާރަފްކޮށްފި

ބޭންކް އޮފް ސިލޯން (ބީއޯސީ) އިން ފުރަތަމަ ފަހަރަށް ހައުސިން ލޯނެއް މިރޭ ތައާރަފްކޮށްފި އެވެ.

July 07, 2017 11
އެންޕީއެޗުން ހުޅުމާލޭގައި ވެސް ބޮޑު މަޝްރޫއެއް

ނަސަންދުރަ ޕެލަސް ހޮޓެލް ތަރައްގީކުރާ ކުންފުނިން ހުޅުމާލޭގައި ވެސް އެޕާޓްމަންޓް ބޮޑު މަޝްރޫއުއެއް ހިންގަން ހަމަޖައްސައި ފައިނޭންޝަލް އެކްސްޕޯގައި ވިއްކަން ފަށައިފި އެވެ.

July 07, 2017 25
ހުޅުމާލޭގައި ހަދާ "ފިތުރޯން" އެޕާޓްމަންޓްތައް ވިއްކަނީ

ހުޅުމާލޭގައި މުނި އެންޓަޕްރައިސަސް އިން "ފިތުރޯން"ގެ ނަމުގައި ހަދާ މަތީ ފެންވަރުގެ އެޕާޓްމެންޓްތައް ވިއްކަން ފަށައިފި އެވެ.

21 ޖޫން

June 21, 2017
ފައިނޭޝަލް އެކްސްޕޯއެއް އަންނަ މަހު ބާއްވަނީ

މާލީ އިދާރާތަކާ މެދު އާންމުން ހޭލުންތެރި ކުރަން އަންނަ މަހު ފައިނޭޝަލް އެކްސްޕޯއެއް ބާއްވަން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ނިންމައިފި އެވެ.

14 ޖޫން

June 14, 2017 5
މި ގޭގައި އުޅޭނަމަ އުޅެވޭނީ ދެ ގައުމެއްގައި

ގެއެއް ދެ ގައުމަކަށް ނިސްބަތްވުމަކީ ކިހާ ސަޅި ކަމެއް ހެއްޔެވެ؟ އެކަމަކު ގައުމުތަކުގެ ރަށްވެހިކަމާއި ވިސާ ހޯދުން ފަދަ ކަންކަމާ ހެދި މިކަން ބޮޑު އުނދަގުލަކަށް ވެސް ވެދާނެ އެވެ.

14 މެއި

May 14, 2017 11
ބިން ދޫކޮށްލާ މީހުން ޖޫންގެ ކުރިން ފައިސާ ދައްކަންޖެހޭ

ޓާޓާ ހައުސިންއާ ހަވާލުކޮށްގެން ސަރުކާރުން މާލޭގައި އިމާރާތްކުރި ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން، ސަރުކާރަށް ދޫކޮށްލާ ބިންކޮޅު އަގު ކުރުމަށް ފަހު ބާކީ ބައި އަންނަ ޖޫން މަހުގެ ކުރިން ދެއްކުމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އަންގައިފި އެވެ.

13 މެއި

May 13, 2017 35
ފޭސް2 ފްލެޓެއްގެ އަގު 42،000 ޑޮލަރުން މަތީގައި

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހަދަން ހުޅުވާލި ހައުސިން ޔުނިޓްތަކުގެ ފްލެޓެއް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗުޑީސީ) އަށް ވިއްކަން ޖެހޭނީ 42،000 ޑޮލަރު (647،000ރ.) އާއި 52،000 ޑޮލަރު (801،000ރ) އާ ދެމެދުގެ އަގެއްގައި ކަމަށް، އެ ކުންފުނިން ހުށަހަޅައިފި އެވެ.

28 އެޕްރީލް

April 28, 2017 36
ހުދު ފަސްގަނޑެއް ނޫން، ތަރައްގީގެ އެތައް މަސައްކަތެއް

މީގެ ދެ އަހަރު ކުރިން އެއީ ބޮޑު ފަޅެކެވެ. އެންމެ އަށް ހަފްތާ ތެރޭގައި ހިއްކާ، ބޮޑެތި އުންމީދުތަކާ ގުޅިފައިވާ ރަށަކަށް ބަދަލުކޮށްލި އެވެ. އެންމެ ސަބަބެކެވެ. ބޮޑު ސިޓީއަކަށް ހުޅުމާލެ ހެދުމެވެ. އުސް އިމާރާތްތަކާ އެކު ގެދޮރުވެރި ކުރުވުމެވެ. މުޅި މަޝްރޫއުގެ އަގު ވެސް ކުޑައެއް ނޫނެވެ. އެޗުޑީސީން ލަފާކުރާ ގޮތުގައި ހުޅުމާލެ ދެވަނަ...

27 އެޕްރީލް

April 27, 2017
ބެޗް އެޕާޓްމަންޓުގެ ފައުންޑޭޝަން މަސައްކަތް ފަށައިފި

ހުޅުމާލޭގެ ހާބާވިއު އޭރިއާގައި ބެޗް ކޮންސްޓަރަކްޝަން އިން ހަދާ "ބެޗް އެޕާޓްމަންޓް" ބިލްޑިންގެ ފައުންޑޭޝަން އެޅުމުގެ މަސައްކަތް ފަށައިފި އެވެ.

April 27, 2017 42
އެއްބަސްވުން ބާތިލް ކުރިޔަސް ޓާޓާ މަސައްކަތް ފަށައިފި

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލާފައި ވަނިކޮށް، ނާދީ ހުރި ބިމުގައި އެ...

26 އެޕްރީލް

April 26, 2017 28
ފްލެޓް ހޯދަން ދޫކޮށްލާ ބިން ސަރުކާރުން ގަންނަނީ

ޓާޓާ ހައުސިންއާ ހަވާލުކޮށްގެން ސަރުކާރުން މާލޭގައި އިމާރާތްކުރި ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން، ސަރުކާރަށް ދޫކޮށްލާ ބިންކޮޅު އަކަފޫޓެއް 2،000ރ. ގެ ރޭޓުން ގަންނަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

20 އެޕްރީލް

April 20, 2017 16
ސުލްހަވެރި ހައްލެއް ނެތް ނަމަ ޓާޓާ އިން އާބިޓްރޭޝަނަށް

މާލޭގައި ފްލެޓްތައް އަޅަން އިންޑިއާގެ ޓާޓާ ހައުސިންއާ އެކު ހަދާފައިވާ އެއްބަސްވުން ސަރުކާރުން އުވާލުމުން ސުލްހަވެރި ހައްލެއް ހޯދަން މަޝްވަރާކުރަމުން އަންނަ ކަމަށާއި ހައްލެއް ނުލިބިއްޖެ ނަމަ އާބިޓްރޭޝަނަށް ދިއުމުގެ ފުރުސަތު އެ ކުންފުންޏަށް ލިބިގެންވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

19 އެޕްރީލް

April 19, 2017 31
އަމަލުކުރީ އެއްބަސްވުމާ އެއްގޮތަށް: ޓާޓާ

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުމަށް ޓާޓާ އިން އަމަލުކޮށްފައިވާނެ ކަމަށާއި އެއްބަސްވުން ސަރުކާރުން ބާތިލް ކުރި ކުރުމާ ކަންބޮޑުވާ ކަމަށް ޓާޓާ އިން ބުނެފި އެވެ.

05 އެޕްރީލް

April 05, 2017 29
ފްލެޓް ލިބޭ މީހުން އިއުލާންކުރުން ލަސްވާތީ ޝަކުވާ

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން 2014 ގައި ހުޅުވާލި ފްލެޓްތަކަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓު އިއުލާންކުރުން ލަސްވާތީ އާންމުންގެ ޝަކުވާ ބޮޑުވެއްޖެ އެވެ.

24 މާޗް

March 24, 2017 6
ފްލެޓަށް ފައިސާ ނުދެއްކި މީހުންނާ މެދު ގޮތެއް ނުނިމޭ

ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށީގައި ޓާޓާ ހައުސިން ހައުސިން އިން އިމާރާތްކުރި ފްލެޓް ލިބުނު މީހުންގެ ތެރެއިން ފައިސާ ނުދެއްކުނު މީހުންނާ މެދު އަމަލުކުރާނެ ގޮތެއް އަދި ނުނިންމާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

19 މާޗް

March 19, 2017 25
ހުޅުމާލޭގައި 1000 ހައުސިން ޔުނިޓް އަޅަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި މަދުވެގެން 1،000 ހައުސިން ޔުނިޓް އިމާރާތް ކުރުމަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ހުޅުވާލައިފި އެވެ.

09 މާޗް

March 09, 2017 13
ރެއިންބޯގެ 136 އެޕާޓްމަންޓް ގަންނަން ހުޅުވާލައިފި

ހުޅުމާލޭގައި "ރެއިން ކްރެސްޓް ރެސިޑެންސް"ގެ ނަމުގައި ރެއިންބޯ ކޮންސްޓްރަކްޝަނުން ތަރައްގީކުރާ ކޮންޑޮމީނިއަމްގެ 136 އެޕާޓްމަންޓް ގަންނަން އިއްޔެ ހުޅުވާލައިފި އެވެ.

07 މާޗް

March 07, 2017 16
ބިން ގަތުމަށް 32 މީހަކު ފައިސާ ދައްކައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ވިއްކަން ހުޅުވާލި ބިންތަކަށް 32 މީހަކު ފައިސާ ދައްކާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.