10 ނޮވެމްބަރ

November 10, 2018 82
ފްލެޓު ހައްގު ނޫނަސް، މީހުން ނެރޭކަށް ނޭދެން: ނަޝީދު

ފްލެޓް ހައްގުވާ މީހުންނަށް ނުދީ ނާއިންސާފުން ފްލެޓު ދީފައިވީ ނަމަވެސް އެތަންތަނުގައި ދިރިއުޅޭ މީހުން ނެރުމަކީ ބޭނުންފުޅުވާ ގޮތް ނޫން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު، ހއ. ދިއްދޫގައި، ވިދާޅުވެއްޖެ އެވެ.

08 ނޮވެމްބަރ

November 08, 2018 28
ސުނާމީ ގެތައް އެޅިއިރު 144 މިލިޔަނުގެ ގެއްލުމެއް

ރާއްޖެ އަށް 2004 ވަނަ އަހަރު އެރި ސުނާމީގައި ގއ. އަތޮޅުން ގެދޮރު ގެއްލުނު މީހުންނަށް އެންމެ ފަހުން އެޅި ގެތަކަށް ހޭދަވާން ޖެހޭ ވަރަށް ވުރެ އިތުރަށް 144.6 މިލިޔަން ރުފިޔާ ހަރަދުވެ، ދައުލަތަށް ގެއްލުންވެފައިވާ ކަމަށް އޮޑިޓާ ޖެނެރަލް ވިދާޅުވެއްޖެ އެވެ.

05 ނޮވެމްބަރ

November 05, 2018 59
ނުހައްގުން ދިން ފްލެޓްތަކުގެ މައްސަލަ ބަލާނަން: މާރިޔާ

އާ ސަރުކާރެއް އަންނަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް ފްލެޓް ލިބޭ މީހުންގެ ނަން އިއުލާން ކުރި މަގުސަދު ސާފު ކަމަށާއި ފްލެޓް ދޫކޮށްފައިވާ ގޮތް އާ ސަރުކާރުން ބަލާނެ ކަމަށް...

November 05, 2018 71
ލިސްޓު ބާތިލްކޮށްފިއްޔާ، އެއީ އަނިޔާވެރިކަން: މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން މި ސަރުކާރުން އިއުލާން ކުރި ފްލެޓުތައް ލިބުނު މީހުންގެ ލިސްޓު އިންތިޚާބީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ބާތިލްކޮށްފިއްޔާ، އެއީ...

04 ނޮވެމްބަރ

November 04, 2018 118
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާނުކުރި 7000 ފްލެޓަށް ކުރިމަތި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

November 04, 2018 11
ސީ ލައިފުން ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަނަށް

ހުޅުމާލޭގައި ސީ ލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތަކަށް ދެއްކި ރަޖިސްޓްރީ ފީ އާއި ޑައުންޕޭމަންޓް އަނބުރާ ހޯދަން އެދުނު މީހުންނަށް އެ ކުންފުނިން ދޭން ޖެހޭ...

November 04, 2018 6
ޕަމްޕުތައް މަރާމާތުކޮށް، ފެންބޮޑުވުން ހައްލުކުރަނީ

މާލޭގެ މަގުތަކުގައި ފެން ބޮޑުވުން ހައްލުކުރަން އެކި ސަރަހައްދުތަކުގައި ބެހެއްޓި ޕަމްޕުތައް އަލުން މަރާމާތު ކުރުމުގެ މަސައްކަތް އަނެއްކާވެސް އެމްޑަބްލިއުއެސްސީއާ ހަވާލުކޮށްފި...

01 ނޮވެމްބަރ

November 01, 2018 23
ރައްޔިތުންނަށް އޮތް ދަރަނި އަދާކުރާނަން: ނަޝީދު

ގުޅިފައިވާ ޕާޓީތަކުގެ ލީޑަރުންނާއި އިންތިހާބީ ރައީސް އިބުރާހީމް މުހައްމަދު ސޯލިހު ރިޔާސީ އިންތިހާބަށް ވެވަޑައިގެންނެވި ބޯހިޔާވަހިކަމުގެ ވައުދަކީ ރައްޔިތުންނަށް ދަރާފައިވާ ދަރަންޏެއް ކަމަށާއި، އެ ދަރަނި އަދާކުރައްވާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

31 އޮކްޓޯބަރ

October 31, 2018 37
މައްސަލަ ހައްލު ނުވެ 37 މިލިއަން "ފެނަށް"!

މާލޭގެ ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރަން އެމްޑަބްލިއުއެސްސީއާ ހަވާލުކުރި މަޝްރޫއަށް 34 މިލިއަން ރުފިޔާ ހޭދަކުރިއިރު، އެކަން ނާކާމިޔާބުވި ސަބަބާ މެދު އެ ކުންފުނިން ވާހަކައެއް ނުދެއްކި އެވެ.

25 އޮކްޓޯބަރ

October 25, 2018 36
"ފްލެޓާ ގުޅޭ ޝަކުވާތަކަށް މި އަންނަނީ ޖަވާބުދެމުން"

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުން ދޫކުރާ 7،000 ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބުދެމުން އަންނަ ކަަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

22 އޮކްޓޯބަރ

October 22, 2018 16
ސީލައިފް ފްލެޓްތަކުގެ މައްސަލަ ފުލުހާއި އޭސީސީއަށް

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތަކުގެ މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށާއި ފުލުހުންނަށް މައްސަލަ ހުށަހަޅައިފި އެވެ.

19 އޮކްޓޯބަރ

October 19, 2018 4
ޗައިނާގެ ހައުސިން މަޝްރޫއު ލަންކާ އިން ހުއްޓާލައިފި

ނިއު ދިއްލީ (އޮކްޓޯބަރު 19) - ތިން ސަތޭކަ މިލިއަން ޑޮލަރުގެ ހައުސިން މަޝްރޫއު ޗައިނާ އަށް ދިނުމާ މެދު ސްރީ ލަންކާގެ ޚިޔާލު ބަދަލުވެ އެ މަސައްކަތް އިންޑިއާގެ ކުންފުންޏަކާ ގުޅިގެން ކުރަން ނިންމައިފި އެވެ.

15 އޮކްޓޯބަރ

October 15, 2018 3
ގޯއްޗަށް އެދެން ހުޅުވާލާނެ ދުވަހެއް އަދި ނުނިންމާ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގޯއްޗަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ދުވަހެއް އަދި ނުނިންމާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

14 އޮކްޓޯބަރ

October 14, 2018 53
މިނިސްޓަރު މުއިއްޒާ ދިމާކޮށްލައިފި

ފްލެޓް ބަހާފައި ވަނީ ނާއިންސާފުން ކަމަށް ބުނެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާ ގިނަ ބަޔަކު މިއަދު ދިމާކޮށްލައިފި އެވެ.

October 14, 2018 15
ހުޅުމާލޭން ގޯތި ވިއްކުމުގެ މައްސަލަ ޝަރީއަތަށް

ރައްޔިތުން ދިގު ކިޔޫތަކެއްގައި ރެ އާއި ދުވާލު ތިބެން މަޖުބޫރުވެ ލާއިންސާނީ އަނިޔާ ލިބޭ ގޮތަށް، ހުޅުމާލެ އިން 400 ގޯތި ވިއްކުން ހުއްޓުވައިދޭން އެދި ސިވިލް ކޯޓަށް ހުށަހެޅި މައްސަލަ...

13 އޮކްޓޯބަރ

October 13, 2018 95
7 ޕޮއިންޓް! ފްލެޓް ދޭން ހެދި ހިސާބު ނުބައި!

ހިޔާ މަޝްރޫއުން ވެސް ފްލެޓް ދިނީ އެންމެ ހައްގުވެރިންނަށްތޯ އުފައްދާ ސުވާލުތައް ގިނަ އެވެ. މިއީ، ސައްހަ ޝަކުވާތަކެއް ކަމަށް ބާރު ލިބިދިން އެއް ކަމަކީ، ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމުކުރިއިރު، އެތައް ބަޔަކަށް ޕޮއިންޓް ދީފައިވާ ގޮތެވެ. އެންމެ ހަތް ޕޮއިންޓް ލިބުނު މީހުން ވެސް އެބަ ތިއްބެވެ.

12 އޮކްޓޯބަރ

October 12, 2018 14
ސީލައިފަށް ދެއްކި ފައިސާ ހޯދަން ހިލޭ ވަކާލާތު ކޮށްދެނީ

ހުޅުމާލޭގައި ސީލައިފް ގްލޯބަލް އިން އިމާރާތް ކުރަން ބުނި އެޕާޓްމެންޓްތައް ގަތުމަށް ދެއްކި ފައިސާ އަނބުރާ ދީފައި ނުވާތީ، ރިފަންޑު ހޯދުމަށްޓަކައި އެ ކުންފުންޏާ ދެކޮޅަށް ސިވިލް ކޯޓަށް މައްސަލަ ހުށަހަޅަން ބޭނުންވާ މީހުންނަށް ހިލޭ ވަކާލާތު ކޮށްދިނުމަށް އެޓާނީ ޖެނެރަލް އޮފީހުގެ ކުރީގެ ސީނިއާ ވަކީލެއް ކަމަށްވާ މަރިޔަމް ސުނާނާ...

11 އޮކްޓޯބަރ

October 11, 2018 19
"ބިން ވިއްކަނީ ބޭއިންސާފުން، އެކަން ބަލާނަން"

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް ބެލުމެއް ނެތި ބޭއިންސާފުން ކަމަށާއި މިފަދަ ކަންކަމުގައި ގާނޫނާ ހިލާފުވެފައި ވޭތޯ ބަލައި...

October 11, 2018 28
ގޯތި ވިއްކަން ރައްޔިތުންނަށް ޖައްސާ ހާލު!

އެއް ބަޔަކު ކުޑަ ނަގައިގެން، އަނެއް ބަޔަކު ގޮނޑި ބޮލަށް ލައިގެން މިއަދު ހަތަރުދަމު ތިބެން ޖެހުނީ ދިގު ކިޔޫގަ އެވެ؛ ދެ ދުވަސް ވަންދެން ނުނިދައި، ނުކައި ނުބޮއި ތިބެގެން ނެގި...

10 އޮކްޓޯބަރ

October 10, 2018 32
ނިދި ބޭނުމެއް ނޫން! ބޭނުމީ ގޯތި!

މާފަންނު ފުޑް ކޯޓުތަައް ކައިރިން ހައުސިން މިނިސްޓްރީ ދޮށުން ފަށާފައި އޮތް ކިއު، ހަރުފައެއް ގޮތަށް އެނބުރެމުން ގޮސް ނިމިފައި އޮތީ ކަޅުތުއްކަލާ ކޮށި ކުރިމައްޗަށެވެ. އެ ދިގު ކިޔޫގައި މަދުވެގެން 500 އެއްހާ މީހުން ތިބޭނެ އެވެ. ގިނަ ބަޔަކު ގޯތި ގަންނަން ނަންބަރު ހޯދާށެވެ: "ނަސީބު ނަންބަރަކުން"، ހުޅުމާލެއިން ގޯތި ހޯދަން ބޭނުން މީހުންނަށް...

October 10, 2018 95
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!

"މި ފަހަރު ވެސް މި އޮތީ ބޭނުން ބަޔަކަށް ބަހާލާފައި. ކުރިން ފަހަރު 90 އަށް ވުރެން މަތިން މާކްސް ލިބިފައި ފްލެޓް ނުލިބުނީ. މި ފަހަރު ލިބުނު ޕޮއިންޓު މި އޮތީ 40 އަށް ތިރިވެފައި. އެކަމަކު...

October 10, 2018 51
ހުޅުމާލެއިން ގޯތި ހޯދަން ކިޔޫ ދަމާލައިފި!

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލުމާ އެކު، ހައުސިން މިނިސްޓްރީ ކައިރީގައި ބޮޑު ކިއުއެއް މިއަދު ދަމާލައިފި އެވެ.

08 އޮކްޓޯބަރ

October 08, 2018 17
ފޯމު ބަލައިގަތުން މެދުކަނޑާލީ އޭސީސީގެ ޖަވާބެއް ލިބެންދެން

ހުޅުމާލެ އިން 400 ގޯތި ވިއްކާ ފޯމު ބަލައިގަތުން މެދުކަނޑާލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޖަވާބެއް ލިބެންދެން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2018 91
ހުޅުމާލޭން ގޯތި ދޫނުކުރަންވީ ސަބަބެއް ނެތް: ނިހާން

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު ފެށުމުން، އެކަން މަޑުޖައްސާލަން އޭސީސީ އިން މިއަދު އަންގާފައި ވަނިކޮށް އެ މަޝްރޫ ހުއްޓުވަން ޖެހޭ ސަބަބެއް ނެތް ކަމަށް ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު މިރޭ ވިދާޅުވެއްޖެ އެވެ.

October 07, 2018 20
ގޯތި ވިއްކަން އުޅެނީ ފުރައްސާރައަކަށްވާ ގޮތަށް: މާރިޔާ

ހުޅުމާލޭން ގޯތި ވިއްކަން ހައުސިން މިނިސްޓްރީން އިއުލާނުކުރީ ރައްޔިތުންނަށް ފުރައްސާރައަކަށްވާ ގޮތަށް ކަމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު...

October 07, 2018 24
ހުޅުމާލެއިން ގޯތި ވިއްކުން ހުއްޓުވާނަން: އޭސީސީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު އިއުލާންކޮށްފައިވާއިރު އެކަން ހުއްޓުވާނެ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން...

04 އޮކްޓޯބަރ

October 04, 2018 21
އަމިން އަތުން 30 މިލިއަން ރުފިޔާ ހޯދަން ކޯޓަށް!

އަމިން ކޮންސްޓްރަކްޝަނުން ހުޅުމާލޭގައި އިމާރާތްކުރި "އަމިން އެވެނިއު"ގެ އެޕާޓްމަންޓް ގަތް 10 މީހަކު، 30 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ސިވިލް ކޯޓަށް ހުށައަޅައިފި އެވެ.

03 އޮކްޓޯބަރ

October 03, 2018 8
ދިއްދޫ ހައުސިން ޔުނިޓްތަކުގެ މައްސަލަ ވެސް އޭސީސީއަށް

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން، މިހާރު ބާކީ ހުރި 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހަމަ ވެފައިވާއިރު، އެ ގެތައް ދޫކުރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.