30 އެޕްރީލް

April 30, 2019 68
މައްސަލަ ފުންޏެއް، ހައްގުވެރިން ހޯދާނީ ކިހިނެއް؟

ދިގު ކިޔޫއެއްގައި ޖެހިގެން ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުތައް ހުރީ، މި ސަރުކާރުން އާއްމުކުރި ގޮތުގައި، ކޮޓަރިއެއްގެ ތެރެއަށް އުކާލައިފަ އެވެ. އެ ފޯމުތަކުގައި ވަނީ، އެތައް ރައްޔިތުންގެ އުދާސްތަކެވެ. ދިރިއުޅެމުން އަންނަ ހާލަތެވެ. ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މިންވަރެވެ.

22 މާޗް

March 22, 2019 66
ބިކަވެފައި ތިބި މާލޭ މީހުން!

ހަދީޖާ ފާޒް ގެ މަންމަ އާއި ބައްޕަ ވެސް މާލެ އެވެ. އޭނާ އުފަންވީ ވެސް އަދި އުޅެބޮޑުވީ ވެސް ހަމަ މިރަށުގަ އެވެ. ނަމަވެސް އޭނާ އަކީ މާލޭގައި އުޅޭނެ އަމިއްލަ ހިޔާވަހިކަމެއް ނެތް އެކަނިވެރި މައެކެވެ. އަށް އަހަރުގެ ދަރިއެއް ގޮވައިގެން އެކަނި ދިރިއުޅޭ ފާޒްގެ ރަޖިސްޓްރީވެލަން ނޫން ގޮތަކަށް މާލޭގެ ގެއަކުން އޭނާއަކަށް ފުރުސަތެއް ނުލިބުނެވެ.

08 ޖެނުއަރީ

January 08, 2019 22
ހައުސިންގެ ހަމައެކަނި ޒިންމާއަކީ ބޯހިޔާވަހިކަން

ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީގެ މަސައްކަތް ދެ މިނިސްޓްރީއަކަށް ބަހާލުމުން އެތަނުގެ ޒިންމާތައް ކުރިއަށް ވުރެ ކުޑަވެއްޖެ އެވެ.

31 ޑިސެމްބަރ

December 31, 2018 21
ބަހާލި ދެ މިނިސްޓްރީގެ ޒިންމާތަކުގައި ފުށުއެރުންތަކެއް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އުފެއްދި ހައުސިން އެންޑް އިންފްރާ ސްޓްރަކްޗާ މިނިސްޓްރީގެ މަސައްކަތްތަކަށް މި ސަރުކާރުން ދެ މިނިސްޓްރީ އުފައްދާފައިވާއިރު، ޒިންމާތައް އަދި ސާފެއް ނޫނެވެ.

27 ނޮވެމްބަރ

November 27, 2018 27
މިނިސްޓަ އާތިފާ، ފްލެޓް މައްސަލައަށް ހައްލު ހޯއްދަވަނީ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމުނު އިރު، އާއްމުންގެ ނުތަނަވަސްކަން ބޮޑުވެފައިވާ، ހިޔާ މަޝްރޫއުގެ މައްސަލަތަކަށް ހައްލު ހޯއްދެވުމުގެ މަސައްކަތް ހައުސިން މިނިސްޓަރު އާތިފާ އިއްޔެ ފައްޓަވައިފި އެވެ.

15 ނޮވެމްބަރ

November 15, 2018 14
ސަރުކާރު މުވައްޒަފުންގެ ފްލެޓް ލިސްޓު މިއަދު ފޮނުވާނެ

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ މުވައްޒަފުންނަށް ކަނޑައެޅި ފްލެޓަށް ޝަރުތުހަމަވެ، ލިބުނު މީހުންގެ ދާއިމީ ލިސްޓު އޮފީސްތަކަށް މިއަދު ފޮނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2018 49
ނުރުހުމަށް މުއިއްޒުގެ ޖަވާބު: އިސްކުރީ އިޚްލާސްތެރިކަން

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު، ސުޕްރީމް ކޯޓު ކައިރިން ފެނުމާ އެކު އިދިކޮޅު މީހުން އޭނާ ވަށައިލީ އެވެ. މި ސަރުކާރުގެ ފަސް އަހަރު އޭނާ އަށް ތުހުމަތުކުރެވޭ ކަންކަމުގެ އުދާސްތައް ބޭރުކޮށްލާށެވެ. ފްލެޓް ދޫކުރުމުގައި އޮޅުވާލުން ހިމެނޭ ކަމުގެ ތުހުމަތުން ފެށިގެން އެ މީހަކަށް ގޮވުނު އެއްޗެއް ގޮވީ އެވެ. އެއްވެސް އެއްޗެއް...

18 އޮކްޓޯބަރ

October 18, 2018 95
ރިންގް ރޯޑު ހެދި ގޮތުން ވެސް ބޮޑު ޖޫރިމަނާއެއް!

ތާރު އަޅައިގެން، މާލޭ ބޮޑު ތަކުރުފާނު މަގު ހެދުމުގެ މަޝްރޫއު ނުވަތަ ރިންގު ރޯޑުގެ މަސައްކަތާއި ފުވައްމުލަކުގެ ރިންގު ރޯޑުގެ މަސައްކަތް ތިމާވެއްޓަށް ގެއްލުންވާ ގޮތަށް ކުރިއަށް ގެންގޮސްފައިވާތީ، އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) އިން ހައުސިން މިނިސްޓްރީ އަނެއްކާވެސް ޖޫރިމަނާކޮށްފި އެވެ.

11 އޮކްޓޯބަރ

October 11, 2018 36
ގޯތި ވިއްކުން ހުއްޓުވަން މުވައްޒަފުންތަކެއް އޭސީސީއަށް!

ހުޅުމާލެ އިން 400 ގޯތި ވަކި ބަޔަކަށް ދޭން ނިންމައި ހައުސިން މިނިސްޓްރީން ގާނޫނާ ޚިލާފު އަމަލުތަކެއް ހިންގަމުންދާ ކަމަށް ބުނެ އެކަން ހުއްޓުވައިދޭން އެ މިނިސްޓްރީގެ މުވައްޒަފުންތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގައި މިއަދު އެދިއްޖެ އެވެ.

08 އޮކްޓޯބަރ

October 08, 2018 17
ފޯމު ބަލައިގަތުން މެދުކަނޑާލީ އޭސީސީގެ ޖަވާބެއް ލިބެންދެން

ހުޅުމާލެ އިން 400 ގޯތި ވިއްކާ ފޯމު ބަލައިގަތުން މެދުކަނޑާލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޖަވާބެއް ލިބެންދެން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

07 އޮކްޓޯބަރ

October 07, 2018 57
ހުޅުމާލެއިން 400 ގޯތި ވިއްކުން އޭސީސީން ހުއްޓުވައިފި

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު ނިންމި ނަމަވެސް، އެ މައްސަލަ ބަލައި ނިމެންދެން ގޯތި ވިއްކަން ހުއްޓައިލުމަށް އެންޓި...

October 07, 2018 179
ހުޅުމާލެއިން ހަތަރު ލައްކައަށް 400 ގޯތި ވިއްކަނީ

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކުމަށް ހައުސިން މިނިސްޓްރީން މިއަދު ނިންމައިފި އެވެ. ގޯއްޗެއް ވިއްކަނީ ހަތަރު ލައްކަ ރުފިޔާ އަށެވެ.

21 ސެޕްޓެމްބަރ

September 21, 2018 41
ހައުސިން ލޯނުގެ އިންޓަރެސްޓް ހަ ޕަސެންޓަށް ދަށްކުރަނީ

ސޯޝަލް ހައުސިން އަށް ނަގާ ލޯނުތަކުގެ އިންޓަރެސްޓް ރޭޓް ހަ ޕަސެންޓަށް ތިރި ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2018 17
ތިނަދޫން 150 ގޯތި އަންނަ ހަފުތާގައި ދޫކުރަނީ

ގދ. ތިނަދޫގެ ބިން ބޮޑުކުރަން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިއްކި ސަރަހައްދުން އަންނަ ހަފުތާގައި 150 ގޯތި ދޫކުރަން ނިންމަވާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2018 106
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ

ރައީސް އަބްދުﷲ އިއުލާންކުރެއްވި ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

22 ޖުލައި

July 22, 2018 61
ރަސްފަންނުގައި ހަދާ ހަތަރު ޓަވަރުގެ ބިންގާ އަޅައިފި

ސިންގަޕޫރުގެ ޗަންހުއާ ކޮންސްޓްރަކްޝަން ކުންފުނިން މާލޭގެ ރަސްފަންނުގައި ހަދާ މަތީ ފެންވަރުގެ ފްލެޓް ހިމެނޭ ހަތަރު ޓަވަރުގެ ބިންގާ ރައީސް އަބްދުﷲ ޔާމީން މިރޭ އަޅުއްވައިދެއްވައިފި އެވެ.

07 މެއި

May 07, 2018 15
ބްރިޖު ހުޅުވުމުގެ މަޝްވަރާ އަށް މިނިސްޓަރު ޗައިނާ އަށް

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖް ހުޅުވުމާ ގުޅޭ ގޮތުން ޗައިނާ ސަރުކާރުގެ އިސްވެރިންނާ މަޝްވަރާ ކުރެއްވުމަށް އަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ އެ ގައުމަށް ފުރާވަޑައިގެންފި އެވެ.

06 މެއި

May 06, 2018 77
އުއްމީދާއި ޔަގީންކަންދީ 7،000 ފްލެޓަށް ހުޅުވާލައިފި

ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެންމެ ނިކަމެތި އާއިލާތަކަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން ދެމުން، 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ. ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކަށް މިއަދު މެންދުރު 2:00 އިން ފެށިގެން ފޯމު ދޫކުރާނެ އެވެ.

25 މާޗް

March 25, 2018 137
7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލައިފި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލައި، ތަފްސީލުތައް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު އާއްމު ކުރައްވައިފި އެވެ.

23 ފެބުރުއަރީ

February 23, 2018 45
އައްޑޫން ސަރުކާރަށް ނެގި ބިންތައް އަލުން ހަވާލުކުރަނީ

އައްޑޫގެ ބައެއް މީހުންނަށް ކުރިން ދޫކޮށްފައިވާ ބިންތަކެއް، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ބަދަލު ދޭ ގޮތަށް ސަރުކާރަށް ނަގާފައިވި ނަމަވެސް، އެ ބިންތައް އޭގެ ވެރިފަރާތާ ހަވާލުކުރާނެ ކަމަށް ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

21 ފެބުރުއަރީ

February 21, 2018 93
ބްރިޖްގެ ކުރެހުން ހަގީގީ މަންޒަރަކަށް!

ބްރިޖު މަޝްރޫއުގެ ކުރެހުން ފުރަތަމަ ފަހަރަށް އާއްމުކުރުމާ އެކު ގިނަ ބަޔަކު ކުރީ މި ސުވާލެވެ؛ އެ ކުރެހުމާ އެއްގޮތަށް މާލެ އާއި ހުޅެލެއާ ދެމެދު، މާ ކަނޑުގައި ބިޔަ ތަނބުތަކެއް ފެނުން މައްޗަށް އަރާފައި ހުރި މަންޒަރު ހަގީގަތަކަށް ވެދާނެ ހެއްޔެވެ؟ އެކަން ނުވާނެ ކަމަށް ގިނަ ބަޔަކު ތިބީ ގަބޫލުކޮށްގެންނެވެ.