30 އެޕްރީލް

April 30, 2019 68
މައްސަލަ ފުންޏެއް، ހައްގުވެރިން ހޯދާނީ ކިހިނެއް؟

ދިގު ކިޔޫއެއްގައި ޖެހިގެން ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުތައް ހުރީ، މި ސަރުކާރުން އާއްމުކުރި ގޮތުގައި، ކޮޓަރިއެއްގެ ތެރެއަށް އުކާލައިފަ އެވެ. އެ ފޯމުތަކުގައި ވަނީ، އެތައް ރައްޔިތުންގެ އުދާސްތަކެވެ. ދިރިއުޅެމުން އަންނަ ހާލަތެވެ. ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މިންވަރެވެ.

15 ނޮވެމްބަރ

November 15, 2018 11
ފްލެޓް ލިޔުން މާދަމާ ރޭ 12 ޖަހަންދެން ހަވާލުކުރަނީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވައިލި 7،000 ފްލެޓުގެ މަޝްރޫއުން ފްލެޓް ލިބުނު މީހުންނަށް މާދަމާ ރޭ ދަންވަރު 12 ޖެހުމާ ހަމައަށް ލިޔުން ދޫކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ....

November 15, 2018 14
ސަރުކާރު މުވައްޒަފުންގެ ފްލެޓް ލިސްޓު މިއަދު ފޮނުވާނެ

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ މުވައްޒަފުންނަށް ކަނޑައެޅި ފްލެޓަށް ޝަރުތުހަމަވެ، ލިބުނު މީހުންގެ ދާއިމީ ލިސްޓު އޮފީސްތަކަށް މިއަދު ފޮނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ....

10 ނޮވެމްބަރ

November 10, 2018 84
7،000 ފްލެޓުގެ ލިޔުން ހަވާލުކުރަން ފަށައިފި

ހިޔާ މަޝްރޫއުގެ ފްލެޓުތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުން އެއީ ފްލެޓް ލިބުނު ކަމުގެ ރަސްމީ ލިޔުން ކަމަށް ހައުސިން މިނިސްޓްރީން ބުނުމަށް ފަހު، އެ މަޝްރޫއުން 7،000 ފްލެޓް ލިބުނު މީހުންނަށް މިއަދު ލިޔުން ހަވާލު ކުރަން ފަށައިފި އެވެ.

05 ނޮވެމްބަރ

November 05, 2018 11
އަލަތު ކައިވެނި ކެޓަގަރީން ފޯމުލި އެންމެންނަށް ފްލެޓް

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާނުކުރި 7000 ފްލެޓަށް ކުރިމަތި މީހުންގެ ތެރެއިން އަލަތު ކައިވެނި ކެޓަގަރީއަށް ފޯމް ހުށަހެޅި މީހުންގެ ތެރެއިން ޝަރުތު ހަމަވާ އެންމެންނަށް...

November 05, 2018 89
ފްލެޓް ނުދީފި ނަމަ ކޯޓަށް ދެވޭނެ: މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން އިއުލާނުކުރި ފްލެޓުތައް ލިބުނު މީހުންގެ ދާއިމީ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރުމުން އެއީ ފްލެޓް ލިބުނު ކަމުގެ ރަސްމީ ލިޔުމެއް ކަމަށާއި އެއްވެސް...

04 ނޮވެމްބަރ

November 04, 2018 118
ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުން އިއުލާނުކުރި 7000 ފްލެޓަށް ކުރިމަތި މީހުންގެ ތެރެއިން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު މިރޭ ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

25 އޮކްޓޯބަރ

October 25, 2018 36
"ފްލެޓާ ގުޅޭ ޝަކުވާތަކަށް މި އަންނަނީ ޖަވާބުދެމުން"

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުން ދޫކުރާ 7،000 ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓަށް ހުށަހެޅި ޝަކުވާތަކަށް ޖަވާބުދެމުން އަންނަ ކަަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2018 95
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!

"މި ފަހަރު ވެސް މި އޮތީ ބޭނުން ބަޔަކަށް ބަހާލާފައި. ކުރިން ފަހަރު 90 އަށް ވުރެން މަތިން މާކްސް ލިބިފައި ފްލެޓް ނުލިބުނީ. މި ފަހަރު ލިބުނު ޕޮއިންޓު މި އޮތީ 40 އަށް ތިރިވެފައި. އެކަމަކު ދިރިއުޅުމުގެ ހާލަތަށް އައި ބަދަލެއް ނެތް. ހާލަތު ބަލާކަށް، ގެއަކަށް ނުދޭ. ދެން ކޮން ގޮތަކަށް އިވެލުއޭޓް ކޮށްގެން ކަމެއް ނޭނގޭ ހައްގުވެރިން ކަނޑައަޅާފައި...

09 އޮކްޓޯބަރ

October 09, 2018 79
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާން ކުރަނީ

އާންމުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު" ގައި އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓްތައް އިއުލާން ކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހަައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

30 ސެޕްޓެމްބަރ

September 30, 2018 50
ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު އަލުން ދޭނެ: މާރިޔާ

މި ސަރުކާރުން ކުރިއަށް ގެންދާ ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ހުށަހެޅުމުގެ ފުރުސަތު މިއަދު ހަމަވި ނަމަވެސް އާ ސަރުކާރުގެ ސޯޝަލް ހައުސިން ސްކީމުގެ ދަށުން ފްލެޓާއި ގޯއްޗަށް ކުރިމަތިލާން އަލުން ހުޅުވާލާނެ ކަމަށް އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2018 206
ފޯމު ހުށަހަޅާ އެންމެންނަށް ފްލެޓް ދޭން ނިންމައިފި

ހިޔާ މަޝްރޫއުގެ ދަށުން ބޯހިޔާވަހިކަން ހޯދުމަށް ފޯމު ހުށަހަޅާ އެންމެނަށް ފްލެޓް ދިނުމަށް ސަރުކާރުން މިރޭ ނިންމައިފި އެވެ.

27 އޯގަސްޓް

August 27, 2018 22
ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.

16 އޯގަސްޓް

August 16, 2018 6
އީދު ބަންދުގައި ވެސް "ހިޔާ" ފޯމު ބަލައިގަންނާނެ

މި ސަރުކާރުން އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް އެދޭ ފޯމު އަންނަ ހައްޖު ދުވަހާއި އަޟްހާ އީދު ދުވަސް އަދި ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ވެސް ބަލައިގަތުމާއި ދޫކުރުން އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

01 އޯގަސްޓް

August 01, 2018 106
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ

ރައީސް އަބްދުﷲ އިއުލާންކުރެއްވި ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

12 ޖުލައި

July 12, 2018 12
ސިނަމާލެ ފްލެޓްތަކުގެ ސަލާމަތީ ކަންކަން ފުލުހުންނަށް

ސަރުކާރުން އެޅި ފްލެޓްތައް ކަމަށްވާ ސިނަމާލެ، މާލޭ ހިޔާ، އަދި ވިލިމާލޭގެ ފްލެޓްތަކުގެ ސަލާމަތީ ކަންކަން ބެލެހެއްޓުން ފުލުހުންނާ މިއަދު ހަވާލުކޮށްފި އެވެ.

07 މެއި

May 07, 2018 44
600 އަކަފޫޓު ހަމަނުވަންޏާ ބިންކޮޅު ދޫކޮށްލާކަށްނުޖެހޭ

ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވުމަށް އިއްޔެ ހުޅުވާލި ސްކީމުގައި ޝަރުތުތައް ލުއިކޮށްދީފައިވާ ކަމަށާއި ފްލެޓް ލިބުމުން، އެ މީހަކަށް ކުރިން ލިބިފައި އޮތް 600 އަކަފޫޓު ހަމަނުވާ ގޯތި ނުވަތަ ބިންކޮޅު ވެސް މި ފަހަރު ދޫކޮށްލަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

06 މެއި

May 06, 2018 77
އުއްމީދާއި ޔަގީންކަންދީ 7،000 ފްލެޓަށް ހުޅުވާލައިފި

ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި އެންމެ ނިކަމެތި އާއިލާތަކަށް އިސްކަންދޭނެ ކަމުގެ ޔަގީންކަން ދެމުން، 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު އާންމުކޮށް ހުޅުވާލައިފި އެވެ. ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ އެ ފްލެޓްތަކަށް މިއަދު މެންދުރު 2:00 އިން ފެށިގެން ފޯމު ދޫކުރާނެ އެވެ.