10 ޖެނުއަރީ

January 10, 2017 39
އޮޑިޓް ރިޕޯޓުން ދައްކަނީ ކޮރަޕްޝަން، އެކަމަކު ހިމޭނުން

އުމްރާނީ ތަރައްގީ އަށް މި ސަރުކާރުން ކަނޑައެޅި ވައުދުތައް ފުއްދުމުގައި ހައުސިން މިނިސްޓްރީގެ ސްޕީޑު އަވަހެވެ؛ މިހާތަނަށް ނިންމާފައި ހުރި މަސައްކަތްތަކާއި ކުރިއަށްދާ މަޝްރޫއުތަކަށް ބަލާއިރު މިކަމަކާ ދެބަސްވެވޭކަށް ނެތެވެ. އެކަމަކު މައްސަލައަކީ މި މަސައްކަތްތަކުގެ ތެރެ އަށް ވެސް ކަންބޮޑުވާން ޖެހޭ މިންވަރަށް ކޮރަޕްޝަންގެ މޫތައް...

05 ޖެނުއަރީ

January 05, 2017 27
"މެކޭނިކަލް ޕާކިން ސިސްޓަމް ޓެސްޓުކޮށްފި، ކާމިޔާބު"

ކާރު ޕާކް ކުރުމަށް ހާއްސަކޮށްގެން ވެލާނާގޭ ސަރަހައްދުގައި ބެހެއްޓި މެކޭނިކަލް ޕާކިން ސިސްޓަމް އިއްޔެ ޓެސްޓުކޮށްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

04 ޖެނުއަރީ

January 04, 2017 10
މާފަންނުއާގެ އިން ދައުލަތަށް ލިބުނު ބައި ހުސްކުރަނީ

މ. މާފަންނުއާގެެ އިން ދައުލަތަށް މިލްކުވެފައިވާ ބައިގައި (ދަންޑަހެލުގެ) އެކި ފަރާތްތަކުން އިމާރާތްކޮށް، ތަކެތި ބަހައްޓާފައިވާތީ އެ ތަކެތި ނަގައި އިމާރާތް ހުސް ކުރަން ހައުސިން މިނިސްޓްރީން އަންގައިފި އެވެ.

03 ޖެނުއަރީ

January 03, 2017 40
ފްލެޓް މައްސަލާގައި "އާދޭސް" ކުރުމުން ވެސް އަޅާނުލި!

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތަކަށް ދައްކަން ޖެހޭ ބޮޑު ޑައުންޕޭމަންޓަށް ލުއި ގޮތެއް ހަދައިދިނުމަށް އެދި ކަމާ ގުޅޭ އިދާރާތަކުގައި "އާދޭސް" ކުރުމުން ވެސް މިހާތަނަށް އެއްވެސް މުއައްސަސާއަކުން އިޖާބަދީފައި ނުވާ ކަމަށް ފްލެޓަށް ހޮވިފައިވާ ބައެއް މީހުން މިއަދު ބުނެފި އެވެ.

02 ޖެނުއަރީ

January 02, 2017 46
ސަލްޓަން ޕާކު ނިމޭއިރު ވަރަށް ހިތްގައިމުވާނެ: މުއިއްޒު

ސަލްޓަން ޕާކު ހުޅުވުން ލަސްވަނީ ބޭނުންވާ ސާމާނު ލިބުމުގައި ދަތިތަކެއް ކުރިމަތިވެގެން ކަމަށާއި އެތަން ނިމޭއިރު، ސަރަހައްދީ ފެންވަރުގައި ފާހަގަކޮށްލެވޭ ތަނަކަށް ވެސް ވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

31 ޑިސެމްބަރ

December 31, 2016 22
ފްލެޓުގެ ފެންވަރަށް ޒިންމާވާންޖެހޭނީ މުއިއްޒު: އެމްޑީޕީ

ފްލެޓުތަކުގެ ފެންވަރު ދަށްވުމުގެ ޒިންމާ ނަގަންޖެހޭނީ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ކަމަށާއި ޒިންމާއިން ރެކިވަޑައިގަންނަވަން މަސައްކަތް ކުރެއްވުމަކީ ލަދުވެތިކަމެއް ކަމަށް އެމްޑީޕީން ބުނެފި އެވެ.

26 ޑިސެމްބަރ

December 26, 2016 8
ބްރިޖާއި ހުޅުމާލެ ގުޅުވާލާ ހައިވޭ ހަދަން އެޗްޑީސީ އަށް

މާލެ އާއި ހުޅުލެއާ ދެމެދު އަޅާ ބްރިޖު ހުޅުމާލެއާ ގުޅުވައިލުމަށްޓަކައި ހުޅުލެ އާއި ހުޅުމާލެއާ ދެމެދު މިހާރު ބޭނުންކުރާ މަގު ހައިވޭ ފެންވަރަށް ތަރައްގީ ކުރަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

25 ޑިސެމްބަރ

December 25, 2016 28
"ފްލެޓް ލިބޭ މީހުން ފެބުރުއަރީ މަހު ކަނޑައެޅޭނެ"

ގެދޮރުވެރިކަމުގެ މަޝްރޫއުގައި މި ސަރުކާރުން ހުޅުވައިލި 1،084 ފްލެޓުގެ ތެރެއިން 704 ފްލެޓް ލިބޭ މީހުން އަންނަ އަހަރުގެ ފެބުރުއަރީ މަހާ ހަމައަށް ކަނޑައެޅޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިދިޔަ ހަފުތާގައި ވިދާޅުވެއްޖެ އެވެ.

22 ޑިސެމްބަރ

December 22, 2016 48
ބްރިޖަށް ހާއްސަކޮށްގެން ޑަބަލް ޑެކާ ބަސް ޑިޒައިންކުރަނީ

މާލެ އާއި ހުޅުމާލެއާ ދެމެދު އަޅާ ބްރިޖަށް ޚާއްސަކޮށްގެން ޑަބަލް ޑެކާ ބަސްތަކެއް ޑިޒައިންކުރަމުން އަންނަ ކަމަށާއި ބްރިޖް ނިމެންވާ އިރަށް ބަހުގެ ޚިދުމަތް ތައާރަފުކުރެވޭ ވަރު ވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

21 ޑިސެމްބަރ

December 21, 2016 29
ފީ ދައްކައިގެން ޕާކުކުރާނެ ސަރަހައްދުތަކެއް ހަދަނީ

މާލޭގެ އެކި ސަރަހައްދުތަކުގައި ޕާކިން ބިލްޑިންގްތައް ހެދެންދެން ވެސް ޕާކުކުރުމުގެ މައްސަލަ އަށް ހައްލު ހޯދުމަށްޓަކައި، ފީ ދައްކައިގެން ޕާކު ކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

15 ޑިސެމްބަރ

December 15, 2016 24
ބްރިޖުގެ އެންމެ އުނދަގޫ މަސައްކަތް ނިންމައިފި

މާލެ އާއި ހުޅެލެއާ ދެމެދު އަޅާ ބްރިޖުގެ ހަތް ތަނބުގައި ހުންނަ ބިޔަ 35 ހޮޅި ޖަހައި ނިންމައިފި އެވެ.

29 ނޮވެމްބަރ

November 29, 2016 2
ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ބިން ދީފި

މާލޭގެ ކުނި ނައްތާލަން އިންޑަސްޓްރިއަލް ވިލެޖުން ހާއްސަކުރި ބިން އެންވަޔަރަމެންޓް މިނިސްޓްރީއާ މިއަދު ހަވާލުކޮށްފި އެވެ.

24 ނޮވެމްބަރ

November 24, 2016 15
އިސްލާމީ މަރުކަޒު ސަރަހައްދުގައި އަލުން ޓައިލްސް ޖަހަނީ

އިސްލާމީ މަރުކަޒު ވަށައިގެން ޖަހާފައިވާ ބައެއް މާބްލްތަކުގައި ވަރަށް ބޮޑަށް ރެނދުލާފައިވާތީ އެ ޓައިލްސްތައް ނަގައި އަލުން އެ ސަރަހައްދު ހަދަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

17 ނޮވެމްބަރ

November 17, 2016 8
ތާރުއެޅި ސަރަހައްދު އާއްމުންނަށް ހުޅުވާލައިފި

މާލޭގެ ބޮޑުތަކުރުފާނު މަގުގެ ތާރު އެޅި ސަރަހައްްދު މިއަދު އާއްމުންނަށް ހުޅުވާލައިފި އެވެ.

15 ނޮވެމްބަރ

November 15, 2016 52
ދިރިއުޅުމުގެ ހާލަތު ބަދަލުވެއްޖެ، އުސޫލު ބަދަލެއްނުވޭ!

ދިގު ކިޔޫއެއްގައި ޖެހިގެން، ފްލެޓަށް އެދި 15،000 މީހުން ފޯމު ލީތާ ތިން އަހަރު ވަނީ އެވެ. ގެދޮރުވެރިކުރަން މި ސަރުކާރުން ހުޅުވާލި ފުރަތަމަ މަޝްރޫއުއާ އެކު ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ލަސްތަކެއް ނުވެ ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ. ޕޮއިންޓް ދޭން އާއްމުކުރި އުސޫލަށް ބަލައި އޭރު ބައެއް މީހުން ތިބީ ފްލެޓް ގާތްގަނޑަކަށް...

14 ނޮވެމްބަރ

November 14, 2016 21
އީސީސީ ހޮސްޕިޓަލަށް ހަދަން 161 މިލިއަނަށް އެލިއާއަށް

އައްޑޫ ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް 161.8 މިލިއަން ރުފިޔާ އަށް އެލިއާ ކޮންސްޓްރަކްޝަނާ މިއަދު ހަވާލުކޮށްފި އެވެ.

13 ނޮވެމްބަރ

November 13, 2016 14
ގޯޅިތައް ހިތްފަސޭހަ ތަނަކަށް ހަދަން ޗައިނާ އެހީވަނީ

މާލޭގެ ހަތް ގޯޅިއަކާއި ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ޗައިނާ ސަރުކާރުން ހައުސިން މިނިސްޓްރީ އަށް ހަތް މިލިއަން ރުފިޔާގެ ހިލޭ އެހީއެއް މިއަދު ދީފި އެވެ.

23 އޮކްޓޯބަރ

October 23, 2016 35
ރައީސް ޔާމީން ފިނި މައިޒާންތަކެއް ހުޅުއްވައިދެއްވައިފި

ހިތްފަސޭހަ މައިޒާނުގެ ގޮތުގައި މާލޭގައި ތަރައްގީ ކުރި ތިން ސަރަހައްދެއް ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުއްވައިދެއްވައިފި އެވެ.