13 އޮކްޓޯބަރ

October 13, 2019 60
ނޫމަޑި އަށް ފައިސާ ދިނީ އޮޑިޓް ކުރަނިކޮށް!

ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅަން ހަވާލުކުރި ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި) އަށް ދައުލަތުން 55 މިލިއަން ޑޮލަރު (849،750،000ރ.) ދިނީ އޮޑިޓަ ޖެނެރަލްގެ އޮފީހުން އެ މަޝްރޫއާ ގުޅޭ ޚާއްސަ އޮޑިޓެއް ކުރަމުން ދަނިކޮށް ކަން އެނގިއްޖެ އެވެ.

09 އޮކްޓޯބަރ

October 09, 2019 79
ނޫމަޑީގެ ބުރަ ވެސް ދައުލަތަށް، 55 މިލިއަން ޑޮލަރު

ރަށްރަށުގައި ހައުސިން ޔުނިޓްތަކެއް އަޅަން ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސަސް (ނޫމަޑި)އާ ހަވާލުކުރި ދެ އެއްބަސްވުން ގާނޫނާ ޚިލާފަށް ކުރީގެ ސަރުކާރުން އުވާލުމުގެ ބަދަލެއްގެ ގޮތުގައި 55 މިލިއަން އެމެރިކާ ޑޮލަރު ގާތްގަނޑަކަށް (849،750،000ރ.) މި ސަރުކާރުން ދައްކައިފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 20
4،000 ހައުސިން ޔުނިޓް ނޮވެމްބަރުގައި ފަށަނީ

ބޯހިޔާވަހިކަމުގެ ހައްލު ހޯދަން މި ސަރުކާރުން ގެންގުޅޭ ޕްލޭންގެ ދަށުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

06 ސެޕްޓެމްބަރ

September 06, 2019 48
ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅި މީހުންގެ ހާލަތު ބަލަނީ

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ހޯދުމަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ދިިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދަން ރައީސް އޮފީހުން އިއްޔެ އިއުލާންކޮށްފި އެވެ.

16 މެއި

May 16, 2019 8
ހައުސިން މިނިސްޓްރީ އިމާރާތަށް ފަސްގުނަ އިތުރަށް ހޭދަވި

ހައުސިން މިނިސްޓްރީގެ އިމާރާތް ކުރުމަށް 4.6 މިލިއަން ރުފިޔާ ހަރަދުކުރުމަށް އެއްބަސްވި ނަމަވެސް މަސައްކަތް ނިމުނު އިރު ފަސް ގުނަ އިތުރު ކަމަށް އެމްޓީސީސީގެ ސީއީއޯ ހަސަން ޝާހު ވިދާޅުވެއްޖެ އެވެ.

30 އެޕްރީލް

April 30, 2019 68
މައްސަލަ ފުންޏެއް، ހައްގުވެރިން ހޯދާނީ ކިހިނެއް؟

ދިގު ކިޔޫއެއްގައި ޖެހިގެން ބޯހިޔާވަހިކަމަށް ހުށަހެޅި ފޯމުތައް ހުރީ، މި ސަރުކާރުން އާއްމުކުރި ގޮތުގައި، ކޮޓަރިއެއްގެ ތެރެއަށް އުކާލައިފަ އެވެ. އެ ފޯމުތަކުގައި ވަނީ، އެތައް ރައްޔިތުންގެ އުދާސްތަކެވެ. ދިރިއުޅެމުން އަންނަ ހާލަތެވެ. ބޯހިޔާވަހިކަމަށް ބޭނުންވެފައި ތިބި މިންވަރެވެ.

25 މާޗް

March 25, 2019 9
ކައުންސިލަށް ބަދަލުކޮށް އެލަވަންސް އުނިކުރުމުން ޝަކުވާ!

ހައުސިން މިނިސްޓްރީީގެ ދެ ޑިޕާޓްމެންޓެއްގައި މަސައްކަތް ކުރި މުވައްޒަފުންތަކެއް މާލޭ ސިޓީ ކައުންސިލަށް ބަދަލުކޮށް، ސްޕެޝަލް ޑިއުޓީ އެލަވަންސް އުނިކުރުމުން ޝަކުވާ ބޮޑުވެއްޖެ އެވެ.

18 މާޗް

March 18, 2019 71
ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މާލޭގައި ފަށަނީ

ބޯހިޔާވަހިކަމުގެ ބޮޑު މަޝްރޫއެއް މާލޭގައި ފެށުމަށް ވަރަށް އަވަހަށް އިއުލާން ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.

07 މާޗް

March 07, 2019 43
"ދަރަނިވެރިވި" އާއިލާތަކެއް އިންސާފުގެ އިންތިޒާރުގައި!

ވޭތުވެދިޔަ ނުވަ އަހަރުގެ ހިތްދަތިކަމާއި މާޔޫސްކަމުގެ ވާހަކަ ފަށާނެ ގޮތެއް އެ އާއިލާތަކަށް ނުވިސްނެ އެވެ. އިންސާފު ހޯދަން ނުވަންނަ، ދައުލަތުގެ މުއައްސަސާއެއް ނެތެވެ. އުއްމީދެއް ނުލިބި އަދިވެސް ކުރަން ޖެހިފައި ވަނީ ހުސް ޝަކުވާ އެވެ.

06 މާޗް

March 06, 2019 45
ގެދޮރުވެރިކަމުގެ ލިސްޓުގައި ލިބުނު ޕޮއިންޓެއް ނެތް!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެންމެ މައްސަލަ ބޮޑުވި ގެދޮރުވެރި ކަމުގެ މަޝްރޫއުން ފްލެޓް ލިބުނު މީހުންގެ ނަންތައް އާއްމުކުރި އިރު، ލިބުނު ޕޮއިންޓުގެ އަދަދު އެނގެން ނެތުމުން ޝަކުވާ ހުށަހަޅަން ދަތިތަކެއް ކުރިމަތިވެއްޖެ އެވެ.

04 މާޗް

March 04, 2019 83
ފްލެޓް ލިބިފައިވާ މީހުންގެ ނަންތައް ހާމަކޮށްފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގި ބޯހިޔާވަހި ކަމުގެ މަޝްރޫއުތަކުގައި ފްލެޓް ދީފައިވާ މީހުންގެ ނަންތައް މިއަދު ހާމަކޮށްފި އެވެ.

14 ފެބުރުއަރީ

February 14, 2019 60
ފްލެޓު ކަށަވަރުވި މީހުންގެ ދިފާއުގައި އަނެއްކާ މުއިއްޒު

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓް ލިބުނު މީހުންގެ ދާއިމީ ލިސްޓު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އާންމުކުރި އިރު، ކަނޑައެޅި މިންގަނޑުތަކާ ޚިލާފަށް އެއްވެސް މީހަކަށް ފްލެޓު ކަށަވަރުކޮށްދީފައި ނުވާނެ ކަމަށް ވިދާޅުވެ، އެ ސަރުކާރުގެ ހައުސިން މިނިސްޓްރު ޑރ. މުހައްމަދު މުއިއްޒު އަނެއްކާ ވެސް ދިފާއު ކުރައްވައިފި އެވެ.

15 ޖެނުއަރީ

January 15, 2019 58
"ކޮރެލް ބްލެވާޑް" މަޝްރޫއު ހުޅުމާލެއަށް ބަދަލުކުރަނީ

ކޮރަލް ބްލެވާޑްގެ ނަމުގައި ރަސްފަންނު ސަރައްދުގައި ސިންގަޕޫރުގެ ކުންފުންޏަކުން ހިންގަން އުޅުނު ބޮޑު މަޝްރޫއު ހުޅުމާލެއަށް ބަދަލުކުރަން ސަރުކާރުން ނިންމައިފި އެވެ.

03 ޖެނުއަރީ

January 03, 2019 15
ބަންދުކުރަނީ އާއްމުން ނުކުމެ އުޅެން ދަތި ސަރަހައްދުތައް

އަންނަ ހަފުތާގެ ހުކުރުދުވަހުން ފެށިގެން ބަންދުކުރަން ނިންމީ، ބައިބޯ، އާއްމުންނަށް ނުކުމެ އުޅެން ދަތި ސަރަހައްދުތައް ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

26 ޑިސެމްބަރ

December 26, 2018 5
މުވައްޒަފުންގެ ވަޒީފާ ގެއްލުނުކަން އަންގާފައި ނުވާނެ

ސިވިލް ސާވިސްގެ މުވައްޒަފުންނާ ގުޅޭ ގޮތުން އަލަށް އެކުލަވައިލި ގަވައިދާ އެކު، މުވައްޒަފުންތަކެއް ވަކި ކުރަން އެއްވެސް އިދާރާއަކަށް އަންގާފައި ނުވާނެ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން މިއަދު ބުނެފި އެވެ.

December 26, 2018 14
މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހޯދަން މަޝްވަރާކުރަނީ

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި އާ އުސޫލާ ގުޅިގެން ވަޒީފާ ގެއްލުމުގެ ބިރު ހީވެފައިވާ ހައުސިން މިނިސްޓްރީގެ މުވައްޒަފުންނަށް ރަނގަޅު ގޮތެއް ހޯދަން މަޝްވަރާ ކުރަމުން އަންނަ...

December 26, 2018 38
ހައުސިންގެ މުވައްޒަފުންތަކެއްގެ ވަޒީފާ ގެއްލެނީ!

ސިވިލް ސާވިސް ކޮމިޝަނުން އެކުލަވާލި އާ އުސޫލަށް ފައްތައި ހައުސިން މިނިސްޓްރީގެ އޮނިގަނޑަށް ގެންނަ ބަދަލުން އެ މިނިސްޓްރީގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަޒީފާ އިން ވަކިވެދާނެ...

15 ނޮވެމްބަރ

November 15, 2018 14
ސަރުކާރު މުވައްޒަފުންގެ ފްލެޓް ލިސްޓު މިއަދު ފޮނުވާނެ

ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ މުވައްޒަފުންނަށް ކަނޑައެޅި ފްލެޓަށް ޝަރުތުހަމަވެ، ލިބުނު މީހުންގެ ދާއިމީ ލިސްޓު އޮފީސްތަކަށް މިއަދު ފޮނުވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

13 ނޮވެމްބަރ

November 13, 2018 33
ބްރިޖުގެ ފީ ނިޒާމަށް 56 މިލިއަން ކަނޑައަޅައިފި

ސިނަމާލެ ބްރިޖު ބޭނުންކުރާ މީހުންގެ އަތުން ފީ ނަގާނެ ނިޒާމު ގާއިމުކުރަން، އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގައި 56 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހިމަނައިފި އެވެ.

01 ނޮވެމްބަރ

November 01, 2018 33
ޒިންމާ ކުރުވެން ވާނެ! ޒިންމާ އުފުލަން ވެސް ޖެހޭނެ!

މިއީ ދުނިޔެމަތީގެ ސުވަރުގެއޭ ބުނަނީ ހަމަ ހަގީގަތުގައި ވެސް ސުވަރުގޭގެ އެތައް ސިފައެއް މި ރާއްޖޭގައި ހުރީމަ އެވެ. ސުވަރުގެ އިން ލިބޭނެ އެންމެ ބޮޑު އުފަލަކީ، އެ މީހަކު ހިތަށް އަރުވާ ކޮންމެ ކަމެއް އެ ވަގުތުން ވަގުތަށް ފުރިހަމަ ވަމުން ދިއުމެވެ.

12 އޮކްޓޯބަރ

October 12, 2018 45
ނެއްލައިދޫ ބަނދަރުގައި "ފިނޮޅެއް"

ހދ. ނެއްލައިދޫގައި ސަރުކާރުން ތަރައްގީ ކުރި 400 ފޫޓު ދިގު، 200 ފޫޓު ފުޅާ ބަނދަރުގެ ދެކުނު ސަރަހައްދުން މިހާރު ފެންނަނީ މުޅިން އާދަޔާ ހިލާފު މަންޒަރެކެވެ. ބަނދަރުގެ 100 ފޫޓެއްހާ ހިސާބަށް އޮތީ ދޮންވެލިގަނޑެއް ފެތުރިފަ އެވެ. ރަށުގެ ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އެއީ މިހާރު ބޮޑު "ފިނޮޅެކެވެ". މޫދަށް އެރި، މަޖާކޮށްލަން ވަރަށް ހިތްގައިމު...

08 އޮކްޓޯބަރ

October 08, 2018 17
ފޯމު ބަލައިގަތުން މެދުކަނޑާލީ އޭސީސީގެ ޖަވާބެއް ލިބެންދެން

ހުޅުމާލެ އިން 400 ގޯތި ވިއްކާ ފޯމު ބަލައިގަތުން މެދުކަނޑާލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޖަވާބެއް ލިބެންދެން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

October 08, 2018 36
ގޯއްޗަށް ފޯމުލުމަކީ ކޮރަޕްޝަންގައި ބައިވެރިވުން: އަލީ

ހުޅުމާލެ އިން ގޯތި ވިއްކުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް، ހައުސިން މިނިސްޓްރީ އަށް ފޯމު ހުށަހަޅައިގެން އެ ގޯތި ހޯދަން އުޅުމަކީ ވެސް...