27 ޖޫން

June 27, 2019 34
ފްލެޓްތަކުގެ ބިއްލޫރިތައް ތެޅެނީ!

ކުރީގެ އަރަބިއްޔާ ސްކޫލާއި ގާކޮށި ހުރި ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ބިއްލޫރިތައް ތަޅައިގެންދާ ކަމުގެ ރިޕޯޓުތައް ލިބެމުންދާ ކަމަށާއި އެހެންވެ އެކަމަށް ސަމާލުވުމަށް ހައުސިން ޑިވެލޮޕްމަންޓު ކޯޕަރޭޝަން (އެޗްޑީސީން) މިއަދު އިލްތިމާސްކޮށްފި އެވެ.

25 ޖޫން

June 25, 2019 123
ހިޔާ މަޝްރޫއުގެ ފްލެޓެއްްގެ އަގު 82،000 ޑޮލަރަށް

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުރިއަށް ގެންދާ ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް ގެނައި ބަދަލުތަކާ އެކު އެ މަޝްރޫއަށް ޖުމްލަ އަގު 434 މިލިޔަން ޑޮލަރަށް އަރާ ކަމަށާއި އެހެންވެ ދެ ކޮޓަރީގެ އެޕާޓްމަންޓަކަށް 82،496 ޑޮލަރު ހަރަދުވާނެ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އިން މިއަދު ބުނެފި އެވެ.

07 މާޗް

March 07, 2019 43
"ދަރަނިވެރިވި" އާއިލާތަކެއް އިންސާފުގެ އިންތިޒާރުގައި!

ވޭތުވެދިޔަ ނުވަ އަހަރުގެ ހިތްދަތިކަމާއި މާޔޫސްކަމުގެ ވާހަކަ ފަށާނެ ގޮތެއް އެ އާއިލާތަކަށް ނުވިސްނެ އެވެ. އިންސާފު ހޯދަން ނުވަންނަ، ދައުލަތުގެ މުއައްސަސާއެއް ނެތެވެ. އުއްމީދެއް ނުލިބި އަދިވެސް ކުރަން ޖެހިފައި ވަނީ ހުސް ޝަކުވާ އެވެ.

02 ޖެނުއަރީ

January 02, 2019 16
މަގުތައް އަލިކުރަން 4،000 ސޯލާ ލެޑް ލައިޓް

މާލެ، ހުޅުމާލެ އަދި ވިލިމާލޭގެ މަގުތައް އަލިކުރަން 4،000 ލައިޓު ބޭނުންވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

05 ނޮވެމްބަރ

November 05, 2018 35
އަންމަޓީ އާއި ސީ ލައިފް: މަކަރާއި ހީލަތުގެ ތެރޭގައި!

އަހުމަދު މޫސާއޭ ބުނެގެން އޭނާ އެނގޭނީ ވަރަށް މަދު މީހަކަށެވެ. އެކަމަކު 2000 ގެ އަހަރުތަކުގައި ދިވެހި ބައެއް ލަވަތަކުގައި އެކްޓްކޮށް، ބައެއް ލަވަ އަލްބަމްތައް ނެރުނު ޕްރޮޑިއުސަރު އަންމަޓީއޭ ބުނެފި ނަމަ އެނގޭނެ މީހުން ގިނަވާނެ އެވެ. އަންމަޓީގެ އޭރުގެ މަޝްހޫރުކަމަށް ވުރެ މިހާރު އޭނާއަށް ލިބިގެން އުޅޭ މަޝްހޫރުކަން ވަކި ކުޑައެއް...

04 ނޮވެމްބަރ

November 04, 2018 51
ހުޅުމާލެ އިން 400 ގޯތި ވިއްކުން ހުއްޓާލައިފި؟!

ހުޅުމާލެ އިން 400 ގޯތި ވިއްކަން ހުޅުވާލައި، ދިގު ކިޔޫތަކުން އެތައް ބަޔަކަށް ތަކުލީފު އުފުލަން ޖެއްސި މަޝްރޫއު، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ ހަވާލުކުރުމާ އެކު "ހުއްޓިއްޖެ" އެވެ.

15 އޮކްޓޯބަރ

October 15, 2018 3
ގޯއްޗަށް އެދެން ހުޅުވާލާނެ ދުވަހެއް އަދި ނުނިންމާ

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން ގޯއްޗަށް އެދި ހުށަހަޅާ ފޯމުތައް ބަލައިގަންނާނެ ދުވަހެއް އަދި ނުނިންމާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

10 އޮކްޓޯބަރ

October 10, 2018 10
ގޯއްޗަށް ފޯމް ހުށައެޅުން: ކިއޫގައި އެތައް ގަޑިއިރެއް

ހައުސިން މިނިސްޓްރީގެ ބޭރުގައި ލިޔެކިޔުންތައް ހިފައިގެން ގޮނޑިއެއްގައި އިށީނދެގެން އިން އައިމިނަތު ޒުބައިދާ 49، ހުޅުމާލެ އިން ގޯއްޗެއް ބޭނުންވެގެން އެ ކިޔޫގައި ޖެހުނީ ފަތިހު 4:30 ގަ...

October 10, 2018 51
ހުޅުމާލެއިން ގޯތި ހޯދަން ކިޔޫ ދަމާލައިފި!

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލުމާ އެކު، ހައުސިން މިނިސްޓްރީ ކައިރީގައި ބޮޑު ކިއުއެއް މިއަދު ދަމާލައިފި އެވެ.

09 އޮކްޓޯބަރ

October 09, 2018 61
އެޗްޑީސީގެ މާލީ ތަނަވަސްކަން އޮތީ ދަށްވެފައި: މުއިއްޒު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މާލީ ތަނަވަސްކަން ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

October 09, 2018 41
ގޯތި ވިއްކަން އޭސީސީން ވަނީ ހުއްދަދީފައި: މުއިއްޒު

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ވިއްކުމައިގެން ކުރިއަށް ދާން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ހުއްދަ ދީފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު...

October 09, 2018 79
ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އިއުލާން ކުރަނީ

އާންމުންނަށް ބޯހިޔާވަހިކަން ހޯދައިދިނުމަށް މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު" ގައި އިމާރާތް ކޮށްފައިވާ ފްލެޓުތައް ލިބޭ މީހުންގެ ވަގުތީ ލިސްޓްތައް އިއުލާން ކުރަން ފަށާފައިވާ...

30 އޯގަސްޓް

August 30, 2018 6
ބްރިޖް ހުޅުވުމާއެކު ހުޅުމާލޭގެ މަގުތަކަށް ބަދަލުތަކެއް

މާލެ އާއި ހުޅުލެއާ ދެމެދު އަޅާފައިވާ ބްރިޖް ހުޅުވުމާއެކު ހުޅުމާލޭގެ ބައެއް މަގުތަކުގެ ޓްރެފިކަށް ބަދަލު ގެންނަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.

25 ޖެނުއަރީ

January 25, 2018 10
އެއްވެސް ފްލެޓެއް އަދިއެއް ނުވިއްކަން: އެޗްޑީސީ

ވިއްކުން މެދުކަނޑާލި ޓާޓާ ފްލެޓްތައް، "އަޑިއަޑިން ވަކި ބަޔަކަށް ދޫކޮށްފައިވާ" ކަމަށް ކުރާ ތުހުމަތު ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ން މިއަދު ދޮގުކޮށްފި އެވެ.

08 ޖެނުއަރީ

January 08, 2018 208
ބޯހިޔާވަހިކަމަށް އާދޭސްކޮށްގެން ހޯދި ފްލެޓްތައް ކުއްޔަށް

އެންމެ ފަހުން ހުޅުމާލޭން ދޫކުރަން ނިންމި ފްލެޓްތަކަށް 15،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އެވެ. އެ އެންމެންނަކީ ވެސް، ހުރިހާ ޝަރުތުތަކަކުން ވެސް، ބޯހިޔާވަހިކަމެއް ނެތް ކަމަށް ސާބިތުވި މީހުންނެވެ. ނަމަވެސް ފްލެޓްތައް ލިބުނު މީހުން އަމަލު ކުރަމުންދާ ގޮތުން، އެއީ ހަގީގަތުގައި ވެސް އެ ފްލެޓްތައް ހައްގުވާ މީހުންތޯ މިހާރު ވަނީ ސުވާލު...

02 ޖެނުއަރީ

January 02, 2018 39
ފްލެޓް ބީވެ މާޔޫސްވެފައި، ދެން އޮތީ ކޮން ގޮތެއް؟

ބޯހިޔާވަހިކަމަށް ބޭނުންވެފައި ހުންނަތާ އެތައް އަހަރެއް ފަހުން، ލިބުނު ފްލެޓު ވެސް އަތުން ބީވެ، ސަރުކާރުން އެ އޮތީީ ބީލަމަށް ލާން ނިންމައިފަ އެވެ. ހުރިހާ ހިތްދަތިކަމެއް އޮތީ، އަހްމަދު ރަޝީދު (އަސްލު ނަމެއް ނޫން)ގެ އާއިލާ އަށެވެ. އޭނާ އަށް އަދިވެސް އޮތް ގޮތަކީ، ލިބޭ އާމްދަނީ ކުއްޔަށް ހޭދަކޮށް ދިރިއުޅުމުގެ ނަމުގައި "ގަނަތެޅުމެ"ވެ....

21 ޑިސެމްބަރ

December 21, 2017 15
ފްލެޓް ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނަން: އެޗްޑީސީ

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކޮށްފައިވާ ފްލެޓްތައް ވިއްކަން އާ އިންތިޒާމްތަކެއް ހަމަޖައްސާފައިވާ ކަމަށާއި ފްލެޓްތައް ވިއްކަން ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

26 އެޕްރީލް

April 26, 2017 28
ފްލެޓް ހޯދަން ދޫކޮށްލާ ބިން ސަރުކާރުން ގަންނަނީ

ޓާޓާ ހައުސިންއާ ހަވާލުކޮށްގެން ސަރުކާރުން މާލޭގައި އިމާރާތްކުރި ފްލެޓްތަކަށް ހޮވުނު މީހުންގެ ތެރެއިން، ސަރުކާރަށް ދޫކޮށްލާ ބިންކޮޅު އަކަފޫޓެއް 2،000ރ. ގެ ރޭޓުން ގަންނަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން މިއަދު ބުނެފި އެވެ.

27 ޖެނުއަރީ

January 27, 2017 130
ފްލެޓަށް ކުރި އިންތިޒާރު ހިތްދަތި ގޮތަކަށް ނިމިއްޖެ!

ފާތުމަތު ޝާހިދާ (އަސްލު ނަމެއް ނޫން) އަމީނީމަގުން ހިނގާ ކޮންމެ ފަހަރަކު، އެ މަގުގެ ގާކޮށި ހުރި ތަނުގައި އަޅާ ޓާޓާ ފްލެޓްގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލި އެވެ. އެތަނުގެ މަސައްކަތް މެދުކެނޑުމުން، މަސައްކަތާ ކުރިއަށް ގެންދާ ވެށިފަހި މާލޭ ޕްރޮޖެކްޓުގެ އޮފީހަށް މަހަކު ދެ ފަހަރަކު ކަހަލަ ގޮތަކަށް ގުޅައި އެތަނަށް ބަދަލު ވެވޭނެ...

26 ޖެނުއަރީ

January 26, 2017 6
ޓާޓާ ފްލެޓަށް ލޯނު ލިބުނީ އެންމެ 26 މީހުންނަށް

ކުރީގެ އަރަބިއްޔާ އާއި ގާކޮށި ހުރި ތަނުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކަށް ގުރުއަތުން ހޮވުނު މީހުންގެ ތެރެއިން ލޯނު ލިބުނީ އެންމެ 26 މީހުންނަށް ކަމަށް ވުމުން، ބާކީ ތިބި މީހުންނަށް ފްލެޓް ނުލިބުމުގެ ބިރު ބޮޑުވެއްޖެ އެވެ.

16 ޖެނުއަރީ

January 16, 2017 11
ޓާޓާ ފްލެޓަށް ލޯނު ހޯދަން 50 އަށްވުރެ ގިނަ މީހުން

ކުރީގެ އަރަބިއްޔާ އަދި ގާކޮށި ހުރި ތަނުގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު މީހުންގެ ތެރެއިން ލޯނު ހޯދުމަށް މިހާތަނަށް 50 އަށް ވުރެ ގިނަ މީހުން މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އަށް ހުށަހަޅައިފި އެވެ.

27 ޑިސެމްބަރ

December 27, 2016 22
ސަރުކާރަށް ބިންކޮޅު ދޫކޮށްލުން ބިރަކަށް ވެއްޖެ

ވެށިފަހި މާލެ، އޭ ކެޓަގަރީން ފްލެޓާއި ހުޅުމާލެ އިން ގޯއްޗަށް އެދުނު މީހުން ދޫކޮށްލަން އެއްބަސްވި ބިން ސަރުކާރާ ހަވާލުކުރަން ވަކި މުއްދަތެއް ދިން ނަމަވެސް ފްލެޓްގެ މައްސަލަ އަށް ހައްލެއް ލިބުމުގެ ކުރިން އެކަން ކުރުން ދަތި ކަމަށް ބުނެ ބައެއް މީހުން ކަންބޮޑުވުން ފާޅުކުރަން ފަށައިފި އެވެ.