13 އޮކްޓޯބަރ

October 13, 2018 95
7 ޕޮއިންޓް! ފްލެޓް ދޭން ހެދި ހިސާބު ނުބައި!

ހިޔާ މަޝްރޫއުން ވެސް ފްލެޓް ދިނީ އެންމެ ހައްގުވެރިންނަށްތޯ އުފައްދާ ސުވާލުތައް ގިނަ އެވެ. މިއީ، ސައްހަ ޝަކުވާތަކެއް ކަމަށް ބާރު ލިބިދިން އެއް ކަމަކީ، ފްލެޓު ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމުކުރިއިރު، އެތައް ބަޔަކަށް ޕޮއިންޓް ދީފައިވާ ގޮތެވެ. އެންމެ ހަތް ޕޮއިންޓް ލިބުނު މީހުން ވެސް އެބަ ތިއްބެވެ.

11 އޮކްޓޯބަރ

October 11, 2018 19
"ބިން ވިއްކަނީ ބޭއިންސާފުން، އެކަން ބަލާނަން"

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން ބިން ވިއްކަނީ ބޯހިޔާވަހިކަން އެންމެ ބޮޑަށް ބޭނުންވާ މީހުންނަށް ބެލުމެއް ނެތި ބޭއިންސާފުން ކަމަށާއި މިފަދަ ކަންކަމުގައި ގާނޫނާ ހިލާފުވެފައި ވޭތޯ ބަލައި...

October 11, 2018 28
ގޯތި ވިއްކަން ރައްޔިތުންނަށް ޖައްސާ ހާލު!

އެއް ބަޔަކު ކުޑަ ނަގައިގެން، އަނެއް ބަޔަކު ގޮނޑި ބޮލަށް ލައިގެން މިއަދު ހަތަރުދަމު ތިބެން ޖެހުނީ ދިގު ކިޔޫގަ އެވެ؛ ދެ ދުވަސް ވަންދެން ނުނިދައި، ނުކައި ނުބޮއި ތިބެގެން ނެގި...

10 އޮކްޓޯބަރ

October 10, 2018 32
ނިދި ބޭނުމެއް ނޫން! ބޭނުމީ ގޯތި!

މާފަންނު ފުޑް ކޯޓުތަައް ކައިރިން ހައުސިން މިނިސްޓްރީ ދޮށުން ފަށާފައި އޮތް ކިއު، ހަރުފައެއް ގޮތަށް އެނބުރެމުން ގޮސް ނިމިފައި އޮތީ ކަޅުތުއްކަލާ ކޮށި ކުރިމައްޗަށެވެ. އެ ދިގު ކިޔޫގައި މަދުވެގެން 500 އެއްހާ މީހުން ތިބޭނެ އެވެ. ގިނަ ބަޔަކު ގޯތި ގަންނަން ނަންބަރު ހޯދާށެވެ: "ނަސީބު ނަންބަރަކުން"، ހުޅުމާލެއިން ގޯތި ހޯދަން ބޭނުން މީހުންނަށް...

October 10, 2018 95
ފްލެޓް ދޫކުރުމުގައި މިފަހަރު ވެސް "އޮޅުވާލުން"؟!

"މި ފަހަރު ވެސް މި އޮތީ ބޭނުން ބަޔަކަށް ބަހާލާފައި. ކުރިން ފަހަރު 90 އަށް ވުރެން މަތިން މާކްސް ލިބިފައި ފްލެޓް ނުލިބުނީ. މި ފަހަރު ލިބުނު ޕޮއިންޓު މި އޮތީ 40 އަށް ތިރިވެފައި. އެކަމަކު...

October 10, 2018 51
ހުޅުމާލެއިން ގޯތި ހޯދަން ކިޔޫ ދަމާލައިފި!

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 400 ގޯތި ގަންނަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ހުޅުވާލުމާ އެކު، ހައުސިން މިނިސްޓްރީ ކައިރީގައި ބޮޑު ކިއުއެއް މިއަދު ދަމާލައިފި އެވެ.

08 އޮކްޓޯބަރ

October 08, 2018 17
ފޯމު ބަލައިގަތުން މެދުކަނޑާލީ އޭސީސީގެ ޖަވާބެއް ލިބެންދެން

ހުޅުމާލެ އިން 400 ގޯތި ވިއްކާ ފޯމު ބަލައިގަތުން މެދުކަނޑާލީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޖަވާބެއް ލިބެންދެން ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

October 08, 2018 46
400 ގޯތި ވިއްކާ ފޯމު ބަލައިގަތުން މެދުކަނޑާލައިފި

ހުޅުމާލޭގެ ދެ ވަނަ ފިޔަވަހިން 1،000 އަކަފޫޓުގެ 400 ގޯތި ވިއްކަން ހައުސިން މިނިސްޓްރީން ފޯމު ދޫކުރުމާއި ބަލައިގަތުން މިއަދު މެދުކަނޑާލައިފި އެވެ.

October 08, 2018 36
ގޯއްޗަށް ފޯމުލުމަކީ ކޮރަޕްޝަންގައި ބައިވެރިވުން: އަލީ

ހުޅުމާލެ އިން ގޯތި ވިއްކުން ހުއްޓާލަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އަންގާފައި ވަނިކޮށް، ހައުސިން މިނިސްޓްރީ އަށް ފޯމު ހުށަހަޅައިގެން އެ ގޯތި ހޯދަން އުޅުމަކީ ވެސް...

07 އޮކްޓޯބަރ

October 07, 2018 20
ގޯތި ވިއްކަން އުޅެނީ ފުރައްސާރައަކަށްވާ ގޮތަށް: މާރިޔާ

ހުޅުމާލޭން ގޯތި ވިއްކަން ހައުސިން މިނިސްޓްރީން އިއުލާނުކުރީ ރައްޔިތުންނަށް ފުރައްސާރައަކަށްވާ ގޮތަށް ކަމަށް، އިންތިޚާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

03 އޮކްޓޯބަރ

October 03, 2018 8
ދިއްދޫ ހައުސިން ޔުނިޓްތަކުގެ މައްސަލަ ވެސް އޭސީސީއަށް

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން، މިހާރު ބާކީ ހުރި 100 ހައުސިން ޔުނިޓަށް ކުރިމަތިލުމުގެ ފުރުސަތު މިދިޔަ އާދިއްތަ ދުވަހު ހަމަ ވެފައިވާއިރު، އެ ގެތައް ދޫކުރުން ހުއްޓުވައިދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މައްސަލަ ހުށަހަޅައިފި އެވެ.

02 އޮކްޓޯބަރ

October 02, 2018 45
ފްލެޓުގެ ނަމުގައި ގަނަތެޅުވުން ހުއްޓާލަން ވެއްޖެ!

ފްލެޓަށް އެދޭ ފޯމު ލާން މުޅި ތަން އޮތީ ތޮއްޖެހިފަ އެވެ؛ އެކަމަކު، ފޯމު ލާން އުޅޭ، "ހިޔާ މަޝްރޫއު"ގެ ދަށުން ވެސް ބޯހިޔާވަހިކަން ލިބޭނެ ކަމުގެ ޔަގީން ކަމެއް މިދިޔަ އާދީއްތަދުވަހު ހައުސިން މިނިސްޓްރީގައި ކިޔޫ ޖެހިގެން ތިބި މީހުންނަކަށް ނެތެވެ. ދިރިއުޅުމުގެ ހާލަތާ ގުޅޭ ލިއުންތައް ބަރިބަރިއަށް އަޅައިގެން ތިބީ، މި ބުރުގައި ވެސް ފޯމު...

01 އޮކްޓޯބަރ

October 01, 2018 39
ފްލެޓްތައް ދޫކުރުން މަޑުޖައްސައިލަން އޭސީސީން އަންގައިފި

އާންމުންނަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް މި ސަރުކާރުން ފަށާފައިވާ "ހިޔާ މަޝްރޫއު" ގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ދޫކުރުމާ ގުޅޭ ޝަކުވާތަކެއްގެ މައްސަލަ ބަލަމުންދާތީ، އެ...

October 01, 2018 33
ފޯމް ހުށަހަޅަން ފުރުސަތު ނުދިނުމުން އިހުތިޖާޖު ކޮށްފި

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް ފޯމް ހުށަހެޅުމުގެ މުއްދަތު އިއްޔެ ހަމަވިޔަސް އިއްޔެ ދޫކުރި ހުރިހާ ނަމްބަރަކަށް ހިދުމަތް ނުދިން ކަމަށް ބުނެ ބައެއް މީހުން ހައުސިން މިނިސްޓްރީ...

30 ސެޕްޓެމްބަރ

September 30, 2018 51
ފްލެޓް އަޅަން ޓާޓާއަށް ދޭންޖެހުނީ މަޖުބޫރުވެގެން:ނިހާން

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު އެއްބަސްވުމެއް ހަދަން ޖެހުނީ އެ ކުންފުންޏަށް ބަދަލުގައި 200 މިލިއަނަށްވުރެ ގިނަ ޑޮލަރު (ތިން ބިލިއަން ރުފިޔާ) ދޭން ޖެހިދާނެތީ މަޖުބޫރުވެގެން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ...

September 30, 2018 81
ފްލެޓް އަޅަން ޓާޓާއާ އެކު އަލުން އެއްބަސްވުމަކަށް

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ހެދި އެއްބަސްވުން އުވާލުމުން އެ ކުންފުންޏަށް ބަދަލުގައި 200 މިލިއަން ޑޮލަރު...

September 30, 2018 50
ފްލެޓަށް ފޯމު ހުށަހެޅުމުގެ ފަހު ދުވަސް، ދިގު ކިއޫއެއް

މި ސަރުކާރުން ފެށި "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ ފްލެޓުތަކަށް ކުރިމަތިލުމުގެ މުއްދަތު މިއަދު ހަމަވާތީ އެތައް ސަތޭކަ ބަޔަކު ފޯމު ލާން ނަންބަރު ނަގައިފި އެވެ.

21 ސެޕްޓެމްބަރ

September 21, 2018 7
އިދިކޮޅާ ގުޅުނު ޒިޔާދު މަގާމުން ވަކި ކުރައްވައިފި

އިދިކޮޅު ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަށް ތާއީދު ކުރެއްވި ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބްދުﷲ ޒިޔާދު އެ މަގާމުން މިއަދު ވަކިކުރައްވައިފި އެވެ.

06 ސެޕްޓެމްބަރ

September 06, 2018 21
ތާރު އަޅައިގެން ހެދި ރިންގް ރޯޑް ހުޅުވާލައިފި

ސިނަމާލެ ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި މިރޭ ހުޅުވާލައިފި އެވެ.

01 ސެޕްޓެމްބަރ

September 01, 2018 59
ވިލިމާލެ2 އަށް 86މިލިއަން ޑޮލަރު ހަރަދުވާނެ: ޝައިނީ

ތިން ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްގީކުރަން ނިންމާފައިވާ ވިލިމާލެ 2 މަޝްރޫއަށް 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ޔޫތު އެންޑް އިކޮނޮމިކް ކައުންސިލްގެ ޗެއާމަން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2018 22
ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.

23 އޯގަސްޓް

August 23, 2018 46
7،000 ފްލެޓަށް އެޕްރީލް މަހު ވަދެވޭނެ: މިނިސްޓަރު

ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މި ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 7،000 ފްލެޓަށް އަންނަ އެޕްރީލް މަހުގެ ތެރޭގައި ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

12 އޯގަސްޓް

August 12, 2018 28
ވިލިމާލެ-2 މަޝްރޫއުން 3،000 ފޯމު ނަގައިފި

މި އަހަރުގެ މިނިވަން ދުވަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އެދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3،000 މީހުން ފޯމު ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

07 އޯގަސްޓް

August 07, 2018 36
ވިލިމާލެ-2ގެ ފްލެޓާއި ގޯއްޗަށް ހުޅުވާލައިފި

ދާދި ފަހުން ރައީސް އިއުލާންކުރެއްވި ވިލިމާލެ-2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

01 އޯގަސްޓް

August 01, 2018 106
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ

ރައީސް އަބްދުﷲ އިއުލާންކުރެއްވި ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

30 ޖުލައި

July 30, 2018 11
ދިއްދޫގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން، މިހާރު ބާކީ ހުރި 100 ގެއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

11 ޖުލައި

July 11, 2018
ފްލެޓަށް އެދި 5،000 މީހުން ފޯމު ހުށަހަޅައިފި

އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުގެ ދަށުން މިހާތަނަށް 5،000 އާ ގާތް ކުރާ އަދަދަކަށް ފޯމު ހުށަހަޅައިފި އެވެ.