06 ސެޕްޓެމްބަރ

September 06, 2018 21
ތާރު އަޅައިގެން ހެދި ރިންގް ރޯޑް ހުޅުވާލައިފި

ސިނަމާލެ ބްރިޖާ ގުޅޭ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅައިގެން ހެދި ބައި މިރޭ ހުޅުވާލައިފި އެވެ.

01 ސެޕްޓެމްބަރ

September 01, 2018 59
ވިލިމާލެ2 އަށް 86މިލިއަން ޑޮލަރު ހަރަދުވާނެ: ޝައިނީ

ތިން ލައްކަ މީހުންގެ އާބާދީއަކަށް އަމާޒުކޮށް ތަރައްގީކުރަން ނިންމާފައިވާ ވިލިމާލެ 2 މަޝްރޫއަށް 86 މިލިއަން ޑޮލަރު (1.3 ބިލިއަން ރުފިޔާ) ހަރަދުވާނެ ކަމަށް ޔޫތު އެންޑް އިކޮނޮމިކް ކައުންސިލްގެ ޗެއާމަން، ފިޝަރީޒް މިނިސްޓަރު ޑރ. މުހައްމަދު ޝައިނީ މިއަދު ވިދާޅުވެއްޖެ އެވެ.

27 އޯގަސްޓް

August 27, 2018 22
ހިޔާ މަޝްރޫއަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފި

"ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓަށް އެދުމުގެ ފުރުސަތު އަންނަ މަހުގެ ނިޔަލަށް ހައުސިން މިނިސްޓްރީން މިއަދު އިތުރުކޮށްފި އެވެ.

23 އޯގަސްޓް

August 23, 2018 46
7،000 ފްލެޓަށް އެޕްރީލް މަހު ވަދެވޭނެ: މިނިސްޓަރު

ލައްކައެއްހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭން މި ސަރުކާރުން ފަށާފައިވާ "ހިޔާ" މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅާ 7،000 ފްލެޓަށް އަންނަ އެޕްރީލް މަހުގެ ތެރޭގައި ވަދެވޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

12 އޯގަސްޓް

August 12, 2018 28
ވިލިމާލެ-2 މަޝްރޫއުން 3،000 ފޯމު ނަގައިފި

މި އަހަރުގެ މިނިވަން ދުވަހު، ރައީސް އަބްދުﷲ ޔާމީން އިއުލާން ކުރެއްވި ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމަށް އެދި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ގާތްގަނޑަކަށް 3،000 މީހުން ފޯމު ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

07 އޯގަސްޓް

August 07, 2018 36
ވިލިމާލެ-2ގެ ފްލެޓާއި ގޯއްޗަށް ހުޅުވާލައިފި

ދާދި ފަހުން ރައީސް އިއުލާންކުރެއްވި ވިލިމާލެ-2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހައުސިން މިނިސްޓްރީން މިއަދު ހުޅުވާލައިފި އެވެ.

01 އޯގަސްޓް

August 01, 2018 106
ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ހުޅުވާލަނީ

ރައީސް އަބްދުﷲ އިއުލާންކުރެއްވި ވިލިމާލެ 2 މަޝްރޫއުން ފްލެޓާއި ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު އަންނަ ހަފުތާގައި ހުޅުވާލަން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

30 ޖުލައި

July 30, 2018 11
ދިއްދޫގެ ހައުސިން ޔުނިޓްތަކަށް ކުރިމަތިލާން ހުޅުވާލައިފި

ހއ. ދިއްދޫގައި ސަރުކާރުން އިމާރާތް ކޮށްފައިވާ 250 ހައުސިން ޔުނިޓުގެ ތެރެއިން، މިހާރު ބާކީ ހުރި 100 ގެއަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލައިފި އެވެ.

11 ޖުލައި

July 11, 2018
ފްލެޓަށް އެދި 5،000 މީހުން ފޯމު ހުށަހަޅައިފި

އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުގެ ދަށުން މިހާތަނަށް 5،000 އާ ގާތް ކުރާ އަދަދަކަށް ފޯމު ހުށަހަޅައިފި އެވެ.

08 ޖުލައި

July 08, 2018 7
ފްލެޓްފޯމް ބަލައިގަތުން ހައުސިން މިނިސްޓްރީ ގައި

މި ސަރުކާރުން ހުޅުވައިލި 7،000 ފްލެޓަށް އެދޭ ފޯމު ބަލައިގަތުމާއި ދޫކުރުން، މިއަދުން ފެށިގެން ހައުސިން މިނިސްޓްރީގައި ކުރިއަށް ގެންދަން ފަށައިފި އެވެ.

01 ޖުލައި

July 01, 2018 17
ހައުސިންގެ ދަށަށް ފްލެޓްތައް ބަދަލު ކުރަން ލަފާދީފި

ސިނަމާލެ އާއި މާލޭހިޔާ އަދި ވިލިމާލޭގައި ހުންނަ ސޯޝަލް ހައުސިން ފްލެޓްތަކުގެ ހުރިހާ ޒިންމާތައް، މާލޭ ސިޓީ ކައުންސިލް އަތުން ނަގައި ހައުސިން މިނިސްޓްރީގެ ދަށަށް ބަދަލު ކުރުމަށް ރައީސް އަބްދުﷲ ޔާމީނަށް ލަފާ ދެއްވައިފި އެވެ.

28 ޖޫން

June 28, 2018 4
ހިތަދޫގެ ފްލެޓްތައް އަންނަ މަހު ހަވާލު ކުރަނީ

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން އައްޑޫ ހިތަދޫގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް އަންނަ މަހު ހަވާލު ކުރާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

21 ޖޫން

June 21, 2018
ފްލެޓް ފޯމު ބަލައިގަންނަ ވަގުތު އިތުރުކޮށްފި

އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ ބިޔަ މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ދޫކުރުމާއި ބަލައިގަންނަ ވަގުތު އަންނަ ހޮނިހިރު ދުވަހުން ފެށިގެން އިތުރުކުރަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

18 ޖޫން

June 18, 2018 3
ފްލެޓުތަކަށް ފޯމް ބަލައިގަންނަ ވަގުތު އިތުރުކޮށްފި

ބޯހިޔާވަހިކަމަށް ސަރުކާރުން ހުޅުވާލި "ހިޔާ" މަޝްރޫއުގެ ފްލެޓްތަކަށް ފޯމު ދޫކުރުމާއި ބަލައިގަންނަ ވަގުތު މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

05 ޖޫން

June 05, 2018 11
ޕްރީސްކޫލު/ކޮލެޖް ޓީޗަރުންނަށްވެސް ފްލެޓަށް ކުރިިމަތިލެވޭ

ހުޅުމާލޭގައި އިމާރާތްކުރާ ފްލެޓްތަކުގެ ތެރެއިން ޓީޗަރުންނަށް ހާއްސަ ކެޓަގަރީއަށް، ޕްރީ ސްކޫލު ޓީޗަރުންނާއި ކޮލެޖް/ ޔުނިވަސިޓީތަކުގެ ލެކްޗަރާއިންނަށް ވެސް ކުރިމަތިލެވޭ ގޮތަށް ފޯމަށް ބަދަލު ގެނެސްފި އެވެ.

02 ޖޫން

June 02, 2018 16
ފްލެޓު ފޯމު ހުށަހަޅަން ނަމްބަރު ނެގުން ކިއުބީ އިން

ބޯހިޔާވަހިކަމަށް މި ސަރުކާރުން ހުޅުވާލި 7،000 ފްލެޓަށް އެދި ފޯމު ހުށަހަޅަން ނަމްބަރު ނަގަން ޖެހެނީ ކިއުބީ އެޕްލިކޭޝަން މެދުވެރިކޮށް ކަމަށް ހައުސިން މިނިސްޓްރީން މިރޭ ބުނެފި އެވެ.

01 ޖޫން

June 01, 2018 18
އާދީއްތަ ދުވަހު ފްލެޓް ފޯމު ބަލައިގަންނަން ފަށަނީ

ބޯހިޔާވަހި ކަމަށް ހުޅުވާލި 7،000 ފްލެޓަށް އެދި ހުށަހަޅާ ފޯމުތައް އާދީއްތަ ދުވަހު ބަލައިގަންނަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

11 މެއި

May 11, 2018 35
ފްލެޓަށް އެދެން ބައިލައްކައަށް ވުރެ ގިނަ ފޯމު ނަގައިފި

ބޯހިޔާވަހި ކަމަށް ހުޅުވާލި 7،000 ފްލެޓަށް އެދި މިހާތަނަށް، 50،000 އަށް ވުރެ ގިނަ ފޯމު ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީން އިއްޔެ ބުނެފި އެވެ.

07 މެއި

May 07, 2018 44
600 އަކަފޫޓު ހަމަނުވަންޏާ ބިންކޮޅު ދޫކޮށްލާކަށްނުޖެހޭ

ބޯހިޔާވަހިކަމުގެ ދަތިކަން ފިލުވުމަށް އިއްޔެ ހުޅުވާލި ސްކީމުގައި ޝަރުތުތައް ލުއިކޮށްދީފައިވާ ކަމަށާއި ފްލެޓް ލިބުމުން، އެ މީހަކަށް ކުރިން ލިބިފައި އޮތް 600 އަކަފޫޓު ހަމަނުވާ ގޯތި ނުވަތަ ބިންކޮޅު ވެސް މި ފަހަރު ދޫކޮށްލަން ނުޖެހޭނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

06 މެއި

May 06, 2018 37
ފްލެޓް ދޭނީ އިންސާފުން، ހައްގުވެރިންނަށް: މުއިއްޒު

ބޯހިޔާވަހިކަން ފޯރުކޮށްދޭން މި ސަރުކާރުން މިއަދު ފުރުސަތު ހުޅުވައިލި 7،000 ފްލެޓް ދޭނީ ހަމަހަމަކަމާއި އިންސާފުވެރިކަމާ އެކު އެންމެ ހައްގުވެރިންނަށް ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

May 06, 2018 9
ފްލެޓް ފޯމު ނަގަން ދިގު ކިޔޫއެއް ހަދައިފި

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 7،000 ފްލެޓަށް ކުރިމަތިލުމުގެ ފުރުސަތު މިއަދު ހުޅުވާލުމާ އެކު، ފޯމު ނަގަން ގިނަ އަދަދެއްގެ ބަޔަކު...

May 06, 2018 18
ފްލެޓް ފޯމު ދޫކުރަން ފަށާނީ މެންދުރު ފަހު

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން އިމާރާތްކުރާ 7،000 ފްލެޓަށް ކުރިމަތިލުމުގެ ފޯމު ދޫކުރަން ފަށާނީ މިއަދު މެންދުރު ދޭއް ޖަހާއިރު ކަމަށް ހައުސިން މިނިސްޓްރީން ބުނެފި...