28 ސެޕްޓެމްބަރ

September 28, 2017 43
ފްލެޓް ދިން ގޮތުގެ މައުލޫމާތު މަޖިލީހަކަށް ނުދިން!

ސަރުކާރުން ފަށާފައިވާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 މީހަކަށް ފްލެޓް ދޭން ނިންމި ގޮތާއި ދޭން ނިންމި މީހުންގެ މައުލޫމާތުތައް ރައްޔިތުންގެ މަޖިލީހުގައި އޮންނަ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއާ ހިއްސާ ކުރަން މަޖިލީހުން އެންގުމުން ވެސް ހައުސިން މިނިސްޓްރީން އެ މައުލޫމާތު މަޖިލީހަކަށް ނުފޮނުވި އެވެ.

27 ސެޕްޓެމްބަރ

September 27, 2017 19
ދާއިމީ ލިސްޓާއެކު އިތުރު 60 މީހަކަށް ފްލެޓް ލިބިއްޖެ

ހުޅުމާލޭން ދޫކުރާ ފްލެޓްތަކުގެ ފައިނަލް ލިސްޓު އިއްޔެ އާއްމު ކުރިއިރު، އިތުރު 60 މީހަކަށް ފްލެޓް ކަށަވަރުވެފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

26 ސެޕްޓެމްބަރ

September 26, 2017 30
ފްލެޓް ލިބުނު މީހުންގެ ފައިނަލް ލިސްޓް ނެރެފި

ހުޅުމާލޭގައި އަލަށް އިމާރާތްކުރި ފްލެޓްތަކުގެ ތެރެއިން 661 ފްލެޓަށް ހޮވުނު މީހުންގެ ލިސްޓް އާއްމު ކުރުމާއެކު އާންމުންގެ ގިނަ ޝަކުވާތަކެއް ހައުސިން މިނިސްޓްރީ އަށް ހުށަހަޅާފައި...

September 26, 2017 15
ފްލެޓާ ބެހޭ ތަފްސީލްތައް މަޖިލީހާ ހިއްސާކޮށްފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 ފްލެޓް ދިން ގޮތުގެ ތަފްސީލްތައް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީއާ އިއްޔެ...

24 ސެޕްޓެމްބަރ

September 24, 2017 4
ތުޅާދޫން ގޯތި ދޫކުރުން ލަސްވާތީ ރުޅިގަދަވެއްޖެ

ބ. ތުޅާދުން ގޯތި ދޫކުރުން ލަސްވަމުން ދާތީ އެކަމާ ހިތްހަމަނުޖެހިގެން އެ ރަށު ބަޔަކު ކައުންސިލް އިދާރާ ތެރެއަށް މިއަދު އެއްވެއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2017 15
ފްލެޓާ ބެހޭ ތަފްސީލު ހާމަކުރަން ފަސް ދުވަސް ދީފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން 661 ފްލެޓް ދިން ގޮތުގެ ތަފްސީލް ރައްޔިތުންގެ މަޖިލީހަށް ހާމަކުރަން ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމެޓީން ފަސް ދުވަހުގެ މުހުލަތެއް މިއަދު ދީފި އެވެ.

18 ސެޕްޓެމްބަރ

September 18, 2017 7
"ފްލެޓް މައްސަލާގައި ހައްގުތައް ވަނީ ނިގުޅައިގެންފައި"

ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދިން މީހުންގެ ތަފުސީލްތައް އާންމު ނުކުރުމަކީ ގިނަ ބައެއްގެ ހައްގުތައް ނިގުޅައިގަތުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް އިދިކޮޅު...

September 18, 2017 122
ތަކުރާރުކޮށް އެހުމުން ވެސް ފްލެޓްދިން ގޮތް ވިދާޅެއްނުވި

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދިނީ ކިތައް ޕޮއިންޓް ލިބުނު މީހުންނަށް ކަމެއް ތަކުރާރުކޮށް ނޫސްވެރިން ސުވާލުކުރުމުން ވެސް ހައުސިން މިނިސްޓަރު ޑރ....

17 ސެޕްޓެމްބަރ

September 17, 2017 42
ފްލެޓް ޝަކުވާ ހިފައިގެން އެތައް ބަޔަކު ހައުސިން އަށް!

މި ސަރުކާރުން ހުޅުވައިލި ބޯހިޔާވަހިކަމުގެ ފުރަތަމަ މަޝްރޫއުން ފްލެޓް ދިން ގޮތާ މެދު ހިތްހަމަނުޖެހިގެން ގިނަ އަދަދެއްގެ ބަޔަކު މިއަދު ވެސް ހައުސިން މިނިސްޓްރީ އަށް ޝަކުވާ ހުށަހަޅައިފި އެވެ.

13 ސެޕްޓެމްބަރ

September 13, 2017 30
ފްލެޓު ލިބުނުގޮތުގެ ތަފުސީލު ނޭނގޭ މައްސަލަ އޭސީސީއަށް

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ހުޅުމާލެއިން ފްލެޓް ލިބުނު މީހުންގެ މައުލޫމާތު އާންމުކޮށްފައި ނުވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މިއަދު ހުށަހަޅައިފި އެވެ.

12 ސެޕްޓެމްބަރ

September 12, 2017 95
މި ފަހަރު ފްލެޓް ދޭން މި އުޅެނީ ކޮން ބަޔަކަށް؟

ފްލެޓަށް އެދި ފޯމު ހުށަހެޅުމަށް އެތައް ހާސް ބަޔަކު ނިދި ނަގާލާފައި، 2014 ވަނަ އަހަރު ހައުސިން މިނިސްޓްރީ ދޮށުގައި ކިޔޫޖެހިގެން ތިބި މަންޒަރު މިހާރު ވެސް ހަނދާނަށް އާދެ އެވެ. ސަރުކާރުގެ ރަސްމީ ގަޑީގައި ފޯމު ހުށަހެޅުމަށް އެއް ބަޔަކު ކިޔޫގައި ޖެހުނީ ކުރީ ރޭގެ މެންދަމެއްހާ އިރެވެ.

11 ސެޕްޓެމްބަރ

September 11, 2017 103
ނަން އާއްމުނުކުރީ ހައްގުތައް ރައްކާތެރިކޮށްދޭން:މުއިއްޒު

ގެދޮރުވެރިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓު ލިބޭ މީހުންގެ މައުލޫމާތު ނުހިމަނައި ހަމައެކަނި ފޯމުގެ ނަމްބަރާ އެކު ލިސްޓު އާއްމުކުރީ އެ މީހުންގެ ހައްގުތައް ރައްކާތެރިކޮށްދިނުމަށް...

September 11, 2017 78
ފްލެޓު ލިބޭ 661 މީހުންގެ ލިސްޓު އާއްމުކޮށްފި

ގެދޮރުވެރިކުރުމުގެ ޕްރޮގްރާމުގެ ދަށުން ފްލެޓު ލިބޭ 661 މީހުންގެ ލިސްޓް ސަރުކާރުން މިއަދު އާއްމުކޮށްފި އެވެ.

05 ސެޕްޓެމްބަރ

September 05, 2017 14
ވިއްކަން ނިންމާފައިވާ ބިމެއްގެ މައްސަލަ ކޯޓަށް

ދައުލަތުން ވިއްކާލަން ނިންމާފައިވާ މާފަންނުއާގެ އިން ސަރުކާރުން ވިއްކަން ނިންމި ބައިގެ މައްސަލަ އެގޭގެ ވެރި ފަރާތުން ސިވިލް ކޯޓަށް ހުށަހަޅައިފި އެވެ.

28 އޯގަސްޓް

August 28, 2017 26
މާލެއިން ގޯތި ގަންނަން ބަޔަކު އަގެއް ހުށަނާޅާ

މާލެއިން ވިއްކަން ހުޅުވާލި ގޯތިތަކަށް އެއްވެސް ބަޔަކު މިހާތަނަށް އަގު ހުށަހަޅާފައިނުވާ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

18 އޯގަސްޓް

August 18, 2017 36
ސަރުކާރުގެ ޚަަރަދު ފޫބައްދަން ބިން ވިއްކުން ގޯސް:އަމީން

ރައީސް އަބްދުﷲ ޔާމީނަށް ސަރުކާރުގެ ޚަރަދު ހަމަނުޖެއްސިގެން ހަމައެކަނި އެ ބޭނުމަށްޓަކައި މާލެ އިން ބިން ވިއްކުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރު އަދި މާލޭގެ ބިމާ ބެހޭ ވަޒީރުންގެ ކޮމެޓީގެ ކުރީގެ މުގައްރިރު އަބްދުﷲ އަމީން މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

17 އޯގަސްޓް

August 17, 2017 10
ކޮރަޕްޝަން ހިމެނޭ ބިންތައް ނަގާނެ: އޮޕޮޒިޝަން

ކޮރަޕްޝަން ހިމެނޭ ގޮތަށް ސަރުކާރުން ވިއްކާފައިވާ ބިންތައް ގުޅިފައިވާ ޕާޓީގެ ސަރުކާރެއްގައި އަނބުރާ ދައުލަތަށް ނަގާނެ ކަމަށް އެ ފަރާތްތަކުން ބުނެފި އެވެ.

16 އޯގަސްޓް

August 16, 2017 47
19 ބިން ވިއްކަނީ އަކަފޫޓެއް 15،000ރގެ ރޭޓުން

މާލެއިން ވިއްކަން ސަރުކާރުން ނިންމާފައިވާ 19 ބިން ވިއްކަނީ އަކަފޫޓެއް 15،000ރ.ގެ ރޭޓުން ކަމަށް ހައުސިން މިނިސްޓްރީން އިއުލާންކޮށްފި އެވެ.

15 އޯގަސްޓް

August 15, 2017 98
މާލޭގެ ތިން ތަނަކުން 19 ބިމެއް ވިއްކާލަނީ

ސުޕްރީމް ކޯޓު ކުރިމަތީގައި އޮތް މާފަންނުއާގެއިން ދައުލަތަށް ނެގި ބިން ހިމެނޭ ގޮތަށް މާލޭގެ އެންމެ އަގު ބޮޑު ތިން ހިސާބަކުން 19 ބިމެއް ވިއްކަން ހައުސިން މިނިސްޓްރީން މިއަދު...

August 15, 2017 6
ބިމުގެ އަގު ކަނޑައަޅާ ކޮމެޓީއަށް ބަދަލު ގެނެސްފި

ބަންޑާރަ ބިން އަމިއްލަ ކުރާއިރު ސަރުކާރަށް ދައްކަންޖެހޭ އަގު ކަނޑައެޅުމުގައި ލަފާ ދޭ ކޮމެޓީ އެކުލެވޭ ގޮތަށް ބަދަލު ގެނެސްފި އެވެ.

19 ޖުލައި

July 19, 2017 26
ރަސްފަންނު ސަރަހައްދުގައި މަތީ ފެންވަރުގެ 350 ފްލެޓް

ރަސްފަންނު ސަރަހައްދުގައި މަތީ ފެންވަރުގެ 350 ފްލެޓް ހިމެނޭ 25 ބުރީގެ ހަތަރު ޓަވަރު އަޅަން ސިންގަޕޫރުގެ ޗަންހުއާ ހަވާލުކޮށްފި އެވެ.

09 ޖުލައި

July 09, 2017 31
އަހަރެންގެ ހުވަފެނީ ގެ

ދަރުބާރުގޭގެ ސިޑިން މައްޗަށް އެރިއިރު ވެސް ފެނުނީ، އަމިއްލަ ގެއެއް (ފްލެޓް، އެޕާޓްމަންޓް، ގެ، މިއިން ކޮންމެ ނަމެއްގެ ތެރެއަށް ފެތުނަސް ވަރިހަމަ އެވެ.) ލިބޭނެ ދުވަހެއްގެ ހުވަފެނުގައި ތިބި މީހަކަށް، އިތުރު ހުވަފެނެކެވެ. ހުޅުމާލޭގެ ފިތުރޯނު ގަސްތަކުގެ މަންޒަރުތަކެއްގެ ސިފާގައި، މުޅި ތަން އޮތީ ޒީނަތްތެރިކޮށްފަ އެވެ. އެ...

06 ޖުލައި

July 06, 2017 43
ބްރިޖުގެ އައިބީމްތައް އަޅަން ފަށައިފި

މާލެ އާއި ހުޅުލެއާ މެދު އަޅާ ބްރިޖުގެ އައިބީމްތައް ނުވަތަ ކޮންކްރީޓުން ހަދާފައިވާ ބޮޑެތި ބެރިތައް މިއަދު އަޅަން ފަށައިފި އެވެ. މިއާއެކު ބްރިޖުގެ ސުޕަ ސްޓްރަކްޗާގެ މަސައްކަތް މި ފެށުނީ އެވެ.

27 އެޕްރީލް

April 27, 2017 42
އެއްބަސްވުން ބާތިލް ކުރިޔަސް ޓާޓާ މަސައްކަތް ފަށައިފި

ކުރީގެ އޯޑިއޯން ސިނަމާ ހުރި ބިމާއި ކުރީގެ ނާދީ ހުރި ބިމުގައި ފްލެޓް އަޅަން އިންޑިއާގެ ޓާޓާ ކުންފުންޏާ އެކު ސަރުކާރުން ހެދި އެއްބަސްވުން އުވާލާފައި ވަނިކޮށް، ނާދީ ހުރި ބިމުގައި އެ ކުންފުނިން މަސައްކަތް ފަށައިފި އެވެ.