11 ޑިސެމްބަރ

December 11, 2016 22
ކަމާގުޅޭ އިދާރާތަކަށް ފްލެޓް ލިބުނު މީހުންގެ "އާދޭސް"

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުންނަށް އެ ފްލެޓް މިލްކު ކުރުމަށް ލޯނެއް ނެގެން އޮތީ 400،000 ރުފިޔާގެ ޑައުންޕޭމަންޓެއް ދައްކައިގެން ކަމުން، އެއަށް ވުރެ ފަސޭހަގޮތެއް ހަދައިދިނުމަށް އެދި "އާދޭސް"ގެ ނަމުގައި ޕެޓިޝަނެއް ތައްޔާރުކޮށްފި އެވެ.

08 ޑިސެމްބަރ

December 08, 2016 9
މާރުކޭޓުގައި ބިދޭސީން ތިބޭ މައްސަލައަށް ހައްލެއް ހޯދަނީ

ލޯކަލް މާރުކޭޓުގެ ގޮޅިތަކުގައި ކޭޝިއަރުންގެ ގޮތުގައި ބިދޭސީން ތިބޭ މައްސަލަ ހައްލުކުރުމަށް އެތަނުގައި ވިޔަފާރި ކުރާ 10 މީހުން ހިމެނޭ ކޮމިޓީއެއް އިކޮނޮމިކް މިނިސްޓްރީން އެކުލަވާލައި މަޝްވަރާ ކުރަން ނިންމައިފި އެވެ.

05 ޑިސެމްބަރ

December 05, 2016 17
ފްލެޓް ލިބުނު ބަޔަކު އަނެއްކާވެސް ހައުސިން އަށް!

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓް ލިބުނު ބައެއް މީހުން އެތަނަށް ފައިސާ ދައްކަން ހެދި ޕްލޭނަށް ވަކި ޖަވާބެއް ނުލިބޭތީ ހައުސިން މިނިސްޓްރީ އަށް މިއަދު ހިނގައްޖެ އެވެ.

04 ޑިސެމްބަރ

December 04, 2016 91
ފައިސާ ދެއްކޭނެ ގޮތެއް ނެތް، ލިބުނު ފްލެޓް ގެއްލެނީ!

މާލޭ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހުރި ބިމުގައި އިމާރާތްކުރި ފްލެޓްތައް ލިބުނު މީހުން، ޑައުންޕޭމަންޓްގެ ގޮތުގައި ދައްކަން ޖެހޭ ހަތަރު ލައްކަ ރުފިޔާ ދެއްކޭނެ ގޮތެއް ނެތިގެން، އެ ފްލެޓްތައް ދޫކޮށްލަން ޖެހިދާނެ ކަމުގެ ބިރު އުފެދިއްޖެ އެވެ.

24 ނޮވެމްބަރ

November 24, 2016 15
އިސްލާމީ މަރުކަޒު ސަރަހައްދުގައި އަލުން ޓައިލްސް ޖަހަނީ

އިސްލާމީ މަރުކަޒު ވަށައިގެން ޖަހާފައިވާ ބައެއް މާބްލްތަކުގައި ވަރަށް ބޮޑަށް ރެނދުލާފައިވާތީ އެ ޓައިލްސްތައް ނަގައި އަލުން އެ ސަރަހައްދު ހަދަން ނިންމާފައިވާ ކަމަށް ހައުސިން...

November 24, 2016 24
"ސިޔާސީ ހަރަކާތްތަކަށް ބިން ދޫކުރަނީ އިންސާފުން"

ސިޔާސީ ހަރަކާތްތައް ހިންގުމަށް ސިޔާސީ ޕާޓީތަކަށް މާލެ އިން ބިން ދޫކުރަނީ އެއްވެސް ތަފާތުކުރުމެއް ނެތި އިންސާފުވެރިކަމާ އެކުގައި ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު...

23 ނޮވެމްބަރ

November 23, 2016 28
މަގުތައް އަލުން ހަދާއިރު ގަސް އިންދާނެ ޖާގައެއް ނެތް!

ތޮއްޖެހިފައިވާ މާލޭގެ މަގުތައް އަލުން ހަދާއިރު ގަސް ނުއިންދާ ގޮތަށް ހަމަޖައްސާފައިވާތީ، ތިމާވެއްޓަށް ލޯބިކުރާ ބައެއް މީހުން ކަންބޮޑުވެއްޖެ އެވެ.

18 ނޮވެމްބަރ

November 18, 2016 28
ދެކޮޅު ހަދަމުން ދަނިކޮށް މީދޫ ފަރު ގޮއްވަން ފަށައިފި

އައްޑޫ މީދޫ ކައިރީ އޮންނަ އިސްމެހެލާހެރަ އާއި މީދު އާ ދޭތެރޭ ނެރު ކަނޑަން ފަރު ގޮއްވާލުމުގެ ހުއްދަ އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދިނުމުން އެކަމާ ބައެއް މީހުން ކަންބޮޑުވުން ފާޅު ކުރަމުން ދަނިކޮށް ފަރު ގޮއްވުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

15 ނޮވެމްބަރ

November 15, 2016 52
ދިރިއުޅުމުގެ ހާލަތު ބަދަލުވެއްޖެ، އުސޫލު ބަދަލެއްނުވޭ!

ދިގު ކިޔޫއެއްގައި ޖެހިގެން، ފްލެޓަށް އެދި 15،000 މީހުން ފޯމު ލީތާ ތިން އަހަރު ވަނީ އެވެ. ގެދޮރުވެރިކުރަން މި ސަރުކާރުން ހުޅުވާލި ފުރަތަމަ މަޝްރޫއުއާ އެކު ގިނަ ބަޔަކު އުއްމީދުކޮށްގެން ތިބީ ލަސްތަކެއް ނުވެ ބޯހިޔާވަހިކަން ލިބޭނެ ކަމަށެވެ. ޕޮއިންޓް ދޭން އާއްމުކުރި އުސޫލަށް ބަލައި އޭރު ބައެއް މީހުން ތިބީ ފްލެޓް ގާތްގަނޑަކަށް...

14 ނޮވެމްބަރ

November 14, 2016 7
278 ހައުސިން ޔުނިޓު އަޅަން ޗައިނާ ކުންފުންޏަކަށް

ސީ ލައިފް ގްލޯބަލް އިން ހުޅުމާލޭގައި އަޅާ 3،000 ހައުސިން ޔުނިޓްގެ ތެރެއިން ދެ ވަނަ ފިޔަވަހީގައި ހިމެނޭ 278 ފްލެޓް އަޅަން ޗައިނާގެ މެޓަލާޖިކަލް ކޮންސްޓްރަކްޝަން ގްރޫޕް (އެމްސީސީ)އާ...

November 14, 2016 21
އީސީސީ ހޮސްޕިޓަލަށް ހަދަން 161 މިލިއަނަށް އެލިއާއަށް

އައްޑޫ ހިތަދޫގައި ހުންނަ އިކުއެޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) 100 އެނދުގެ ޓާޝިއަރީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް 161.8 މިލިއަން ރުފިޔާ އަށް އެލިއާ ކޮންސްޓްރަކްޝަނާ...

13 ނޮވެމްބަރ

November 13, 2016 14
ގޯޅިތައް ހިތްފަސޭހަ ތަނަކަށް ހަދަން ޗައިނާ އެހީވަނީ

މާލޭގެ ހަތް ގޯޅިއަކާއި ވިލިމާލޭގައި ކުޑަކުދިންގެ ޕާކެއް ހެދުމަށް ޗައިނާ ސަރުކާރުން ހައުސިން މިނިސްޓްރީ އަށް ހަތް މިލިއަން ރުފިޔާގެ ހިލޭ އެހީއެއް މިއަދު ދީފި އެވެ.

04 ނޮވެމްބަރ

November 04, 2016 14
އައްޑޫ ފްލެޓްތަކުގެ ގުރުލުން މި މަހު ބާއްވަނީ

އައްޑޫގައި މިހާރު އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ގާތްގަނކަށް ނިމިފައިވާ ކަމަށާއި ފްލެޓްތަކަށް އެދި ކުރިމަތިލި މީހުންގެ މެދުގައި މި މަހުގެ ތެރޭގައި ގުރުއަތުލާނެ ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

01 ނޮވެމްބަރ

November 01, 2016 2
މަޖީދީ މަގު ހެދުމުގެ ދެވަނަ ބައި މާދަމާ ފަށަނީ

މާލޭގެ ބޮޑެތި ބައެއް މަގުތައް އަލުން ހެދުމުގެ މަޝްރޫއުގެ ދަށުން މަޖީދީ މަގުގެ ދެވަނަ ސެގްމެންޓްގެ މަސައްކަތް މާދަމާ ފެށުމަށް ނިންމައިފި އެވެ.

23 އޮކްޓޯބަރ

October 23, 2016 35
ރައީސް ޔާމީން ފިނި މައިޒާންތަކެއް ހުޅުއްވައިދެއްވައިފި

ހިތްފަސޭހަ މައިޒާނުގެ ގޮތުގައި މާލޭގައި ތަރައްގީ ކުރި ތިން ސަރަހައްދެއް ރައީސް އަބްދުﷲ ޔާމީން މިއަދު ހުޅުއްވައިދެއްވައިފި އެވެ.

20 އޮކްޓޯބަރ

October 20, 2016 2
މަގު ހެދުން ދިގުލައިގެން ދަނީ މޫސުމާ ހެދި: ހައުސިން

މާފަންނުކޮޅު މަޖީދީމަގުގެ ގާތަށް ނަގައި، އެ މަގު އަލުން ހެދުމުގެ މަސައްކަތް ކަނޑައެޅިފައިވާ މުއްދަތަށް ނުނިމި ދިގުލައިގެން ދަނީ މޫސުމް ގޯސްވުމާއި އިތުރު މައްސަލަތަކެއް ކުރިމަތިވެގެން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.

18 އޮކްޓޯބަރ

October 18, 2016 25
މައުމޫންގެ ޖަލްސާއަށް ދަރުބާރުގެ ނުދީ ޔާމީން ފެކްޝަނަށް

ދެ ފަޅި ވެފައިވާ، ވެރިކަންކުރާ ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރަން ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ބާއްވަވާ ޖަލްސާއަށް ދަރުބާރުގެ ދޫކުރުމަށް ފަހު އަތުލައިފި ކަމަށް ޕީޕީއެމްގެ މައުމޫން ފެކްޝަނުން ބުނެފި އެވެ.

13 އޮކްޓޯބަރ

October 13, 2016 21
ގެޒެޓް ކުރި އެންމެންނަށް ފްލެޓް ދޭން އަންގައިފި

ޓާޓާ ފްލެޓްތައް ލިބޭނެކަން ކުރިން ޔަގީންވެ، ގެޒެޓްގައި ނަން ހިމަނާފައިވާ އެންމެން ހިމަނައިގެން އެ ފްލެޓްތައް ހަވާލު ކުރުމުގެ މަސައްކަތް ކުރަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން އިއްޔެ އަންގައިފި އެވެ.

11 އޮކްޓޯބަރ

October 11, 2016 26
މަޖީދީމަގު ހަދަނިކޮށް ހޮޅިއެއް ފެޅި ނަޖިސް ލީކުވެއްޖެ

މަޖީދީމަގު އަލުން މަރާމާތުކުރުމުގެ މަސައްކަތްކުރަމުން ދަނިކޮށް ނަޖިސް ހޮޅިއެއް ފެޅި، މިއަދު ނަޖިސް ލީކުވެއްޖެ އެވެ. އަދި އެކަމާ ގުޅިގެން އެ ހިސާބުގެ ބައެއް ގޭގޭގެ ފާހާނާ ބޭނުންކުރަން ވެސް ވަނީ ހުރަސް އެޅިފަ އެވެ.

10 އޮކްޓޯބަރ

October 10, 2016 13
މެކޭނިކަލް ޕާކިން ސިސްޓަމް އަންނަ މަހު ގެންނަނީ

މާލޭގައި ކާރާއި ސައިކަލް ޕާކް ކުރެވޭ މެކޭނިކަލް ޕާކިން ސިސްޓަމްތައް އަންނަ މަހުގެ ފުރަތަމަ ހަފުތާގެ ތެރޭގައި ގެންނަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

October 10, 2016 6
ކާނިވާގައި ހުރި ކަޑަތައް ނުނަގަން ނިންމައިފި

ސައުދީ ސަރުކާރުގެ ހިލޭ އެހީގައި މާލޭގައި އަޅާ "ކިންގް ސަލްމާން" މިސްކިތް އިމާރާތް ކުރުމަށް ކާނިވާ ސަރަހައްދުގައި ހުރި ކަޑަތައް މި ވަގުތަށް ހުސް ނުކުރަން ހައުސިން މިނިސްޓްރީން...

October 10, 2016 4
ހައުސިންގެ އެޕް ދިރާގު ކަސްޓަމަރުންނަށް ހިލޭ

ހައުސިން މިނިސްޓްރީގެ އެޕްލިކޭޝަން، "ފަސޭހަ މަގު" ބޭނުންކުރާއިރު އިންޓަނެޓް ޗާޖްނުކުރާ ގޮތަށް ދިރާގުން ހަމަޖައްސައިފި އެވެ.

09 އޮކްޓޯބަރ

October 09, 2016 12
ގުރުލާން އުޅުނީ ހައުސިން އިން ދިން ލިސްޓަށް: އެޗުޑީސީ

ޓާޓާ ފްލެޓްތައް ތަރުތީބުކުރަން ގުރު ނަގަން އުޅުނީ ހައުސިން މިނިސްޓްރީން ދިން ލިސްޓަށް ކަމަށާއި އެ ލިސްޓަށް އެއްވެސް ބަދަލެއް އެ ކުންފުނިން ގެނެސްފައި ނުވާނެ ކަމަށް ހައުސިން...

October 09, 2016 9
އުދަ އަރާ ސަރަހައްދުގައި ކެފޭއެއް ހަދަން ބިން ދޫކޮށްފި

ހެންވޭރު ކާނިވާ ސަރަހައްދުން އާންމުކޮށް އުދައަރާ ދިމާލުގައި ކެފޭއެއް ހަދަން ހައުސިން މިނިސްޓްރީން ބަޔަކަށް ކުއްޔަށް ދީފި އެވެ.

08 އޮކްޓޯބަރ

October 08, 2016 24
ފްލެޓް ގުރުއަތު ނެގުން ފަސްކުރީ ދެ ލިސްޓު ތަފާތުވުމުން

ޓާޓާ ފްލެޓްތަކަށް ހޮވިފައިވާ މީހުންގެ ތެރެއިން 147 މީހަކަށް ލިބޭ ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނެގުމުގެ ކަންތައް މިދިޔަ ބުރާސްފަތިދުވަހު ކުރިއަށް ގެންދިއުމަށް ފަހު، އެކަން ފަސްކުރީ ފްލެޓްތަކަށް ހޮވިފައިވާ މީހުންގެ ލިސްޓާއި ގުރުއަތު ނަގާ ލިސްޓުގައި ތަފާތުތަކެއް ހުރުމުން ކަން "މިހާރު" އަށް އެނގިއްޖެ އެވެ.