03 އޯގަސްޓް

August 03, 2020 76
ފްލެޓް ލިސްޓު ލަސްވީ ކޮވިޑާ ހެދި މަސައްކަތް ހުއްޓުމުން

ހިޔާ މަޝްރޫއިން ފްލެޓް ލިބޭ ހައްގުވެރިންގެ ލިސްޓު ޖުލައި މަހު ފަހުކޮޅު އިއުލާން ނުކުރެވި ކޮމިޓީގެ މަސައްކަތް ހުއްޓިފައިވާ ކަމަށާއި އެއީ މުވައްޒަފަކު ކޮވިޑަށް ޕޮޒިޓިވްވެ ބައެއް މީހުން ކަރަންޓީންކުރަން ޖެހުމުން ކަމަށް އެ ކޮމިޓީން އިއްޔެ ބުނެފި އެވެ.

28 ޖުލައި

July 28, 2020 140
ފްލެޓްތައް ހުރީ ތަކުލީފް އުފުލަންޖެހޭ ގޮތަށް: އޭއޭއެމް

ހުޅުމާލޭގައި ހިޔާ މަޝްރޫއުގެ ދަށުން ހެދި 7،000 ފްލެޓަކީ، ބޯހިޔާވަހިކަމުގެ ރަނގަޅު މަޝްރޫއަކަށް ގެއްލުނު ފުރުސަތެއް ކަމަށާއި 16 ޓަވަރުގައި 40،000 މީހުން ދިރިއުޅެން ޖެހުމަކީ ސިއްހީ، އިޖުތިމާއީ އަދި ރައްކާތެރިކަމުގެ ގިނަ މައްސަލަތަކެއް ނުކުންނާނެ ކަމެއް ކަމަށް އާކިޓެކްޓްސް އެސޯސިއޭޝަން މޯލްޑިވްސް (އޭއޭއެމް) އިން ނެރުނު ރިޕޯޓްގައި...

13 ޖުލައި

July 13, 2020 24
މާލޭގައި މީހުން އުޅެނީ ކިހާ ޖާގައެއްގަތޯ ބެލިފައެއްނެތް

މާލޭގައި އާއިލާތައް ދިރިއުޅެމުން ދަނީ ކިހާ ޖާގައެއްގައިތޯ ބަލަމުންދާ ކަމަށާއި އެ ފަދަ މައުލޫމާތު، މިހާތަނަށް އެކަށީގެންވާ ގޮތެއްގައި ސަރުކާރަށް ހޯދިފައި ނުވާ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

06 ޖުލައި

July 06, 2020 18
ދިރިއުޅެން ކަމުނުދާ ތަންތަނުގައި 21،000 އާއިލާ!

މާލޭގައި، ދިރިއުޅެން ކަމުނުދާ ވަރުގެ ކުދި ތަންތަންކޮޅުގައި، 21،000 އާއިލާ އެބަތިބި ކަމަށާއި އެ އާއިލާތަކަށް ގެދޮރުވެރިކަން ހޯދައިދިނުމުގެ މަސައްކަތް މި ސަރުކާރުން ކުރާނެ ކަމަށް ހައުސިން އެންޑް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެ އެވެ.

17 ޖޫން

June 17, 2020 49
ގުޅިފަޅުން 6،000 ފްލެޓަށް ބިން ޚާއްސަކުރަން އެދެފި

ގުޅިފަޅުން އަލަށް ހިއްކާ ސަރަހައްދު އިގްތިސާދީ ކަންކަމަށް ޚާއްސަ ކުރުމުގެ ބަދަލުގައި، އެ ތަނުގައި މަދުވެގެން 6،000 ހައުސިން ޔުނިޓު އިމާރާތް ކުރެވޭ ވަރުގެ ބިމެއް ކަނޑައަޅަން ސަރުކާރަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުގެ އެންވަޔަރްމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީން ނިންމައިފި އެވެ.

24 ފެބުރުއަރީ

February 24, 2020 37
ވެށިފަހިން ލިއުންދީ ފްލެޓާއި ގޯތި ނުލިބޭ މީހުން ހޯދަނީ

އެމްޑީޕީގެ ވެރިކަމުގައި ފެށި ބޯހިޔާވަހިކަމުގެ މަޝްރޫއު "ވެށި ފަހި މާލެ" ޕްރޮގްރާމަށް ކުރިމަތިލީ މީހުންގެ ތެރެއިން ޝަރުތު ހަމަވެ، ފްލެޓާއި ގޯތި ލިބޭނެ ކަމުގެ ލިއުން ދީ، މިހާތަނަށް ބޯހިޔާވަހިކަން ހަމަނުޖެހި ތިބި ފަރާތްތަކުން އެކަން ހައުސިން މިނިސްޓްރީ އަށް އަންގަން މިއަދު އެދެފި އެވެ.

17 ފެބުރުއަރީ

February 17, 2020 36
މާލޭގައި ހަދާ ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ މަހު

މާލޭ ސިޓީގެ ރައްޔިތުންނަށް އަމާޒުކޮށްގެން އަޅާ 3،000 ހައުސިން ޔުނިޓުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވެއްޖެ އެވެ.

26 ޖެނުއަރީ

January 26, 2020 7
ނައިފަރުގައި 100 ހައުސިން ޔުނިޓު ހަދަން ހަވާލުކޮށްފި

ޅ. ނައިފަރުގައި 100 ހައުސިން ޔުނިޓު ހަދަން ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާ ހައުސިން މިނިސްޓްރީން މިއަދު ހަވާލުކޮށްފި އެވެ.

09 ޖެނުއަރީ

January 09, 2020 8
ދިއްދޫ ގެތައް އޭސީސީ، އޭޖީގެ ލަފާގެ މަތިން ދޫަކުރަނީ

ހއ. ދިއްދޫގައި، ކުރީގެ ރައީސް މުހައްމަދު ނަޝިދުގެ ސަރުކާރުން އިމާރާތް ކުރި ހައުސިން ޔުނިޓްތައް ދޫކުރުމުގެ ކަންކަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި އެޓާނީ ޖެނެރަލްގެ ލަފާގެ މަތިން ކުރަން ފަށާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

27 ޑިސެމްބަރ

December 27, 2019 192
ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއިކުރަނީ

މާލޭގައި މީހުން ދިރިއުޅޭ ތަންތަނުގެ ކުލި ކޮންޓްރޯލް ކުރަން ގޮވާލާ ޕެޓިޝަނެއްގައި ސޮއި ކުރަން ފަށައިފި އެވެ.

19 ނޮވެމްބަރ

November 19, 2019 79
7،000 ފްލެޓުގެ ޑިޒައިން ބަދަލުނުކުރަން ނިންމައިފި

ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓުގެ ޑިޒައިނަށް ބަދަލު ނުގެންނަން ސަރުކާރުން ނިންމައިފި އެވެ.

04 ނޮވެމްބަރ

November 04, 2019 12
ނޫމަޑީގެ ބަދަލު: މުއިއްޒުގެ ދިފާއު ގަބޫލެއްނުކުރި

ނޫމަޑިން ދައުލަތާ ދެކޮޅަށް އާބިޓްރޭޝަނަށް ހުށަހެޅި މައްސަލައިގައި ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔާން ދެއްވާފައި ނުވާނެ ކަމުގެ ޔަގީންކަން ދެއްވައި ދިފާއުވެވަޑައިގަތުމަށް ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްކެވި ވާހަކަތައް ގަބޫލުކުރައްވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި...

21 އޮކްޓޯބަރ

October 21, 2019 29
ފްލެޓު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން: އާޒިމް

މާލޭގެ ރައްޔިތުންނަށް ގެދޮރު ދޫކުރަންވީ މާލެ ސިޓީ ކައުންސިލުން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

15 އޮކްޓޯބަރ

October 15, 2019 22
ފްލެޓު ލިބުނު ބޭފުޅުންގެ މައްސަލަ ބަލަން ޖެހޭ: ވިސާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފްލެޓު ލިބިވަޑައިގެންނެވި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މައްސަލަތައް ބެލޭނެ ނިޒާމެއް...

October 15, 2019 75
ފުށިދިއްގަރު ފަޅަކީ މާލެ ރައްޔިތުންގެ ހައްގެއް: ބޮންޑޭ

މާލޭގެ ރައްޔިތުން ތިބީ "ހައްޔަރުކޮށްފައި" ކަމަށާއި އެ މީހުންނަށް ފުށިދިއްގަރުފަޅު ހައްގުވާ ކަމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު...

10 އޮކްޓޯބަރ

October 10, 2019 115
ރަށްރަށުގެ މެމްބަރުން ހުޅުމާލެއިން ގޯތި ހޯދަން ނޫޅޭތި

ރައްޔިތުންގެ މަޖިލީހުގެ "ރާއްޖެތެރޭގެ" މެމްބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) މިއަދު ގޮވާލައްވައިފި އެވެ.

06 އޮކްޓޯބަރ

October 06, 2019 31
ފްލެޓްތައް އަގުބޮޑުވުމުގެ ޝަކުވާ ނައިބު ރައީސަށް

ސޯޝަލް ހައުސިން ސްކީމުން ފުވައްމުލަކުގައި ދޫކުރި ފްލެޓްތަކަށް ކަނޑައެޅީ އަތްފޯރާ އަގެއް ނޫން ކަމަށް ބުނެ ހިތްހަމަނުޖެހުން ފާޅުކޮށް، ނައިބު ރައީސް ފައިސަލް ނަސީމްއާ ޕެޓިޝަނެއް އިއްޔެ ހަވާލުކޮށްފި އެވެ.

02 އޮކްޓޯބަރ

October 02, 2019 66
5 އަހަރުގެ ޕްލޭނެއް، 20،000 އާއިލާ އަށް ފްލެޓް

މަދުވެގެން 20،000 އާއިލާ އަށް ހައުސިން ޔުނިޓް އެޅުމާ އެކު މި ސަރުކާރުގެ ފަސް އަހަރުގެ ތެރޭގައި ކުރަން ރާވާފައި ހުރި ކަންކަން ހިމެނޭ އެކްޝަން ޕްލޭނެއް މިރޭ އިފްތިތާހްކޮށްފި އެވެ.

19 ސެޕްޓެމްބަރ

September 19, 2019 20
4،000 ހައުސިން ޔުނިޓް ނޮވެމްބަރުގައި ފަށަނީ

ބޯހިޔާވަހިކަމުގެ ހައްލު ހޯދަން މި ސަރުކާރުން ގެންގުޅޭ ޕްލޭންގެ ދަށުން އަންނަ ނޮވެމްބަރު މަހުގެ ތެރޭގައި 4،000 އަށް ވުރެ ގިނަ ހައުސިން ޔުނިޓް އިމާރާތް ކުރުމުގެ މަސައްކަތް ފަށާނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ދެއްވައިފި އެވެ.

25 އޯގަސްޓް

August 25, 2019 26
ގުޅިފަޅުން ބިން ގަތް މީހުންނަށް ގޯތި ދޭން ގަރާރެއް

އެމްޑީޕީގެ ސަރުކާރުގައި ހިންގި "ވެށިފަހި މާލެ" ޕްރޮގްރާމްގެ ދަށުން މާލެ އިން ކުދި ބިންކޮޅު ދޫކޮށްލި މީހުންނާއި ގުޅި ފަޅުން ގޯތި ގަނެފައިވާ މީހުންގެ ތެރެއިން ބައެއް މީހުންނަށް ބޯހިޔާވަހިކަން ލިބިފައި ނުވާތީ އެކަން ހަމަޖައްސަން ގޮވާލައި ރައްޔިތުންގެ މަޖިލިހަށް ގަރާރެއް ހުށަހަޅައިފި އެވެ.

24 އޯގަސްޓް

August 24, 2019 46
އަލަތު ކައިވެންޏާއެކު ގޯއްޗެއް ދިނުމަށް ގޮވާލާ ގަރާރެއް

ގެދޮރު ނެތް މީހުންނާއި އަލަށް ޒަވާޖީ ހަޔާތެއް ފަށާ ދިވެހިންނަށް ރަށްރަށުން ގޯތި ދިނުމަށް ގޮވާލައި، ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ މެމްބަރަކު މަޖިލިހަށް ގަރާރެއް ފޮނުއްވައިފި އެވެ.