05 ޖުލައި

July 05, 2018 53
އެމްޑީޕީގެ މެނިފެސްޓޯ: ފްލެޓު ގަތުމަށް ސަބްސިޑީއެއް

ފޯރުންތެރިކަން ކުޑަ މީހުންނަށް ގެދޮރު ނުވަތަ ފްލެޓު ގަތުމަށް ސަބްސިޑީއެއް ފޯރުކޮށްދޭން އެމްޑީޕީގެ މި އަހަރުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނައިފި އެވެ.

21 ޖޫން

June 21, 2018 7
ޓަވަރު އަޅައިދޭނެބަޔަކު ހޯދަން ފެނަކައިން އިއުލާނުކޮށްފި

އެތައް ހާސް ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހިންގާ އެންމެ ބިޔަ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ފެނަކަ އިން ހަދާ 15 ބުރީގެ ޓަވަރު އިމާރާތް ކޮށްދޭނެ ބަޔަކު ނުވެގެން ތިންވަނަ ފަހަރަށް އިއުލާން ކޮށްފި އެވެ.

19 ޖޫން

June 19, 2018 12
އައްޑޫ މީހުން އަތުން ނެގި ބިންތައް އަލުން ދޭން ފަށަނީ

އެމްޑީޕީގެ ވެރިކަމުގެ ދުވަސްވަރު ސ. ހިތަދޫ އީކުއަޓޯރިއަލް ކޮންވެންޝަން ސެންޓަރު (އީސީސީ) ސަރަހައްދުން ވަކިކުރި ގޯތިތައް އޭގެ ވެރި ފަރާތްތަކާ އަންނަ ހަފުތާ އިން ފެށިގެން ހަވާލުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

01 ޖޫން

June 01, 2018 18
އާދީއްތަ ދުވަހު ފްލެޓް ފޯމު ބަލައިގަންނަން ފަށަނީ

ބޯހިޔާވަހި ކަމަށް ހުޅުވާލި 7،000 ފްލެޓަށް އެދި ހުށަހަޅާ ފޯމުތައް އާދީއްތަ ދުވަހު ބަލައިގަންނަން ފަށާނެ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

22 މެއި

May 22, 2018 12
ހަ ރަށެއްގައި ހައުސިން ޔުނިޓް އަޅާނެ ބަޔަކު ހޯދަނީ

ސޯޝަލް ހައުސިން ސްކީމްގެ ދަށުން ހަ ރަށެއްގައި 500 ހައުސިން ޔުނިޓް އަޅައިދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން މިއަދު އިއުލާނުކޮށްފި އެވެ.

01 މެއި

May 01, 2018 39
ހިޔާ މަޝްރޫއުގެ 12 ކެޓަގަރީއަށް ފޯމު ދޫކުރަން ފަށަނީ

ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށް ސަރުކާރުން ހިންގާ "ހިޔާ" ޕްރޮގްރާމްގެ ދަށުން 12 ކެޓަގަރީ އަކަށް ފްލެޓުތަކަށް ކުރިމަތިލުމަށް އެދޭ ފޯމު، އަންނަ އާދިއްތަ ދުވަހު ދޫކުރުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

29 މާޗް

March 29, 2018 20
އެނދީ މި ސަރުކާރުގެ ފްލެޓް ފޯމުތަކެއް ނޫން: މުއިއްޒު

ވިލިމާލޭގެ ގުދަނެއްގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި، އެނދީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުޅުވާލި ބޯހިޔާވަހި ކަމުގެ މަޝްރޫއަކުން ފްލެޓަށް އެދިި ހުށަހެޅި ފޯމުތަކެއް ނޫން ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

28 މާޗް

March 28, 2018 72
ފްލެޓު ބެހި ގޮތުން އެތައް ބައެއްގެ ހުވަފެން ފެނަށް!

ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ 7،000 ފްލެޓް ކެޓަގަރީތަކަކަށް ބަހާލި ގޮތުން އެއިން އެއްވެސް ކެޓަގަރީއެއްގައި ލައްވާނުލުމުން އެތައް ބައެއްގެ އުންމީދުތައް ފެނަށް ވެއްޖެ އެވެ.

15 މާޗް

March 15, 2018 13
ހުޅުމާލޭގެ ޓަވަރުތަކުގެ ޕައިލިން މަސައްކަތް ނިމިއްޖެ

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އަޅާ 7،000 ހައުސިން ޔުނިޓްގެ 16 ޓަވަރު އިމާރާތުގެ ޕައިލިން މަސައްކަތް ނިމިފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީން) ން މިއަދު ބުނެފި އެވެ.

18 ފެބުރުއަރީ

February 18, 2018 67
ފްލެޓް ލިބޭ މީހުން ވަރަށް އަވަހަށް އިއުލާން ކުރާނަން

ކުރިއަށް އޮތް ސެޕްޓެމްބަރު މަހުގެ ތެރޭގައި ހުޅުމާލޭގައި 10،000އަށް ވުރެ ގިނަ ހައުސިން ޔުނިޓްގެ އަމަލީ މަސައްކަތް ފަށާނެ ކަމަށާއި އަދި އެ ފްލެޓްތައް ލިބޭ މީހުން ވަރަށް އަވަހަށް ކަނޑައަޅައި، އިއުލާން ކުރައްވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

07 ފެބުރުއަރީ

February 07, 2018 25
"ބޮޑެތި ޝަކުވާތަކެއް، އެއީ ސައްހަ ލިސްޓެއް ނޫން"

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުން ފްލެޓް ބެހީ އެތައް ބައެއްގެ އަތުން ބޯހިޔާވަހިކަމުގެ ހައްގު ނިގުޅައިގަތުމަށް ފަހު ކަން، ލީކުވި ލިސްޓުން ސާފުވެފައިވާ ކަމަށް ބުނެ ޝަކުވާ ބޮޑުވެއްޖެ އެވެ. އެކަމަކު ހައުސިން މިނިސްޓްރީން ބުނަނީ އެއީ ސައްހަ ލިސްޓެއް ނޫން ކަމަށެވެ.

01 ފެބުރުއަރީ

February 01, 2018
ދާންދޫގައި 87 ގެ އެޅުމަށް އިތުރު ތިން މިިލިއަަން ނެގި

ގއ. ދާންދޫގައި 87 ހައުސިން ޔުނިޓް އެޅުމަށް މޯލްޑިވްސް ޓްރާންސްޕޯޓް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން އިތުރު ތިން މިލިއަނަށް ވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް ހައުސިން މިނިސްޓްރީގެ އޮޑިޓަ ޖެނެރަލްގެ ރިޕޯޓުން އިއްޔެ ހާމަވެއްޖެ އެވެ.

31 ޖެނުއަރީ

January 31, 2018 8
ޓާޓާ ފްލެޓް ބީވި މީހުންނަށް ހުޅުމާލެ އިން ފްލެޓް ދެނީ

ފައިސާ ނުދެއްކިގެން ޓާޓާ ފްލެޓް ނުލިބުނު މީހުންނަށް، ހުޅުމާލޭގައި ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ދަށުން ފްލެޓް ދޭން ސަރުކާރުން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

17 ޖެނުއަރީ

January 17, 2018 20
ފްލެޓް ދޫކުރުން ލަސްވަނީ ބިންކޮޅަށް ގޮތެއް ނުނިމިގެން

މި ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުގައި ކެޓަގަރީ އެކަކުން ފްލެޓް ލިބުނު ބައެއް މީހުންނާ، އެ ފްލެޓްތައް ހަވާލުކުރުން ލަސްވަނީ ބިންކޮޅު ދޫކޮށްލުމުގައި އެއްބަސްވުމަކަށް ނާދެވިގެން ކަަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.

07 ޑިސެމްބަރ

December 07, 2017 10
އާ ފްލެޓްތައް ލިބޭ މީހުން ކަނޑައަޅަން ގުރުއަތު ލަނީ

ހުޅުމާލޭގައި އަލަށް އިމާރާތް ކުރި 661 ފްލެޓަށް ހޮވިފައިވާ މީހުންނަށް ފްލެޓް ހަވާލު ކުރުމަށްޓަކައި އެ މީހުންގެ މެދުގައި ގުރުއަތުލާން ފަށައިފި އެވެ.

04 ޑިސެމްބަރ

December 04, 2017 57
ރައީސަށް އިތުރު 5 އަހަރުދީ، ތަރައްގީ ކަށަވަރުވާނެ

ރައީސް އަބްދުﷲ ޔާމީނަށް އިތުރު ފަސް އަހަރު ދުވަހު ވެރިކަން ކުރައްވަން ރައްޔިތުން ފުރުސަތު ދީފި ނަމަ، ތަރައްގީ ކަށަވަރުވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު މިއަދު...

December 04, 2017 22
ޗައިނާ އިން އެޅި 1500 ފްލެޓު ސަރުކާރާ ހަވާލުކޮށްފި

ޗައިނާ މެޝިނަރީ އިންޖީނިއަރިން ކޯޕަރޭޝަން (ސީއެމްއީސީ) އިން ހުޅުމާލެ އާއި ރާއްޖޭގެ ދެކުނުގެ އަށް ރަށެއްގައި އެޅި 1500 ހައުސިން ޔުނިޓް ދިވެހި ސަރުކާރާ މިއަދު ހަވާލުކޮށްފި އެވެ.

03 ޑިސެމްބަރ

December 03, 2017 6
ފްލެޓް ވިއްކުން މަޑުޖައްސާލި ކަމަށް އެޗްޑީސީން ބުނެފި

މާލޭގެ ގާކޮއްޓާއި އަރަބިއްޔާ ސްކޫލް ކުރިން ހިންގި ބިމުގައި އިންޑިއާގެ ޓާޓާ ކުންފުނިން އިމާރާތް ކުރި ފްލެޓްތައް ވިއްކުން މެދުކަނޑާލިކަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ން މިއަދު އިއުލާންކޮށްފި އެވެ.

23 ނޮވެމްބަރ

November 23, 2017 31
ސްޓެލްކޯއިން ހުޅުމާލޭގައި 15 ބުރީގެ ދެ ޓަވަރު އަޅަނީ

ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫއުގެ ދަށުން ހުޅުމާލޭގައި ސްޓެލްކޯ އިން އަޅާ 15 ބުރީގެ ދެ ޓަވަރު އިމާރާތްކޮށްދޭނެ ބަޔަކު ހޯދަން އެ ކުންފުނިން މިއަދު އިއުލާންކޮށްފި އެވެ.

22 ނޮވެމްބަރ

November 22, 2017 50
ޗައިނާ ސްޓޭޓްއާ ހަވާލުކުރީ 16 ޓަވަރު: އެޗްޑީސީ

ހުޅުމާލޭގައި 80،000 މީހުންނަށް ފްލެޓް އިމާރާތް ކުރުމަށް އިއުލާން ކޮށްފައިވާ ބިޔަ މަޝްރޫއުގެ ހުރިހާ މަސައްކަތެއް ޗައިނާ ސަރުކާރު ހިއްސާވާ ކުންފުންޏެއް ކަމަށްވާ ޗައިނާ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީ)އާ ހަވާލުކޮށްފައިވާ ކަމަށް އަޑު ފެތުރުނު ނަމަވެސް އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ 25 ބުރީގެ 16...

19 ނޮވެމްބަރ

November 19, 2017 92
މާލެއަށް އެންމެން އަންނަން ރައީސް ގޮވާލައްވައިފި

މާލެ އަކީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ރަށް ކަމަށާއި އެހެންވެ، ހުރިހާ ރަށަކުން ވެސް މީހުން މާލޭގައި ދިރިއުޅެން އަންނަން ރައީސް އަބްދުﷲ ޔާމީން ރޭ ގޮވާލައްވައިފި އެވެ.