23 އޮކްޓޯބަރ

October 23, 2019
"ވޯ" ގެ އާމްދަނީ 300 ކްރޯޑަށް

ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) އިން މި މަހުގެ 2 ވަނަ ދުވަހު ރިލީޒްކުރި އެކްޝަން ތުރިލާ "ވޯ" ގެ އާމްދަނީ 300 ކްރޯޑް ރުޕީސް (42 މިލިއަން ޑޮލަރު) އަށް އަރައި މި އަހަރު މިހާތަނަށް އިންޑިއާ އިން އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމުގެ މަގާމު ވެސް ހޯދައިފި އެވެ.

09 އޮކްޓޯބަރ

October 09, 2019
"ވޯ" ހަފުތާއަކުން 200 ކްރޯޑް ހޯދައިފި

މި މަހުގެ ދެ ވަނަ ދުވަހު ރިލީޒްކުރި، ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ "ވޯ" ހަފުތާއެއްގެ ތެރޭގައި 200 ކްރޯޑް (28 މިލިއަން) ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

08 އޮކްޓޯބަރ

October 08, 2019 1
"ވޯ" ގެ ދެވަނަ ބައެއް ވެސް ގެނެސްދޭނެ

އިންޑިއާގެ ބޮކްސް އޮފީސް މިހާރު ފަތަހަކޮށްފައިވާ ފިލްމު "ވޯ" ގެ ދެވަނަ ބައެއް ވެސް ގެނެސްދޭނެ ކަމަށް ޑައިރެކްޓަރު ސިދާތު އާނަންދު ބުނެފި އެވެ.

05 އޮކްޓޯބަރ

October 05, 2019 1
"ވޯ" ތިން ދުވަހުން 100 ކްރޯޑް ހޯދައިފި

މިދިޔަ ބުދަ ދުވަހު ރިލީޒްކުރި ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ އެކްޝަން ތުރިލާ "ވޯ" ތިން ދުވަސްތެރޭ 100 ކްރޯޑް (14 މިލިއަން) ޑޮލަރުގެ އާމްދަނީއެއް ހޯދައިފި އެވެ.

04 އޮކްޓޯބަރ

October 04, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަކްޝޭ ކުމާރު ޓްރާންސް ޖެންޑާ ކެރެކްޓާއަކުން ފެންނަ ހޮރޯ-ކޮމެޑީ "ލަކްޝީ ބޮމްބް" ގައި އޭނާ ފެންނާގެ ގޮތުގެ ފޮޓޯއެއް ދައްކާލައިފި އެވެ.

27 ސެޕްޓެމްބަރ

September 27, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ މަހުގެ 2 ގައި ރިލީޒްކުރާ ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ" ގެ އެޑްވާންސް ބުކިން އަށް މިއަދު ހުޅުވާލައިފި އެވެ.

22 ސެޕްޓެމްބަރ

September 22, 2019
ރިތިކާއި ޓައިގާގެ ކުރިމަތިލުމެއް ލަވައަކުން

އަންނަ މަހުގެ 2 ގައި ރިލީޒްކުރާ ފިލްމު "ވޯ" އަކީ ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ވަރުގަދަ ކުރިމަތިލުންތަކެއް ފެންނާނެ ފިލްމެކެވެ. ވަކިން ހާއްސަކޮށް ފިލްމުގައި ދެ ތަރިންގެ ތަޅާފޮޅުންތައް ވަރުގަދަވާނެ އެވެ.

08 ސެޕްޓެމްބަރ

September 08, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

މިދިޔަ މަހުގެ 19 ވަނަ ދުވަހު ޝޫޓިން ފެށި، އަޖޭ ދޭވްގަންގެ ފުޓްބޯޅަ ފިލްމު "މައިދާން" ގެ ފުރަތަމަ ޝޫޓިން ޝެޑިއުލް ނިންމާލައިފި އެވެ.

28 އޯގަސްޓް

August 28, 2019 1
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ކުރިމަރިލުންތަކެއް ފެނިގެންދާ ފިލްމު "ވޯ" ގެ ޓީޒާ ދައްކައިލިތާ މަހަކަށް ވުރެ ގިނަ ދުވަސް ފަހުން ފިލްމުގެ ރަސްމީ ޓްރެއިލާ ދައްކާލައިފި އެވެ.

24 އޯގަސްޓް

August 24, 2019
"ވޯ" އާ ހަނގުރާމަ ނުކުރަން "މަރުޖާވާ" ފަސްކޮށްފި

އޮކްޓޯބަރު 2 ގައި ރިލީޒްކުރަން ތާވަލުކޮށްފައި އޮތް ޓީ ސީރީޒްގެ ފިލްމު "މަރުޖާވާ" ޔާޝްރާޖް ފިލްމްސް (ވައިއާރްއެފް) ގެ "ވޯ" އާ އެއް ދުވަހެއްގައި ބޮކްސް އޮފީހުގެ ކުރިމަތިލުމަކަށް ދާން ބޭނުންނުވާތީ ފިލްމު ރިލީޒްކުރުން ފަސްކޮށްފި އެވެ.

13 އޯގަސްޓް

August 13, 2019
ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ކާމިޔާބު ގިނަ ފިލްމުތަކެއް ގެނެސް ދީފައިވާ ޑައިރެކްޓަރު ޑޭވިޑް ދަވަންގެ 45 ވަނަ ފިލްމު "ކޫލީ ނަމްބަރު 1" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

16 ޖުލައި

July 16, 2019 1
ރިތިކާއި ޓައިގާގެ ކުރިމަތިލުމަކީ "ވޯ"

ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް ބައިވެރިވާ ފިލްމުގެ ނަމަކީ "ފައިޓާ" ކަމަށް މީޑިއާތަކުން ކުރި ބުނި ނަމަވެސް، އެ ފިލްމުގެ ނަމަކީ "ވޯ" ކަން ހާމަކޮށް، ފިލްމުގެ ފުރަތަމަ ޓީޒާ ޓްރެއިލާ ދައްކާލައިފި އެވެ.

03 ޖޫން

June 03, 2019
ރިތިކާއި ޓައިގާގެ ފިލްމުގެ ނަމަކީ "ފައިޓާ"

ޝޫޓިން ނިންމާލައި މިހާރު ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގައި އޮތް، ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފްގެ ފިލްމުގެ ނަމަކީ "ފައިޓާ" ކަމަށް ބައެއް ނޫސްތަކުން ބުނެފި އެވެ.

30 އޯގަސްޓް

August 30, 2018 3
މީޑިއާ ދެކެ އަނެއްކާވެސް ރިތިކް ރުޅިގަދަވެއްޖެ

ރިތިކް ރޯޝަން މީޑިއާ ދެކެ އެންމެ ބޮޑަަށް ހިތްހަމަނުޖެހި ރަތަށް އެރި ދުވަސްވަރަކީ އޭނާ އާއި ބަތަލާ ކަންގަނާ ރަނާވަރު ލޯބީގެ މައްސަލަގަނޑެއްގައި ކޯޅުނު ދުވަސްވަރު އެވެ. އޭގެ ފަހުން އިހަކަށް ދުވަހު، ސަންޖޭ ލީލާ ބަންސާލީގެ ފިލްމެއް އޭނާ އަށް ހުށަހެޅުމުން އެ ފިލްމް ގަބޫލު ނުކޮށް، ބޮލާލައި ޖެހި ކަމަށް ބުނާ ވާހަކަތަކެއް މީޑިއާތަކުގައި...

22 ޖުލައި

July 22, 2018
ރިތިކާއި ޓައިގާގެ ފިލްމް ހަ ގައުމެއްގައި ޝޫޓް ކުރާނެ

ރިތިކް ރޯޝަނާއި ޓައިގާ ޝްރޮފް އަދި ވާނީ ކަޕޫރް ލީޑް ރޯލް ކުޅޭ ޔާޝްރާޖް ފިލްމްސް (ވައިިއާރްއެފް) ގެ އަދި ނަން އިއުލާންކޮށްފައި ނުވާ ފިލްމް ދުނިޔޭގެ ހަ ގައުމެއްގެ އަގު ބޮޑު، ހިތްގައިމު ލޮކޭޝަންތަކުގައި ޝޫޓް ކުރާނެ ކަމަށް އެ ފިލްމްގެ ޑައިރެކްޓަރު ސިދާތު އާނަންތު ބުނެފި އެވެ.