03 ސެޕްޓެމްބަރ

September 03, 2018 1
ވާވޭ ނޯވާ 3އައި: ބާރުގަދަ ފޯނެއް، ހެޔޮ އަގުގައި

އަމިއްލަ ގައުމު، ޗައިނާއިން ބޭރަށް ނިކުމެ އާންމުނަށް ފަރިތަވުމަށް ވާވޭ ބޭނުންކުރި ހަތިޔާރަކީ ސްމާޓްފޯނެވެ. ވާވޭ އަކީ އަބަދުވެސް މުއާސަލާތީ އާލާތްތައް އުފައްދާ ކުންފުންޏެކެވެ. އެހެންކަމުން އާލާތްތައް ސްމާޓްކޮށް، އާންމުނަށް ދެކެފަތިވާން ވާވޭ އަށް ދުވަސްތަކެއް ގުނާކަށް ނުޖެހުނެވެ.

27 އޯގަސްޓް

August 27, 2018
މެދުފަންތީގެ ފޯނުތަކަށް ބާރުގަދަ ފީޗާތައް

ސްމާޓްފޯން ކުންފުނިތަކުގެ މެދުގައި ވާދަވެރި މާކެޓަކަށް އިންޑިޔާ ވަނީ އެވެ. ޗައިނާ އަށް އުފަން ވާވޭ އަދި ޝޯމީ ބާރުގަދަ ފީޗާތާކާ އެކު އިންޑިޔާ އަށް އަރައި ސްމާޓްފޯން މާކެޓަށް ވަނީ ގަދަވެގެންފަ އެވެ. އެޕަލް އަދި ސެމްސަންގަށް މިކަން ވެފައި ވަނީ ރިހުމަކަށެވެ.

25 އޯގަސްޓް

August 25, 2018 4
5ޖީ ނެޓްވޯކްތަކުން ވާވޭ އަދި ޒީޓީއީ ބޭރުކޮށްލައިފި

މުޅި ދުނިޔެ 5ޖީ ނެޓްވޯކަށް ތައްޔާރުވަނީ އެވެ. ހާޑްވެއާ އުފައްދާ ކުންފުނިތަކުން 5ޖީ އާލާތްތައް އުފައްދަނީ އެވެ. ޗައިނާގެ ވާވޭ އަދި ޒީޓީއީ ވެސް އަވަދި ނެތި "ފިފްތު ޖެނެރޭޝަން" އާލާތްތައް އުފައްދައި ޓެސްޓްކުރަނީ އެވެ.

14 އޯގަސްޓް

August 14, 2018
ފަތްޖެހޭ ފޯނު އުފެއްދުމުގެ ޝަރަފް ސެމްސަންގް ބޭނުން

ސްމާޓްފޯން މާކެޓަށް އާ ޓެކްނޮލޮޖީ ތައާރަފުކުރާ ބަޔަކަށް ސެމްސަންގް ވެ އެވެ. ފަތްޖެހޭ ސްމާޓްފޯނަކާ ދިމާއަށް ކުންފުނިތައް މިސްރާބުޖަހާފައި ވާއިރު، ފަށްޖެހޭ ސްމާޓްފޯނެއް އެންމެ ފުރަތަމަ އުފައްދާ ބަޔަކަށް ވާން ގިނަ ކުންފުނިތަކުން ޝައުގުވެރިވެ އެވެ.

02 އޯގަސްޓް

August 02, 2018 9
އެޕަލް ތިން ވަނަ އަށް ވައްޓާލައިފި، ވާވޭ ދެވަނާގައި

ވާވޭ ސްމާޓްފޯނުތައް އެމެރިކާ އަށް ވަނަނުދިނުމަށް އެމެރިކާއިން ކުރި މަސައްކަތްތަކުން ފައިދާއެއް ނުކުރި އެވެ. ނަތީޖާ އަދި ދައްކަނީ އެހެންނެވެ. ސްމާޓްފޯން ވިޔަފާރީގައި އެޕަލް ތިންވަނަ އަށް ވައްޓާލައި، ޗައިނާގެ ވާވޭ ދެވަނަ މަގާމު ކަށަވަރުކޮށްފި އެވެ.

31 ޖުލައި

July 31, 2018
އާ ހޯދުންތަކަށް ވާވޭ އިންވެސްޓްކުރަނީ

އިލެކްޓްރޯނިކް ދުނިޔެ 5ޖީ ރޭހުގައި ވާދަކުރަނީ އެވެ. ކޮޅެއްގައި ނުޖެހި ބާކީވާން އެއްވެސް ބަޔަކު ނޭދެ އެވެ. ބޮޑެތި އިންވެސްޓްމަންޓްތަކާ އެކު، ކުރި އަށް ހުރި މަސައްކަތްތަކަށް ބަޖެޓް ކަނޑައަޅަމުން އަންނައިރު، އާ ހޯދުންތަކަށް 15 ބިލިއަން ޑޮލަރަށް ވުރެ އިތުރަށް ޚަރަދުކުރަން ޗައިނާގެ ވާވޭ ކުންފުނިން ވަނީ ނިންމާފަ އެވެ.

11 ޖުލައި

July 11, 2018
ވާވޭ ސުޕަޗާޖް: އެންމެ ހަލުވި ފާސްޓް ޗާޖިން

ސްމާޓްފޯން ބެޓެރީ އަވަހަށް ޗާޖުކޮށްދޭ ޓެކްނޮލޮޖީތައް އަޅާކިޔާލުމުން، ވާވޭ އަށް ރަސްކަން ލިބިއްޖެ އެވެ. މާކެޓްގައި މި ވަގުތު ލިބެން ހުރި ފާސްޓް ޗާޖިން ޓެކްނޮލޮޖީތައް ފަރަގުކޮށް ޓައިމަރުޖެއްސުމުން، އެއްވަނަ ލިބިފައި ވަނީ ވާވޭ "ސުޕަޗާޖް" އަށެވެ.

17 ޖޫން

June 17, 2018 1
އެޕަލް އަށް ވުރެ ކުރިއަރަން ވާވޭ އަމާޒުހިފައިފި

ވާވޭ އިން 200 މިލިއަން ސްމާޓްފޯން ވިއްކަން އަމާޒުހިފައިފި އެވެ. ބޭނުމަކީ ސްމާޓްފޯން މާކެޓްގައި އެޕަލް ތިން ވަނަ އަށް ވައްޓާލުމެވެ. ސްމާޓްފޯން މާކެޓްގައި ވާވޭ މިހާރު އޮތި ތިން ވަނައިގަ އެވެ. ސެމްސަންގް އެއްވަނައިގަ އެވެ. އެޕަލް ދެވަނައިގަ އެވެ.

30 މެއި

May 30, 2018 3
އޮޅާލެވޭ އޯލެޑް ޑިސްޕްލޭ ވާވޭ ފޯނުތަކަށް އުފައްދަނީ

ސްމާޓްފޯން ކުންފުނިތަކުން މިހާރު ތިބީ ރޭހަކަށް ނިކުމެ އެވެ. ސްކްރީން އޮޅާލެވޭ ފޯނެއް އެންމެ ފުރަތަމަ އުފެއްދެނީ ކޮން ބަޔަކަށްތޯ ބެލުމަށެވެ. ސެމްސަންގް އުންމީދުކުރަނީ ސްކްރީން އޮޅާލެވޭ ފޯނެއް، އަންނަ އަހަރު މާކެޓަށް ނެރުމަށެވެ. ވާވޭ ބުނަނީ ސެމްސަންގަށް ވުރެ ކުރިން އެކަން ކާމިޔާބުކުރާނެ ކަމަށެވެ.

22 މެއި

May 22, 2018
އެޕަލް "ކޯލްކިޓް" ޗައިނާ ސްޓޯރުން ނަގަން އަންގައިފި

ޗައިނާ އެޕްސްޓޯރުން "ވީޕީއެން" އެޕްތައް ނެގުމަށް، މިދިޔަ އަހަރު ޖުލައިގައި، އެޕަލް އަށް އެ ގައުމުން އެންގި އެވެ. އެޕަލް އިން އެ އަމުރަށް ކިޔަމަންވެ، އަމުރު ތަންފީޒުކުރި އެވެ. ޗައިނާއިން މިހާރު އެދެނީ، "ކޯލްކިޓް ފްރޭމްވޯކް" އަށް ބަރޯސާކުރާ ތާޑްޕާޓީ އެޕްލިކޭޝަންތައް، ޗައިނާ އެޕްސްޓޯރުން ނެގުމަށެވެ. އެޕަލް އިން މި އަމުރަށް ވެސް...

14 މެއި

May 14, 2018 3
ވާވޭގެ އެންމެ ފަހުގެ ފޯނުތައް އުރީދޫން ވިއްކަނީ

ވާވޭގެ އެންމެ ފަހުގެ އުފެއްދުން ކަމަށްވާ ޕީ20 އަދި ޕީ20 ޕްރޯ ސީރީސްގެ ފޯނުތައް އުރީދޫން ރާއްޖޭގައި ވިއްކަން ފަށައިފި އެވެ.

09 މެއި

May 09, 2018 3
ޗައިނާ އިން ސެމީކޮންޑަކްޓާ ސިނާއަތް ބާރުގަދަކުރަނީ

ސެމީކޮންޑަކްޓާ ސިނާއަތް ފުޅާކޮށް ބާރުގަދަކުރުމަށް ޗައިނާއިން 47.4 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް ފަންޑެއް ހުޅުވަނީ އެވެ. މި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތަކާ ބެހޭ ގޮތުން މަޝްވަރާކުރުމަށް، ސަރުކާރުން އިސްނަގައިގެން ވަނީ މަޝްވަރާތައް ފަށައިފަ އެވެ. އެ ގޮތުގައި، ޗިޕް ސިނާއަތުގައި ނަގާކިޔާ ކުންފުނިތަކާ އެއް މޭޒު ދޮށުން...

02 މެއި

May 02, 2018 2
ވާވޭ އިން އަމިއްލަ އޮޕަރޭޓިން ސިސްޓަމެއް އުފައްދަނީ

އީރާނަށް ދަތިކުރުމަށް އެމެރިކާއިން އެޅި ފިޔަވަޅު ދެމެހެއްޓުމުގައި ޗައިނާގެ ޒެޑްޓީއީ ކޯޕޮރޭޝަނުން އެއްބާރުލުމެއް ނުދިނެވެ. އެ ކަމަށް އޮތް އަދަބަކީ ޒެޑްޓީއީގެ އުފެއްދުންތައް އެމެރިކާ އަށް އެތެރެނުކުރެވުމެވެ. އަދި ޒެޑްޓީއީ ސްމާޓްފޯނުތަކުގައި ބޭނުންކުރުމަށް އެމެރިކާ ކުންފުނިތަކުން ބައިތައް އުފައްދައިނުދިނުމެވެ. މި އަދަބު 2025...

19 މާޗް

March 19, 2018 1
އެންޑްރޮއިޑް ވެއާގެ އާ ނަމަކީ "ވެއާ އޯއެސް"

"އެންޑްރޮއިޑް ވެއާ" އަކީ ގޫގުލް މޮބައިލް އޮޕަރޭޓިން ސިސްޓަމް، އެންޑްރޮއިޑްގެ ބާވަތެކެވެ. އެންޑްރޮއިޑް ވެއާގެ ނަން ބަދަލުކޮށް މިހާރު ކިޔަނީ "ވެއާ އޯއެސް" އެވެ. އޮޕަރޭޓިން ސިސްޓަމްގެ ނަން އެއް ނަމުން އެހެން ނަމަކަށް ބަދަލުކުރުމަކުން އެއިން ކޮށްދޭ މަސައްކަތެއް ބަދަލެއް ނުވެ އެވެ. ވެއާ އޯއެސް ޚާއްސަކޮށްފައި ވަނީ ސްމާޓް ގަޑިތަކަށް އަދި...

01 މާޗް

March 01, 2018
ވާވޭ މޭޓް 10 ޕްރޮ: ސްޕޯޓްސް ކާރެއް ދުއްވައިފި

އެމެރިކާގައި ވާވޭ ފޯނުތައް ވިއްކުން މަނާކުރުމަށް ކުރެވެން ހުރި ހުރިހާ ކަމެއް ކުރުމަށް ސަރުކާރު ސްޕޮންސާކުރަނީ އެވެ. ވާވޭ ފޯނުތައް ވެފައި ވަނީ އެމެރިކާ އަށް، ގައުމީ ނުރައްކަލަކަށެވެ. ޖާސޫސްކުރުން، ހެކްކުރުން އަދި އިންޓަނެޓަށް ޖަރާސީމު އެޅުން ނޫން ކަމެއް، ޗައިނާ އަށް އުފަން ވާވޭ ފޯނުތައް ނުކުރެ އެވެ. ވާވޭ ފޯނުތަކާ މެދު...

16 ޖެނުއަރީ

January 16, 2018
ސެމްސަންގް ކުށްވެރިވެއްޖެ

ޗައިނާގައި އުފައްދައި އެ ސަރަހައްދުގައި ބޭނުންކުރުމަށް ވާވޭ އަށް ހުއްދަ ލިބިފައި އޮތް "4ޖީ" މުވާސަލާތީ ޓެކްލޮނޮޖީ، ސެމްސަންގް ޑިވައިސްތަކުގައި ބޭނުންކުރާ ކަމަށް ވާވޭ ތުހުމަތުކުރެ އެވެ. ވާވޭއިން ވަނީ އެކަމާ ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ. އަދި ކޯޓު މެދުވެރިކޮށް ސުލްހަވެރި ހައްލެއް ހޯދަން ވެސް އެދުނެވެ.

11 ޖެނުއަރީ

January 11, 2018
ވާވޭ އަށް އޭޓީއެންޓީ އަދި ވެރައިޒަން ޖާގައެއް ނުދިން

އޭޓީއެންޓީ އަަދި ވެރައިޒަން އަކީ އެމެރިކާގައި މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ދެ ކުންފުންޏެވެ. އެމެރިކާގައި ސްމާޓްފޯނުތައް ވިއްކުމަށްޓަކައި، މި ނެޓްވޯކްތަކާ މަޝްވަރާކުރަން ޖެހެ އެވެ. އެ މީހުން ބުނާ ބަދަލުތައް ފޯނަށް ނުވަތަ ޑިވައިސްތަކަށް ގެންނަން ވެސް ޖެހެ އެވެ.

21 ޑިސެމްބަރ

December 21, 2017
އިންޑިޔާގައި އައިފޯނު އަގުބޮޑުކޮށްފި

އިންޑިޔާ އަށް އެތެރެކުރާ މޮބައިލް ފޯނު އަދި ގުޅުން ހުރި އިލެކްޓްރޯނިކް އާލާތްތަކުން ނަގާ ޓެކްސް ބޮޑުކުރުމާ ގުޅިގެން، އިންޑިޔާގައި އައިފޯނު ވިއްކާ އަގުތައް ބޮޑުކޮށްފި އެވެ. ނަމަވެސް އިންޑިޔާގައި އުފައްދާ އެ ފަދަ ބާވަތްތަކުގެ އަގު ބޮޑެއް ނުކުރެ އެވެ.

04 ޑިސެމްބަރ

December 04, 2017 7
އައިފޯން 10ގައި ފާސްޓް ޗާޖިން ސްޕީޑް ދަށް

އެންޑްރޮއިޑް ބައެއް ފޯނުތަކުގައި ފާސްޓް ޗާޖިން ޓެކްނޮލޮޖީ މާ ފުރިހަމަ ކަމަށް "ޓޮމްސް ގައިޑް" އިން ކުރި ދިރާސާއަކުން ދައްކައިފި އެވެ. އައިފޯން 10 އަށް ވުރެ "ވަންޕްލަސް 5ޓީ" އަދި "އެލްޖީ ވީ30" ވެސް، ފާސްޓް ޗާޖް މޯޑްގައި، މާ އަވަހަށް ބެޓެރީ ޗާޖްކުރެ އެވެ.

03 ޑިސެމްބަރ

December 03, 2017
ޓްރޫކޯލާ ފޮހެލަން އިންޑިއާ ސިފައިންނަށް އަންގައިފި

ސްމާޓްފޯނުތައް ބޭނުންކުރުމުގައި ސަމާލުވުމަށް، އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ސިފައިންނަށް އަންގައިފި އެވެ. ފޯނުތަކުގައި ބޭނުންކުރާ 42 އެޕްލިކޭޝަނެއް ފޮހެލަން ސިފައިންނަށް ވަނީ އަންގައިފަ އެވެ. ފޮހެލަންޖެހޭ އެޕްލިކޭޝަންތަކުގެ އަދަދަށް ބަދަލު އަތުވެދާނެ ކަމަށް ބެލެވެ އެވެ.