14 ޖުލައި

July 14, 2020 11
ހުޅުމާލެ ފެސިލިޓީގައި ބާކީ ހުރީ 30 މީހުންގެ ޖާގަ

ކޮވިޑް-19 އަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހެދި މެޑިކަލް ފެސިލިޓީގައި މިހާރު ބާކީ ހުރީ 30 މީހުންގެ ޖާގަ ކަމަށް އައިޖީއެމްއެޗްއިން މިރޭ ބުނެފި އެވެ.

12 ޖުލައި

July 12, 2020 17
ގިނަ ތަންތަނުން އަމަލުކުރަނީ އުސޫލާ ޚިލާފަށް: އެޗްޕީއޭ

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް ދިން ބޮޑު ލުޔާއެކު، "ނިއު ނޯމަލް" ގެ ޚާއްސަ އުސޫލުން ޚިދުމަތްތައް އާންމުންނަށް ހުޅުވާލައިފައިވީ ނަމަވެސް ގިނަ ތަންތަނުން އަމަލުކުރަނީ އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް ކަމަަށް އެ އިދާރާ އިން މިއަދު ބުނެފި އެވެ.

05 ޖުލައި

July 05, 2020 15
ކޮވިޑް-19: ފިޔަވަތިން 21 ކުއްޖަކު ކަރަންޓީނަށް

ހުޅުމާލޭގައި ހުންނަ ކުޑަކުދިންް ބަލަހައްޓާ މަރުކަޒު، ފިޔަވަތީގެ މުވައްޒަފަކަށް ކޮވިޑް-19 ޖެހިފައިވާ ކަމަށާއި އެ ކޭސްއާ ގުޅިގެން ފިޔަވަތީގެ ގިނަ އަދަދެއްގެ ކުދިންނާއި މީހުން ކަރަންޓީނުކޮށްފައިވާ ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

30 ޖޫން

June 30, 2020 10
ހުއްދަނެތި ރޭގަނޑު 11 ޖަހަންދެން ބޭރުގައި އުޅެވޭނެ

ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުނަށް ދިން ލުއިތަކާ އެކު މާދަމާ އިން ފެށިގެން ރޭގަނޑު 11 ޖަހަންދެން ހުއްދަ ނެތި ބޭރުގައި އުޅެވޭ ގޮތަށް...

June 30, 2020 4
ތިން މަހަށް ފަހު ކެފޭ/ރެސްޓޯރަންޓް މާދަމާ ހުޅުވާލަނީ

ތިން މަހަށް ވުރެ ގިނަ ދުވަހު، މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގައި ޑެލިވަރީ އާއި ޓޭކް އަވޭ ނޫން ހިދުމަތެއް ނުދީ ބަންދުކޮށްފައި ބެހެއްޓުމަށް ފަހު، މާދަމާ އަލުން އާންމުންނަށް...

23 ޖޫން

June 23, 2020 26
ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކުރި

ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

15 ޖޫން

June 15, 2020 11
ތަފާތު އިހުސާސްތަކާ އެކު ހިތްހަމަޖެހުމުގެ ނޭވާއެއް

ދެ މަހުގެ ބަންދުން ވީއްލެން މިއަދަށް ކުރަން ޖެހުނީ ދިގު އިންތިޒާރެކެވެ؛ ފަތިހު 5:30 ވި އިރު މާލޭގެ ލޮނުޒިޔާރަތްކޮޅު އޮތީ ފުރިފަ އެވެ. ކޮވިޑް-19 އިން ރައްކާތެރިވާން އެޕްރީލް، 15، ގައި މާލޭގައި އިއުލާންކުރި ލޮކްޑައުން ނިމުމަކަށް ގެނައުމުގެ ފިޔަވަހި މިއަދު ފެށުމާ އެކު ގިނަ ބައެއްގެ މިސްރާބު ހުރީ މާލޭގައި ހިތަށް ފިނިކަމެއް ލިބޭނެ އެ...

June 15, 2020 7
މާލެ ނޫން އެހެން ރަށްރަށުގެ ފިޔަވަޅުތައް އުވާލައިފި

ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން މާލެ ފިޔަވައި، އެހެން ރަށްރަށުގައި އަޅާފައިވާ ހާއްސަ ފިޔަވަޅުތައް މިއަދުން ފެށިގެން އެޗްޕީއޭ އިން އުވާލައިފި އެވެ.

June 15, 2020 18
"ގޭގައި ތިބި މީހުންނަށް ބަލި ގެންދާ މީހަކަށް ނުވާތި"

މާލެ އިން ކޮވިޑް-19 ފެނުމާއެކު އިއުލާންކޮށްފައިވާ ލޮކްޑައުން އަށް މާދަމާ އިން ފެށިގެން ބޮޑެތި ލުއިތަކެއް ދޭއިރު އަދިވެސް ބައްޔާ މެދު ސަމާލުވެގެން އުޅުމަށާއި ގޭގައި ތިބި އުމުރުން...

14 ޖޫން

June 14, 2020 34
މާލޭގެ މިސްކިތްތައް ހުޅުވާލައިފި، ޖަމާއަތެއް ނުހެދޭނެ

މާލެ ސަރަހައްދުގެ މިސްކިތްތައް މިރޭގެ މަގުރިބް ނަމާދާ އެކު ހުޅުވާލައިފި އެވެ. އެކަމަކު އަދިވެސް ޖަމާއަތުގައި ނަމާދުކުރުމުގެ ހުއްދައެއް ނެތެވެ.

11 ޖޫން

June 11, 2020 13
އަންނަ މަހުން ފެށިގެން ކެފޭ/ރެސްޓޯރެންޓްތައް ހުޅުވާނެ

އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގެ ކެފޭތަކާއި ރެސްޓޯރެންޓުތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން މިރޭ ބުނެފި އެވެ.

June 11, 2020 102
ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ބޭރުގައި އުޅެވޭނެ

އަންނަ ހޯމަ ދުވަހުން ފެށިގެން ހުއްދަ ނެތި ވަކި ވަގުތުތަކެއްގައި މާލެ ސަރަހައްދުގައި ބޭރުގައި އުޅެވޭނެ ކަން އެޗްޕީއޭ އިން މިރޭ އިއުލާން ކޮށްފި އެވެ. އެއީ ފަތިހު 5 ން ރޭގަނޑު 10...

June 11, 2020 44
ފަހުން ލުއިދިނުމަށްޓަކައި މިހާރުގެ ހާލަތު ދަންމައިފި

އަންނަ ހޯމަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި އިތުރު ލުއިތަކެއް ދިނުމަށް ނިންމައި އެކަމަކު މިހާރު ވެސް އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު މިއަދުން ފެށިގެން ހަތަރު...

02 ޖޫން

June 02, 2020 57
އައިސޮލޭޝަންގައި ހުއްޓައި 89އަހަރުގެ މީހަކު މަރުވެއްޖެ

ކޮވިޑް-19 އަށް ޕޮޒިޓިވް ވެގެން ހުޅުލޭ އައިލެންޑް ފެސިލިޓީގައި ބަހައްޓާފައި ހުރި 89 އަހަރުގެ ދިވެއްސަކު މިއަދު މަރުވެއްޖެ އެވެ.

29 މެއި

May 29, 2020 67
އަދިވެސް ހުއްދަދެނީ ހަފުތާއަކު އެއްފަހަރު ނުކުމެވޭގޮތަށް

ކޮވިޑް-19 ފެތުރޭތީ އިއުލާންކޮށްފައިވާ ލޮކްޑައުން އަށް ލުއި ދީ ކޮންމެ ގޭބިސީއަކުން އެކަކަށް ހަފުތާއަކު އެއްފަހަރު ބޭރަށް ދެވޭ ގޮތަށް އޮތް އޮތުން ހަފުތާއަކު ދެ ފަހަރަށް ބަދަލުކުރި ނަމަވެސް، އެއް ދުވަހު ބޭރަށް ދެވޭ ގޮތަށް ފުލުހުން ހުއްދަ ދޭން ފަށައިފި އެވެ.

27 މެއި

May 27, 2020 108
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއިދީ، މުހިއްމު ޚިދުމަތްތަކެއް ހުޅުވައިލުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިއުލާން ކުރައްވައިފި އެވެ.

20 މެއި

May 20, 2020 66
ލުއިތައް ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން: ރައީސް

މި ލުއިތަކާއެކު ކޮވިޑް-19 ގެހާލަތު ގޯސް ވާނަމަ އަނެއްކާވެސް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށް ރައީސް ވިދާޅުވި.

18 މެއި

May 18, 2020 39
ލޮކްޑައުން ލުއިކުރާނީ އާންމުގެ ތައްޔާރީއަށް ބަލާފައި

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިހާރު އަަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކަށް ލުޔެއް ގެންނާނީ އާންމުން އެ ކަމަށް ތައްޔާރުވެފައިވާ ވަރަށް ބަލާފައި ކަމަށާއި ގޮތެއް ނިންމޭނީ ލޮކްޑައުންގެ މުއްދަތު ހަމަވާއިރު، ކަންކަން ހުންނަ ބޮތަށް ބަލާފައި ކަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނެފި އެވެ.

14 މެއި

May 14, 2020 43
ލޮކްޑައުން މި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނިންމަވައިފި އެވެ.

07 މެއި

May 07, 2020 3
ހުއްދަ ނެތި ރަސްދުއަށް ދިޔަ މީހަކު ހައްޔަރުކޮށްފި

ހުޅުމާލެ އަށް މަސްކިރަން ދިޔަ ދޯންޏެއްގެ ފަޅުވެރިޔަކު ހުޅުމާލޭގައި އާއިލާގެ މީހުންގެ ގޭގައި އެއް ރޭ މަޑުކުރުމަށް ފަހު އެޗްޕީއޭގެ ހުއްދަ ނުހޯދާ އއ. ރަސްދު އަށް އަނބުރާ ދިއުމުން ހައްޔަރުކޮށްފި އެވެ.

06 މެއި

May 06, 2020 21
އެޑްމިިޓްކުރި މާބަނޑު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ. މިއީ، މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މާބަނޑު މީހަކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ވަނަ ފަހަރެވެ.

02 މެއި

May 02, 2020 35
ކޮވިޑްގެ ނުރައްކާއޮތް ހުރިހާ ބިދޭސީން ކަރަންޓީން ކުރަނީ

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ނުރައްކާ އޮތް ހުރިހާ ބިދޭސީން ކަރަންޓީން ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު އަންގައިފި އެވެ.

29 އެޕްރީލް

April 29, 2020 32
ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު 14 ދުވަހަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނިންމަވައިފި އެވެ.

27 އެޕްރީލް

April 27, 2020 8
ލޮކްޑައުން ނިމޭނީ ޕޮޒިޓިވް ކޭސްތައް ސާފުވެގެން:އަފްޒަލް

ކޮވިޑް-19 މާލެއިން ފެނުމާ އެކު މި މަހުގެ 15 ން ފެށިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު އުވައިލެވޭނީ މިހާރު ފެންނަ ކޭސްތައް ކޮންމެވެސް ވަރަކަށް ހައްލުވެގެން ކަމަށާއި ބަލި...

April 27, 2020 13
ހުޅުމާލެ މެޑިކަލް ފެސިލިޓީން ދެ މީހަކު ޕޮޒިޓިވްވެއްޖެ

ކޮވިޑް-19 އަށް ފަރުވާ ދިނުމަށް ހުޅުމާލޭގައި ހަދާ މެޑިކަލް ފެސިލިޓީގައި މަސައްކަތް ކުރާ ދެ މީހަކު ބައްޔަށް ޕޮޒިޓިވްވެއްޖެ އެވެ.