04 ޖޫން

June 04, 2020 111
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު ލުއިކުރަން ފެށުމާއެކު، މާލޭ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ހޯދަން އެދޭ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން ކުއްލި ގޮތަކަށް ބަދަލުވެ، އެ ހުއްދަ ފުލުހުން ދޭން ފެށި މައްސަލައިގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ސުވާލު އުފައްދަވައިފި އެވެ.

27 މެއި

May 27, 2020 108
ލޮކްޑައުންއަށް ލުއިދީ މުހިއްމު ޚިދުމަތްތަކެއް ހުޅުވާލަނީ

ކޮވިޑް-19އާ ގުޅިގެން މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުން އަށް ލުއިދީ، މުހިއްމު ޚިދުމަތްތަކެއް ހުޅުވައިލުމުގެ ހުއްދަ މާދަމާ ދޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ އިއުލާން ކުރައްވައިފި އެވެ.

20 މެއި

May 20, 2020 66
ލުއިތައް ދޭނީ ފިޔަވަހިތަކަކަށް ބަހާލައިގެން: ރައީސް

މި ލުއިތަކާއެކު ކޮވިޑް-19 ގެހާލަތު ގޯސް ވާނަމަ އަނެއްކާވެސް ލޮކްޑައުން އަކަށް ދާން ޖެހިދާނެ ކަމަށް ރައީސް ވިދާޅުވި.

18 މެއި

May 18, 2020 107
ލޮކްޑައުން އުވާލާނެ ކަމުގެ އިޝާރާތެއް އަމީން ދެއްވައިފި

މިނިސްޓަރު އަމީން ވިދާޅުވީ، މާލެ ސަރަހައްދު ލޮކްޑައުން ނުކޮށް، ވަރުގަދަ ފިޔަވަޅުތަކެއް ނޭޅި ނަމަ އެތައް ބައެއްގެ ފުރާނަ ގެއްލި، ބޮޑު ނުރައްކަލަކާ ކުރިމަތިލާން ޖެހޭނެ ކަމަށް....

May 18, 2020 39
ލޮކްޑައުން ލުއިކުރާނީ އާންމުގެ ތައްޔާރީއަށް ބަލާފައި

ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިހާރު އަަޅާފައިވާ ލޮކްޑައުންގެ އުސޫލުތަކަށް ލުޔެއް ގެންނާނީ އާންމުން އެ ކަމަށް ތައްޔާރުވެފައިވާ ވަރަށް ބަލާފައި ކަމަށާއި ގޮތެއް ނިންމޭނީ ލޮކްޑައުންގެ...

15 މެއި

May 15, 2020 38
ލޮކްޑައުން ހަރުކަށިކޮށް މުދާ ވިއްކުން މަޑުޖައްސާލައިފި

މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާ މުއްދަތުގައި ޒަރޫރީ ތަކެތި ވިއްކުމަށް ފުލުހުން މެދުވެރިކޮށް އިތުރަށް ހުއްދަ ދިނުން ވަގުތީ ގޮތުން މިއަދު މަޑުޖައްސާލައިފި އެވެ.

May 15, 2020 61
ދެން ބާޒާރަށް ދެވޭނީ ހަފުތާއަކު އެއް ފަހަރު

ކޮރޯނާވައިރަސް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކުރުމަށްޓަކައި ކޮންމެ ގެ އަކުން ވެސް މިއަދުން ފެށިގެން ބާޒާރަށް ނުކުމެވޭނީ ހަފުތާއަކު...

14 މެއި

May 14, 2020 43
ލޮކްޑައުން މި މަހުގެ 28 ގެ ނިޔަލަށް އިތުރުކޮށްފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 ގެ ނިޔަލަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނިންމަވައިފި އެވެ.

06 މެއި

May 06, 2020 21
އެޑްމިިޓްކުރި މާބަނޑު މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް

އައިޖީއެމްއެޗްގައި އެޑްމިޓްކޮށްފައި އޮތް މާބަނޑު މީހަކު ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވް ވެއްޖެ އެވެ. މިއީ، މިހާތަނަށް ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު މާބަނޑު މީހަކު ރާއްޖޭގައި ކޮވިޑް-19 އަށް ޕޮޒިޓިވްވި ދެ ވަނަ ފަހަރެވެ.

02 މެއި

May 02, 2020 35
ކޮވިޑްގެ ނުރައްކާއޮތް ހުރިހާ ބިދޭސީން ކަރަންޓީން ކުރަނީ

މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ނުރައްކާ އޮތް ހުރިހާ ބިދޭސީން ކަރަންޓީން ކުރަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު މިއަދު އަންގައިފި އެވެ.

29 އެޕްރީލް

April 29, 2020 32
ލޮކްޑައުންގެ މުއްދަތު އިތުރު 14 ދުވަހަށް ދަންމައިފި

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުން އިތުރު 14 ދުވަހަށް ދަންމަން ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ދެންމެ ނިންމަވައިފި އެވެ.

27 އެޕްރީލް

April 27, 2020 8
ލޮކްޑައުން ނިމޭނީ ޕޮޒިޓިވް ކޭސްތައް ސާފުވެގެން:އަފްޒަލް

ކޮވިޑް-19 މާލެއިން ފެނުމާ އެކު މި މަހުގެ 15 ން ފެށިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު އުވައިލެވޭނީ މިހާރު ފެންނަ ކޭސްތައް ކޮންމެވެސް ވަރަކަށް ހައްލުވެގެން ކަމަށާއި ބަލި ރަށްރަށަށް ފެތުރުމުގެ ފުރުސަތު ވެސް އެބައޮތް ކަމަށް ޑރ. އިބްރާހިމް އަފްޒަލް މިރޭ ވިދާޅުވެއްޖެ އެވެ.

24 އެޕްރީލް

April 24, 2020 5
މާލެ ސަރަހައްދުގައި ޒަކާތް ބަލައިގަންނާނީ އޮންލައިންކޮށް

މާލެ، ވިލިމާލެ، ހުޅުމާލެ އަންނަ މަހުގެ 1 އާ ހަަމައަށް ލޮކްޑައުން ކޮށްފައިވާތީ، އެ ސަރަަހައްދުގައި ދިރިއުޅޭ މީހުން މި ރޯދަ މަހު ފިތުރު ޒަކާތް ދައްކާނީ އޮންލައިންކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ހަމަޖައްސައިފި އެވެ.

21 އެޕްރީލް

April 21, 2020 3
ޑެލިވަރީއަށް 3،400 ލައިސަންސް ދީފިން: މަބްރޫކް

މާލެ ސަރަހައްދުގެ ލޮކްޑައުންގެ މުއްދަތުގައި ގޭގެ އަށް ތަކެތި ޑެލިވަރީ ކުރުމަށް މިހާތަނަށް 3،400 ލައިސަންސް ދީފައިވާ ކަމަށާއި މި އަދަދު މަދުކުރުމުގެ ވިސްނުން ނުގެންގުޅޭ ކަމަށް ސަރުކާރުން މިއަދު ބުނެފި އެވެ.

15 އެޕްރީލް

April 15, 2020 16
ލޮކްޑައުންއާ ހިލާފުވާ މީހުން ކަރަންޓީންކުރާނެ

ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މާލެއިން ފެނުމާ އެކު މާލެ ސަރަހައްދު ލޮކްޑައުންކޮށްފައިވާ ވަގުތުތަކުގައި އެންގުންތަކާ ހިލާފަށް މަގުމައްޗަށް ނުކުންނަ މީހުންނާ މެދު ހަރުކަށިކޮށް އަމަލުކުރާނެ ކަމަށާއި އެ ފަދަ މީހުން ކަރަންޓީނުކުރާނެ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

12 އެޕްރީލް

April 12, 2020 64
ބިދޭސީންނަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދެނީ

އިންސާނުން ދިރިއުޅެން އެކަށީގެން ނުވާ ގޮތަށް މާލޭގެ ކުދި ތަންތަންކޮޅުގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީން ބަދަލުކުރަން ހުޅުމާލެ އާއި ގުޅިފަޅުގައި ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދިނުމުގެ މަސައްކަތް ސަރުކާރުން ފަށައިފި އެވެ.

09 އެޕްރީލް

April 09, 2020 47
ހަފުތާއަކަށް ފަހު ކާފިއު އުވާލައިފި

މާލެ އާއި ހުޅުމާލެ އަދި ވިލިމާލޭގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން 8 އަށް ހިންގި އެއް ހަފުތާގެ ކާފިއު މިއަދުން ފެށިގެން އުވާލައިފި އެވެ.

06 އެޕްރީލް

April 06, 2020 52
ކާފިއުގެ ވަގުތު ބޭރުގައި އުޅޭ މީހުން ވަނީ އިތުރު!

ކޮރޯނާވައިރަސް ކޮންޓްރޯލް ކުރުމަށް ސަރުކާރުން މާލެ ސަރަހައްދުގައި ކާފިއު އިއުލާންކުރަން ފެށިތާ މިއަދަށް ފަސް ދުވަސްވީ އިރު، އެ ވަގުތު ބޭރަށް ނިކުންނަ މީހުންގެ އަދަދު މަދު ނުވެ މިއަދު ވެސް އެތައް ބަޔަކަށް ނަސޭހަތްދީފި އެވެ.