14 ޖުލައި

July 14, 2020
ހަމަނުޖެހުން ހިންގި ބިދޭސީންގެ ބަންދަށް 15 ދުވަސް

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން އިމާރާތްކުރާ ފްލެޓުތަކުގެ މަސައްކަތް ކުރާ ބިދޭސީންނަށް އައިލެންޑް އެކްސްޕާޓުން މުސާރަ ނުދީގެން، އިއްޔެ ހިންގި ބޮޑު...

July 14, 2020 14
ކަންބޮޑުވުންތައް ނެޝަނަލް ސެކިއުރިޓީ ކައުންސިލަށް

ރާއްޖޭގައި މަސައްކަތް ކުރާ ބައެެއް ބިދޭސީން ފަހަކަށް އައިސް ބާއްވާ މުޒާހަރާތަކާއި ހަމަނުޖެހުންތައް އިތުރުވަމުން ދާތީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، ނޭޝަނަލް ސެކިއުރިޓީ...

10 ޖުލައި

July 10, 2020 49
ޖޫރިމަނާކުރަން އުޅެނީ ބިރުދައްކަން: އެޑިޓަރުން

މީޑިއާތައް ޖޫރިމަނާ ކުރެވޭނެ ގަވައިދެއް ހަދަން ރައްްޔިތުންގެ މަޖިލީހުން މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)އަށް ބާރު އެޅީ މީޑިއާތަކަށްް ބިރުދައްކަން ކަމަށް ވިދާޅުވެ، ރާއްޖޭގެ ގިނަ އޮންލައިން ނޫސްތަކާއި ބައެއް ޓީވީ ޗެނަލް ތަކުގެ އެޑިޓަރުން ރޭ ކަންބޮޑުން ފާޅުކުރައްވައިފި އެވެ.

09 ޖުލައި

July 09, 2020 41
ޖިންސީ ގޯނާ: ޗެނަލް13ގެ މައްސަލަ ބަލަން ފަށައިފި

ސަފާރީއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލައިގައި ޗެނަލް 13 އިން މައުލޫމާތު ގެނެސްދީފައިވަނީ އެކަމުގެ ތެދުކަން ކަށަވަރުކޮށްގެންތޯ ބެލުމަށް ހުށަހަޅާފައިވާ މައްސަލައެއް ބްރޯޑްކާސްޓިން ކޮމިޝަނުން ބަލަން ފަށައިފި އެވެ.

July 09, 2020 53
ޖިންސީ ގޯނާ މައްސަލާގައި މަޖިލިހުން މީޑިއާތަކާ ދެކޮޅަށް

ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި މަސްތުވެގެން ތިބެ ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތު ބައެއް މީޑިއާތަކުން ރިޕޯޓްކުރި ގޮތާ މެދު ހިތްހަމަނުޖެހިގެން،...

July 09, 2020 2
އައިލެންޑް އެކްސްޕާޓުން މުސާރަ ދޭން ފަށައިފި

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅާ ފްލެޓްތަކުގެ މަސަައްކަތް ކުރާ ތައިލެންޑްގެ އައިލެންޑް އެކްސްޕާޓް ކުންފުނީގެ މުވައްޒަފުންނަށް މުސާރަަ ނުދޭތީ ކުރި...

08 ޖުލައި

July 08, 2020 14
މުދާތައް ނުވިއްކަން އައިލެންޑް އެކްސްޕާޓަށް އަންގައިފި

ހުޅުމާލޭގައި ސިފައިންނާއި ފުލުހުންގެ ފްލެޓް އިމާރާތްކުރާ ސައިޓުގައި ހުރި މުދާތައް ވިއްކާލައިގެން ބިދޭސީ މުވައްޒަފުންނަށް މުސާރަ ދޭން އައިލެންޑް އެކްސްޕާޓުން ނިންމި ނަމަވެސް،...

July 08, 2020 33
ސިފައިން/ފުލުހުންގެ ފްލެޓްތައް އާރުސީސީއާ ހަވާލުކުރަނީ

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި އަޅަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ދަނގެތީ ދާއިރާގެ މެމްބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމްގެ ހިއްސާ...

07 ޖުލައި

July 07, 2020 39
ފްލެޓުތައް ނިންމުން ލަސްވީ ސިޔާސީވުމުން: ކޮންޓްރެކްޓަރު

ސިފައިންނާއި ފުލުހުންނަށް ހާއްސަ ކޮށްގެން މީގެ އަށް އަހަރު ކުރިން ހުޅުމާލޭގައި އިމާރާތް ކުރަން ފެށި ފްލެޓުތަކުގެ މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައި ވަނީ އެއީ "ވަރަށް ސިޔާސީ" މަޝްރޫއަކަށް ވުމުން ކަމަށް ތައިލެންޑުގެ ކޮންޓްރެކްޓަރު އައިލެންޑު އެކްސްޕާޓުން މިއަދު ބުނެފި އެވެ.

July 07, 2020 13
މުސާރަ ދޭން އައިލެންޑް އެކްސްޕާޓްގެ ތަކެތި ވިއްކާލަނީ

ހުޅުމާލޭގައި ފުލުހުންނާއި ސިފައިންގެ ފްލެޓްތައް އެޅުމުގެ މަސައްކަތް ކުރަމުން އަންނަ މުވައްޒަފުންނަށް މުސާރަ ނުދެވި އޮތުމަކީ ގޯހެއް ކަމަށް ގަބޫލުކުރާ ކަަމަށާއި އެ މުސާރަތައް ދޭން...

July 07, 2020 52
މުސާރަ ނުދީ ހަތް މަސް، ތާހިރުވާނެ ގޮތެއް ވެސް ނެތް!

ސިފައިންނާއި ފުލުހުންނަށް ހާއްސަކޮށްގެން ހުޅުމާލޭގައި ހަދަމުން އަންނަތާ އަށް އަހަރުވީ އިމާރާތްތަކުގެ މަސައްކަތުގައި އުޅޭ ބިދޭސީ މުވައްޒަފުންގެ ޝަކުވާތައް މިހާރު ވަނީ ކޮޅުން...

06 ޖުލައި

July 06, 2020 79
ބިދޭސީން މުޒާހަރާކޮށް، ފްލެޓުތަކަށް ގެއްލުންދީފި

ސިފައިންނާއި ފުލުހުންނަށް ޚާއްސަ ކޮށްގެން ހުޅުމާލޭގައި އިމާރާތް ކުރަމުން އަންނަ ފްލެޓްތަކުގެ މަސައްކަތްކުރާ އައިލެންޑް އެކްސްޕާޓްސްގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލައިގައި އެ މީހުން މިއަދު ވެސް މުޒާހަރާކޮށް، އެ ފްލެޓްތަކުގައި ހުރި މުދަލާއި އިމާރާތްތަކަށް ގެއްލުން ދީފި އެވެ.

02 ޖުލައި

July 02, 2020 36
ތަހުގީގަށް ސަފާރީއަށް އެރީ މެންދުރެއްހާއިރު: ޕޮލިސް

އަންހެނަކަށް ޖިންސީ ގޯނާ ކުރުމާއި ބަނގުރަލާ އެކު ޕާޓީކުރި މައްސަލަ މިދިއަ ހޮނިހިރުދުވަހު ފަތިހު ފުލުހުންނާ ހިސާބަށް ދިޔަސް، އެކަންކަން އިތުރަށް ތަހުގީގުކުރަން، އެ ސަފާރީއަށް...

July 02, 2020 27
ޑްރަގާއެކު ހައްޔަރު ކުރި މީހުންގެ ފޮޓޯ އާންމުކޮށްފި

ރާއްޖެއަށް ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތި އެތެރެކޮށް، ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މިދިޔަ މަހު ހުޅުމާލެ އިން ހައްޔަރުކުރި ދެ މީހުންގެ ފޮޓޯ އާއި މައުލޫމާތު ފުލުހުން މިއަދު...

01 ޖުލައި

July 01, 2020 58
ތުހުމަތު ކުރެވޭ ދެ މީހުން ބަނގުރަލަށް ޓެސްޓެއް ނުކުރޭ

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއަކަށް ރައްޓެއްސެއްގެ ދައުވަތަކަށް ޕާޓީކުރަން ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ތުހުމަތު ކުރެވުނު ދިވެހި ދެ ފިރިހެނުން...

July 01, 2020 4
މަޖިލީހުގެ ތަހުގީގާ މެދު ބާ ކައުންސިލްގެ ކަންބޮޑުވުން

ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުން ކުރިއަށް ގެންދާ ތަހުގީގާ މެދު ބާ ކައުންސިލުން ކަންބޮޑުވުން...

29 ޖޫން

June 29, 2020 6
"ގޯނާގެ މައްސަލައަށް މަޖިލިސް ވަންނާތީ ކަންބޮޑުވޭ"

ހުޅުމާލޭ ފަޅުގައި އަޅާފައި އޮތް ސަފާރިއެއްގައި ކެންޔާ އަންހެނަކަށް ޖިންސީ ގޯނާކުރި މައްސަލައިގެ ތަހުގީގު ފުލުހުން ރަނގަޅަށް ނުނިންމަނީސް ރައްޔިތުންގެ މަޖިލީހުން މައްސަލައިގެ ތެރެއަށް ވަދެގެން އުޅޭތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

28 ޖޫން

June 28, 2020 50
ފުލުހުންގެ ބަޔާން: ނުފޫޒެއް ނެތި މައްސަލަ ބަލާނަން

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ދެ މީހަކު ވެގެން ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރާ މައްސަލަ އެއްވެސް ނުފޫޒެއް ނެތި ތަހުގީގު ކުރާނެ ކަމަށް...

June 28, 2020 18
ޖިންސީ ގޯނާ: ފުލުހުން އިހުމާލުވިތޯ ކޮމިޓީން ބަލަނީ

ހުޅުމާލޭގެ ފަޅުގައި އަޅާފައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ފުލުހުންގެ އިހުމާލެއް އޮތްތޯ ބަލަން ރައްޔިތުންގެ...

26 ޖޫން

June 26, 2020 9
ބިދޭސީ އަންހެނަކަށް ޖިންސީގޯނާކުރި ބަޔަކު ހައްޔަރުކޮށްފި

ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއަކަށް ދިޔަ ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތަށް ދިވެހި ދެ މީހަކު މިއަދު ހައްޔަރުކޮށްފި އެވެ.

25 ޖޫން

June 25, 2020 39
މުސާރަ ނުދީގެން ބިދޭސީންތަކެއް މުޒާހަރާކޮށްފި

ސިފައިންނާއި ފުލުހުންނަށް ހުޅުމާލޭގައި ހަދަމުން އަންނަ ފްލެޓްތަކުގެ މަސައްކަތް ކުރާ އައިލެންޑް އެކްސްޕާޓްގެ ބިދޭސީ މުވައްޒަފުންނަށް މުސާރަ ނުދޭ ކަމަށް ބުނެ މިއަދު މުޒާހަރާ ކޮށްފި އެވެ.

23 ޖޫން

June 23, 2020 26
ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކުރި

ލޮކްޑައުނާ ހިލާފުވެގެން އެކަކު 28 ފަހަރު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ރޭ ބުނެފި އެވެ.

June 23, 2020 20
ނުރައްކާތެރި ބަޔަކު ދޫވުން: ކޮން ބައެއްގެ އިހުމާލެއް؟

ދުރާލައި ރޭވީ "ލޭގެ ކަމެއް" ހިންގާށެވެ. ޖެހިލުމެއް ނެތި ހުޅުމާލޭގައި ދެ ސަަރަހައްދަކުން ތިން މީހެއްގެ ގަޔަށް ވަޅި ހަރައި ޒަހަމްކޮށްލީ އެވެ. އިސްލާމްދީނުގެ ނަމުގައި ފަތުރާ ހަރުކަށި...

19 ޖޫން

June 19, 2020 36
ލޮކްޑައުންއާ ހިލާފުވި 312 މީހެއްގެ މައްސަލަ ޕީޖީއަށް

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދަށް އިއުލާންކޮށްފައި އޮތް ލޮކްޑައުންއާ ހިލާފުވެގެން ހައްޔަރުކުރި މީހުންގެ ތެރެއިން 312 މީހެއްގެ މައްޗަށް ދައުވާކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

14 ޖޫން

June 14, 2020 9
ނުގަވައިދުން ޕާކްކުރި ވެހިކަލްތައް ނަގަން އަންގައިފި

މާލެ ސަރަހައްދު ލޮކްޑައުންކޮށްފައި އޮތް ދުވަސްވަރު ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ ވެހިކަލްތައް ނަގަން ފުލުހުން މިރޭ އަންގައިފި އެވެ.

June 14, 2020 32
ލޮކްޑައުން ނިމުނު ފަހުން ކުރި ޖޫރިމަނާ ސައްހައެއް ނޫން

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ މުއްދަތު ހަމަވި ފަހުން ކުރި ޖޫރިމަނާތައް ސައްހަ ނޫން ކަމަށް ނިންމާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

13 ޖޫން

June 13, 2020 31
ލޮކްޑައުން އޮޅި، ޖޫރިމަނާއާ މެދު ސުވާލު އުފެދިއްޖެ

ކޮވިޑް-19 ފެތުރޭތީ މާލެ ސަރަހައްދުގައި އިއުލާންކޮށްފައިވާ ލޮކްޑައުންގެ މުއްދަތު އިއްޔެ އިތުރުކުރީ އެންމެ ފަހުން އިއުލާނުކުރި މުއްދަތު ހަމަވި ފަހުން ކަމަށް ވާތީ، އެ ދިޔަ ހުސްކަމުގެ ތެރޭގައި ބޭރުގައި އުޅުމުން ހިފަހައްޓައި ޖޫރިމަނާކޮށްފައިވާ ނަމަ އެކަން އެގޮތަށް ކުރެވިދާނެ ކަމާ މެދު ސުވާލު އުފެދިއްޖެ އެވެ.

04 ޖޫން

June 04, 2020 122
ފުލުހުން ބިޒްނަސް ޕާމިޓް ދޫކުރަން ފެށުން މައްސަލައަކަށް

މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ލޮކްޑައުންގެ ހާލަތު ލުއިކުރަން ފެށުމާއެކު، މާލޭ ސިޓީކައުންސިލްގެ ޕޯޓަލް މެދުވެރިކޮށް ބިޒްނަސް ޕާމިޓް ހޯދަން އެދޭ ގޮތަށް ހަމަޖައްސާފައި އޮތް އޮތުން ކުއްލި ގޮތަކަށް ބަދަލުވެ، އެ ހުއްދަ ފުލުހުން ދޭން ފެށި މައްސަލައިގައި މާލޭގެ މޭޔަރު ޝިފާ މުހައްމަދު މިއަދު ސުވާލު އުފައްދަވައިފި އެވެ.