24 ނޮވެމްބަރ

November 24, 2020 38
ހަތަރު މައިންނަށް އަނިޔާކުރި މައްސަލަ ކޮމިޓީން ބަލަނީ

ޖިންނީންގެ އުނދަގުލުން ސަލާމަތްކުރަން ކަމަށް ބުނެ ހަތަރު މައިން ގެއެއްގެ ތެރޭގައި ބަންދުކޮށް ރުގްޔާގެ ނަމުގައި ތަޅައި އަނިޔާކޮށް، ހަތް އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީން ބަލަން ފަށައިފި އެވެ.

03 ނޮވެމްބަރ

November 03, 2020 5
އެޗްއާރުސީއެމުން ބަޔާން ނެރުނީ އޮޅޭ ގޮތަށް: ޕޮލިސް

ދޫނިދޫ ކަސްޓޯޑިއަލް ޖަލުގައި ބަންދުކޮށްފައިވާ ގައިދީން ފެންވެރުމަށާއި ބޯން ސާފު ނުލިބޭ ކަމަށާއި އެކަން ހައްލުކުރަން ފިޔަވަޅު އަޅާނެ ކަމަށް ބުނެ ހިއުމަން ރައިޓްސް ކޮމިޝަނުން ނެރުނު ބަޔާނަކީ ކަމުގެ ހަގީގަތް އޮޅޭ ގޮތަށް ނެރުނު ބަޔާނެއް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

20 އޮކްޓޯބަރ

October 20, 2020 46
އާއިލާ ހާލުގައި ޖެހިއްޖެ، ދެން ގައުމަށް ފޮނުވައިދީ!

ބަންގްލަދޭޝްގައި ތިބި އެ މީހުންގެ އާއިލާތައް ހާލުގައި ޖެހިއްޖެ އެވެ؛ ކޮންމެ ދުވަހަކު ރާއްޖެ ގުޅައި ރޮއެ އާދޭސްކުރަނީ، ކޮންމެވެސް ވަރެއްގެ ފައިސާއެއް ފޮނުވައިދޭށެވެ. އެކަމަކު، އަލީ ޖަލާލަށް (އަސްލު ނަމެއް ނޫން) ކުރެވޭނެ ހަމަ އެއްވެސް ކަމެއް ނެތެވެ. އޭނާ ހުރީ ގޮތް ހުސްވެފަ އެވެ. އާއިލާ ދޫކޮށްލައި އޭނާ ރާއްޖެ އަންނަން މަޖުބޫރުކުރުވީ...

07 އޮކްޓޯބަރ

October 07, 2020 11
ހުއްޓިފައި އޮތް އެޗްއާރްސީއެމް ހިނގައިގެންފި

އިންސާނީ ހައްގުތަކުގެ ދިފާއުގައި މަސައްކަތް ނުކުރާ ކަމުގެ ތުހުމަތުތަކާއި ބޮޑެތި ފާޑުކިއުން އަމާޒުވެފައި އޮތް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްްއާރުސީއެމް) އަށް އައްޔަން ކުރެއްވި އާ މެމްބަރުންނާ އެކު އެ ކޮމިޝަންގެ އަޑު ގަދަވެއްޖެ އެވެ.

01 އޯގަސްޓް

August 01, 2020 9
ބިދޭސީން ގެންދިޔަ ތަނެއް ސާފުކޮށްދޭން އެދިއްޖެެ

ބ. ބޮޑުފިނޮޅުގައި ރިސޯޓު ތަރައްގީކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ރިޒް ކުންފުނީގެ ބިދޭސީން ގެންދިޔަތަނެއް ސާފުކޮށްދިނުމަށް، އެ މީހުންނަށް ގާނޫނީ އެހީތެރިކަން ފޯރުކޮށްދޭ ޕަބްލިކް އިންޓަރެސްޓް ލޯ ސެންޓަރު (ޕީއައިއެލްސީ) އިން އެދިއްޖެ އެވެ.

28 ޖޫން

June 28, 2020 18
ޖިންސީގޯނާގެ ތުހުމަތުގެ މައްސަލަ އެޗުއާރުސީއެމުން ބަލަނީ

ހުޅުމާލޭގެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބަލަން ފަށައިފި އެވެ.

08 މެއި

May 08, 2020 42
ގެވެށި އަނިޔާގައި، ސޯޝަލް މީޑިއާގައި ބައްޕަ ބޭޒާރު!

ފިރިހެން ދަރި، އޭނާގެ ފޭސްބުކްގައި ލިއުނީ ބައްގެ "އަނިޔާވެރިކަމެ"ވެ. އެ ޕޯސްޓް، 1،300 އަށް ވުރެ ގިނަ މީހުން ޝެއާކޮށް، ގެވެށި އަނިޔާގެ ބޮޑު މައްސަލަގަނޑެއްގެ ތެރެއަށް އެތައް ބަޔަކު މިހާރު މިވަނީ ވަދެފަ އެވެ.

27 ނޮވެމްބަރ

November 27, 2019 3
ކުޑަކުއްޖާ އަށް އިހުމާލުވުމުން މުއައްސަސާތައް ކޮމިޓީއަށް

އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކު ރޭޕްކޮށް ބަނޑުބޮޑުވި މައްސަލައިގައި، ކަމާ ގުޅުން ހުރި މުއައްސަސާތައް ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް މިރޭ ހާޒިރުކުރަން ނިންމައިފި އެވެ.

01 އޮކްޓޯބަރ

October 01, 2019 74
ބިދޭސީގެ ގަޔަށް ފެން ބާލިދީ ޖެހި މައްސަލަ ބަލަނީ

ސައިކަލް މަތީގައި އިށީނުމުގެ އަދަބެއްގެ ގޮތުން ބިދޭސީއެއްގެ ގަޔަށް ފެން ބާލިދީއެއް ޖެހި މައްސަލަ ފުލުހުން ތަހުގީގުކުރަން ފަށައިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2019 81
ބިދޭސީއަކާ މެދު ހިންގި ރަހުމްކުޑަ އަމަލެއް!

ބިދޭސީ މީހާ އަށް ކުރެވުނު ކުށަކީ ސައިކަލެއްގެ މަތީގައި އިށީނުމެެވެ. އަދަބެއްގެ ގޮތުން، ފެން ބާލިދީއެއް އޭނާގެ ގަޔަށް ޖަހައި ހިންގީ އިންސާނިއްޔަތާ ޚިލާފު އަމަލެކެވެ.

19 ސެޕްޓެމްބަރ

September 19, 2019 37
ފުލުހުން އިސްލާހުކުރުން ކުރިއަށް ދަނީ ލަހުން: ނަޝީދު

ޒަމާނީ ޑިމޮކްރަސީއަކަށް ރާއްޖެ މިސްރާބުކުރަން، އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް މަޖުބޫރުވެވަޑައިގެންނެވި، ޖަލުގައި އީވާން ނަސީމް މަރާލުމުގެ ހާދިސާއަށް މިއަދު 16 އަހަރު ވީއިރު، ފުލުހުން އިސްހާކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ލަހުން ކަމަށް، ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

09 ޖުލައި

July 09, 2019 12
ބޭއިންސާފުން ފުލުހަކަށް ފިޔަވަޅެއް ނާޅާނަން: އިމްރާން

މާލޭގެ ގެއެއްގެ ތެރޭގައި ބިދޭސީއެއްގެ ގައިގައި ތަޅައި އަނިޔާކުރި ފުލުހުންގެ ތަހުގީގު ކުރިއަށްދާނީ އިންސާފުވެރިކަމާ އެކީގައި ކަމަށާއި ބޭއިންސާފުން އެއްވެސް އޮފިސަރަކަށް ފިޔަވަޅެއް ނާޅުއްވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެ އެވެ.

08 ޖުލައި

July 08, 2019 96
ފުލުހުން އަނިޔާކުރީ ބިދޭސީއަކަށް، ދެ ކިލޯ ޑްރަގް!

މާލޭގެ ގެއެއްގެ ތެރޭގައި މިދިޔަ ބުރާސްފަތިދުވަހުގެ ރޭ ތަޅައި ފުލުހުން އަނިޔާކުރީ ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތުކުރެވޭ ބިދޭސީއަކަށް ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

04 ފެބުރުއަރީ

February 04, 2019 15
އަބްދުﷲ ރަޝީދުގެ މަރުގެ މައްސަލަ ޕީޖީ އަށް ފޮނުވަނީ

މޭ ޑޭގެ މުޒާހަރާގައި ފުލުހަކަށް އަނިޔާކުރި މައްސަލާގައި މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު މަރުވި މައްސަލާގައި އިހުމާލުވި ފަރާތްތަކާ ދެކޮޅަށް ދައުވާ ކޮށްދިނުމަށް އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިއްޔެ ނިންމައިފި އެވެ.

16 ޖެނުއަރީ

January 16, 2019 13
ދޫނިދޫގައި މަރުވި މީހާ އޮޓޮޕްސީ ނުހަދައި ވަޅުލައިފި

ފުލުހުންގެ ބަންދުގައި ދޫނިދޫ ޖަލުގައި ހުއްޓާ ރޭ މަރުވި އަންހެން މީހާގެ އޮޓޮޕްސީ އާއިލާ އިން ބޭނުން ނުވުމުން، ނުހަދައި މިއަދު ވަޅުލައިފި އެވެ.

15 ޖެނުއަރީ

January 15, 2019 7
ޖަލުގައި އަންހެން މީހާ މަރުވި މައްސަލަ އެޗްއާރްސީއެމުން ބަލަނީ

ދޫނިދޫ ޖަލުގައި ހައްޔަރުކޮށްފައި ހުރި 23 އަހަރުގެ އަންހެނަކު މިރޭ މަރުވި މައްސަލަ އެޗްއާރުސީއެމުން ބަލަން ފަށައިފި އެވެ.

16 މާޗް

March 16, 2018 10
"ފާރިސްގެ ގޮޅި އެޗްއާރުސީއެމަށް ކަމަކު ނުދިޔަ"

ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ދޫނިދޫ ޖަލުގައި ބަހައްޓާފައި ވަނީ އިންސާނުންނަށް ފުރިހަމަވާން ޖެހޭ އެންމެ އަސާސީ މިންގަނޑަށް ވެސް ނުފެތޭ ގޮޅިއެއް ގައި ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އާ ހަވާލާދީ، އޭނާގެ ވަކީލުންގެ ޓީމުން މިއަދު ބުނެފި އެވެ.

12 މާޗް

March 12, 2018 3
ޝަހީމަށް ބޭސްފަރުވާގެ ހައްގު ނުލިބޭތީ ކަންބޮޑުވެއްޖެ

އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާއެއްގައި ހައްޔަރުކުރި އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު އަބްދުﷲ ޝަހީމަށް ބޭސްފަރުވާގެ ހައްގު ނުލިބޭ ކަމަށް ބުނެ އެ ޕާޓީން ކަންބޮޑުވެއްޖެ އެވެ.

04 މާޗް

March 04, 2018 16
އަދުހަމްގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން އެޗްއާރުސީއެމަށް

ކުއްލި ނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށްފައިވާ އެމްޑީޕީގެ ފޭދޫ ދާއިރާގެ ރައީސް އަހްމަދު އަދުހަމް، ދޫނިދޫގައި ކުރަމުން ދާ ބަނޑުހައިހޫނު ކަމުގެ ހަޅުތާލާ ގުޅިގެން އެމްޑީޕީން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)އާ މިއަދު ބައްދަލުކޮށްފި އެވެ.

28 ފެބުރުއަރީ

February 28, 2018 6
އެޗްއާރުސީއެމުން ދޫނިދޫ ޖަލުގެ ހާލަތު ބަލައިފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ދޫނިދޫ ޖަލަށް ޒިޔާރަތްކޮށް އެތަނުގެ ހާލަތު ބަލައިފި އެވެ.