10 ޑިސެމްބަރ

December 10, 2017 7
"ހައްގުތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރޭ"

ރާއްޖޭގައި އިންސާނީ ހައްގުތައް ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި މިހާރު އެކުލަވާލަމުން އަންނަ ނެޝަނަލް ހިއުމަންޓް ރައިޓްސް އެކްޝަން ޕްލޭނުގެ ސަބަބުން ވެސް ކުރިއެރުންތަކެއް ލިބޭނެ ކަމަށް ޖެންޑާ މިނިސްޓަރު ޒެނީޝާ ޝަހީދު ޒަކީ މިރޭ ވިދާޅުވެއްޖެ އެވެ.

12 ނޮވެމްބަރ

November 12, 2017 17
ތަހުގީގަށް ފަހު ބޭނުމީ އަބްދުﷲ އަށް އިންސާފު: އާއިލާ

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރަމުން ދަނިކޮށް އަބްދުﷲ ރަޝީދު، ގ. ކީމާ، މަރުވި މައްސަލައިގެ ތަހުގީގަށް ފަހު އޭނާ އަށް އިންސާފު ލިބޭނެ ކަމަށް އުއްމީދުކުރާ ކަމަށް އާއިލާ އިން މިއަދު ބުނެފި އެވެ.

19 އޮކްޓޯބަރ

October 19, 2017 23
ހައްގުތަކުގެ މައްސަލަ ސީރިއަސްކޮށް ބަލަން:އެޗްއާރުސީއެމް

އިންސާނީ ހައްގުތަކާ ގުޅޭ މައްސަލަތައް ސީރިއަސް ކަމެއްގެ ގޮތުގައި ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

16 އޮކްޓޯބަރ

October 16, 2017 12
ގައިދީންނަށް ވަކި ފަރުވާއެއް ދޭން މަޖުބޫރެއް ނުކުރަން

އެއްވެސް ގައިދީއަކަށް ވަކި ކަހަލަ ފަރުވާއެއް ދިނުމަށް ކަރެކްޝަނަލް ސާވިސުން މަޖުބޫރު ނުކުރާ ކަމަށް ކަރެކްޝަންސް އިން މިއަދު ބުނެފި އެވެ.

05 އޮކްޓޯބަރ

October 05, 2017 28
ރާއްޖެއާ ދެކޮޅަށް އީޔޫ އިން ފިޔަވަޅެއް ނާޅާނެ: ސަފީރު

ރާއްޖެއާ ދެކޮޅަށް ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން ފިޔަވަޅު އަޅާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ރާއްޖެ އިން އީޔޫ އާއި ބެލްޖިއަމަށް ކަނޑައަޅާފައި ހުންނަވާ ސަފީރު އަހުމަދު ޝިއާން މިރޭ ވިދާޅުވެއްޖެ އެވެ.

27 ސެޕްޓެމްބަރ

September 27, 2017 12
ސައުދީ އަންހެނުންނަށް އެދެނީ އިތުރު ކުރިއެރުން: ދުންޔާ

ސައުދީ އަރަބިއާގައި އަންހެނުންނަށް ވެހިކަލް ދުއްވޭ ގޮތަށް އެ ގައުމުގެ ރަސްގެފާނު ސަލްމާން އަބްދުލްއަޒީޒް ހުއްދަ ދެއްވުމާ ގުޅިގެން އެކަމަށް މަރުހަބާ ވިދާޅުވާ ކަމަށާއި ސައުދީގެ އަންހެނުންނަށް އިތުރު ކުރިއެރުމަށް އެދިވަޑައިގަންނަވާ ކަމަށް ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

18 ސެޕްޓެމްބަރ

September 18, 2017 2
އެޗްއާރުސީއެމް މެމްބަރުން ތިބީ ނިދާފައި: ސައުދު

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން ތިއްބެވީ ބަހެއް ވިދާޅުނުވެވި، "ނިދިކުރައްވާފައި" ކަމަށް ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ކަނޑައެޅި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިން އިއްޔެ ވިދާޅުވެއްޖެ އެވެ.

17 ސެޕްޓެމްބަރ

September 17, 2017 53
އދ.ގެ ވޯޓުން ރާއްޖެ ރެކުމުން އެނގެނީ ކޮން ކަމެއް؟

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ ދޮގެއް ނޫނެވެ. މިދިޔަ ހުކުރު ދުވަހު އދ. ގެ ޖެނެރަލް އެސެމްބްލީގައި ވޯޓު ނެގި މައްސަލާގައި މިއަންމާގެ ރޮހިންޖާގެ މުސްލިމުންގެ ވާހަކައެއް އަދި އެ ނަމެއް ވެސް ނެތެވެ. ވޯޓު ނެގީ ދުނިޔޭގެ އެކި ގައުމުތަކުގައި ހިންގާ ގަތުލުއާންމުތަކާއި ލާއިންސާނީ އަމަލުތައް ހުއްޓުވުން އދ. ގެ 72 ވަނަ ޖެނެރަލް އެސެމްބްލީގެ...

14 ސެޕްޓެމްބަރ

September 14, 2017 10
"ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ހަންޏެއް ނުކުރޭ"

ޖިނާއީ މައްސަލަތަކުގައި ދައުވާލިބޭ މީހާގެ ހާޒިރުގައި ޝަރީއަތް ކުރުމުގެ ހައްގު ޖިނާއީ އިޖްރާއަތުގެ ގާނޫނުން ހަނިކޮށް ނުވަތަ ހިފަހައްޓާފައިނުވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

13 ސެޕްޓެމްބަރ

September 13, 2017 9
ފިލިޕީންސްގެ ހިއުމަން ރައިޓްސް ކޮމިޝަނުގެ ބަޖެޓަށް 20 ޑޮލަރު

މެނީލާ (ސެޕްޓެމްބަރު 13) - ފިލިޕީންސްގެ މަސްތުވާތަކެއްޗާ ދެކޮޅު ހަނގުރާމައިގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނުގެ އަހަރީ ބަޖެޓަށް 1،000 ޕެސޯ (20 ޑޮލަރު) ދޭން އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުން ފާސްކޮށްފި އެވެ.

11 ސެޕްޓެމްބަރ

September 11, 2017 8
މިއަންމާގެ ވެރިންނަށް ދައުވާ ކުރަން ގޮވާލައިފި

ޑާކާ (ސެޕްޓެމްބަރު 11) - މިއަންމާގެ ވެރިންގެ ގޮތުގައި މިހާރު ތިބި މީހުންނަށް "ގަތުލްއާއްމު" ހިންގި ކަމުގެ ކުށުގައި ބައިނަލްއަގުވާމީ ޓްރައިބިއުނަލެއްގައި ދައުވާ ކުރަން ޖެހޭނެ ކަމަށް ބަންގްލަދޭޝްގެ ނޭޝަނަލް ކޮމިޝަން ފޯ ހިއުމަން ރައިޓްސް އިން ބުނެފި އެވެ.

03 ސެޕްޓެމްބަރ

September 03, 2017 107
ރާއްޖެ-މިއަންމާގެ ވިޔަފާރީގެ ގުޅުން ކަނޑާލައިފި

މިއަންމާގެ ރޮހިންޖާގެ މުސްލިމުންނާ މެދު އެ ގައުމުގެ ސަރުކާރުން ހިންގާ ލާއިންސާނީ އަމަލުތަކާ ގުޅިގެން، ރާއްޖެ އާއި އެ ގައުމާ ދެމެދު އޮންނަ ވިޔަފާރީގެ ގުޅުން ކަނޑާލުމަށް ދިވެހި ސަރުކާރުން މިއަދު ނިންމައިފި އެވެ.

30 އޯގަސްޓް

August 30, 2017 6
ފާރިސްގެ އިސްތިއުނާފް އަވަސްކޮށްދޭން ކޯޓުގައި އެދެފި

ކުރިއަށް އޮތް އީދު ބަންދުގެ ދުވަސްތަކަކީ ވެސް ދިއްގަރު ދާއިރާގެ މެމްބަރު އަހްމަދު ފާރިސް މައުމޫނަށް ނުހައްގު އަދަބުތަކެއް ލިބެމުންދާނެ ދުވަސްތަކެއް ކަމަށް ވިދާޅުވެ، ފާރިސް ހުށަހަޅުއްވާފައިވާ އިސްތިއުނާފް މައްސަލަ އަވަސްކޮށްދޭން ގާނޫނީ ވަކީލް މައުމޫން ހަމީދު ހައި ކޯޓުގައި މިއަދު އެދިވަޑައިގެންފި އެވެ.

27 އޯގަސްޓް

August 27, 2017 21
ގާސިމްގެ ފަރުވާ ލަސްވާ ސަބަބު އެޗްއާރުސީއެމުން ބަލަނީ

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހީމަށް އެކަށީގެންވާ ބޭސްފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖައްސައި ނުދީ ލަސްކުރަމުންދާ ކަމަށް ބުނާ މައްސަލަ ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

26 އޯގަސްޓް

August 26, 2017 11
ހައްގުތަކަށް އިހުތިރާމް ކުރަން ކެނެޑާއިން ގޮވާލައިފި

ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ހައްގުތަކަށް އިހުތިރާމްކުރުމަށް ރާއްޖެ އަށް ކެނެޑާ އިން ގޮވާލައިފި އެވެ.

23 އޯގަސްޓް

August 23, 2017 2
ހައްގުތަކަށް އިހްތިރާމް ނުކުރާތީ މިސްރަށް ދޭ އެހީ ކުޑަކުރަނީ

ވޮޝިންޓަން (އޮގަސްޓް 23) - އިންސާނީ ހައްގުތަކަށް އިހްތިރާމް ނުކުރުމާއި ޑިމޮކްރެސީގެ ހަމަތަކަށް ތަބާ ނުވުމުގެ އިތުރުން ނޯތު ކޮރެއާއާ ގުޅުން ބާއްވާތީ މިސްރަށް ދޭ 95.7 މިލިއަން ޑޮލަރުގެ އެހީ ހިފަހައްޓާ އިތުރު 195 މިލިއަން ޑޮލަރު ދިނުން ލަސްކުރަން އެމެރިކާ އިން ނިންމައިފިި އެވެ.

08 އޯގަސްޓް

August 08, 2017 11
ހައްގުތައް ހިމާޔަތްކުރަން ކުންފުނިތަކަކުން އެއްބަސްވެއްޖެ

އިންސާނީ ހައްގުތަކަށް އިހްތިރާމް ކުރަން، ފެނަކަ ކޯޕަރޭޝަނާއި އެއާޕޯޓްސް ކޮމްޕެނީ އާއި އާސަންދަ އަދި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން އެއްބަސްވެ، އިގުރާރެއްގައި ސޮއިކޮށްފި އެވެ.

02 އޯގަސްޓް

August 02, 2017 8
މާރާމާރީތަކާ ގުޅިގެން އެޗްއާރުސީއެެމުން ފުލުހަށް

މާލޭގައި މިހާރު ހިނގަމުންދާ މަރާމާރީތަކާ ގުޅިގެން ކަންބޮޑުވުން ފާޅުކޮށް، ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ މެމްބަރުން ފުލުހުންގެ އިސް ވެރިިންނާ އިއްޔެ ބައްދަލު ކުރައްވައިފި އެވެ.