24 ޖުލައި

July 24, 2017 4
އަދީބުގެ ބޭސްފަރުވާގެ މައްސަލަ ބަލައި ނުނިމޭ

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބޭސްފަރުވާ އިން މަހްރޫމް ކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރްސީއެމް) އިން ބަލައި ނުނިމޭ ކަމަށް އެ ކޮމިޝަނުން މިއަދު ބުނެފި އެވެ.

22 ޖުލައި

July 22, 2017 48
ޝަހީދަށް ދިން އިންޒާރާ ގުޅިގެން އެމެރިކާ ނުރުހިއްޖެ

ޚިޔާލު ފާޅުކުރުމާއި ދީނީ މިނިވަންކަމާ ބެހޭ އދ. ގެ ރެޕަޓުއާ ޑރ. އަހުމަދު ޝަހީދަށް މަރުގެ އިންޒާރު ދިން މައްސަލާގައި އެމެރިކާ އިން ނުރުހުން ފާޅުކޮށްފި އެވެ.

15 ޖުލައި

July 15, 2017 2
ސުލްހައިގެ އިނާމު ހޯދި މީހާ މަރުވުމުން ޗައިނާ އަށް ފާޑުކިޔުން

ބެއިޖިން (ޖުލައި 15) - ނޯބެލް ސުލްހައިގެ އިނާމު ހޯދާފައިވާ ޗައިނާގެ އެކްޓިވިސްޓް ލިއު ޒިއާއޮބޯ އަށް ގައުމުން ބޭރުގައި ރަނގަޅު ފަރުވާ ނުދެވި ކެންސަރު ބަލީގައި އޭނާ މަރުވުމުން ޗައިނާ އަށް ވަރަށް ބޮޑަށް ފާޑު ކިޔުންތައް އަމާޒުވާން ފަށައިފި އެވެ.

06 ޖުލައި

July 06, 2017 10
"ޔޫއެންއެޗްއާރުސީގައި ވާދަ ނުކުރީ ތާއީދު ނެތުމުން"

އދ. އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ އަންނަ ދައުރަށް ރާއްޖެ އިން ކުރިމަތިލުމަށް ފަހު، ނަން އަނބުރާ ގެނައީ ރާއްޖޭގެ ހާލަތު އޮތްގޮތުން، އެ އިންތިޚާބު ކާމިޔާބު ނުވާނެ ކަން އެނގޭތީ ކަމަށް ކުރީގެ ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު މިއަދު ވިދާޅުވެއްޖެ އެވެ.

05 ޖުލައި

July 05, 2017 13
ޔޫއެންއެޗްއާރްސީ އަށް ވާދަ ނުކުރަން ރާއްޖޭން ނިންމައިފި

އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގެ ކުރިއަށް އޮތް ދައުރަށް ކުރިމަތިލުމަށް ފަހު ރާއްޖެއިން ނަން އަނބުރާ ގެންގޮސްފި އެވެ.

02 ޖުލައި

July 02, 2017 1
އިމްރާނާ މެދު އަމަލުކުރާ ގޮތް އެޗްއާރުސީއެމަށް

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲއާ މެދު މާފުށީ ޖަލުގައި އަމަލު ކުރަނީ ވަރަށް އަނިޔާވެރި ގޮތަކަށް ކަމަށް ބުނެ އާއިލާ އިން އެ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް ހުށަހަޅައިފި އެވެ.

27 ޖޫން

June 27, 2017 2
އަނިޔާއާ ގުޅޭގޮތުން އދ.ގެ އެންގުން ތަންފީޒުކުރަންޖެހޭ

އަނިޔާވެރި، ލާއިންސާނީ ދަށު ދަރަޖައިގެ އަމަލުތަކާ ގުޅޭގޮތުން ރާއްޖެ އިން އިސްލާހުުކުރަން ޖެހޭ ކަމަށް އ.ދގެ ކޮމެޓީތަކުން ހުށަހަޅާފައިވާ ކަންކަން ތަންފީޒުކުރަން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން އިލްތިމާސްކޮށްފި އެވެ.

20 ޖޫން

June 20, 2017 60
އިހަވަންދޫ ކައުންސިލުން ބިދޭސީންނާ ދެކޮޅަށް ކާފިއުއެއް!

މިދިޔަ ހުކުރު ދުވަހު ހއ. އިހަވަންދޫގައި މީހަކު މަރާލާފައި އޮއްވާ ފެނުނު މައްސަލާއާ އެކު ދެން އައީ މާ ހައިރާން ކުރުވަނިވި ޚަބަރެކެވެ. އެއީ އެރަށު ކައުންސިލުން ބިދޭސީންނާ ބެހޭ ގޮތުން ނިންމި ނިންމުމެވެ. އެ މަރުގައި އަމަލީ ގޮތުން ބިދޭސީން ބައިވެރިވާކަން ހާމަވުމުން އެ ކައުންސިލްގެ "ރުޅިގަނޑު" އެރަށުގައި ތިބޭ އެހެން ބިދޭސީންނަށް...

13 ޖޫން

June 13, 2017 15
ރާއްޖޭގައި ޑިމޮކްރަސީގެ މާހައުލެއް އޮންނަން ބޭނުން

ރާއްޖޭގައި ޑިމޮކްރަޓިކް ވެއްޓެއް ގާއިމުވެފައި އޮންނަން އަބަދު ވެސް ބޭނުންވާ ކަމަށް، އެމެރިކާ އިން ރާއްޖެ އަށް ކަނޑައަޅުއްވާފައި ހުންނަވާ އަތުލް ކެޝަޕް މިރޭ ވިދާޅުވެއްޖެ އެވެ.

June 13, 2017 3
އެޗްއާރުސީއެމަށް ޒާހިދު އައްޔަން ކުރަން ފާސްކޮށްފި

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް)ގެ މެމްބަރު ކަމަށް، އެ ކޮމިޝަންގެ ފުރަތަމަ ދައުރުގައި ވެސް މެމްބަރުކަން ކުރެއްވި މުހައްމަދު ޒާހިދު އައްޔަން ކުރުމަށް ރައްޔިތުންގެ...

08 ޖޫން

June 08, 2017 7
އަދީބުގެ ސިއްހީ މައްސަލަތައް އެޗްއާރުސީއެމުން ބަލަނީ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލުކޮޅު ވަރަށް ބޮޑަށް ގޯސްވެފައިވާއިރު ވެސް އެމަނިކުފާނު ބޭސްފަރުވާ އިން މަހްރޫމްކޮށްފައިވާ ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް...

June 08, 2017 5
ކަންބޮޑުވުންތައް އިސްލާހުކުރަން އެމްޑީޕީން ގޮވާލައިފި

އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ބައްދަލުވުމުގައި ރާއްޖެއާ މެދު 30 ގައުމަކުން ފާޅުކޮށްފައިވާ ކަންބޮޑުވުންތަކާ މެދު ސަމާލުކަންދީ އެކަންކަން އިސްލާހުކުރަން ވަގުތުން ފިޔަވަޅު...

07 ޖޫން

June 07, 2017 68
ރާއްޖޭގެ ހާލަތާ މެދު 30 ގައުމަކުން ކަންބޮޑުވެއްޖެ

ރާއްޖޭގެ އިންސާނީ ހައްގުތަކުގެ ހާލަތު އޮތް ގޮތާ މެދު 30 ގައުމަކުން އދ. ގެ އިންސާނީ ހައްގުތަކާ ބެހޭ ކައުންސިލްގައި މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

31 މެއި

May 31, 2017 6
އަދީބާ މެދު އިހުމާލުވާ ކަމަށް ބުނެ އެޗްއާރުސީއެމަށް

ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ސިއްހީ ހާލަތާ މެދު އިހުމާލުވަމުންދާ ކަމަށް ބުނެ އެމަނިކުފާނުގެ އާއިލާ އިން ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އަށް މައްސަލަ ހުށަހަޅައިފި އެވެ.

27 މެއި

May 27, 2017 44
ސީޒަން އިންސާނީ ހައްގުތަކުގެ ދިފާއުގައި ހިނގާލައިފި

ރާއްޖޭގައި އިންސާނީ ހައްގުތައް ހިމާޔަތް ކުރުމަށް އެކަށީގެންވާ މަސައްކަތެއް ނުކުރާ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ފިލްމީ ތަރީ އަލީ ސީޒަން 10 ކިލޯމީޓަރަށް އިއްޔެ ސްރީ ލަންކާގައި ހިނގައިފި އެވެ.

17 މެއި

May 17, 2017 42
ހައްގުތައް ހޯދައި ދެނީ މި ސަރުކާރުން: ޚަލީލް

ރައްޔިތުންގެ ހައްގުތައް ހޯދައި ދެނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކަމަށް ނިލަންދޫ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް އަބްދުﷲ ޚަލީލް ރޭ ވިދާޅުވެއްޖެ އެވެ.

02 މެއި

May 02, 2017 29
އާދޭސް ނުކުރިޔަސް ހައްގުތައް ރައްކާތެރިކޮށްދޭން ޖެހޭނެ

ރައްޔިތުން ވަކިވަކިން އާދޭސް ނުކުރިޔަސް، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ، އިންސާފުން އަމަލުކުރުމަކީ ސަރުކާރުގެ ޒިންމާއެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

29 މާޗް

March 29, 2017 1
ލުބްނާންގެ ފޭސްބުކް އެކްޓިވިސްޓް ދޫކޮށްލަން ގޮވާލައިފި

ދައުލަތުގެ ވެރިންގެ އަބުރަށް އަރައިގަތުމުގެ ކުށުގައި ހައްޔަރުކޮށްފައި ހުރި، ލުބްނާންގެ ސޯޝަލް މީޑިއާ އެކްޓިވިސްޓް އަހްމަދު އަމްހާޒް ވަގުތުން ދޫކޮށްލައި އޭނާގެ މައްޗަށް ކޮށްފައިވާ ދައުވާ އަނބުރާ ގެންދިއުމަށް، މީޑިއާ އިދާރާތަކުންނާއި އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ބައެއް ފަރާތްތަކުން ގޮވާލައިފި އެވެ.

28 މާޗް

March 28, 2017 8
މަސައްކަތުމީހާ ބަނޑަށް ބެހެއްޓި ދެމަފިރިން ޖަލަށް

ޕިލިޕީންސްގެ އަންހެން މަސައްކަތު މީހާ ބަނޑަށް ބެހެއްޓިކަން ސާބިތުވެ، ސިންގަޕޫރުގެ ދެމަފިރިން ޖަލަށް ލާން އިއްޔެ ހުކުމްކޮށްފި އެވެ.

13 މާޗް

March 13, 2017 3
ގައިދީން ހަޅުތާލުކުރީ ރައްކާތެރި ފިޔަވަޅުތަކެއް އެޅުމުން

މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރީ ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން ފިޔަވަޅުތަކެއް އެޅުމުން ކަމަށާއި އެކަން އިތުރަށް ބަލަމުން އަންނަ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން މިއަދު ބުނެފި އެވެ.

06 މާޗް

March 06, 2017 3
ޕެނަލުގައި ބޭރުގެ ފަނޑިޔާރުން ހިމަނަން ސިރިސޭނާ ދެކޮޅު

ކޮލަމްބޯ (މާޗް 6) - ލަންކާ ހަނގުރާމައިގެ ތެރޭގައި ހިންގާފައިވާ ޖަރީމާތައް ތަހުގީގު ކުރުމަށް އދ. އިން ތަކުރާރުކޮށް ގޮވާލި ނަމަވެސް އެ މައްސަލަތައް ބަލާ ޕެނަލުގައި ބޭރުގެ ފަނޑިޔާރުން ހިމެނުމަށް ރައީސް މައިތުރިޕާލާ ސިރިސޭނާ އަނެއްކާވެސް ދެކޮޅު ހައްދަވައިފި އެވެ.

04 މާޗް

March 04, 2017
ލަންކާގެ އިންސާނީ ހައްގުތަކުގެ ރެކޯޑް އަދިވެސް ދަށް

ކޮލަމްބޯ (މާޗް 4) - ސްރީ ލަންކާގެ ހަނގުރާމަ ނިމުނުތާ އަށް އަހަރުވީ އިރު ވެސް އެ ގައުމުގައި އަނިޔާ އާއި ލާއިންސާނީ އަމަލުތައް އަދިވެސް ހިންގާ ކަމަށް އދ. އިން ބުނެފި އެވެ.