23 މެއި

May 23, 2020
"ބިމު ކުލިން 900 މިލިއަން މަދުވާނެ"

ކުރިއަށް އޮތް ހަ މަސްދުވަހުގެ ބިމު ކުލި ދެއްކުން ފަސްކުރުމުން ސަރުކާރަށް ލިބެން ޖެހޭ 900 މިލިއަން ރުފިޔާ މިއަހަރު މަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ...

May 23, 2020 17
މިހާތަނަށް އިންކަމް ސަޕޯޓަށް 290،000ރ، ދީފި

ވަޒީފާ ގެއްލިފައިވާ މީހުންގެ ތެރެއިން، އިކޮނޮމިކް ރިލީފް ފަންޑުން މިހާތަނަށް 69 މީހަކަށް 290،000ރ. ރުފިޔާ ދޫކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

21 މެއި

May 21, 2020 12
ކުރީގެ އުސޫލުން ރޯދަ މަހު އިތުރުގަޑީގެ ފައިސާ ލިބޭނެ

އެހެން އަހަރުތަކޭ ވެސް އެއް އުސޫލުން މި ރޯދަ މަހުގެ އިތުރު ގަޑީގެ ފައިސާ ދޭނެ ކަމަށް ފިނޭންސް މިނިސްޓްރީން މިރޭ ބުނެފި އެވެ.

17 މެއި

May 17, 2020 54
ކުރީގެ ރައީސުންގެ އިނާޔަތް މުރާޖައާ ކުރަން އެދިއްޖެ

ކުރީގެ ރައީސުންނަށް ދެމުން އަންނަ އިނާޔަތްތައް މުރާޖައާ ކުރަން ސަރުކާރުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

16 މެއި

May 16, 2020 39
72 ޕަސެންޓް ހޭދަކުރީ އެސްޓީއޯ މެދުވެރިކޮށް: އަމީރު

ކޮވިޑާ ގުޅިގެން ސަރުކާރުން މިހާތަނަށް ކޮށްފައިވާ ހޭދައިގެ 72 ޕަސެންޓް ހަރަދުކޮށްފައި ވަނީ އެސްޓީއޯ މެދުވެރިކޮށް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ...

May 16, 2020 20
72 ޕަސެންޓް ހޭދަކުރީ އެސްޓީއޯ މެދުވެރިކޮށް: އަމީރު

މުވައްޒަފުންގެ މުސާރަ ކަނޑައި ނޯޕޭ ލީވް ދީފައިވާޔީ، ސަރުކާރުގެ ރިކަވަރީ ޕެކޭޖްގެ ލޯނު ދޫނުކުރަން ނިންމާފައިވާ ފަރާތްތަކަށް ޝަރުތުތަކަކާ އެކު ލޯނަށް އެދެވޭ ގޮތް ހަމަޖައްސައިފި އެވެ.

08 މެއި

May 08, 2020 25
"އައިއޭއެސް ފަދަ ކުންފުނިތަކުގެ މުސާރަ ކުޑަކުރާނަން"

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ކުރާ މަސައްކަތުގައި ސަރުކާރުގެ ކުންފުނިތަކުގައި އާދަޔާ ހިލާފު ބޮޑު މުސާރަތައް ލިބޭ މީހުންގެ މުސާރަތައް ވެސް ކުޑަ ކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ.

07 މެއި

May 07, 2020 13
"އަންނަ ހަފްތާގައި ގިނަ ބަޔަކަށް ފައިސާ ދޫކުރާނަން"

އެސްއެމްއީ ބޭންކް ބެދުވެރިކޮށް ރިލީފް ފަންޑުގެ ތެރެއިން އެހީއަށް އެދި ހުށަހެޅި 90 ޕަސެންޓް މީހުންނަށް މި ފެށޭ ހަފްތާގައި ފައިސާ ދޫކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިއަދު ވިދާޅުވެއްޖެ އެވެ.

26 އެޕްރީލް

April 26, 2020 51
އެމްއެމްއޭއިން ފައިސާ ނަގަން ސަރުކާރަށް ހުއްދަދީފި

ސަރުކާރުގެ ކޭޝްފްލޯ ހަމަޖެއްސުމަށްޓަކައި މަރުކަޒީ ބޭންކް (އެމްއެމްއޭ)ގެ ޕަބްލިކް އެކައުންޓުން ފައިސާ ނެގުމަށްޓަކައި ސަރުކާރުން އެދުނު އެއް އަހަރު ދުވަހުގެ ހުއްދަ ދޭން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

25 އެޕްރީލް

April 25, 2020 30
މިއީ ސަރުކާރަށް އެހީތެރިވާންވީ ވަގުތު: އުޝާމް

ޕަބްލިކް ބޭންކް އެކައުންޓުން 4.4 ބިލިއަން އޯވަޑްރޯ ކުރުމުގެ ހުއްދައަކަށް ސަރުކާރުން އެދޭނީ އިގްތިސާދީ ހާލަތު ވަރަށް ގޯސްވީމާކަން ގަބޫލުކުރަންޖެހޭ ކަމަށާއި މިއީ ސަރުކާރަށް އެހީތެރިވާންވީ ވަގުތު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

24 އެޕްރީލް

April 24, 2020 5
ނުފަށާ ހުރި ޕީއެސްއައިޕީ ޕްރޮޖެކްޓްތައް މަޑުޖައްސާލައިފި

ކޮވިޑް-19 ގެ ސަބަބުން އިގްތިސާދު ހީނަރުވެފައި ވާތީ ސަރުކާރުގެ ހަރަދުތައް ކުޑަ ކުރުމުގެ ގޮތުން، ނުފަށާ ހުރި ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ޕްރޮޖެކްޓްތައް...

April 24, 2020 19
ސިއްހީ ދާއިރާ އަށް އިތުރަށް 1.6 ބިލިއަން ރުފިޔާ!

ކޮވިޑް-19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ސިއްހީ ދާއިރާ އަށް އިތުރަށް 1.6 ބިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެ އެވެ.

22 އެޕްރީލް

April 22, 2020 40
ހަރަދަށް ޒިންމާވުމުގެ ގާނޫނުގެ ބައެއް ސަސްޕެންޑްކުރަނީ

ދައުލަތުގެ ހަރަދަށް ޒިންމާވުމުގެ ގާނޫނުގައިވާ ފިސްކަލް އުސޫލުތަކަށް އަމަލުކުރަން އުނދަވޫ ހާލަތެއް، މިހާރު އުފެދިފައިވާތީ އެ ގާނޫނުގެ ބައެއް މާއްދާތަކަށް އަމަލުކުރުން އެއް އަހަރު ދުވަހަށް ހުއްޓައިލުމުގެ ހުއްދަ އަށް ސަރުކާރުން މަޖިލީހުގައި މިއަދު އެދިއްޖެ އެވެ.

11 އެޕްރީލް

April 11, 2020 26
މި މަހުގެ 20 ގެ ކުރިން ރޯދަ އިނާޔަތް ދޭން ޖެހޭ

މި އަހަރުގެ ރޯދަ އިނާޔަތް މި މަހުގެ 20 ކުރިން ހުރިހާ މުވައްޒަފުންނަށް ދޭންޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީން ކަނޑައަޅައި ސަރުކާރުގެ މުވައްޒަފުންނަށް އެ އިނާޔަތް ދިނުމުގައި އަމަލު ކުރާނެ އުސޫލު އެ މިނިސްޓްރީން އާންމުކޮށްފި އެވެ.

07 އެޕްރީލް

April 07, 2020 28
ރިސޯޓުތަކަށް 7 މިލިއަން، ވިޔަފާރިތަކަށް 1 މިލިއަން

ކޮވިޑް-19އާ ގުޅިގެން ސަރުކާރުން އިއުލާންކުރި ސްޓިމިއުލަސް ޕެކޭޖުން ރިސޯޓަކަށް ގިނަވެގެން ދޫކުރާނީ 7.7 މިލިއަން ރުފިޔާ އަދި އެހެނިހެން ކޮންމެ ވިޔަފާރިއަކަށް އެއް މިލިއަން ރުފިޔާ ކަމަށް ސަރުކާރުން ހަމަޖައްސައިފި އެވެ.

06 އެޕްރީލް

April 06, 2020 3
މާޗްމަހުގެ އޯޓީ މި މަހުގެ މުސާރައާ އެކު ލިބޭނެ:އަމީރު

ސިވިލް ސާވިސް މުވައްޒަފުންގެ މިދިޔަ މާޗު މަހުގެ އިތުރު ގަޑީގެ ފައިސާ ނުވަތަ އޯޓީ މި މަހުގެ މުސާރައާ އެކު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

05 އެޕްރީލް

April 05, 2020 6
ހަތަރު މިނިސްޓަރަކާ އެކު އޮންލައިންކޮށް ކޮމިޓީ ބާއްވަނީ

ކޮވިޑް19ގެ ސަބަބުން ރާއްޖެ އަށް ދިމާވެފައިވާ އިގްތިސާދީ ހާލަތުން އަރައިގަތުމަށް ސަރުކާރުން ތައާރަފްކުރި ސްޓިމިއުލަސް ޕެކޭޖް ތަންފީޒުކުރަން މަޖިލީހުން ދެކޭ ގޮތް ކަނޑައަޅަން ހުށަހަޅާފައިވާ ހުށަހެޅުމާ މެދު މަޝްވަރާކުރަން ކެބިނެޓުގެ ހަތަރު ވަޒީރަކާ އޮންލައިންކޮށް ބައްދަލުކުރަން ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމިޓީން ރޭ...

02 އެޕްރީލް

April 02, 2020 21
ކައުންސިލްތަކަށް ކަނޑައެޅި ފައިސާ ރިވައިސްކުރަނީ

ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓް ލޯކަލް ކައުންސިލްތަކަށް ދޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލާ އެއްގޮތަށް ކައުންސިލްތަކަށް ބަޖެޓްގައި ކަނޑައެޅި ފައިސާގެ އަދަދު ރިވައިސްކުރާނެ ކަމަށް ސަރުކާރުން ރޭ ބުނެފި އެވެ.

April 02, 2020 30
މި އަހަރުގެ ޑެފިސިޓް 12 ބިލިއަނަށް އަރާނެ: އަމީރު

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުގެ ބަޖެޓަށް އިތުރުވާ ހަ ބިލިއަން ރުފިޔާއާ އެކު ދައުލަތުގެ ބަޖެޓު 12 ބިލިއަން ރުފިޔާ އަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވި...

April 02, 2020 10
ވަޒީފާއިން ވަކި ކުރާ މީހުންނަށް 3 މަހުގެ އެލަވަންސެއް

ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ކުރިމަތިވެފައިވާ އަޑިގަނޑުގައި ވަޒީފާ ގެއްލޭ މީހުންނަށް ތިން މަސް ވަންދެން ހާއްސަ އެލަވަންސެއް ދޭން ސަރުކާރުން ނިންމައިފި އެވެ.

01 އެޕްރީލް

April 01, 2020 11
ސްޓިމިއުލަސް ޕެކޭޖުތައް އަންނަ ހަފްތާގައި ދޫކުރާނެ

ސަރުކާރުން އިއުލާނުކޮށްފައިވާ 2.5 ބިލިއަން ރުފިޔާގެ ސްޓިމިއުލަސް ޕެކޭޖުގެ ދަށުން ވިޔަފާރިތަކަށް އަންނަ ހަފުތާގައި ލޯނު ދޫކުރަން ފަށާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު...

April 01, 2020 48
12 ބިލިއަނުން ބަޖެޓް ދަރަނިވެދާނެ: އަމީރު

މި އަހަރަށް ކަނޑައަޅާފައިވާ ދައުލަތުގެ ބަޖެޓު 12 ބިލިއަން ރުފިޔާ އިން ޑެފިސިޓް ވުމުގެ ބިރު އެބައޮތް ކަމަށާއި ދައުލަތަށް ލިބެމުން އަންނަ އާމްދަނީ ވަރަށް ބޮޑަށް މަދުވަމުންދާ ކަމަށް...

31 މާޗް

March 31, 2020 15
އިކޮނޮމިކް ޕެކޭޖާ ބެހޭ އިތުރު މައުލޫމާތު މިރޭ

ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ބާއްވަމުން އަންނަ ސިލްސިލާ ޕްރެސް ކޮންފަރެންސްގެ ތެރެއިން މިރޭ ބާއްވާ ކޮންފަރެންސްގައި އިކޮނޮމިކް ރިކަވަރީ ޕްލޭނާ ގުޅޭ ގޮތުން މައުލޫމާތު ދިނުމަށް ނިންމައިފި އެވެ.

29 މާޗް

March 29, 2020 23
ޑަބަލް އިންޓްރެސްޓް ނުނަގަން ބީއެމްއެލުން ނިންމައިފި

ފަސް ކުރާ ލޯނުތަކަށް ޑަބަލް އިންޓްރެސްޓް ނާރާ ގޮތް ހަމަޖައްސައިފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބުނެފި އެވެ.

26 މާޗް

March 26, 2020
ކޮވިޑް-19: ވަޒީފާގެ މައްސަލަތަކުގެ 104 ޝަކުވާުއެއް

ކޮވިޑް-19އާ ގުޅުވައިގެން ވަޒީފާ އިން ވަކިކުރުމާއި މުސާރަ ކުޑަކުރުން ފަދަ މައްސަލަތަކުގެ 104 ޝަކުވާއެއް މިހާތަނަށް ޖޮބް ސެންޓަރަށް ލިބިފައިވާ ކަމަށް ސަރުކާރުން ބުނެފި އެވެ.