11 ޑިސެމްބަރ

December 11, 2019 21
އިބޫ އަށް ފިޔަވަޅު ނާޅަނީ ޝަކުވާއެއް ނުލިބޭތީ: ހޫދު

ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާ މެދުގައި ފިޔަވަޅު ނާޅައި އޮތީ މިހާތަނަށް އައި އިރު، އޭނާއާ ގުޅޭ ގޮތުން އެއްވެސް ޝަކުވާއެއް ރައީސް އޮފީހަށް ލިބިފައި ނުވާތީ ކަމަށް އެ އޮފީހުން މިއަދު ބުނެފި އެވެ.

09 ޑިސެމްބަރ

December 09, 2019 27
ޝަޒައިލް ސަސްޕެންޝަންގައި، އިބޫ އަށް ފިޔަވަޅެއް ނާޅާ!

ކޮރަޕްޝަން ހިންގެވި ކަމަށް ތުހުމަތުކޮށް، މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސެޕްންޑްކޮށްފައި ހުރި އިރު، ކޮރަޕްޝަންގެ ތުހުމަތުކޮށްފައިވާ ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އަށް އަދި ފިޔަވަޅެއް ނާޅަ އެވެ.

07 ޑިސެމްބަރ

December 07, 2019 16
ބޯޓުގެ މައްސަލާގައި އިހުމާލުވިމީހުންނަށް ފިޔަވަޅު އަޅަނީ

ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓު ނަގައި ނައްތާލަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ޕާކަވަން ކުންފުންޏާ ހަވާލުކުރުމުގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އާއި އެ ތަނުގެ ވެރިން އަމަލު ކުރައްވާފައި ވަނީ ގާނޫނާ ޚިލާފަށް ކަމަަށާއި އެހެންވެ މި މައްސަލާގައި އިހުމާލުވާ އެންމެންނާ...

06 ޑިސެމްބަރ

December 06, 2019 22
އިބޫގެ ވާހަކަތައް ފިނޭންސުން ދޮގުކޮށްފި

ތިލަފުށި ފަޅުތެރެއިން ބޯޓު ނަގައި ނައްތާލަން ޕާކަވަން ކުންފުންޏާ ހަވާލުކުރީ ކޯޓުތަކުން ނެރުނު އަމުރުތަކާއި ފިނޭންސް މިނިސްޓްރީއާ އެކު ކުރި މުއާމަލާތްތަކާ އެއްގޮތަށް ކަމަށް ވިދާޅުވެ، ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އެކި ޕްލެޓްފޯމްތަކުގައި ތަކުރާރުކޮށް ދައްކަވާ ވާހަކަތައް ފިނޭންސް...

21 ނޮވެމްބަރ

November 21, 2019 13
ބޯޓުގެ މައްސަލައިގައި އެމްޑީ އިބޫ "ހޫނުފެނަށް"

ތިލަފުށި ފަޅުގައި އެޅި ދަގަނޑު ބޯޓު ނަގަން ހަވާލުކުރުމުގައި ސުވާލު އުފެދޭ ކަންތައްތަކެއް ހުރި ކަމަށް ވިދާޅުވެ، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (މާމިގިލީ އިބޫ) އަށް ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި ހޫނު ރައްދެއް ދީ، އޭނާ އެ މަގާމުން ވަކިކުރުމަށް...

20 ނޮވެމްބަރ

November 20, 2019 33
ތިލަފުށި ހިންގާ ކުންފުނީގައި އެތެރޭގައި ކޯޅުމެއް

ސިނާއީ ރަށް ތިލަފުށްޓާއި ގުޅިފަޅު ބަލަހައްޓާ ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ގެ މެނޭޖިން ޑިރެކްޓަރާއި އެ ކުންފުނީގެ ބޯޑާ ދެމެދު ބޮޑު ކޯޅުމެއް އުފެދި ކުންފުނި ހިންގުމުގައި މައްސަލަތައް ކުރިމަތިވެއްޖެ އެވެ.

19 ނޮވެމްބަރ

November 19, 2019 4
ކެމިކަލް ގުދަންތައް ނިމުމުން ރައީސަށް ހިތްހަމަޖެހުން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، މިދިޔަ އާދިއްތަ ދުވަހު ތިލަފުއްޓަށް ވަޑައިގެން، ހިނިތުންވުމާ އެކު ކެމިކަލް ގުދަންތައް ބައްލަވައިލެއްވީ ސަބަބުތަކެއް ނެތިއެއް ނޫނެވެ. އެއީ، ކުރިން އެއްވެސް ސަރުކާރަކަށް ކުރެވުނު ކަމެއް ނޫނެވެ. އެކަމަކު ރައީސް ބައްލަވާލެއްވީ މާލޭގެ ބޮޑު އާބާދީ ނުރައްކަލުން ސަލާމަތްކޮށް ދެއްވުމުގެ އަމަލީ...

18 ނޮވެމްބަރ

November 18, 2019 24
ތިލަފުށީގައި ގުދަންތައް އަޅަން ހަވާލުކުރީ އަގުބޮޑުކޮށް

ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ގުދަންތައް ތިލަަފުށްޓަށް ބަދަލުކުރުމަށް ތިލަފުށީގައި ގުދަންތަކެއް އަޅަން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއަައިޒެޑްއެލް) އިން އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކުރީ ކުރިން އަންދާޒާކޮށްފައިވާ ވަރަށް ވުރެ، ބޮޑު އަގަކަށް ކަމަށް އެންޓިކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން...

16 ނޮވެމްބަރ

November 16, 2019 10
ތިލަފުށީގައި ކެމިކަލް ގުދަންތައް ހަދައި ނިންމައިފި

ކެމިކަލް ހިމެނޭ ބާވަތްތައް ރައްކާ ކުރުމަށްޓަކައި ހ. ތިލަފުށީގޭގައި ހަދާފައިވާ ކެމިކަލް ގުދަނެއްގައި މިދިޔަ ސެޕްޓެމްބަރު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރުމަށްޓަކައި ތައްޔާރުކުރި ތަންތަނުގެ މަސައްކަތް ނިންމާލައިފި އެވެ.

09 ނޮވެމްބަރ

November 09, 2019 20
ބޯޓު މައްސަލާގައި ކުންފުނީގެ އިހުމާލެއް ނެތް: އިބޫ

ތިލަފުށި ފަޅުގައި އެޅި ދަގަނޑު ބޯޓު ނަގަން ހަވާލުކުރި ޕާކަވަން ކުންފުނިން ހޯދަން އެދުނު މާލީ ބަދަލު، ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން (ޖީއެމްއައިޒެޑް) އިން ދޭން ޖެހޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށާއި އެ މަސައްކަތް ހުއްޓުވީ ފުލުހުން ކަަމަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) މިދިޔަ ހަފުތާގައި...

12 އޮކްޓޯބަރ

October 12, 2019 18
ތިލަފުށީގައި ގުދަންތައް ހަދަން އެސްޖޭ ކޮންސްޓްރަކްޝަނަށް

ތިލަފުށީގައި ކެމިކަލް ގުދަން ހެދުމުގެ މަސައްކަތް 9.5 މިލިއަން ރުފިޔާ އަށް އެސްޖޭ ކޮންސްޓްރަކްޝަން ކުންފުންޏާ، ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިދިޔަ ހަފުތާގައި ހަވާލުކޮށްފި އެވެ.

07 އޮކްޓޯބަރ

October 07, 2019 1
ކެމިކަލް ގުދަން ހަދަން 19 ފަރާތަކުން ޝައުގުވެރިވެއްޖެ

ނުރައްކާތެރި ކެމިކަލްތައް ރައްކާކުރާ ގުދަންތައް ތިލަފުށްޓަށް ބަދަލުކުރަން އަޅާ ގުދަންތައް ޑިޒައިންކޮށް، އިމާރާތް ކުރަން 19 ފަރާތަކުން ޝައުގުވެރިކަން ފާޅުކޮށްފައިވާ ކަަމަށް ތިލަފުށްޓާއި ގުޅިފަޅު ބަލަހައްޓާ ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) އިން މިއަދު ބުނެފި އެވެ.

02 އޮކްޓޯބަރ

October 02, 2019 5
ގުދަންތައް ހެދުން އިއުލާންކޮށްގެން ހަވާލުކުރަން ލަފާދީފި

ތިލަފުށީގައި ކެމިކަލް ގުދަންތައް ހެދުން ބަޔަކާ ހަވާލުކުރުން ހާމަކަން ބޮޑު ގޮތެއްގައި ކުރިއަށް ގެންދަން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އަށް ލަފާދީފި އެވެ.

26 ސެޕްޓެމްބަރ

September 26, 2019 34
ބީލަމަށް ނުލާތީ ފާޑުކިޔުން! "މިއީ ޒީރޯ ޓޮލަރެންސް؟"

ތިލަފުށީގައި ކެމިކަލް ގުދަންތައް ހެދުން ބީލަމަށް ނުލައި ބަޔަކާ ހަވާލުކުރުމަކީ ކޮރަޕްޝަނަށް ހުރި ދޮރުތައް ބަންދުކުރަން މި ސަރުކާރުން ގެންގުޅޭ "ޒީރޯ ޓޮލަރެންސް" ސިޔާސަތުތޯ ސުވާލު އުފައްދައި، ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

25 ސެޕްޓެމްބަރ

September 25, 2019 16
ގުދަން ހެދުން ބީލަމަށް ނުލީ އެއީ އަވަސް ކަމަކަށް ވާތީ

މާލޭގައި ހުރި ކެމިކަލް ރައްކާ ކުރާ ގުދަންތަކާއި ގަރާޖުތައް ތިލަފުށްޓަށް ބަދަލުކުރުމަށްޓަކައި އެ ރަށުގައި ހަދާ ތަންތަނުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ބީލަމަށް ނުލީ އެއީ ސަރުކާރުން އަވަހަށް ނިންމަން ބޭނުންވާ ލިސްޓުގައި ހިމެނޭ ކަމަކަށް ވާތީ ކަމަށް ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިއަދު...

23 ސެޕްޓެމްބަރ

September 23, 2019 8
ތިލަފުށިން ކެމިކަލް ގުދަން ކުއްޔަށްދޫކުރަން ހުޅުވާލައިފި

މާލޭގައި ހުރި ކެމިކަލް ގުދަންތައް ކ. ތިލަފުއްޓަށް ބަދަލުކުރަން އެދި ހުށަހެޅުމުގެ ފުރުސަތު ގްރޭޓާ މާލޭ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑް) އިން މިއަދު ހުޅުވާލައިފި އެވެ.