15 ޖުލައި

July 15, 2020 10
އެއާޕޯޓްތަކަށް ގެންނަ މުދަލުން ޑިއުޓީ ކުޑަކުރަނީ

އައްޑު އާއި ކުޅުދުއްފުށީ ޕޯޓުގެ އިތުރުން ބައިނަލްއަގްވާމީ ވައިގެ ބަނދަރުތަކަށް ގެންނަ މުދަލުން ވެސް 50 ޕަސެންޓަށް ޑިއުޓީ ކުޑަ ކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މީގެ ތެރޭގައި ދުންފަތާއި އެނަޖީ ޑްރިންކްތައް ވަނީ އިސްތިސްނާކޮށްފަ އެވެ.

07 ޖުލައި

July 07, 2020 12
ސަރަހައްދީ ބަނދަރުން 50 ޕަސެންޓް ޑިއުޓީ ކުޑަކުރަނީ

ސަރަހައްދީ ވިޔަފާރި ބަނދަރުތަކަށް ގެންނަ މުދަލުން ނަގާ ޑިއުޓީ 50 ޕަސެންޓަށް ކުޑަކުރަން އިމްޕޯޓް އެކްސްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިިލީހުގެ ކޮމެޓީން ފާސްކޮށްފި އެވެ.

12 ޑިސެމްބަރ

December 12, 2018 3
ޑީސަލުން ޑިއުޓީ ކަނޑާލަން މަޖިލީހުން ފާސްކޮށްފި

ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ އެއްކޮށް ކަނޑައިލުމަށް ސަރުކާރުން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

11 ޑިސެމްބަރ

December 11, 2018 7
ދަނޑުވެރިކަމުގެ ތަކެތިން ޑިއުޓީ ކަނޑާލަން ފާސްކޮށްފި

ދަނޑުވެރިކަން ކުރުމަށް ރާއްޖެ އިން ބޭރުން އެތެރެ ކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް އެކްސްޕޯޓް، އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި...

December 11, 2018 26
ޑީސަލުން ޑިއުޓީ ކަނޑާލައި ކަރަންޓުގެ އަގުހެޔޮ ކުރަނީ

ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކަނޑާލައި، ކަރަންޓުގެ އަގު ހެޔޮ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް މިއަދު...

15 ޖޫން

June 15, 2017 10
ތެލުން ޑިއުޓީ ކުޑަކުރުމުގެ އިސްލާހު ތަސްދީގުކުރައްވައިފި

ޕެޓްރޯލާއި ޑީސަލުން ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ރައްޔިތުންގެ މަޖިލިހުން އިއްޔެ ފާސްކުރި އިސްލާހު، ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގުކުރައްވައިފި އެވެ.

14 ޖޫން

June 14, 2017 8
ޕެޓްރޯލާއި ޑީސަލްގެ ޑިއުޓީ ކުޑަކުރަން ފާސްކޮށްފި

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލިހުން މިއަދު ފާސްކޮށްފި އެވެ.

12 ޖޫން

June 12, 2017 31
ޕެޓްރޯލާއި ޑީސަލްގެ ޑިއުޓީ ކުޑަކުރަން ކޮމެޓީންފާސްކޮށްފި

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލިހުގެ އިގްތިސާދީ ކޮމެޓީން މިރޭ ފާސްކޮށްފި އެވެ.

June 12, 2017 36
ތެލުގެ ޑިއުޓީ ކުޑަކޮށްފިއްޔާ ރައްޔިތުންނަށް ލުއިވާނެ

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ކުޑަ ކޮށްފި ނަމަ، ރައްޔިތުންގެ ޖީބަށް ލުޔެއް ލިބޭނެ ކަމަށް ސަރުކާރަށް ތާއީދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިއަދު...

June 12, 2017 32
ޕެޓްރޯލާއި ޑީސަލުން ޑިއުޓީ ނުނަގަން ގޮވާލައިފި

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ އެކުގައި ކަނޑައިލުމަށް އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގައި މިއަދު ގޮވާލައިފި އެވެ.

11 ޖޫން

June 11, 2017 80
ޕެޓްރޯލާއި ޑީސަލުގެ ޑިއުޓީ ކުޑަ ކުރަން މަޖިލީހަށް

ޕެޓްރޯލާއި ޑީސަލުން މިހާރު ނަގަމުން އަންނަ ޑިއުޓީ ފަސް ޕަސެންޓަށް ކުޑަ ކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް ސަރުކާރުން ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ފޮނުވައިފި އެވެ.

01 މާޗް

March 01, 2017 14
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރަން ފާސްކޮށްފި

ސިނގިރޭޓާއި އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ. މި އިސްލާހު ތަސްދީގުކޮށްފި ނަމަ، ސިނގިރޭޓު ފޮއްޓަކުން 20ރ.، އެނާޖީ ޑްރިންކް ދަޅަކުން 8ރ. ބޮޑު ވާނެ އެވެ.

28 ފެބުރުއަރީ

February 28, 2017 5
ސިނގިރޭޓާއި އެނާޖީޑްރިންކް އަގުބޮޑުކުރަން މާދަމާ ވޯޓަށް

ސިނގިރޭޓާއި އެނާޖީ ޑްރިންކާއި ސޮފްޓް ޑްރިންކުން ޑިއުޓީ ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވޯޓަށް އެހުމަށް ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.

27 ފެބުރުއަރީ

February 27, 2017 31
އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރަނީ

އެނާޖީ ޑްރިންކުގެ ދަޅަކުން 8ރ. ބޮޑުކުރުމަށް އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ދިރާސާކުރި، ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ފާސްކޮށްފި އެވެ.

26 ފެބުރުއަރީ

February 26, 2017 13
ސިނގިރޭޓު އެތެރެކުރި އަދަދު 200 ޕަސެންޓް މައްޗަށް

ސިނގިރޭޓުގެ އިމްޕޯޓް ޑިއުޓީ ބޮޑުކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކުރަން އުޅޭ ބިލާ އެކު، ސިނގިރޭޓު އެތެރެކުރި އަދަދު 200 ޕަސެންޓް މައްޗަށް ހިނގައްޖެ އެވެ.

22 ފެބުރުއަރީ

February 22, 2017 8
ޑިއުޓީ ފައިސާއިން ހޭލުންތެރިކަމަށް ހޭދަކުރަން ދެކޮޅު

ދުންފަތުގެ ބާވަތްތަކުން ނަގަމުން އަންނަ ޑިއުޓީ ބޮޑުކޮށްގެން ލިބޭ ފައިސާގެ ފަސް ޕަސެންޓް އާންމުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ސަރުކާރަށް ތާއީދުކުރައްވާ...

February 22, 2017 37
ކޮމެޓީން ފާސްކުރީ ސިނގިރޭޓަކުން ރުފިޔާއެއް ބޮޑުވާގޮތަށް

ސިނގިރޭޓާއި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހުގެ އިގްތިސާދީ ކޮމެޓީން ފާސްކޮށްފި އެވެ. ކޮމެޓީން...

14 ފެބުރުއަރީ

February 14, 2017 13
ސިނގިރޭޓުން ޑިއުޓީ ބޮޑުކުރާ އިސްލާހު ބަލައިގެންފި

ސިނގިރޭޓް އާއި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑުކުރަން އެކްސްޕޯޓް އިމްޕޯޓް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް މިއަދު ބަލައިގެންފި އެވެ.

February 14, 2017 136
ސިނގިރޭޓް ފޮއްޓެއް ވިއްކަންވީ 100ރ އަށް: ނިހާން

ދިވެހިން އާންމުކޮށް ބޭނުންކުރަމުން އަންނަ ސިނގިރޭޓުގެ އަގު ބޮޑުކޮށް، ފޮއްޓެއް 100ރ. އަށް ވުރެ މަތީ އަގެއްގައި ވިއްކަން ޖެހޭ ކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާނު މިއަދު...

12 ފެބުރުއަރީ

February 12, 2017 30
ސިނގިރޭޓާއި އެނާޖީ ޑްރިންކުން ޑިއުޓީ ބޮޑު ކުރަނީ

މި އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓުގައި ކަނޑައަޅާފައި އޮތް ވަރަށް ވުރެ ބޮޑަށް ސިނގިރޭޓް އާއި އެނާޖީ ޑްރިންކުން ނަގާ ޑިއުޓީ ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހަށް ބިލެއް ފޮނުވައިފި އެވެ.

08 ނޮވެމްބަރ

November 08, 2016 28
ސިނގިރޭޓާއި އެނާޖީ ޑްރިންކްގެ ޑިއުޓީ ބޮޑުކުރަނީ

ދައުލަތަށް އާމްދަނީ އިތުރުކުރަން އަންނަ އަހަރުން ފެށިގެން ސިނގިރޭޓަކުން 1.75ރ. އަދި ފިޒީ ޑްރިންކާއި އެނާޖީ ޑްރިންކުން 20 ޕަސެންޓްގެ އެޑްވެލޮރަމް ޓެކްސްއެއް ނަގަން ސަރުކާރުން ނިންމައިފި އެވެ.