19 ސެޕްޓެމްބަރ

September 19, 2018 84
އިބޫއަކީ ކޭކު ފަޅަން ވަޅި ހިފަހައްޓައިގެން ހުރި މީހެއް

އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) އަކީ އިދިކޮޅު ޕާޓީތަކުގެ ލީޑަރުން އަންގަވާ ގޮތަކަށް ކަން ކުރައްވަން ހަމަޖައްސަވާފައިވާ ބޭފުޅެއް ކަމަށް ވިދާޅުވެ، ޕީޕީއެމްގެ ކެންޑިޑޭޓު ރައީސް އަބްދުﷲ ޔާމީން މިރޭ ފާޑުވިދާޅުވެއްޖެ އެވެ.

11 ސެޕްޓެމްބަރ

September 11, 2018 91
އިބޫ، ހަތަރު ލީޑަރުން ރަމްޒީކޮށް "މިނިވަންކޮށްފި"!

ވެރިކަމުގެ ފުރަތަމަ ދުވަހު، އިދިކޮޅު ސިޔާސީ ހަތަރު ލީޑަރުން މިނިވަން ކުރައްވަން، އިދިކޮޅު ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ވެވަޑައިގެންފައިވާ ވައުދު ފުއްދަވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވެވުމުގެ ގޮތުން، ށ. ފޯކައިދޫގައި އެ ލީޑަރުން ރަމްޒީކޮށް މިނިވަންކުރައްވައިފި އެވެ.

28 އޯގަސްޓް

August 28, 2018 61
ގާސިމާއި ނަޝީދަށް ވޯޓު ލެވޭނީ ޖަލަށް: އިލެކްޝަންސް

އަންނަ މަހު 23 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅު ކޯލިޝަންގެ ދެ ލީޑަރުން ކަމަށްވާ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވޯޓުލައްވަން ޖެހޭނީ ޖަލު ފޮއްޓަށް ކަމަށް އިލެކްޝަންސް އިން މިއަދު ބުނެފި އެވެ.

10 އޯގަސްޓް

August 10, 2018 69
އިންތިޚާބަށް ނުނިކުންނަން އުމަރާއި ޝުޖާއު ނިންމަވައިފި

މި އަހަރުގެ ރިޔާސީ އިންތިޚާބު ގައި ވާދަނުކުރައްވަން ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާއި ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) ކުރީގެ ނައިބު ރައީސް ޝުޖާއު ހުސެއިން މިއަދު ނިންމަވައިފި އެވެ.

09 އޯގަސްޓް

August 09, 2018 63
މައުމޫނާއި ނަޝީދާއި އިމްރާނަކީ ސިޔާސީ ކުށްވެރިންތަ؟

ސިޔާސީ ކުށްވެރިން މިނިވަން ކުރުމަށް، ރާއްޖޭގެ އިދިކޮޅު ސިޔާސީ ޕާޓީތަކުން ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ގޮވައިލާތާ ކިތަންމެ ދުވަހެކެވެ. ބައިނަލްއަގުވާމީ ޖަމާއަތްތަކާއި ޖަމިއްޔާތަކުން ވެސް ސަރުކާރަށް ގޮވައިލަނީ އެކަމަށެވެ. ވިލާތުގެ އިއްތިހާދުން ރާއްޖޭގެ ބައެއް ވެރިންނަށާއި ވިޔަފާރިވެރިންނަށް ދަތިކުރުމުގެ ފިޔަވަޅު އަޅަން...

04 އޯގަސްޓް

August 04, 2018 31
ލީޑަރުންގެ ފޮޓޯ ނައްޓަން ދިމާކުރުމަކީ ބަލި ގަބޫލުކުރުން

އަންނަ މަހު ބާއްވާ މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ، އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)ގެ ކެމްޕެއިން ގައި ތަތްކުރި، ޖަލު ހުކުމްގައި ތިބި އިދިކޮޅު ލީޑަރުންގެ ޕޯސްޓަރު ނައްޓަން ފުލުހުން ދިމާ ކުރުމަކީ ސަރުކާރުން ބަލި ގަބޫލު ކުރުން ކަމަށް ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު...

18 ޖުލައި

July 18, 2018 54
ޑީލް ހަދައިގެން މިނިވަންވާން އިމްރާން ބޭނުމެއް ނުވި

ސަރުކާރާ އެކު ޑީލް ހަދައިގެން މިނިވަންވުމަށް، ދިގު މުއްދަތުގައި ހުންނެވި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ދެކޮޅު ހައްދަވައިފި ކަން "މިހާރު" އަށް އެނގިއްޖެ އެވެ.

15 ޖުލައި

July 15, 2018 63
ނޮވެމްބަރު 17 ގައި ހުރިހާ ލީޑަރުން މިނިވަންވާނެ:އިބޫ

ގުޅިފައިވާ އިދިކޮޅު ޕާޓީތަކުން، މި އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރުމަށް ފަހު، ޖަލު ހުކުމުގައި ތިއްބެވި ސިޔާސީ ހުރިހާ ލީޑަރުން މިނިވަން ކުރާނެ ކަމަށް އިދިކޮޅު ކެންޑިޑޭޓު، ހިންނަވަރު ދާއިރާގެ މެމްބަރު އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިއަދު ވިދާޅުވެއްޖެ އެވެ.

10 ޖުލައި

July 10, 2018 37
އިމްރާނަށް އަނިޔާދެނީ ހައްގުންތޯ ޝަހީމް ސާފުކޮށްދެއްވާ

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އެންމެ ހެޔޮ އެދެނީ ތިމަންނާ ކަމަށް، ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓަކަށް ހަމަޖެއްސެވި ޑރ. މުހައްމަދު ޝަހީމް ދައުވާ ކުރައްވާ އިރު، ޓެރަރިޒަމްގެ ކުށް ސާބިތުކޮށް 11 އަހަރަށް އިމްރާން ޖަލަށް ލީ އިންސާފުންތޯ ފުރަތަމަ ސާފު ކޮށްދެއްވަން އަދާލަތު ޕާޓީން މިއަދު ގޮވާލައިފި އެވެ.

09 ޖުލައި

July 09, 2018 59
"އިމްރާނަށް އަދިވެސް އެންމެ ހެޔޮއެދެނީ އަޅުގަނޑު"

ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް އަދިވެސް އެންމެ ހެޔޮއެދިވަޑައިގަންނަވަނީ އޭނާ ކަމަށް، ރައީސް އަބްދުﷲ ޔާމީންގެ ރަނިން މޭޓު، ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

26 ޖޫން

June 26, 2018 17
އިމްރާން ގޭބަންދަށް ބަދަލުކޮށްފި

ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މިއަދު ގޭބަންދަށް ބަދަލުކޮށްފި އެވެ.

21 ޖޫން

June 21, 2018 84
ދެ ފަނޑިޔާރުންގެ ހުކުމް: ދިރިތިބީންނަށް އިބްރަތެއް

މީގެ އަހަރުތަކެއް ކުރިން، ސިޔާސީ ބޭފުޅުންތަކެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަން ފެށި ހިސާބުން މުޅި ގައުމުގައި ދައްކަން ފެށީ އެއް ވާހަކައެކެވެ. ފަޓާސްބަރިއެއް ހެން ޝަރީއަތުގެ އަޑުއެހެންތައް ބާއްވައި މައްސަލަތައް ނިންމާ ވާހަކަ އެވެ. ތުހުމަތުން ދިފާއުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭ ވާހަކަ އެވެ. ދިފާއުގައި ހުށަހަޅާ...

11 ޖޫން

June 11, 2018 94
އިދިކޮޅުގެ ސާފު ކެންޑިޑޭޓަކަށް ވާނީ ކޮން ބޭފުޅެއް؟

އެންމެން ވެސް ކުރީ މި ސުވާލެވެ؛ ތަފާތު ފިކުރުގެ ޕާޓީތަކުން ރިޔާސީ އިންތިޚާބަށް އެއް ކެންޑިޑޭޓަކު ނެރެވިދާނެ ހެއްޔެވެ؟ ރައީސް އަބްދުﷲ ޔާމީން ބަލިކުރަން "އަޅުގަނޑުމެން މިތިބީ އެކުގައި" ކަމަށް ޖޯޝާއި ފޯރީގައި އިދިކޮޅު ޕާޓީތަކުން ބުނަމުން އައީ ހަގީގަތް ސިއްރުކޮށްފަ އެވެ.

06 އެޕްރީލް

April 06, 2018
އިމްރާންގެ އާއިލީ ބައްދަލުވުން ކެންސަލްކޮށްފި

ޓެރަރިޒަމްގެ ކުށުގައި 12 އަހަރަށް ޖަލަށް ލާފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲގެ އާއިލީ ބައްދަލުވުން ވަކި ސަބަބެއް އެންގުމެއް ނެތި ކަރެކްޝަނަލް ސާވިސް އިން ކެންސަލްކޮށްފި އެވެ.

05 އެޕްރީލް

April 05, 2018 27
ޓެރަރިސްޓުން؟ ހަގީގަތުގައި ވެސް ޓެރަރިސްޓުންތަ؟

އެއް ބަޔަކު ބުނަނީ ރާއްޖޭގައި ގިނަ އަދަދެއްގެ ޓެރަރިސްޓުން އުޅޭ ކަމަށެވެ. އޭގެ ތެރެއިން ވެސް ގިނަ ބަޔަކު ތިބީ ބޭރު ގައުމުތަކުގެ ހަނގުރާމަތަކުގައި ބައިވެރިވާން އެ ގައުމުތަކަށް ގޮހެވެ. ބައެއް މީހުން އެ ގައުމުތަކުގައި މަރު ވެސް ވެއްޖެ އެވެ.

05 މާޗް

March 05, 2018 21
އާއިލީ ބައްދަލުވުންތައް ނުދޭތީ އަނބިން ކަރެކްޝަންސަށް

މާފުށީ ޖަލުގައި ހުކުމް ތަންފީޒުކުރައްވަމުން ގެންދަވާ ސިޔާސީ ބޭފުޅުންނަށް އާއިލީ ބައްދަލުވުންތައް މެދުކަނޑާލާފައިވާ މައްސަލާގައި އެ ބޭފުޅުންގެ އަނބިން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގައި މިއަދު ކަންބޮޑުވުންފާޅުކުރައްވައިފި އެވެ.

03 މާޗް

March 03, 2018 8
ސިޔާސީ ގައިދީންގެ އަނބިއަނބިކަނބަލުން ދެއްވި މެސެޖް

އެ ބޭފުޅުންގެ ދުލުން އިވުނު އެންމެ ޝައުގުވެރިކުރުވަނިވި ވާހަކައަކީ މިއީ އެވެ: މި ތިބީ "އެކަކު އަނެކަކުގެ ކިބައިން ހިތްވަރު ލިބިގަނެ، އަތުގުޅާލައިގެން" ނެވެ. މިއީ އެކި ތުހުމަތުތަކުގައި ޖަލުގައި ތިއްބެވި ސިޔާސީ ބޭފުޅުންގެ އަނބިއަނބިކަނބަލުންގެ ޝުއޫރެވެ. އެ ބޭފުޅުންގެ ވާހަކަތަކުން އެނގުނު ގޮތުގައި ތިއްބެވީ ދޫދޭ ގޮތަކަށް ނޫނެވެ....

28 ފެބުރުއަރީ

February 28, 2018 10
އިމްރާންގެ ސިއްހީ ހާލަތު ދަނީ ގޯސްވަމުން: އަދާލަތު

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އަދާލަތު ޕާޓީގެ ރައީސް ޝައިޚް އިމްރާން އަބްދުﷲ އަށް އެކަށީގެންވާ ފަރުވާ ނުލިބުމުގެ ސަބަބުން ސިއްހީ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް ބުނެ އަދާލަތު ޕާޓީން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.

21 ފެބުރުއަރީ

February 21, 2018 41
އިމްރާން ދޫކޮށްލަން 40 އިލްމުވެރިއަކު ގޮވާލައިފި

އަދާލަތު ޕާޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ދޫކޮށްލަން، ދީނީ އިލްމުވެރިންގެ 40 ބޭފުޅަކު ޕެޓިޝަނެއްގައި ސޮއިކުރައްވައި، ސަރުކާރުގެ ކަމާބެހޭ އިދާރާތަކަށް ގޮވާލައްވައިފި އެވެ.

15 ފެބުރުއަރީ

February 15, 2018 1
"ޗަރުކޭހެއް" ކަން ސާފު، އިމްރާން ދޫކޮށްލާ: އަދާލަތު

އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް އިއްވީ ޝަރީއަތުގެ ނަމުގައި ހިންގި "ސިޔާސީ ޗަރުކޭހަކުން" ކަން މުޅި ދުނިޔެ އަށް އދ. ގެ ވޯކިން ގްރޫޕް އޮން އާބިޓްރަރީ ޑިޓެންޝަނުން ސާފުކޮށްދީފައިވާ ކަމަށް އަދާލަތު ޕާޓީން މިއަދު ބުނެފި އެވެ.