16 ނޮވެމްބަރ

November 16, 2019 1
ނަވާޒް ޝަރީފްއާ މެދު ޒާތީ ކަމެއް ނެތް: އިމްރާން ޚާން

އިސްލާމްއާބާދު (ނޮވެމްބަރު 16) - ނަވާޒް ޝަރީފްއާ މެދު ޒާތީ އެއްވެސް ހަސަދަވެރިކަމެއް ނެތް ކަމަށާއި ސިޔާސީ ކަންކަމަށް ވުރެ ކުރީގެ ބޮޑު ވަޒީރުގެ ސިއްހީ ހާލަތު މާ މުހިންމު ކަމަށް ޕާކިސްތާނުގެ ބޮޑު ވަޒީރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

10 އޮކްޓޯބަރ

October 10, 2018
ޕާޓީގެ ލީޑަރު ހައްޔަރު ކުރުމުގެ ޒިންމާ އިމްރާން ޚާނަށް

އިސްލާމްއާބާދު (އޮކްޓޯބަރު 10) - ޕާކިސްތާން މުސްލިމް ލީގު- ނަވާޒް (ޕީއެމްއެލް) ގެ ލީޑަރު ޝަހުބާޒް ޝަރީފް ހައްޔަރު ކުރުމުގެ ޒިންމާ ނަންގަވަން ޖެހޭ ފަރާތަކީ ބޮޑު ވަޒީރު އިމްރާން ޚާން ކަމަށް ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ވިދާޅުވެއްޖެ އެވެ.

19 ސެޕްޓެމްބަރ

September 19, 2018 11
ހެލިކޮޕްޓަރުގައި އޮފީހަށް ވަޑައިގަންނަވާތީ އިމްރާނަށް ފާޑުކިޔުން

އިސްލާމްއާބާދު (ސެޕްޓެމްބަރު 19) - ކޮރަޕްޝަން ހުއްޓުވުމުގެ ވައުދާ އެކު ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ މަގާމަށް ވަޑައިގެންނެވި އިމްރާން ޚާން ޓްރެފިކްގައި ނުޖެހެން، ހެލިކޮޕްޓަރުގައި އޮފީހަށް ވަޑައިގަންނަވާތީ ފާޑުކިޔުންތައް އަމާޒުވެއްޖެ އެވެ.

05 މެއި

May 05, 2018 1
"ނަވާޒް ޝަރީފަށް ވެރިކަމަށް ވަޑައިގެންނެވުނީ ސިފައިން އެހީވެގެން"

އިސްލާމްއާބާދު (މެއި 5) - ދެހާސް ތޭރަ ވަނަ އަހަރުގެ އިންތިޚާބުގައި ނަވާޒް ޝަރީފަށް ވެރިކަމަށް ވަޑައިގެންނެވުނީ ސިފައިން އެހީވެގެން ކަމަށް ޕާކިސްތާން ތަހްރީކީ އިންސާފް ޕާޓީގެ ލީޑަރު އިމްރާން ޚާން ވިދާޅުވެއްޖެ އެވެ.

29 ޖުލައި

July 29, 2017 4
ނަވާޒް ޝަރީފު މަގާމުން ދުރުކުރުމުން އިމްރާން ޚާނަށް ތައުރީފް

އިސްލާމް އާބާދު (ޖުލައި 29) - ޕެނަމާ ޕޭޕާސް އިން ލީކުކޮށްލި މައުލޫމާތުގައި ޕާކިސްތާނުގެ ކުރީގެ ބޮޑު ވަޒީރު ނަވާޒް ޝަރީފުގެ އާއިލީ ބޭފުޅުންގެ ނަން ހިމެނުމާ އެކު އެކަމާ އެންމެ ބޮޑަށް އިހުތިޖާޖް ކުރެއްވި ބޭފުޅަކީ އިދިކޮޅު ތަހުރީކީ އިންސާފު ޕާޓީގެ ލީޑަރު އިމްރާން ޚާން އެވެ.

10 މެއި

May 10, 2017 1
"ބިން ލާދިން އަތުން ނަވާޒް ޝަރީފް ފައިސާ ހޯދި"

އިސްލާމްއާބާދު (މެއި 10) - ކަޝްމީރުގައި ޖިހާދީ ހަރަކާތްތައް ހިންގުމަށް އަލްގައިދާގެ ލީޑަރު އުސާމާ ބިން ލާދިންގެ އަތުން ޕާކިސްތާނުގެ ބޮޑު ވަޒީރު ނަވާޒް ޝަރީފް ފައިސާ ހޯއްދަވާފައިވާ ކަމަށް އިދިކޮޅު ލީޑަރު އިމްރާން ޚާންގެ ޕާކިސްތާން ތަހުރީކީ އިންސާފް ޕާޓީން ތުހުމަތުކޮށްފި އެވެ.