18 މެއި

May 18, 2020 6
އެޗްއާރުސީއެމް މެމްބަރުން ވަކިކުރާ މައްސަލަ ކޮމެޓީއަށް

ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީ އަށް މިއަދު ފޮނުވައިފި އެވެ.

May 18, 2020 26
އެޗްއާރުސީއެމްގެ މެމްބަރުން މަގާމުން ވަކިކުރަނީ

ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ މެމްބަރުން މަގާމުން ވަކިކުރުމާ މެދު މަޖިލީހުގެ ރިޔާސަތުން ގޮތެއް ނިންމުން މިއަދުގެ ޖަލްސާ އަށް އެޖެންޑާ ކޮށްފި އެވެ.

17 މެއި

May 17, 2020 29
އިސްވެރިންގެ މުސާރައިން އުނިކުރާ މިންވަރު އިތުރުކުރަނީ

ރައީސާއި ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ މުސާރަތަކުން އުނިކުރާ މިންވަރު އިތުރުކުރަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން މިއަދު ފާސްކޮށްފި އެވެ.

04 މާޗް

March 04, 2020 63
ވަކިކުރަން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް: ޝަމީމް

އޭނާ ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް ސިވިލް ސާޥިސް ކޮމިޝަން (ސީއެސްސީ) ގެ ހަތަރު މެމްބަރަކު އެ ކޮމިޝަނުން ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމީ ފުރިހަމަ ތަހުގީގެއް ނުކޮށް، ޑިމޮކްރެޓިކް އުސޫލުތަކުގެ ބޭރުން ކަމަށް ސީއެސްސީގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) ރޭ ވިދާޅުވެއްޖެ އެވެ.

01 މާޗް

March 01, 2020 38
ސީއެސްސީގެ 4 މެމްބަރަކު ވަކިކުރަން ކޮމެޓީން ނިންމައިފި

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ރައީސް ޑރ. އަލީ ޝަމީމް (އެލިޝް) އާ އެކު، އެ ކޮމިޝަންގެ ހަތަރު މެމްބަރަކު މަގާމުން ވަކިކުރަން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިރޭ ނިންމައިފި އެވެ.

13 ފެބުރުއަރީ

February 13, 2020 15
ވަޒީރުންގެ ކަންބޮޑުވުންތަކަށް ސީއެސްސީ ޖަވާބުދާރީވަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ސަބަބުން މިނިސްޓްރީތަކުގެ މަސައްކަތްތައް ލަސްވަމުންދާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ކަމާގުޅޭ ކޮމިޓީގައި ވަޒީރުން ފާޅުކުރެއްވި ކަންބޮޑުވުންތަކަށް ޖަވާބުދާރީވުމުގެ ފުރުސަތަކަށް އެ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހުގައި އެދިއްޖެ އެވެ.

12 ފެބުރުއަރީ

February 12, 2020 44
ގޯހެއް ހެއްދެވުނު ކަމަކަށް މަރީ ގަބޫލެއް ނުކުރެއްވި

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ އާ ރައީސް މަރިޔަމް ވަހީދާ (މަރީ) ސަރުކާރުގެ ހަފުލާއެއް ހުށަހަޅުއްވައި ދެއްވި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް މިއަދު ހާޒިރުކޮށް، އެ ކޮމިޓީގެ މެމްބަރުން ކުރެއްވި ސުވާލުތަކާ ގުޅިގެން މަރީގެ އެ އަމަލު އޭނާ ވަރަށް ބޮޑަށް ދިފާއު...

10 ފެބުރުއަރީ

February 10, 2020 65
އެންމެފަހުން ސީއެސްސީގެ ރައީސާއި މެމްބަރުން ވަކިކުރަނީ

ސިވިލް ސާވިސް ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމާއި ކޮމިޝަންގެ ނައިބު ރައީސް ޝަހީދު މުހައްމަދާ އެކު ޖުމްލަ ހަތަރު މެމްބަރަކު ވަކިކުރަން ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ނިންމައިފި އެވެ.

18 ނޮވެމްބަރ

November 18, 2019 36
އެންއައިސީގެ މެމްބަރުކަމަށް ޝިފާގެ ފިރިކަލުން

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރު ކަމަށް މާލޭގެ މޭޔަރު ޝިފާ މުހައްމަދުގެ ފިރިކަލުން ކާނަލް ރިޓަޔާޑް އަހުމަދު ޖިހާދު އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފި އެވެ.

31 އޮކްޓޯބަރ

October 31, 2019 14
ބާރު ލިބުމުން އިތުބާރު މުހިންމެއް ނުވި؟!

މި ސަރުކާރު ވެރިކަމަށް އައީ ހަމައެއް ލަމައެއް ނެތި ހަނި ކޮށްފައި ހުރި ހައްގުތަކާއި މިނިވަންކަން އަނބުރާ ހޯދައި ދިނުމާއި އިންސާފު ގާއިމްކޮށްދިނުމުގެ ވައުދާއި މުއައްސަސާތަކާ މެދު ގެއްލިފައި އޮތް އިތުބާރު ހޯދައި ދިނުމުގެ ޔަގީންކަމުގަ އެވެ. ތަރައްގީ އަށް ވުރެ އެ ހުރިހާ ކަމެއް މުހިންމު ކަމަށް ރައްޔިތުން ދެކިގެންނެވެ.

29 އޮކްޓޯބަރ

October 29, 2019 27
އަނިޔާ ލިބުނު މީހުންނަށް މާލީ ބަދަލު ލިބޭ ގޮތް ހަދަނީ

އިންސާނީ ހައްގުތަކާ ހިލާފަށް ހިންގާފައިވާ އަމަލުތަކުގެ ޝިކާރައަކަށް ވީ މީހުންނަށް އިންތިގާލީ އިންސާފުގެ "އޮމްބަޑްސްމަން" ގެ އޮފީސް މެދުވެރިކޮށް ބަދަލު ލިބިދިނުމުގެ އިހްތިޔާރު ދިނުމަށް އިންތިގާލީ އިންސާފުގެ ބިލުގައި ހިމަނައިފި އެވެ.

28 އޮކްޓޯބަރ

October 28, 2019 12
އިންތިގާލީ އިންސާފުގެ އޮފީހެއް ހަދައި ބާރުތަކެއް ދެނީ

މުއައްސަސާތަކުގެ ވެރިންގެ ފަރާތުން ހިންގާފައިވާ އިންސާނީ ހައްގުތަކާ ހިލާފް ޖަރީމާތައް ބަލައި، އަނިޔާ ލިބުނު މީހުންނަށް އިންސާފު ހޯދައިދިނުމަށް އިންތިގާލީ އިންސާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ގާއިމްކޮށް، އެތަނުން ތަހުގީގުކޮށް ދައުވާކުރަން ފޮނުވޭ ގޮތަށް އިންތިގާލީ އިންސާފުގެ ބިލްގައި ހިމަނައިފި އެވެ.

22 އޮކްޓޯބަރ

October 22, 2019
މީރާގެ ބޯޑަށް އައްޔަންކުރަން ފޮނުވި ދެ ނަން ކޮމިޓީއަށް

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ)ގެ ޑިރެކްޓަރުންގެ ބޯޑުގައި ހުސްވެފައިވާ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ދެ ނަމެއް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

17 އޮކްޓޯބަރ

October 17, 2019 53
ޕީޖީ ވަކިކުރަން ކޮމިޓީން ނިންމި ނިންމުން ބާތިލްކޮށްފި

ޕްރޮސެކިއުޓާ ޖެނެރަލް އާއިޝަތު ބިޝާމް އެ މަގާމުން ވަކިކުރުމުގެ މަސައްކަތް ފަށަން ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އިއްޔެ ނިންމި ނިންމުން އެ ކޮމިޓީން މިއަދު ބާތިލްކޮށްފި އެވެ.

16 އޮކްޓޯބަރ

October 16, 2019 62
ސީއެސްސީގެ ނައިބު ރައީސް ޝަހީދު ވަކިކުރަނީ

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގެ ނައިބު ރައީސް ޝަހީދު މުހައްމަދު މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅައި މައްސަލަ ކޮމިޓީ އަށް ފޮނުވައިފި އެވެ.

15 އޮކްޓޯބަރ

October 15, 2019 22
ފްލެޓު ލިބުނު ބޭފުޅުންގެ މައްސަލަ ބަލަން ޖެހޭ: ވިސާމް

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ފްލެޓު ލިބިވަޑައިގެންނެވި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ މައްސަލަތައް ބެލޭނެ ނިޒާމެއް...

October 15, 2019 3
ބްރޯޑްކާސްޓިން ކޮމިޝަން ވެސް ގާނޫނީ ހުސް ކަމަކަށް

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ، އެ ކޮމިޝަންގެ މެމްބަރު ކަމުން އިއްޔެ ވަކިކުރުމާ އެކު ގާނޫނީ ހުސްކަމެއްގެ ތެރެއަށް އެ މުއައްސަސާ ވެސް ހިނގައްޖެ އެވެ.

14 އޮކްޓޯބަރ

October 14, 2019 40
ހުސެއިން ކުންފުނިތަކުގެ ވެރިންނަށް: ތިއީ ބޮޑުވަރު!

ސަރުކާރުގެ ކުންފުނިތަކުގެ ވެރިން ރާއްޖެ އިން ބޭރުގެ ގައުމުތަކަށް ދަތުރު ކުރެއްވުން ގިނަވާތީ، އެއީ "ބޮޑުވަރު" ކަމަށް ވިދާޅުވެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު...

October 14, 2019 16
ބްރޯޑްކޮމް އިން ޒައިނާ ވަކިކުރަން މަޖިލިހުން ފާސްކޮށްފި

ބްރޯޑްކާސްޓިން ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ، އެ ކޮމިޝަންގެ މެމްބަރު ކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލިހުގެ ބޮޑު އަޣުލަބިއްޔަތަކުން މިއަދު ފާސްކޮށްފި އެވެ....

03 އޮކްޓޯބަރ

October 03, 2019 1
އެންއައިސީއަށް ކުރިމަތިލި ބޭފުޅުންގެ ނަންތައް ކޮމިޓީއަށް

ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ) ގެ ހުސްވެފައިވާ މެމްބަރު ކަމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިސްކަން ދެއްވާ ލިސްޓުގައި...

October 03, 2019 28
އީސީ އަށް ރައީސް އިސްކަން ދެއްވީ ފުއާދާއި އަމްޖަދު

އިލެކްޝަންސް ކޮމިޝަންގެ (އީސީ) ގެ މެމްބަރު ކަމުގެ މަގާމަށް އެ ކޮމިޝަންގެ ކުރީގެ ރައީސް ފުއާދު ތައުފީގާއި އެ ކޮމިޝަނުގެ މިހާރުގެ ނައިބު އަމްޖަދު މުސްތަފާ ކުރިމަތިލައްވައިފި އެވެ....

04 ސެޕްޓެމްބަރ

September 04, 2019 51
ގާނޫނު ބަދަލުކޮށް މީހުން ވަކިކުރާކަށް ނޭދެން: ގާސިމް

ގާނޫނުތައް ބަދަލުކޮށްގެން މީހުންގެ ވަޒީފާ ގެއްލިގެންދާ ގޮތަށް ކަންކަން ކުރުމަކީ އުސޫލެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

03 ސެޕްޓެމްބަރ

September 03, 2019 6
ޝަހީބާއި ޒައިނާ ވަކިކުރުމުގެ މައްސަލަ އަލުން ކޮމިޓީއަށް

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބާއި އެ ކޮމިޝަންގެ ނައިބު ރައީސް ފާތިމަތު ޒައިނާ މަގާމުން ވަކިކުރުމުގެ މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ކަމާ ގުޅޭ ކޮމިޓީ އަށް އަލުން މިއަދު ފޮނުވައިފި އެވެ.

21 އޯގަސްޓް

August 21, 2019 2
މާކްސް ދިނުމުގައި ސާފު އިޖުރާއަތްތަކެއް ހިފަހައްޓަންޖެހޭ

މިނިވަން މުއައްސަސާތަކާއި ފަނޑިޔާރުންނަށް އައްޔަން ކުރަން ހުށަހަޅާ ބޭފުޅުންނަށް ކޮމިޓީތަކުން މާކްސް ދީ އިންޓަވިއު ކުރުމުގައި ސާފު އިޖުރާއަތްތަކެއް ހިފަހައްޓަން ޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.