ތާޖް މަހަލް ހުންނަ އާގްރާ ސިޓީގެ ނަން އަގްރަވަން އަށް ބަދަލުކުރަނީ

ދުނިޔެ އަށް މަޝްހޫރު ތާޖް މަހަލް ހުންނަ އިންޑިއާގެ އާގްރާ ސިޓީގެ ނަން "އަގްރަވަން" އަށް ބަދަލުކުރަން އުއްތަރް ޕްރަދޭޝްގެ ސަރުކާރުން ވިސްނަން ފަށައިފި އެވެ.


މީގެ ކުރިން އައްލާހްއާބާދުގެ ނަން ޕްރަޔާގްރާޖް އަށް، މޫގަލްސަރާއީގެ ނަން ދީން ދަޔަލް އުޕަދިޔަޔަ ނަގްރް އަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ. އުއްތަރް ޕްރަދޭޝްގެ ޗީފް މިނިސްޓަރު، ފާދިރީ އަދި ހިންދީ ވަތަނީ ބޭފުޅެއް ކަމަށްވާ ޔޯގީ އަދިޔަނަތުގެ ސަރުކާރުން މިހާރު ބޭނުންވަނީ އާގްރާގެ ނަން އަގްރަވަން އަށް ބަދަލުކުރާށެވެ.

ސަރަހައްދީ ސަރުކާރުން މިހާރު ވަނީ އާގްރާ އަށް އަލަށް ކިޔަން ގަސްތުކުރާ ނަމުގެ ތާރީހީ ހަގީގަތްތައް ހޯދަން އާގްރާގެ ޔުނިވަސިޓީއަކާ ހަވާލުކޮށްފަ އެވެ.

ޔުނިވަސިޓީ އޮފް އާގްރާގެ ޕްރޮފެސަރު ސުގަމް އާނަންދު ވިދާޅުވީ އާގްރާ އަށް މީގެ ކުރިން އެހެން ނަމެއް ކިޔައި އުޅުނުތޯ ބަލަން ސަރުކާރުން ސިޓީއެއް ލިބިފައިވާ ކަމަށެވެ.

މީޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އުއްތަރް ޕްރަދޭޝްގެ ސަރުކާރުން ގަބޫލުކުރަނީ އާގަރް އަށް އަގްރަވަން ކިޔައި އުޅުނު ކަމަށެވެ.

އިންޑިއާގެ ސިޓީތަކުގެ ނަން ބަދަލުކުރުން ބޮޑު ބަހުސަކަށް ވެފައި ވާއިރު އާގްރާގެ ނަމާ ގުޅިގެން ވެސް ޝަކުވާތައް ވަނީ ފުނިޖެހިފަ އެވެ. ޓޫރިޒަމް ދާއިރާގެ މީހުން ބުނަނީ އިންޑިއާގެ އެންމެ މަޝްހޫރު ތަނަކީ ތާޖް މަހަލް ކަމަށް ވެފައި އެތަން ހުންނަ ސިޓީގެ ނަން ވެސް މަޝްހޫރުވެފައި ވަނިކޮށް ސިޓީގެ ނަން ބަދަލުކޮށްގެން ނުވާނެ ކަމަށެވެ.

އާގްރާ އަށް އަގްރަވަން ކިޔަން އެއްބަޔަކު ތާއީދުކުރާ އިރު އަނެއް ބަަޔަކު ބުނަނީ އާގްރާ އަކީ މޫގާލް އެޕްޔާގެ ވެރި ރަށުގެ ގޮތުގައި ބިނާކުރި އެމްޕެރަ އަކްބަރަށް ނިސްބަތްކޮށް "އަކްބަރްއާބާދު" ކިޔަން މާ ރަނގަޅު ކަމަށެވެ.