ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާ މަސައްކަތުން އެކަހެރިކޮށްފި

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ މަރުކަޒު، ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާ އަބްދުއްޝުކޫރު އަބްދުލް ހަކީމް، އެތަނުގެ މަސައްކަތުން މިއަދުން ފެށިގެން އެކަހެރި ކޮށްފި އެވެ.


ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި، ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި ޝުކުރޫ އެތަނުގެ މަސައްކަތުން އެކަހެރި މިކުރީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ. އޭނާއާ މެދު މި ފިޔަވަޅު އެޅީ އެ ކޮމިޝަނުގެ އެންގުމަކަށް ކަމަށް ވެ އެވެ.

ނަމަވެސް އެޗްއާރުސީއެމުން ބަލާ މައްސަލައިގެ އެއްވެސް ތަފްސީލެއް އަދިއެއް ނުލިބެ އެވެ.