07 ނޮވެމްބަރ

November 07, 2016 7
ނިއު ބަލިކޮށް ޓީސީ ފުރަތަމަ ފަހަރަށް ފައިނަލަށް

އެފްއޭ ކަޕުގެ އެންމެ ކާމިޔާބު ޓީމު ކަމަށްވާ ނިއު ރޭޑިއަންޓް 3-0 އިން ބަލިކޮށް މުބާރާތުގެ ފައިނަލުން ޓީސީ ސްޕޯޓްސް ކްލަބް ފުރަތަމަ ފަހަރަށް މިރޭ ޖާގަ ހޯދައިފި އެވެ.

06 ނޮވެމްބަރ

November 06, 2016 1
އެފްއޭ ކަޕުގެ އެކުވެރިޔާއާ ދެކޮޅަށް ޓީސީ ނުކުންނަނީ

އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މިރޭ، މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ނިއު ރޭޑިއަންޓް ނުކުންނާނީ ސެމީ ފައިނަލުގައި އަލަށް ވާދަކުރާ ޓީސީ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

01 ނޮވެމްބަރ

November 01, 2016 2
އީގަލްސް ބަލިކޮށް ޓީސީ ސެމީ އަށް

ވާދަވެރި ކްލަބް އީގަލްސް އަތުން 1-0 އިން މޮޅުވެ އެފްއޭ ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލުގެ ދެ ވަނަ ޖާގަ ޓީސީ ސްޕޯޓްސް ކްލަބް މިރޭ ހޯދައިފި އެވެ.

31 އޮކްޓޯބަރ

October 31, 2016 8
ނިންމުން ބަދަލުކޮށް ޓީސީގެ ތާއީދު ބައްސާމަށް

އެފްއޭއެމްގެ އިންތިހާބުގައި ވާދަކުރުމަށް އަހުމަދު ތޯރިގް (ޓޮމް) އެންޑޯސްކުރި ޓީސީ ސްޕޯޓްސް ކްލަބުން އެ ނިންމުން ބަދަލުކޮށް އިންތިހާބުގައި ބައްސާމް އަދީލް ޖަލީލަށް ތާއީދުކުރަން ނިންމައިފި އެވެ.

23 އޮކްޓޯބަރ

October 23, 2016 1
ޔޫތު ޗެމްޕިއަންޝިޕުގެ ތަށި އީގަލްސް އިން ދިފާއުކޮށްފި

އެކާވީސް އަހަރުން ދަށުގެ ކުޅުންތެރިންނަށް ހާއްސަކޮށްގެން ބާއްވަމުން އަންނަ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ކްލަބް އީގަލްސް އިން ދިފާއުކޮށްފި އެވެ.

October 23, 2016
އީގަލްސް ތަށި ދިފާއުކުރަން، ޓީސީ ބޮޑު އުއްމީދެއްގައި

ޔޫތު ޗެމްޕިއަންޝިޕުގެ ފައިނަލުގައި މިއަދު ހަވީރު އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް އިން ތަށި ދިފާއުކުރަން ނުކުންނައިރު ޓީސީ ސްޕޯޓްސް ކްލަބުން ދުލެއް ނުދޭނެ ކަމަށް ބުނެފި...

October 23, 2016 3
މޮޅު ކުޅުންތެރިއަކީ ސެންޓޭ، އެއް ވަނަ ކީޕަރަކީ ސުޖަން

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމަށް ޓީސީ ސްޕޯޓްސް ކްލަބުގެ އަލީ ފާސިރު (ސެންޓޭ) އަދި އެންމެ މޮޅު ގޯލްކީޕަރަކަށް ކްލަބް އީގަލްސްގެ ސްރީ ލަންކާ ކީޕަރު ސުޖަން...

22 އޮކްޓޯބަރ

October 22, 2016
ސެންޓޭގެ ހެޓްރިކާ އެކު ޓީސީ ލީގުގެ ދެ ވަނަ ހޯދައިފި

އަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކާ އެކު 4-3 އިން ކްލަބް ވެލެންސިއާ ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބުން އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ މަގާމް ހޯދައިފި އެވެ.

19 އޮކްޓޯބަރ

October 19, 2016 1
މާޒިޔާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޓީސީ އަށް

ޔޫތު ޗެމްޕިއަންޝިޕްގައި މިއަދު ހަވީރު ކުޅުނު ތިން ވަނަ ސެމީ ފައިނަލުގައި ފަހަތުން އަރައި 3-1 އިން މާޒިޔާ ބަލިކޮށް ފައިނަލުގެ ފަހު ޖާގަ ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

18 އޮކްޓޯބަރ

October 18, 2016 3
އެފްއޭ ކަޕް ކުއާޓާގައި އީގަލްސް އާއި ޓީސީ

އެފްއޭ ކަޕުގެ ކުއާޓާ ފައިނަލުގައި ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރަން ޖެހިއްޖެ އެވެ.

16 އޮކްޓޯބަރ

October 16, 2016 1
ދާދުގެ އެނބުރި އައުން މުހިއްމު ގޯލަކުން ފާހަގަކޮށްފި

ގައުމީ ފުޓްބޯޅަ ޓީމާއި ބަންގްލަދޭޝް މިދިޔަ މަހުގެ ކުޅުނު އެކުވެރިކަމުގެ މެޗެއްގައި ކޮނޑުހުޅަށް ސީރިއަސް ހާނިއްކައެއް ކުރިމަތިވި ޓީސީ ސްޕޯޓްސް ކްލަބުގެ އުއްމީދީ ފޯވާޑް ނާއިޒް...

October 16, 2016 1
ޓީސީން ފަހަތުން އަރައި ޗެމްޕިއަން މާޒިޔާ ބަލިކޮށްފި

ޝަމްވީލް ގާސިމް (ބޮންޑާ) ފަހު ވަގުތު ވައްދާލި ހިތްގައިމު ލަނޑާ އެކު ޗެމްޕިއަން މާޒިޔާ އަތުން ފަހަތުން އަރައި 4-3 އިން މޮޅުވެ އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނައިގައި ޓީސީ ސްޕޯޓްސް...

15 އޮކްޓޯބަރ

October 15, 2016
ޕެނަލްޓީ ޖަހައިގެން ޓީސީ ބަލިކޮށް އީގަލްސް ފައިނަލަށް

ޕެނަލްޓީ ޖަހައިގެން 6-4 އިން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން ކްލަބް އީގަލްސް ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހޯދައިފި އެވެ.

14 އޮކްޓޯބަރ

October 14, 2016
ފައިނަލުގެ ފުރަތަމަ ޖާގައަށް ޓީސީ-އީގަލްސް ވާދަކުރަނީ

ޔޫތު ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި މާދަމާ ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ކްލަބް އީގަލްސް ބައްދަލުކުރާއިރު ދެ ޓީމުން ވެސް ވިސްނަނީ ތިން ވަނަ ސެމީ އަކަށް ނުގޮސް ފައިނަލުގެ ފުރަތަމަ ޖާގައަށް ކަމަށް ބުނެފި އެވެ.

09 އޮކްޓޯބަރ

October 09, 2016
ލީގު ބުރުގެ އެއް ވަނަ ޓީސީ އަށް

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި މިއަދު ކުޅުނު މެޗުން އީގަލްސް 2-1 އިން ބަލިކޮށް ލީގު ބުރުގެ އެއް ވަނަ ޓީސީ ސްޕޯޓްސް ކްލަބުން ހޯދައިފި އެވެ.

05 އޮކްޓޯބަރ

October 05, 2016
މާޒިޔާ ބަލިކޮށް ޔޫތު މުބާރާތުގެ އެއް ވަނަ އަށް ޓީސީ

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން މާޒިޔާ އަތުން 2-0 އިން މޮޅުވެ ޓީސީ ސްޕޯޓްސް ކްލަބް ލީގުގެ އެއް ވަނަ އަށް އަލުން ޖެހިލައިިފި އެވެ.

30 ސެޕްޓެމްބަރ

September 30, 2016
ސެންޓޭގެ ހަތަރު ލަނޑާ އެކު ޓީސީ ދެ ވަނަ އަށް

އަލީ ފާސިރު (ސެންޓޭ) ޖެހި ހަތަރު ލަނޑާ އެކު އެކު 6-1 އިން ވިކްޓަރީ ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ޓީސީ ސްޕޯޓްސް ކްލަބް ޖެހިލައިފި އެވެ.

26 ސެޕްޓެމްބަރ

September 26, 2016 4
ސެންޓޭގެ ދެ ގޯލުން ޓީސީ ދެ ވަނަ އަށް

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި ރޭ ނިއު ރޭޑިއަންޓް 2-0 އިން ބަލިކޮށް ޓީސީ ސްޕޯޓްސް ކްލަބް ތާވަލުގެ ދެ ވަނަ މަގާމަށް އެރިއިރު، ހަތަރު ވަނަ އަށް އަރަން ލިބުނު ފުރުސަތު ނިއު އަށް ގެއްލިއްޖެ އެވެ.

20 ސެޕްޓެމްބަރ

September 20, 2016 1
އީގަލްސް އެއްވަރުވިއިރު ޓީސީ މޮޅުވެއްޖެ

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ޔުނައިޓެޑް ވިކްޓަރީއާ ލަނޑެއް ނުޖެހި އީގަލްސް އެއްވަރުވިއިރު، ރޭ ކުޅުނު މެޗުން ބީޖީ އަތުން 4-1 އިން ޓީސީ ސްޕޯޓްސް ކްލަބް މޮޅުވެއްޖެ އެވެ.

18 ސެޕްޓެމްބަރ

September 18, 2016
ޔޫތު ޗެމްޕިއަންޝިޕުގެ އެއް ވަނައިގައި ޓީސީ

ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ކުޅުން މެދުކެނޑުމަކަށް ފަހު މިއަދު ފަށާއިރު އެއް ވަނައިގައި މި ވަގުތު އޮތީ ޓީސީ ސްޕޯޓްސް ކްލަބެވެ.

16 ސެޕްޓެމްބަރ

September 16, 2016 1
އީގަލްސް މޮޅުވެ، މާޒިޔާއާ ގާތަށް ޖެހިލައިފި

ޓީސީ ސްޕޯޓްސް ކްލަބް 1-0 އިން ބަލިކޮށް އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް މާޒިޔާއާ ދެމެދު އޮތް ފަރަގު ކްލަބް އީގަލްސް އިން މިރޭ ހަ ޕޮއިންޓަށް ކުޑަކޮށްފި އެވެ.

13 ސެޕްޓެމްބަރ

September 13, 2016 1
ދާދު އަށް ކުޅެން ނުކުމެވޭނީ އަންނަ މަހު

މި މަހު އެއް ވަނަ ދުވަހު މާލޭގައި ބަންގްލަދޭޝްއާ ދެކޮޅަށް ކުޅުނު ރަހުމަތްތެރިކަމުގެ މެޗުގައި ލިބުނު އަނިޔާ އިން ރަނގަޅުވެ މަހެއްހާ ދުވަސް ތެރޭ ކުޅުމަށް އެނބުރި އާދެވޭނެ ކަމަށް ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ ގައުމީ ޓީމުގެ ފޯވާޑް ނާއިޒު ހަސަން (ދާދު) ބުނެފި އެވެ.

25 އޯގަސްޓް

August 25, 2016 2
ޔުނައިޓެޑް ވިކްޓަރީ އަތުން ޓީސީ ބަދަލު ހިފައިފި

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ފުރަތަމަ މެޗުން މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީ 2-1 އިން ބަލިކޮށް، ދެ ވަނަ ބުރުގައި މިދިޔަ ހޯމަ ދުވަހު އެ ޓީމު އަތުން ބަލިވި ބަލިވުމުގެ...

August 25, 2016
ފަހު ބުރުގެ ކުރިން: މިއީ ތިން ޓީމުގެ ރޭހެއްތަ؟

އުރީދޫ ދިވެހި ޕްރިމިއާ ލީގުގެ ތިން ވަނަ ބުރުގެ ކުޅުން މިއަދު ފަށާއިރު ލީގުގެ ވާދަވެރިކަން މި ފަހަރު ވަނީ މިދިޔަ އަހަރަށް ވުރެ ބޮޑުވެފަ އެވެ. ލީގު ޗެމްޕިއަންކަމަށް ތިން ޓީމެއް...