21 އޯގަސްޓް

August 21, 2019 2
އެޕަލް ވޮޗް 5: ފަސް ވަނަ ޖީލުގެ ގަޑިތައް

މިއީ އާދަކާދަ އެވެ. އެޕަލްގެ އުފެއްދުމެއް ލޯންޗްކުރާ ތާރީޚް ކައިރިވަމުން އަންނައިރު، ލިޔާނެ އެހެން ޚަބަރެއް ނޫސް މަޖައްލާތަކަކަށް ނުލިބެ އެވެ. އެ ނޫން އެހެން ވާހަކައެއް ދެއްކޭކަށް ވަފާތެރިންނަކަށް ވެސް ނޯވެ އެވެ. މި ފަހަރު މި އޮތީ އެޕަލް ވޮޗް 5ގެ ވާހަކަތަކެއެވެ. މިއީ އެ މީހުން ބުނާ ގޮތަށް ނަމަ، ފަސް ވަނަ ޖީލުގެ ގަޑިތަކެވެ. ހިތާމަ...

20 އޯގަސްޓް

August 20, 2019 8
އިގުތިސާދީ ހަނގުރާމައިން ފައިދާކުރަނީ ސެމްސަންގަށް

ޗައިނާ އަށް ދަތިކުރަން އެމެރިކާއިން ކުރާ އިގުތިސާދީ ހަނގުރާމައިގެ ސަބަބުން ފައިދާވާ ބަޔަކު ވެސް އުޅޭ ކަމަށާއި ވާދަވެރިންނަށް ފައިދާވުމަކީ އެޕަލް އަށް އޮތް ބިރެއް ކަމަށް، އެ ކުންފުނީގެ ސީއީއޯ، ޓިމް ކުކް ވިދާޅުވެއްޖެ އެވެ. އެމެރިކާގެ ރައީސް، ޓްރަމްޕްއާ ބައްދަލުކުރައްވައި ކުކް ވިދާޅުވި ގޮތުގައި، އިގުތިސާދީ ހަނގުރާމައިން ހުރިހާ...

11 އޯގަސްޓް

August 11, 2019 8
ސެމްސަންގް އުނބަށް، ހެޑްފޯން ޖެކް އުވާލައިފި

އެޕަލް އިން އައިފޯނުން ހެޑްފޯން ޖެކް ނައްތާލުން ވީ ބޮޑު މަޖާގަނޑަކަށެވެ. ސްމާޓްފޯން ސިނާއަތުގައި ބާރުގަދަ ކުންފުނިތަކުން އެޕަލް އަށް ޖޯކުޖަހައި، މަލާމާތްކުރި އެވެ. މިކަމުގައި އެންމެ ކުރީގައި އުޅުނީ ސެމްސަންގެވެ. އައިފޯން 7 ގައި 3.5އެމްއެމް ހެޑްފޯން ޖެކް ނުހިމެނުމަކީ ޒަމާނާ ގުޅޭ ކަމެއް ނޫން ކަމަށް ބަޔަކު ބުންޏެވެ.

10 އޯގަސްޓް

August 10, 2019 4
ވާވޭގެ އޮޕަރޭޓިން ސިސްޓަމަކީ "ހާމަނީއޯސް"

މިހާރު އެންމެން ކަހަލަ ގޮތަކަށް ބަރޯސާވާ އޮޕަރޭޓިން ސިސްޓަމް (އޯއެސް) އަކީ ގޫގުލްގެ އެންޑްރޮޑާއި އެޕަލްގެ އައިއޯއެސް އެވެ. އެކަމަކު މި ނޫން އިހްތިޔާރަކަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު މިހާރު މިއޮތީ ވާވޭ އިން ފަހިކޮށްދީފަ އެވެ.

01 ޖުލައި

July 01, 2019
އެޕަލް އާ އެކު ޖޮނީ އައިވް ދެމިހުންނާނެ

އެޕަލްގައި ޖޮނީ އައިވް އަދާކުރާ ވަޒީފާ ދޫކޮށްލަން އުޅޭ ކަމަށް ބުނެ އިންޓަނެޓްގައި ފެތުރު ޚަބަރުތަކަށް ބޮޑު ސަމާލުކަމެއް ލިބުނެވެ. ސަބަބަކީ، އޭނާ އަކީ އެޕަލް އަށް ވަރަށް މުހިންމު މީހަކަށް ވުމެވެ. އެޕަލްގެ އުފެއްދުންތަކުން މިހާރު ފެންނަ ޒަމާނީ ޑިޒައިންތައް އުފެއްދީ ޖޮނީ އައިވް ކަމަށް ވުމެވެ. އައިފޯން، އައިޕެޑް، އައިޕޮޑް، މެކްޕްރޯ...

19 ޖޫން

June 19, 2019 1
ހެކް ނުކުރެވޭ މޮޅު ފޯނެއް ދައްކަބަލަ!

ސްމާޓްފޯންތަކުގެ ބާރުގަދަކަން ބަލާ އެހެން މިންގަޑެއް ވެސް އޮވެ އެވެ. މައިގަނޑު ގޮތެއްގައި، ރޭމް، ކެމެރާ، ބެޓެރީ އަދި ސްޓޯރޭޖްގެ އިތުރުން އޮޕަރޭޓިން ސިސްޓަމުން ވެސް ފޯނަށް ގަދަފަދަކަން ލިއްބައިދޭން ޖެހެ އެވެ. އެއީ ފޯނު ހެކްކުރުމުން ރައްކާތެރިކުރުމަށެވެ.

17 ޖޫން

June 17, 2019 4
އައިފޯނުގެ އާ ޑިޒައިން މާ ހުތުރު ވެދާނެ

ސްމާޓްފޯނުތަކުގެ ޑިސްޕްލޭ ބޮޑުކުރަން ކުންފުނިތަކުން ކުރި މަސައްކަތްތަކުގައި، އެންމެ ކަމުނުދާ ޑިޒައިނެއް ކުރެވުނީ އެޕަލް އަށެވެ. އައިފޯން އެކްސްގެ ސްކްރީނުން އެ ފެންނަނީ މި ބުނި ޑިޒައިނެވެ. ޑިސްޕްލޭ މަތީ ކޮޅުން ތަންގަނޑެއް، ކެމެރާ އަދި ސެންސަރުތަކަށް ހުސްކޮށް، އެއީ "ނޮޗް ޑިސްޕްލޭ" ކަމަށް ބުންޏެވެ. އެހާ ހުތުރު ޑިޒައިނެއް...

12 ޖޫން

June 12, 2019 4
އައިފޯނުތަކުގެ ޗާޖިން ޕޯޓް ބަދަލުވަނީ

އައިފޯނުތަކުގެ ޗާޖިން ޕޯޓް ބަދަލުވާނެ ދުވަހަކަށް އިންތިޒާރުކުރެވޭތާ ވެސް ދުވަސްތަކެއް ވެއްޖެ އެވެ. އެޕަލް އަށް މިކަން ނުކުރެވިގެން އުޅެނީ، އިންޖިނޭރުންގެ ކިބައިގައި ފެންވަރު ނެތިގެނެއް ނޫނެވެ. އައިފޯނުތައް ޗާޖުކުރަން މިހާރު ބޭނުންކުރާ ލައިޓްނިން ކޭބަލަކީ އެޕަލް އަށް މާލީ ތަނަވަސްކަން ހޯދައިދޭ އާލާތަކަށް ވާތީ އެވެ.

30 މެއި

May 30, 2019
އެންޑްރޮއިޑާ ނުލައި ވާވޭ ދެމިއޮންނާނީ ކިހިނެއް؟

ވާވޭ އަށް އެންޑްރޮއިޑް އޮޕަރޭޓިން ސިސްޓަމް ބޭނުންކުރުން މަނާވެއްޖެ އެވެ. އެންޑްރޮއިޑަކީ އެމެރިކާ ކުންފުންޏެއްގެ މުދަލަކަށް ވާތީ އެވެ. އެމެރިކާގެ ކުންފުނިތަކުން ޗައިނާގެ "ވާވޭ ޓެކްނޮލޮޖީޒް"އާ އެކު ވިޔަފާރިކުރުން، އެމެރިކާ ސަރުކާރުން ވަނީ މަނާކޮށްފަ އެވެ.

03 އޮކްޓޯބަރ

October 03, 2018 2
އައިއޯއެސް 12 ގައި މައްސަލަތަކެއް

"އައިއޯއެސް 12 މޮބައިލް އޮޕަރޭޓިން ސިސްޓަމް" އައިފޯނަށް އަޅައި ބޭނުންކުރަން ފެށުމުން ވަނީ މައްސަލަތަކެއް ހުރިކަން ފާހަގަކުރެވިފަ އެވެ. އޭގެ ތެރޭގައި އައިމެސެޖްގައި ވެސް މައްސަލަ އުޅޭކަން ވަނީ އެނގިފަ އެވެ.

30 ސެޕްޓެމްބަރ

September 30, 2018
ގޫގުލް އިން އެޕަލް އަށް 9 ބިލިއަން ޑޮލަރު

އެޕަލް އިން ކޮށްދޭ ވަރަށް ކުޑަ ކަމަކަށް، ގޫގުލް އިން ނުވަ ބިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. މި މުއާމަލާތާ ގުޅޭ ގޮތުން، ދެ ކުންފުނިން ކުރެ ކުންފުންޏަކުން، އެއްވެސް ވަރަކަށް ވާހަކައެއް ނުދައްކަ އެވެ. ނަމަވެސް، އެޕަލް އަށް އެހާ ބޮޑު އަދަދެއް ގޫގުލް އިން ދައްކަނީ އައިއޯއެސް ޑިވައިސްތަކުގައި ބޭނުންކުރާ ސަފާރީ އިންޓަނެޓް ބްރައުޒާގެ...

20 ސެޕްޓެމްބަރ

September 20, 2018 1
ޗައިނާ މުދަލުން ނަގާ ޓެކުހުން އެޕަލް އަށް ލުޔެއް

ޗައިނާއިން އެމެރިކާ އަށް އެތެރެކުރާ މުދަލުން ޓެކްސްނެގުމަށްޓަކައި ޓްރަމްޕް ސަރުކާރުން އެކުލަވާލި ލިސްޓްގައި އެޕަލްގެ ބައެއް އުފެއްދުންތައް ނުހިމަނާ ގޮތަށް ނިންމައިފި އެވެ. އޭގެ ތެރޭގައި އައިފޯން، އެއާޕޮޑް އަދި އެޕަލް ގަޑި ހިމެނެ އެވެ.

13 އޯގަސްޓް

August 13, 2018 2
އައިފޯނު މޮޑެލްތަކަށް އޮންނަ ފޯރި މާ ގަދަ

ސާވޭކުރަނީ ހާލަތު ދެނެގަންނާށެވެ. ކަމެއް ހިނގާ ގޮތް ނުވަތަ މަސައްކަތްތަކެއް ކުރި އަށް ދާ ގޮތް ބަލާށެވެ. ސްމާޓްފޯން މާކެޓްގައި، އެއް ފަޅިން އެންޑްރޮއިޑް ފޯނުތައް ކުޅޭއިރު، އަނެއް ފަޅިން ކުޅެނީ އައިފޯނުތަކެވެ. މި ދެ ބައިން ކުރެ ފޯރިގަދައީ ކޮންބައެއްގެ މެދުގައިތޯ ބެލުމަށް ޕީސީ މެގުން ކުރި ސާވޭއެއްގައި، އައިފޯނު މޮޑެލްތަކަށް އޮންނަ...

23 ޖޫން

June 23, 2018 1
އެޕަލްގެ ވަޔަލެސް ޗާޖަރު އަދިވެސް ލަސްވެދާނެ

އެޕަލް އިން "އެއާޕަވާ" ވަޔަލެސް ޗާޖަރެއް ނެރޭނެ ކަމަށް ބުނި ފަހުން ނުވަ މަސް ވެއްޖެ އެވެ. އަދިވެސް އޮތީ ނެރުމުގެ މަރުހަލާގަ އެވެ. ދުނިޔޭގެ އަލީގައި ޖެހޭނެ ދުވަހެއް އެކަކަށް ވެސް ނޭނގެ އެވެ. އެނގޭހާ ވެސް އެއްޗަކީ، އަދިވެސް ލަސްވެދާނެ ކަމެވެ.

19 ޖޫން

June 19, 2018 4
އައިފޯން ހެކް ނުކުރެވޭ ގޮތް ހަދަން އާ ފީޗާއެއް

އައިއޯއެސް އަށް އިތުރުކުރާ ސެކިޔުރިޓީ ފީޗާއަކުން ލައިޓްނިން ޕޯޓް ބަންދުކުރާނެ ކަމަށް ބުނެ ވާހަކަދެކެވޭތާ ދުވަސްތަކެއް ވެއްޖެ އެވެ. އެޕަލް އިން މިކަމާ ގުޅޭ ގޮތުން ކުރިން އެއްޗެއް ނުބުނި ނަމަވެސް، މިހާރު ވަނީ މައުލޫމާތުދީފަ އެވެ. އެޕަލްގެ ބޭނުމަކީ، އައިފޯނަކީ އެއްގޮތަކަށް ވެސް ހެކްނުކުރެވޭ ޑިވައިސްއަކަށް ހެދުމަށް ގްރޭކީ...

14 ޖޫން

June 14, 2018 2
ކްރިޕްޓޯކަރަންސީ މައިނިން އެޕްތައް މަނާކޮށްފި

ކްރިޕްޓޯކަރަންސީ މައިނިން އެޕްތައް، އައިފޯން އަދި އައިޕެޑްގައި ބޭނުންކުރުމަކީ މަނާކަމެއް ކަމަށް އެޕަލް އިން ކަނޑައަޅައިފި އެވެ. އެޕަލްގެ އެދުމަކީ އައިއޯއެސް ޑިވައިސްތަކުގެ ހާޑްވެއާ ބޭނުންކޮށްގެން ކްރިޕްޓޯކަރަންސީ އަށް މައިނިން ނުކުރުމެވެ.

11 ޖޫން

June 11, 2018
އެޕަލް އެޕްތައް ގަތުމުގެ ކުރިން އަޖުމަބަލަނީ

އެއްޗެއް ގަތުމުގެ ކުރިން އަޖުމަބެލުމަށް ނުވަތަ ރަހަބެލުމަށް ފުރުސަތުދިނުމަކީ ވިޔަފާރިވެރިން ކުރާ ކަމެކެވެ. އެ ގޮތުގައި ގިނަ ފަހަރު އެ އެއްޗެއް ވިކޭ ގޮތްވެ އެވެ.

10 ޖޫން

June 10, 2018 1
ލޯގޯއެއްގެ މައްސަލާގައި އެޕަލް ހޫނުފެނަށް

އެޕަލް ދެކޭ ގޮތުގައި ސިރީ އަށް ވުރެ ކުޅަދާނަ "ޑިޖިޓަލް އެސިސްޓެންޓް"އެއް ދުނިޔެއަކު ނެތެވެ. އެންމެ ގިނަ މީހުން ބޭނުންކުރަނީ ވެސް އެ އެވެ. އެކަމަކު އެމެޒޯން އެލެކްސާ ބޭނުންކުރާ މީހުން އެ ކަމަށް އިންކާރުކުރެ އެވެ. ސިރީ ބޭނުންކުރި މީހަކު ގޫގުލް އެސިސްޓެންޓް ބޭނުންކުރި ނަމަވެސް، އެ ކަމަށް އެއްބަހެއް ނުވާނެ އެވެ.

06 ޖޫން

June 06, 2018 1
އައިއޯއެސް އެޕްތައް މެކްއޯއެސް އަށް ޕޯޓްކުރަނީ

އައިފޯން އަދި އައިޕެޑްގައި ބޭނުންކުރަން އުފައްދާ އެޕްތައް، މެކް ކޮމްޕިއުޓަރުތަކުގައި ބޭނުންކުރެވޭ ގޮތް ހަދާނެ ކަމަށް އެޕަލް އިން ބުނެފި އެވެ. މެކްއޯއެސް އަށް މި ފީޗާ ގެނެސް މުޅިން...

June 06, 2018 1
އެޕަލް ޑިވެލޮޕާސް ކޮންފަރެންސްގެ އުސްއަލިތައް

އެޕަލްގެ އުފެއްދުންތަކަށް ލޯބިކުރާ ފަރާތްތަކަށް އިއްޔެ ރެއަކީ ބޮޑު ރެއެކެވެ. ކެލިފޯނިއާގެ ސެން ހޯސޭ ކޮންވެންޝަން ސެންޓަރުގައި 6،000 މީހުންގެ ކުރިމަތީގައި، އައިފޯނާއި، މެކްބުކާއި...

05 ޖޫން

June 05, 2018 1
ޔުނިކޯޑުގެ އާ އަދަދާ އެކު އިމޯޖީ ތަލަވަނީ

ޑިޖިޓަލް މުވާސަލާތުތަކުގެ އިސް ބަހާއެއް ކަމަށްވާ ޔުނިކޯޑުގެ 11 ވަނަ އަދަދު މިއަދު ނެރޭނެ އެވެ. އެއާ އެކު އިމޯޖީ އާއިލާ އަށް މެންބަރުންތަކެއް އިތުރުވާނެ އެވެ.