24 އެޕްރީލް

April 24, 2017
ނުބައި މެއިލްއެއް ފޮނުވިގެން އެޕަލް އިން މާފަށް އެދެފި

އެޕަލް އިން މާފަށް އެދި "އައިކްލައުޑް" ބޭނުންކުރާ މީހުންނަށް ސިޓީއެއް ފޮނުވައިފި އެވެ. އެޕަލް އިން މާފަށް އެދުމަކީ ގިނަ ބަޔަކު ހައިރާންވި ކަމެކެވެ. އެ ސިޓީ އަށް ގިނަ ބަޔަކު ވަނީ މަލާމާތް ވެސް ކޮށްފަ އެވެ. އެ މީހުން ބުނާ ގޮތުގައި އެޕަލް އިން މާފަށް އެދޭނީ އެ ކަމަކަށް އެޕަލް އިން އެއްވެސް ޚަރަދެއް ކުރަންނުޖެހޭ ނަމަ އެވެ.

19 އެޕްރީލް

April 19, 2017
"ފައިންޑް މައި އައިފޯން" އަށް ފެނުނީ ބޮޑު ވަގެއް

މައުރަޒު، ކާނިވާ އަދި މަގުމަތީ ބާޒާރު ފަދަ މީހުން ގިނައިން އެއްވެ އުޅޭ ތަންތަނުގައި ވައްކަމުގެ ހާދިސާތައް އިތުރަށް ހިނގަ އެވެ. މި އޮތީ ވެސް އެކަހަލަ ހާދިސާއެކެވެ. އެމެރިކާގެ ކެލިފޯނިއާގައި އޮތް ފެސްޓިވަލަކުން މީހަކު 100 އަށް ވުރެ ގިނަ ސްމާޓްފޯން ވަގަށް ނެގި ވާހަކަ އެވެ. އެއީ ވައްކަންކުރަން ސްމާޓް މީހެއް ނަމަވެސް، ސްމާޓް...

03 އެޕްރީލް

April 03, 2017
އައިއޯއެސް 10.3 އަށް އަޕްޑޭޓްކުރުމުން ޖާގަ އިތުރުވޭ

ތިޔަ އުޅެނީ އައިފޯނުގެ ޖާގަ ފުރި ފޮޓޯގަނޑެއް ވެސް ނެގޭނެ ގޮތެއް ނެތިގެން ނަމަ އަވަހަށް އައިއޯއެސް 10.3 އަށް އަޕްޑޭޓްކުރާށެވެ. އައިފޯނާއި އައިޕެޑަށް އެންމެ ފަހުން ދިން އައިއޯއެސް އަޕްޑޭޓުން ހައްލެއް ލިބިދާނެ އެވެ.

07 ޖެނުއަރީ

January 07, 2017
އެޕް ސްޓޯރުން ޑިވެލޮޕަރުންނަށް 20 ބިލިއަން ޑޮލަރު

އެޕް ސްޓޯރުން ޑިވެލޮޕަރުންނަށް 2016 ގައި 20 ބިލިއަން ޑޮލަރު ހޯދައިދީފައި ވާނެ ކަމަށް އެޕަލުން ބުނެފި އެވެ. އެއީ 2015 އާ އަޅާ ބަލާއިރު 40 ޕަސެންޓް އިތުރު މިންވަރެއް ކަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.

24 އޮކްޓޯބަރ

October 24, 2016
އެޕް ސްޓޯރަށް އެންމެ ގިނައިން ފައިސާ ލިބެނީ ޗައިނާއިން

އެމެރިކާ މީހުންނަށް ވުރެ ޗައިނާ މީހުން މުއްސަނދިވެއްޖެ އެވެ. ސަބަބު މިއޮތީ އެވެ. އެޕަލް އެޕް ސްޓޯރަށް ބެލި ނަމަވެސް، އެމެރިކާ އަށް ވުރެ ގިނަ ފައިސާ އެޕް ސްޓޯރަށް ޗައިނާއިން ލިބެ އެވެ.

23 ޖޫން

June 23, 2016 2
އައިއޯއެސް 10 ޑައުންލޯޑްކުރަން ބޭނުންތަ؟

އައިއޯއެސް 10 އާންމު ޑައުންލޯޑަށް އަދި ދުލެއް ނުކުރެ އެވެ. އޮތީ ވަރަށް ޅަފަތުގަ އެވެ. ޑިވެލޮޕަރުންނަށް ބަލާލަން ދޫކޮށްފައި އޮތަސް، އާންމުން ޑައުންލޯޑްކުރުން ރަނގަޅެއް ނޫނެވެ.

19 ޖޫން

June 19, 2016 1
އައިއޯއެސް 10 ޖެއިލްބްރޭކްކޮށްފި

އައިއޯއެސް 10 ޑިވެލޮޕަރުންނަށް އަދި ކިރިޔާ ދޫކޮށްލީ އެވެ. އެޕަލުން ޑިވެލޮޕަރުންނާ ހިއްސާކޮށްފައި ވަނީ އޮޕަރޭޓިން ސިސްޓަމްގެ ބީޓާ ސްޓޭޖެވެ. މާނަ އަކީ ފައްކާކުރަން ކިތަންމެ ކަމެއް އަދި ހުންނާނެ ކަމެވެ.