10 ސެޕްޓެމްބަރ

September 10, 2016
އައިފޯން 7 މި މަހު 23 ގައި ރާއްޖެ އަށް

އެޕަލް އިން އަލަށް ތައާރަފް ކުރި އައިފޯން 7 މިމަހު 23 ގައި ރާއްޖޭގެ ބާޒާރަށް ނެރެން ނިންމައިފި އެވެ.

September 10, 2016 7
އައިފޯން 7 ގައި ހެޑްފޯން ޖެކް ނެތް ސަބަބު އެނގޭތަ؟

އެޕަލް އިން އައިފޯނު ތައާރުފުކުރީ ޖޫން 29، 2007 ގަ އެވެ. އަންނަ އަހަރު އައިފޯނުގެ ވަނަ 10 އުފަން ދުވަސް ފާހަގަކުރާ ހިސާބަށް ދިޔައިރު ހެޑްފޯނު ޖެކެއް ނެތެވެ.

08 ސެޕްޓެމްބަރ

September 08, 2016 4
އައިފޯނު 7: ވަރުގަދަ ކެމެރާއެއް، ފެނެއް ނުވަންނާނެ

ދެ ލެންސް ހިމެނޭ ކެމެރާ ސިސްޓަމެއް ހަރުކޮށް، ފެން ނުވަންނަ ގޮތަށް ހަދައި އައިފޯނު އާކޮށްލައިފި އެވެ.

04 ސެޕްޓެމްބަރ

September 04, 2016
އައިފޯން ހެކް ކުރީ ކޮންބައެއް؟

އައިފޯނަށް ފޮނުވާލާ ޓެކްސްޓް މެސެޖަކުން ފޯނު ހެކްކުރާ ބައެއްގެ ވާހަކަ މީގެ ދުވަސްކޮޅެއް ކުރިން ވަނީ މީޑިއާގައި ތިލަވެފަ އެވެ. ސަލާމަތީ ގޮތުން ވަރުގަދަ ކަމަށް އެޕްލަ މަޝްހޫރެވެ. އެކަމަކު ހަގީގަތަކީ ޓެކްނޮލޮޖީގެ މި ޒަމާނުގައި ސައްތައިން ސައްތަ ޔަގީންކަން ދެވޭނެ އެއްވެސް އުފެއްދުމެއް، ހިދުމަތެއް ވެސް ނެތްކަމެވެ.

19 އޯގަސްޓް

August 19, 2016 1
ހެޑްފޯން ޖެކެއް ނެތް ސްމާޓްފޯނެއް ގަންނާނަންތަ؟

ސުވާލު ރަނގަޅަށް ކިޔާލާށެވެ. ދެ ގޮތަކަށް މާނަކުރެވިދާނެ އެވެ. ހެޑްފޯން ޖެކް އިންނަނީ ހެޑްފޯން ވާނގަޑުގަ އެވެ. ފޯނަކު ނޫނެވެ. ފޯނުގައި އިންނަނީ ހެޑްފޯން ޖެކް ޖަހާ ތަނެވެ. ނުވަތަ ހެޑްފޯނު ޕޯޓެވެ. އެހެންކަމުން މިއީ ކަމުނުދާ ސުވާލެއް ކަމަށް ވެސް ނިންމިދާނެ އެވެ.

14 އޯގަސްޓް

August 14, 2016 31
ފޯނު ނުލިބިގެން ދިރާގުން 160000ރ. ދޭން ޖެހިއްޖެ

ދުރާލައި ޕްރީ އޯޑާ ނަގައިގެން މޮބައިލް ފޯނު ވިއްކުމަށް ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ފޯނަކަށް އޯޑަރު ދިން މީހަކަށް ފޯނު ނުލިބުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 160،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާއަށް ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

12 އޯގަސްޓް

August 12, 2016
އައިފޯން 7 ސެޕްޓެމްބަރު 7 ގައި

މިއީ އަދި ކަށަވަރުކޮށް ބުނާ ވާހަކައެއް ނޫނެވެ. މައުލޫމާތު ލިބި ހުރި މީހަކު "ބްލޫމްބާގް" އަށް ބުނި ގޮތުގައި، ސެޕްޓެމްބަރު 7 ގައި އާންމުކޮށް އައިފޯން 7 ދައްކާލާނެ އެވެ. އެ ކަމަށް އެޕަލް ތައްޔާރުވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ. އައިފޯން 7 އާ އެކު "އައިފޯން 7 ޕްލަސް" އަަދި "އައިފޯން 7 ޕްރޯ" ވެސް އާންމުކުރާނެ ކަމަށް ބުނެވެ އެވެ.

10 އޯގަސްޓް

August 10, 2016 12
އައިފޯން 7 އަށް ހޯމް ބަޓަނެއް ނެތް

އައިފޯނުގައި އިންނަ "ހާޑްވެއާ" ހޯމް ބަޓަނާ ނުލައި އައިފޯނުގައި ޖަހާނީ ކޮން ސިފައެއްބާ އެވެ؟ ޒަމާން ފެށުނީންސުރެ އެއީ އައިފޯނަށް ޚާއްސަ މަރުކާއެކެވެ. އެކަމަކު ކޮންމެ ސިފައެއް ޖެހިއަސް، އެ ބަޓަން ނަގަން އެބަ ޖެހެ އެވެ. ސަބަބު މި ބުނެދެނީ އެވެ.

30 ޖުލައި

July 30, 2016 1
އައިފޯން 7 އަށް ލައިޓްނިން އެޑަޕްޓާ ކޭބަލެއް

އައިފޯން 7 އާ ބެހޭ ގޮތުން ދޭދޭ މީހުން ދައްކާ ވާހަކަތަކުގެ ދޮގުތެދު ކަށަވަރުވާނެ ދުވަހެއް އަންނާނެ އެވެ. އެ ވާހަކަތަކުގައި އޮއްޓަރެއް ހުރެއްޖެ ނަމަ، މިހިރީ ހައްތާ ވެސް ގަބޫލުކުރަން ހުރި ވާހަކަތަކެވެ.

29 ޖުލައި

July 29, 2016
އެޕަލުން އެއް ބިލިއަން ވަނަ އައިފޯން ވިއްކައިފި

އައިފޯން 7 ނެރޭ ދުވަސް ނުހަނު ކައިރިވެފައި ވަނިކޮށް އެޕަލް އަށް ރަން ބިހެއް އެޅިއްޖެ އެވެ. އެއް ބިލިއަން ވަނަ އައިފޯނު ވިކިއްޖެ އެވެ. ސަޕޯޓަރުންނަށް ލިބިފައި ވަނީ ތިޔަ ހީކުރާ ކަހަލަ އުފަލެއް ނޫނެވެ. ސެޕްޓެމްބަރު 12 ވަނަ ދުވަހު އައިފޯން 7 ވިއްކަން ފަށާނެ ކަމަށް ބުނާ އަޑު ވެސް ވަނީ ހަމަ އެހައި ގަދަވެފަ އެވެ.

28 ޖުލައި

July 28, 2016 2
އެންޑްރޮއިޑް ފޯނުތަކަށް ހުރި އިޚްތިޔާރު އައިފޯނަށް ނެތީ ކީއްވެ؟

އައިފޯނާއި އައިޕެޑް ބޭނުންކުރާ މީހުންނަށް ގިނަ އިޚްތިޔާރުތަކެއް އެޕަލް އަކުން ނުދެ އެވެ. ވާދަވެރިންނާ އަޅާކިޔާއިރު އެކަން އޮތީ އެ ގޮތަށެވެ. އެންޑްރޮއިޑް ފޯނުތައް ބޭނުންކުރާ މީހުންނަށް ހުރި ފުރުސަތުތައް އައިއޯއެސް ބޭނުންކުރާ މީހުންނަކަށް ނެތެވެ.

27 ޖުލައި

July 27, 2016 4
ގަންނަން ލިބެން ހުރި އެންމެ ބާރުގަދަ ފޯނުތައް

މި އުޅެނީ މާކެޓްގައި މިހާރު ހުރި އެންމެ ބާރުގަދަ ދެތިން ފޯނެއްގެ ވާހަކަދައްކާށެވެ. އާ ފޯނެއް ގަންނަން ވިސްނާ ނަމަ މިއީ ކޮންމެހެން ވެސް ކިޔަން ޖެހޭ ލިޔުމެކެވެ. ފޯނުތަކުގެ ނަންތައް ހޮވާފައި އެ ވަނީ ބޭނުންކުރި މީހުން ދިން ޚިޔާލަށް ބުރަވެ އެވެ.

09 ޖުލައި

July 09, 2016 10
އައިފޯނުގެ އަގުން 100 ޑޮލަރު ހެޔޮކުރަނީތަ؟

އެޕަލް އިން ދެން ނެރޭ ފޯނެއްގެ އަގު، ކުރީގެ ފޯނުތަކާ އަޅާބަލާއިރު 100 ޑޮލަރު އަގު ހެޔޮވާނެ ކަމަށް ބައެއް ފަރާތްތަކުން ލަފާކުރަން ފަށައިފި އެވެ.

05 ޖުލައި

July 05, 2016 5
އައިފޯނުގެ މިލްކުވެރިކަމާ މެދު މީހަކު ދައުވާކޮށްފި

އަހަރެމެން އެންމެންނަށް ވެސް އައިފޯން އެނގެން ފެށީ 2007 ވަނަ އަހަރު އެޕަލް އިން އެ ފޯނު އީޖާދުކުރުމުންނެވެ. އެކަމަކު ކެލިފޯނިއާ މީހަކު ބުނަނީ އައިފޯނަކީ އޭނާ 1992 ވަނަ އަހަރު ކުރި އީޖާދެއް ކަމަށާއި އެޕަލް އިން އައިފޯން ހެދީ އޭނާގެ އީޖާދު ކޮޕީކޮށްގެން ކަމަށެވެ.

03 ޖުލައި

July 03, 2016 1
އައިފޯންގެ ހެޑްފޯން ޖެކް ހަމަ ބަދަލުކުރަނީތަ؟

ތިޔަ ސުވާލު ކިތަންމެ ބަޔަކު އެޕަލް އަށް ފޮނުވައިފި އެވެ. ޖަވާބެއް ނުދެ އެވެ. ވާން އުޅޭ ގޮތެއް ވެސް ނުބުނެ އެވެ. އެކަމަކު ތިޔަ ވާހަކަ ފަލަ ސުރުޚީތަކުން ޖާގަ ނުހޯދާ ދުވަހެއް ނާދެ އެވެ.

28 ޖޫން

June 28, 2016 1
އައިފޯން 7ގެ މެޓަލް ކަވަ ކޭސް ލީކުވެއްޖެ

އައިފޯނު 7ގެ ކަވަ ކޭސް އޮންނާނެ ގޮތް ކަމަށް ބުނެ މެޓަލް ކަވަރެއް އިންޓަނެޓަށް ދޫކޮށްލައިފި އެވެ. އޭގައި އެއްވެސް ހަގީގަތެއް އޮތް ނަމަ، އައިފޯން 7 ގައި ހެޑްފޯން ޖެކެއް ނީންނާނެ އެވެ. ހުރިހާ ކަމަކަށް ވެސް ބޭނުންހިފަން ޖެހޭނީ "ލައިޓްނިން ކަނެކްޝަން" އެވެ.

25 ޖޫން

June 25, 2016
ސޭންޑިސްކް "އައިއެކްސްޕޭންޑް" މެމޮރީ ކޭސް

އެނގެ އެވެ. އެއީ އައިފޯން ކޭސް އެކެވެ. އައިފޯން އެހެން ކޭސްތަކާ، ސޭންޑިސްކް އައިއެކްސްޕޭންޑް ތަފާތުވާ ސަބަބުތަކެއް އެބަ ހުއްޓެވެ.

23 ޖޫން

June 23, 2016 2
އައިއޯއެސް 10 ޑައުންލޯޑްކުރަން ބޭނުންތަ؟

އައިއޯއެސް 10 އާންމު ޑައުންލޯޑަށް އަދި ދުލެއް ނުކުރެ އެވެ. އޮތީ ވަރަށް ޅަފަތުގަ އެވެ. ޑިވެލޮޕަރުންނަށް ބަލާލަން ދޫކޮށްފައި އޮތަސް، އާންމުން ޑައުންލޯޑްކުރުން ރަނގަޅެއް ނޫނެވެ.

19 ޖޫން

June 19, 2016 3
އައިފޯން 6އެސް އަކީ ކޮޕީއެއްކަމަށް ބުނެ ދައުވާކޮށްފި

އަބަދުވެސް އިވެނީ އަދި ފެންނަނީ ޗައިނާގެ ކޮންމެވެސް ކުންފުންޏަކުން ކޮންމެވެސް އެހެން ބައެއްގެ ފޯނެއް ކޮޕީކޮށްގެން އުޅެނިކޮށެވެ. އެހެންވެ ޗައިނާގެ އުފެއްދުންތައް އެހެން ބަޔަކު...

June 19, 2016 1
އައިއޯއެސް 10 ޖެއިލްބްރޭކްކޮށްފި

އައިއޯއެސް 10 ޑިވެލޮޕަރުންނަށް އަދި ކިރިޔާ ދޫކޮށްލީ އެވެ. އެޕަލުން ޑިވެލޮޕަރުންނާ ހިއްސާކޮށްފައި ވަނީ އޮޕަރޭޓިން ސިސްޓަމްގެ ބީޓާ ސްޓޭޖެވެ. މާނަ އަކީ ފައްކާކުރަން ކިތަންމެ ކަމެއް...

29 މެއި

May 29, 2016 1
އައިފޯނުގެ ހެޑްފޯނުން ކުރެވޭ 15 ކަމެއް

އައިފޯނުގެ ހެޑްފޯނުން ލަވަ އަޑުއަހައި، ލަވަ ޕްލޭކޮށް ޕޯސްކޮށް އަދި ކޯލްތަކަށް ޖަވާބު ދޭން އެންމެންނަށް ވެސް އެނގޭ. އެކަމަކު ޓެކްއިންސައިޑާގެ މި ވީޑިއޯ ބަލައިލުމުން، މި ހުރިހާ ދުވަހު ހެޑްފޯނުގެ ބޭނުން ރަނގަޅަށް ނުހިފޭކަން ގަބޫލުކުރެވޭނެ

18 މެއި

May 18, 2016
އެޕަލް އިން ތިން ވައްތަރެއްގެ ފޯނު ނެރެފާނެ

އެޕަލް އިން މި އަހަރު ތިން ވައްތަރެއްގެ ފޯނު ބާޒާރަށް ނެރެފާނެ ކަމުގެ އަޑުތައް ފެތުރެން ފަށައިފި އެވެ.