17 ޖެނުއަރީ

January 17, 2020 5
އީރާނުގެ ހަމަލާގައި އެމެރިކާގެ 11 ސިފައިން ޒަޚަމްވި

ވޮޝިންޓަން (ޖެނުއަރީ 17) - އިރާގުގައި އެމެރިކާ ސިފައިން ތިބޭ ވައިގެ މަރުކަޒުތަކަށް އީރާނުން މިދިޔަ ހަފުތާގައި ދިން މިސައިލް ހަމަލާތަކުގައި އެމެރިކާ ސިފައިންގެ 11 މީހުން ޒަޚަމްވެފައިވާ ކަމަށް ޔޫއެސް ސެންޓްރަލް ކޮމާންޑުގެ ތަރުޖަމާން ކެޕްޓަން ބިލް އާބަން ވިދާޅުވެއްޖެ އެވެ.

16 ޖެނުއަރީ

January 16, 2020 4
އެމެރިކާ ސިފައިން ހިމާޔަތްހޯދީ ސައްދާމުގެ ބަންކަރުތަކުން

ބަޣުދާދު (ޖެނުއަރީ 16) - އިރާގުގައި އެމެރިކާ ސިފައިން ތިބޭ މަރުކަޒުތަކަށް އީރާނުން މިދިޔަ ހަފުތާގެ ބުދަ ވިލޭރޭ މިސައިލް ހަމަލާ ދިނުމުގެ ކުރިން އެ ހަމަލާގެ މައުލޫމާތު އެމެރިކާ ސިފައިންނަށް އެނގޭ ކަމަށާއި އެ މީހުން ހިމާޔަތް ހޯދީ ކުރީގެ ރައީސް ސައްދާމް ހުސައިންގެ ދުވަސްވަރު ހެދި ބަންކަރުތަކަށް ވަދެގެން ކަމަށް ކޮމާންޑަރުން ބުނެފި އެވެ.

10 ޖެނުއަރީ

January 10, 2020 3
"އެމެރިކާއާ ދެކޮޅަށް އިތުރު ހަމަލާތައް ޕްލޭންކުރި"

ތެހެރާން (ޖެނުއަރީ 10) - އިރާގުގައި ތިބޭ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދިން މިސައިލް ހަމަލާތަކަކީ ފެށުމެއް ކަމަށާއި އެމެރިކާ އިން ރައްދުދީފި ނަމަ އީރާނުން އިތުރު ހަމަލާތައް ދޭން ރާވާފައިވާ ކަމަށް އީރާނުގެ ސީނިއާ ކޮމާންޑަރަކު ވިދާޅުވެއްޖެ އެވެ.

08 ޖެނުއަރީ

January 08, 2020 4
އީރާނުގެ ހަމަލާތަކުން މާ ބޮޑު ގެއްލުމެއް ނެތް!

ރޭ ފަތިހު، ގާތްގަނޑަކަށް ބައި ގަޑިއިރަށް ދެމިގެން ދިޔަ ހޫނު ހަމަލާތައް، އިރާގުގައި ހުރި އެމެރިކާގެ އަސްކަރީ ދެ މަރުކަޒުގެ އެތެރެއަށާއި ބޭރަށް އަމާޒުވި އެވެ. އީރާނުގެ 22 މިސައިލްގެ މި ވާރޭ ހުއްޓުނު އިރު އެ މަރުކަޒުތަކުގެ ބައެއް ތަންތަނަށް ގެއްލުން ލިބިދާނެ ކަމަށް ބެލެވުނެވެ؛ އެކަމަކު އެއްވެސް މީހަކަށް ކަމެއް ނުވެ އެވެ.

28 ނޮވެމްބަރ

November 28, 2019 2
ކޮންސިއުލޭޓް އަންދާލި މީހުންނަށް އަދަބުދޭންޖެހޭ: އީރާން

ބަޣުދާދު (ނޮވެމްބަރު 28) - އިރާގުގެ ނަޖަފް ސިޓީގައި ހުންނަ އީރާނުގެ ކޮންސިއުލޭޓުގައި އަލިފާން ޖެހި މީހުންނަށް ހަރުކަށި އަދަބު ދިނުމަށް ތެހެރާނުން ގޮވާލައިފި އެވެ.

07 އޮކްޓޯބަރ

October 07, 2019 1
"އީރާނާއި އިރާގު ޖައްސަން ދަނީ މަސައްކަތް ކުރަމުން"

ތެހެރާން (އޮކްޓޯބަރު 7) - އީރާނާއި އިރާގާ ދެމެދު ނަފްރަތުގެ އޮށް އިންދުމަށް ދުޝްމަނުން ދަނީ މަސައްކަތް ކުރަމުން ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ ވިދާޅުވެއްޖެ އެވެ.

06 އޮކްޓޯބަރ

October 06, 2019 3
އީރާނާއި ސައުދީ ސުލްހަ ކުރެވޭތޯ ބަލަނީ

ރިޔާޒް (އޮކްޓޯބަރު 6) - ސައުދީ އަރަބިއާ އާއި އީރާނުގެ މެދުގައި އުފެދިފައިވާ ނުތަނަސްކަން ހައްލު ކުރުމަށް ނުރަސްމީ ސިފައެއްގައި މަސައްކަތް ކުރަމުންދާ ކަމަށް ނިއު ޔޯކް ޓައިމްސް އިން ބުނެފި އެވެ.

13 އޯގަސްޓް

August 13, 2019 5
ގަލްފުގެ ލަޝްކަރުގައި އިޒްރޭލް ބައިވެރިއެއް ނުކުރެވޭނެ

ބަޣުދާދު (އޮގަސްޓް 13) - ހޮރްމޫޒް ކަނޑުއޮޅިން ދަތުރުކުރާ އުޅަނދުތަކަށް ހިމާޔަތް ދޭން ކަމަށް ބުނެ އެމެރިކާ އާއި އިނގިރޭސި ވިލާތުން އުފައްދަން އުޅޭ ގަލްފުގެ ލަޝްކަރުގައި އިޒްރޭލް ބައިވެރި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އިރާގުން ބުނެފި އެވެ.

01 ޖެނުއަރީ

January 01, 2018
2017ގެ އެންމެ މުހިންމު ބައެއް ކަންތައް

އިއްޔެ ނިމި ދިޔަ 2017 ވަނަ އަހަރަކީ، ދުނިޔޭގެ މަސްރަހުގައި މުހިންމު އެތައް ކަމެއް ހިނގައި ދިޔަ އަހަރެކެވެ. އޭގެ ތެރޭގައި އެކި ސަރަހައްދުތަކަށް އަސަރު ފޯރުވި ކަންކަމާއި މުޅި ދުނިޔޭގެ ގުޅުމަށް އަސަރު ފޯރުވި ކަންތައް ހިމެނެ އެވެ. އުފާވެރި އެތައް ކަމެއް ހިނގި ފަދައިން ހިތާމަ އާއި ކަރުނައިން ލޯތައް ތެންމައިލި އެތައް ކަމެއް ހިނގައި ދިޔަ...

13 ނޮވެމްބަރ

November 13, 2017 1
އީރާން-އިރާގު ބިންހެލުން: މިހާތަނަށް 400 މަރު

ތެހެރާން (ނޮވެމްބަރު 13) - އީރާނާއި އިރާގު ބޯޑަރުން ގުޅޭ ފަރުބަދަމަތީގެ ހިސާބުތަކަށް އައި ބާރުގަދަ ބިންހެލުމުގައި މަރުވި މީހުންގެ އަދަދު 400 އަށް އަރާ، 7،000 އަށް ވުރެ ގިނަ މީހުން...

November 13, 2017 1
އީރާނާއި އިރާގަށް އައި ބިން ހެލުމުގައި 135 މަރު

ތެހެރާން (ނޮވެމްބަރު 13) - އީރާނާއި އިރާގުގެ ބޯޑަރު ގުޅޭ ސަރަހައްދަށް ރިކްޓާ މިންގަނޑުން 7.3 ގެ ބާރުމިނުގައި އައި ބިންހެލުމެއްގައި މިހާތަނަށް 135 މީހުން މަރުވެ އެތައް ބަޔަކު...

21 ޖޫން

June 21, 2017 21
ގަތަރުން ޓެރަރިޒަމަށް ވާގިވެރި ވޭތަ؟

ގަތަރަކީ ކުވައިތު މިނިވަން ކުރުމަށް އެމެރިކާ އިން 1991 ގައި ފެށި ހަނގުރާމައިގެ މުހިންމު ބައިވެރިއެކެވެ. އަދި ސެޕްޓެމްބަރު 11، 2001ގައި އެމެރިކާގައި ދިން ޓެރަރިސްޓު ހަމަލާއާ ގުޅިގެން، އެމެރިކާ އިން ޓެރަރިޒަމާ ދެކޮޅަށް ފެށި ހަނގުރާމައިގައި ވެސް ގަތަރަކީ އެމެރިކާގެ މުހިންމު ބައިވެރިއެކެވެ. އަދި އިރާގުގައި އޮތް ސައްދާމް ހުސައިންގެ...

22 މާޗް

March 22, 2017
މޫސަލް ހިފުން އުނދަގޫ ކަމަކަށް ވެފައި

އިރާގަށް އަތް ގަދަކޮށްގެން އުޅޭ އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ހަނގުރާމަވެރިންގެ ބާރު އެންމެ ބޮޑަށް ފެތުރިފައިވާ މޫސަލް އަލުން ހިފުމަށް އިރާގު ސަރުކާރުގެ ސިފައިން ހަނގުރާމަ ކުރަމުން އަންނަތާ އެތައް މަހެއް ވެއްޖެ އެވެ. އަދު ނޫނީ މާދަމާ މޫސަލް އެކުގައި ހިފޭނެ ކަމަށް އިރާގު ސަރުކާރުން ބުނަމުން އަންނަތާ ވެސް އެތައް މަހެއް ވެއްޖެ އެވެ.

18 ޖެނުއަރީ

January 18, 2017 3
2017 ގައި މެދުއިރުމަތީގެ މިސްރާބަކީ ކޮބާ؟

ޒަމާނުއްސުރެ ސަރަހައްދީ ކޯޅުންގަނޑެއްގެ ތެރޭގައި އޮތް މެދުއިރުމަތި، 2016 ވަނަ އަހަރަށް އަލްވަދާއު ކީ އަނދަމުން ދިޔަ އަލިފާންގަނޑުގެ ތެރެއަށް އިތުރަށް ދަރު އަޅާ ހާލުގަ އެވެ. އެހެންކަމުން 2017 ވަނަ އަހަރާ ކުރިމަތިލި އިރު، މެދުއިރުމަތީގެ ކޯޅުންގަނޑު އޮތީ އިޒްރޭލާއި ފަލަސްތީނުގެ އިން ފަހަނަޅައި އިތުރު ހަތަރު ގައުމަކަށް ފެތުރިފަ އެވެ....